Raajje.mv

ފަލަސުރުޚީ

22 މާރިޗު 2017
7501
އެމްޑީޕީގެ ގައުމީ މަޖިލިސްގެ 152 ވަނަ ބައްދަލުވުން

އެމްޑީޕީގެ ގައުމީ މަޖިލިސްގެ 152 ވަނަ ބައްދަލުވުން

22 މާރިޗު 2017 | 22:12

މުހައްމަދު ޝިހާބް

ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާޙްތަކެއް ގެންނަން ޖެހޭ ކަންކަންތައް އެބަހުރި. ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް އޮތް އޮތުން. މިކަން ހުއްޓުވުމަށް ގެންނަން އެބަޖެހޭ. ރައްޔިތުންގެ ބަސް ނެތި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުވިއްކޭނެ.

22 މާރިޗު 2017 | 22:06

އަމްރު

ރައީސް ޔާމިންއާއި އެކީ އިންނަވާ މަސީހް ހުރިހާ ކަމެއް މިކުރައްވަނީ. މަސީހް ބޭރުކުރަން ހުރިހާ މެމްބަރުންވެސް ވޯޓްދެއްވަންވީ.

22 މާރިޗު 2017 | 21:59

ހިސާން ހުސެއިން

ރައީސް ޔާމިން ޖައްސަވާހާ ބެރަކަށް ނުނެއްޓެވޭނެ. ހުރިހާ މެމްބަރުންގެ ފަހަތްޕުޅުގައި ހުރިހާ އެންމެން މިތިބީ.

22 މާރިޗު 2017 | 21:48

ކުޑަ ހުވަދޫ ދާއިރާގެ ރައީސް ޝާތިރު

މިއީ ވަރަށް ފައްކާ ގަރާރެއް. މިގައުމުގައި ހިނގަމުންދާ ހުރިހާ ކަމެއްގެ މޭސްތިރި އަކީ މަޖިލީހުގެ ރައީސް މަސީހް. މަޖިލީހުގައިވެސް މަސީހް އިންނަވާކަށް ނުޖެހޭ. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރުވެސް ވޯޓް ދެއްވުމަށް ގޮވާލަން. މިރާއްޖޭގެ ރައްޔިތުންނަށް ބިރު ނުދެއްކުމަށް ގޮވާލަން.

22 މާރިޗު 2017 | 21:45

ކާށިދޫ ދާއިރާގެ ރައީސް

މިގަރާރަށް ތާއިދު ކުރަން. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްވެސް މިގަރާރަށް ވޯޓް ދެއްވުމަށް ގޮވާލަން.

22 މާރިޗު 2017 | 21:43

ކަނޑިތީމް ދާއިރާގެ ރައީސް ޝަހީމް

ދާއިރާގެ ކުރިމަގަށްޓަކައި އެދާއިރާގެ މެމްބަރަށް ގޮވާލަން މި ވޯޓުގައި ބައިވެރިވުމަށް. ދިވެހި ރައްޔިތުންގެ މުސްތަގްބަލަށްޓަކައި މަސީހް ބޭރު ކުރުމަށް ވޯޓްލާން ޖެހޭ. 27 ވަނަ ދުވަހަކީ ފޮނި މީރު ކަމުގެ ތެރެއިން އަލި ވިލިގެންދާނެ ދުވަހެއް. މިއީ ފެށުމެއް. މިގައުމު އަނދަވަޅަކަށް ވެއްޓިގެންދިޔައީ ބަލަން ތިއްބާ. މެމްބަރުން އިންތިހާބުކޮށްދެއްވި ކަމަށްޓަކައިވެސް އެބަޖެހޭ ރައްޔިތުންނަށް މިކަން ކޮށްދޭން.

