ފަލަސުރުޚީ
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. މަދު މެމްބަރުން ކޮޅެއް ނޫނީ ރައްޔިތުންނާއި ހަމައިން މަސައްކަތް ކުރެވޭނެ މެމްބަރުންނެއް ނެތް. ރައްޔިތުންގެ ފާއިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް އެބަ ތުހުމަތު ކުރެވޭ.
ރައްޔިތުންނަށް ބިރުދެއްކުމުން އެއީ ޓެރަރިޒަމް އަކަށް ނުވޭ
ރާއްޖޭގެ ކޯޓްތަކުންނާއި މުއައްސަސާތަކުން ގެންދަނީ ނޫސްވެރިންނަށް ބިރުދައްކަމުން. ރައްޔިތުންނަށް ބިރުދެއްކުމުން އެއީ ޓެރަރިޒަމް އަކަށް ނުވޭ. އެގޮތަށް ކަންތަކެއް ނުކުރެވޭނެ. މަޖިލިސް މިގޮތަށް ގޮސް އޮތުމުން އެހެން މުއައްސަސާތައްވެސް މިދަނީ ފާލުން ނެއްޓެމުން.
ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މެމްބަރުން ތިބީ ތައްޔާރަށް
މަޖިލީހުގެ އަޢްލަބިތު ގެއްލިއްޖެ ނަމަ ރައީސް ޔާމިންއަށް ވަރަށް އުދަނގޫވާނެ ކުރިއަށް ވަޑައިގަންނަވަން. ހިތަށް އެރި ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވަނީ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ނުލިބި ކުރިއަށްދާން ފަސޭހައެއް ނުވާނެ ރައީސް ޔާމިންއަށް. ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މެމްބަރުން ތިބީ ތައްޔާރަށް. އިދިކޮޅު ހުރިހާ ޕާޓިތައް ތިބީ އެކަތިގަނޑަކަށް ވެގެން. މިއީ ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެންދާނެ ވޯޓަކަށް ވެގެންދާނެ.
މެމްބަރުން މިދަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން
މެމްބަރުން މިދަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން. ފިއްތުންތަކާއި އެކު މަޖިލިސް މެމްބަރުން ތިބީ. އެހެން ނަމަވެސް މީގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން ބޭނުންފުޅުވާ ގިނަ މެމްބަރުން އެބަތިއްބެވި.
ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް
ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް ޕީޕީއެމްގެ ތެރޭގައި. އެގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ހުރިހާ މެމްބަރުން ރޭގެ ބައްދަލުވުމަށް ހާޒިރު ނުކުރެވުމަކީ ޕްރެޝަރު އޮތްކަން ދައްކުވައިދޭ ކަމެއް. ހުދުމުހުތާރު ސަރުކާރު ބަދަލު ކުރަން ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭ.
މުހައްމަދު ފަލާޙް
ދައުލަތަށް ބައިވަރު ލާރި ލިބުނު ވާހަކަ ލީކްވި އޯޑިއޯއަކުން އަޑު އިވުނު. އެހެން ނަމަވެސް އެއްވެސް ފާއިސާއެއް ދައުލަތުގެ ރިޒާވަށް ވަން ކަމަށް ނުވަތަ ނޫން ކަމެއްވެސް ރައްޔިތުންނަކަށް ނޭނގޭ. މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ފުރަތަމަ މަރުހަލާ.
މިބިން ވިއްކާލަން ސަރުކާރުން މަަސައްކަތް ކުރަނީ
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިނުގަތުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް. ފ. އަތޮޅު ރައްޔިތުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ އެބިން ވިއްކާލަން. ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މިބިން ވިއްކާލަން ސަރުކާރުން މަަސައްކަތް ކުރަނީ. އަދި މިކަން ހުއްޓާލާނެ ކަމަށްވެސް ޤަބޫލެއް ނުކުރެވޭ.
ހުށަހެޅޭ ބިލަށް ބަހުސް ކުރެވޭނެ މާހައުލެއް ލިބިގެންދާނެ
މަޖިލީސް ފެށިގެން އައި އިރުވެސް ޤަވާއިދު ކޮމިޓީއަށް ނަގާ ވަނީ ގިނަ ކަންކަން ނިންމާފައި. ވަރަށް ގިނަ ބަދަލު ތަކެއް ގެނެސްފައިވަނީ. ކޮމިޓީގައި ހުންނަވާ އެމްޑީޕީގެ މެމްބަރު މާރިޔާވަނީވެސް އެކޮމިޓީން ވަކިވެފައި. އެއްގޮތަކަށްވެސް ކޮމިޓީގެ މަސައްކަތް ނުކުރޭ. ހުށަހެޅޭ ބިލަށް ބަހުސް ކުރެވޭނެ މާހައުލެއް ލިބިގެންދާނެ. މަޖިލީހުގެ ރައީސް ވަކި ކުރެއްވުމުން ގިނަ ކަންކަން ފަސޭހަ ވެގެންދާނެ.
މަސީހް ވަކިކުރެވޭނެ
ރާއްޖޭގެ ހަރު މުދަ ވިއްކުމާއި ރައްޔިތުން ޤަބޫލު ނުކުރާ ކިތަންމެ ޤާނޫނެއް މިދަނީ ހަދަމުން. މެޖޯރިޓީ ބޭނުންކޮށްގެން މިދަނީ ނާޖާއިޒު ގޮތުގައި ކަންކަން ހިންގަމުން މިދަނީ. މަޖިލިހުގެ ރައީސްއާއި ދެކޮޅަށް ހުށަހަޅާފައިވާ ވޯޓް ކާމިޔާބު ކުރެވޭނެ.
ފަލަސުރުޚީ
ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް