Raajje.mv

ޕާޓީތަކުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް

22 މާރިޗު 2017
8587
ޕާޓީތަކުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް

ޕާޓީތަކުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް

22 މާރިޗު 2017 | 16:32

އަނާރާ ނައީމް

މަޖިލިސް މެމްބަރުންގެ ޒިންމާތަކާއި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު ވަރަށް ބޮޑު. ކަންކަތައްތައް އިސްލާޙް ކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ވަގުތު މިއީ. ޒިންމާދާރު ކަމާއި އެކު ކުރުމުގެ މަސައްކަތް ކުރަން އެބަޖެހޭ.

22 މާރިޗު 2017 | 16:26

އިބްރާހިމް މުހައްމަދު ޞޯލިޙް

މިއީ ހަމަ ކުއްލިއަކަށް ތިބެފައި ކުރި ކަމެއް ނޫން. ބިން ވިއްކުމާއި އަދި ރަށްތައް ކުއްޔަށް ދޫކުރުމާއި ބެހޭ ޤާނޫނަށް އިސްލާޙް ގެންނަން އަނެއްކާވެސް މާދަމާ މަޖިލީހަށް ވައްދާނަން.

22 މާރިޗު 2017 | 16:22

އިބްރާހިމް މުހައްމަދު ޞޯލިހް

މިނަގަނީ ރައްޔިތުންގެ މަޖިލީހގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ. މަސީހްއަކާއި އެއްވެސް މައްސަލައެއް އޮތީއެއް ނޫން. ހުރިހާ ޕާޓީތަކުން މަސައްކަތް ގުޅިގެން މަސައްކަތް މިކުރަނީ މަޖިލީހުގެ ތެރެއިން ނުނިމި ހުރި ކަންކަން ނިންމުމަށް.

22 މާރިޗު 2017 | 16:20

އަބްދުﷲ ރިޔާޒް

އެކުގައި މަސައްކަތް ކުރަން ފުރުޞަތެއް މިއޮތީ ލިބިފައި. ސަރުކާރުން ހިންގާ ޖަރީމާތަކަށް މިއަދު ފަސްނުޖެހި ގައުމަށްޓަކައި ވާޖިބް އަދާކުރަން އެބަޖެހޭ. މަޖިލީހުގެ ރައީސް ކަމަށް އައު ބޭފުޅަކު ވަޑައިގަންނަވާނެ. ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ނިމުމަކަށް އަންނާނެ.

22 މާރިޗު 2017 | 16:18

އަބްދުﷲ ރިޔާޒް

މިހާހިސާބަށް މިއާދެވުނީ ކަންކަން ކުރެވި ފަސް ޖެހިފައިވާތީ، ހުރިހާ އެންމެންވެސް ބިރު ފަހަނައަޅާއި ދާންވީ. ބިރު ގަންނަން ޖެހޭ އެއްވެސް މީހެއް ނެތް.

22 މާރިޗު 2017 | 15:53

އަނާރާ ނައީމް

އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ހުރިހާ ކަމެއްވެސް ކާމިޔާބުވާނެ. އެންމެންވެސް ޤަބޫލުކުރޭ މަޖިލިސް އެކުލަވާ ލެވިފައިވާ ގޮތުން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް. އޭޕީން މަސައްކަތް ކުރަނީ އަބަދުވެސް ރައްޔިތުންނަށް އިންސާފް ލިބޭނެ ގޮތް ހެދުން. މިހާރު މަޖިލިސް އެކުލަވާ ލެވިފައިވާ ގޮތުން އެބަޖެހޭ އިސްލަޙް ކުރަންޖެހޭ ކަންކަން. މަޖިލީހަށް ހުށަހެޅޭ ބިލްތަކަށް ބަހުސް ކުރާނެ ވަގުތެއް ނުލިބޭ. މެމްބަރުންނަށް މަސައްކަތް ކުރުމަށް ދަތިތަކެއް އެބަހުރި. ގައުމުގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަކީ ހުރިހާ މެމްބަރުންގެވެސް އަމާޒު