22 މާރިޗު 2017 | 21:40

އައްޑޫ ސިޓީ ރައީސް އަހްމަދު އަދްހަމް

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރުގެ ޝާޑުގެ ވޯޓް ބޭނުންވޭ. 27 ވަނަ ދުވަހު އައްޑޫ ސިޓީގެ ރައްޔިތުން ދާނެ މި މެމްބަރުން ފަހަތުން

22 މާރިޗު 2017 | 21:38

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އީސަ

މަޖިލިސްގެ ކަންކަން ލަދު ގަންނަ ހިސާބަށް ކަންކަން ގޮސްފައި މިއޮތީ. ދައުލަތުގެ ތިން ބާރު ވަނީ ވަކިވެފައި. މިއީ ސިޔާސީ ތަފާތު ތަކާއި އެކުގައިވެސް މިގައުމު ސަލާމަތް ކުރަން އެބަޖެހޭ. މިކަން ނުކުރެވިއްޖެ ނަމަ މާދަމާ ދައްކާނެ ވާހަކައެއް ނުވޭ.

22 މާރިޗު 2017 | 21:35

ޗެއަރޕާރސަންގެ ނައިބް އަލީ ޝިޔާމް

ގަރާރަށް ތާއީދު ކުރަން. ޤާނޫނު އަސާސީއިން ލިބިދީފައިވާ ހައްގުތައް ނިގުޅައިގަނެ މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެއް މަސީހް އަކީ. ފިސާރި މަސައްކަތް ކޮށްގެން ޤާނޫނު އަސާސީ ހޯދާފައިވަނީ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި ހުރިހާ ޕާޓީތަކުން ގުޅިގެން ކުރަމުންދާ މަސައްކަތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ގިނަ ދުވަސްދުވަހު މަޖިލީހެއް ނޯވޭ. މަސީހް ވޯޓް ނަގަންވީތާ ކިތަންމެ ދުވަހެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން. ހުރިހާ އެންމެން 27 ވަނަ ދުވަހު މާލެ އައިސް މިމަސައްކަތުގައި ބައިވެރިވާން ޖެހޭ.

22 މާރިޗު 2017 | 21:31

އިމްތިޔާޒް ފަހުމީ

ވަގަށް ނަގާފައިވާ ރިލްވާންގެ މައްސަލަ ހިމެނޭ. ސަރުކާރި ބައިވެރިވެގެން އެކަން ކުރައްވަނީ މަޖިލިސްގެ ރައީސް. މަޖިލިސް ނުބާއްވާތާ ދެ ހަފްތާ ވެއްޖެ. މަސައްކަތް ނެތުމުންތޯ މަޖިލިސް ނުބާއްވައިގެން އުޅެނީ. އެމްއެމްޕީއާރްސީގެ މައްސަލަ ނުބެލެނީ އެކަން ފޮރުވަން މަސައްކަތް ކުރަމުންދަނީ. އެތައް ބަޔަކު ޖަލުގައި އޮންނަނީ މަސީހްގެ ސަބަބުން. ހުދުމުހުތާރު ވެރިކަމަށް ފުރުޞަތުދީ އެއްބާރުލުން ދީގެން ކަމަށްވާތީ. ހަޤީޤީ މިނިވަންކަން ހޯދަން ހުރިހާ އެންމެން މަސައްކަތް ކުރަން އެބަޖެހޭ.

22 މާރިޗު 2017 | 21:28

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީން އިގްރާރް ވަނީ ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންގެ ހާލަތު ވައްޓާލުމަށް ކުރަމުންދާ މަސައްކަތުގައި މަޖިލީހުގެ ރައީސްގެ ގަސްދުގައި ބަންދު ކުރުމަށް އަދި ވަޒީރުންނަށް ސުވާލު ކުރުމަށް މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ނުކުރުމާއި. މަޖިލީހުގެ މެމްބަރުންނަށް ބިރު ދައްކަމުން ދާއިރު މަޖިލީހުގެ މެމްބަރުންނަށް ރައްކާތެރިކަން ނުދިނުމާއި، ޤާނޫނު އަސާސީއާއި ޚިލާފަށް ފާސްކުރަމުންދާ ބިލް ހިމޭނޭ.

22 މާރިޗު 2017 | 21:27

ފަލަސުރުޚީ

މިރޭގެ ފަލަސުރުޙީގައި އެމްޑީޕީގެ ގައުމީ މަޖިލިސްގެ 152 ވަނަ ބައްދަލުވުން