22 މާރިޗު 2017 | 15:49

ފާރިސް މައުމޫނު

މަޖިލީހުގެ މަސައްކަތްތައް ނުކުރެވިގެން މިދަނީ. ޕާޓީތަކުން މަޖިލީހުގެ ކަންކަން ރަނގަޅު ކުރުމަށް ދިޔައީ މަސައްކަތް ކުރަމުން. މަޖިލީހުގެ ކަންކަތައްތައް ގޯހުން ގޯހަށްދާތަން އެބަފެނޭ. ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަކަށް ޕީޖީ ގުރޫޕުން މިމސައްތަކް ކުރަނީ. ސިޔާސީ ގިތުން ހިޔާލު ތަފާތު ބަޔަކު އެއް ގަލަކަށް މިއެރީ ވަކި ކަމެއް ހާސިލް ކުރުމަށް. ޕީޕީއެމް ތެރޭގައި ގައުމީ ކަންތައް އިސްލާޙް ކުރުމަށް ބޭނުންވާ ކިތަންމެ މެމްބަރުންނެއް އެބަތިބި. މެމްބަރަކު ބޭނުންފުޅުވާ ގޮތަށް ވޯޓް ދެއްވާށޭ. އިސްލާހަށް މަސައްކަތް ކުރަން ހުރިހާ މެމްބަރުންވެސް ތައްޔާރަށް ތިބެންވީ.

22 މާރިޗު 2017 | 15:44

އަބްދުﷲ ރިޔާޒް

ގައުމާއި ދޭތެރޭ އެއްވެސް ވިސްނާލުމެއް ނެތި މަޖިލީހުގެ މެމްބަރުން މިދަނީ ކުރަމުން. މަޖިލިސް ތެރޭގައި އެއްވެސް ވިސްނުމެއް ނެތި ސަރުކާރުން ބުނާ ކަންތައް ކުރަމުން މިދަނީ. މަޖިލީހުގެ ރައީސް ބަދަލު ކުރުމަކީ މަޖިލީހުގެ މެމްބަރުންނަށް ލާޒިމް ކަމެއް. ޖޭޕީ ތެރެއިންވެސް މިކަން ކުރާނަން.

22 މާރިޗު 2017 | 15:42

އިބްރާހިމް މުހައްމަދު ސޯލިޙް

ބިލްތަކަށް ބަހުސް ކުރުމުގެ ފުރުޞަތެއް ނުދޭ. މަޖިލިސް މެމްބަރުންގެ ބޮލުގައި ޒިންމާއެއް އެޅިފައި އެބައޮތް. ރައްޔިތުންގެ މަޖިލިހުގެ ރުހުން ނެތި ސަރުކާރުން މިދަނީ ކިތަންމެ ކަމެއް ކުރަމުން. ރާއްޖެއަށް ކުރިމަތިވެފައިވާ ކަންތައްތަކުގެ މައިގަނޑު އަސްލަކީ ސަރުކާރު

22 މާރިޗު 2017 | 15:41

ޕާޓީތަކުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް

ޕާޓީތަކުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީ ޕީޕީއެމް ޖޭޕީ އަދި އޭޕީން ވަނީ ބައިވެރިވެފައި

20 މާރިޗު 2017 | 21:59

ބިން މިލްކު ކުރުމާއި ގުޅޭ ގޮތުން ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން

ބިން މިލްކު ކުރުމާއި ގުޅޭ ގޮތުން ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން

20 މާރިޗު 2017 | 21:59

ބިން މިލްކު ކުރުމާއި ގުޅޭ ގޮތުން ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން

ބިން މިލްކު ކުރުމަށް ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން

20 މާރިޗު 2017 | 21:56

ބިން މިލްކު ކުރުމަށް ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން

ބިން މިލްކު ކުރުމަށް ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން