ޕެނަލް ޑިސްކަޝަން
ބިން މިލްކު ކުރުމަށް ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން
މެމްބަރު އަލީ ހުސެއިން
އެއްމިލިއަން މީހުން އާބާދުވާއިރު ދެން މިތަން ވާނީ އެހެން ގައުމަކަށް. މިއީ ރާއްޖޭގެ އަމިއްލަ ވަންތަކަން ދައްކުވައިދޭނެ ކަމެއް ނޫން. މި މިނިވަންކަން މިއޮތީ ގެއްލިފައި. ރައްޔިތުން މިކަމާއިގެން އެބަޖެހޭ ތެދުވަން. މިއަދު ހަމައެކަނި ރައްޔިތުންނަށް އިހްތިޖާޖް ކުރެވެން އޮތީ ސޯޝަލް މީޑިޔާގައި. ޤާނޫނު އަސާސީ އެމީހަކަށްޓަކައި ބަދަލު ކުރި ބޭފުޅާއަށްވެސް އެކަން މިއަދު އޮތީ އެނގިގެން ގޮސްފައި.
އަޙްމަދު އަސްލަމް
މިކަމުގައި މިއުޅެނީ ޓްރާންސްޕޭރެންސީގެ މައްސަލަ. އެހެން ނަމަވެސް ރުހޭ މީހަކަށް ރުހެވޭނީވެސް މިކަމުގައި އެއްޗެއް އެނގިގެން
މެމްބަރު އަލީ ހުސެއިން
ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ސަރުކާރުން ބުނާއިރު ރައްޔިތުންނަށް ވާނެ ފާއިދާވެސް އެބަޖެހޭ ބަލަން. އަސާސީ ޙިދުމަތްތައް ނުލިބި ހުއްޓާ ފ.އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުން ބައިތިއްބާފައި ތިބި ނިކަމެތި ހާލު އެބަ ސިފަވޭ. ވަޒީފާގެ ބޭނުމުގައިތޯ ފ.އަތޮޅު ރައްޔިތުންވެސް ބިން ވިއްކާލަން މަސައްކަތް ކުރަނީ.
ޝިއުނާ: ޓްރާންސްޕޭރެންސީ
އެއްވެސް ބީލަމެއް ނެތި އެކި ތަންތަނަށް ދީފައި އެބަހުރި. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރެވޭ ނަމަ މިއީ ވަރަށް ކަންބޮޑުވާ ކަމެއް. ވަސީލަތްތަކެއް އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭ.
ޝިއުނާ: ޓްރާންސްޕޭރެންސީ
މައިގަނޑު ތިން ކލަނބޮޑުވުމެއް އެބައޮވޭ. ރައްޔިތުންނަސް ނާނގާ މިކަން ކުރުމުކީ ކަންބޮޑުވުމެއް. އެއްވެސް މަޝްވަރާއަކާ ނުލައި ބިން މިލްކު ކުރެވުމަކީ ގޯހެއް. އަދި މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކާ މީހުްނގެ މަދަމީ ހައްގުތައް ގެއްލޭ ކަމެއް ވާނަމަ އެއީ ކަންބޮޑުވާ ކަމެއް. ފ.އަތޮޅަށް ވީ ކިހިނެއްތޯ އަހާލުމަކީ ފަރުދީ ޒިންމާއެއް. މިކަން ނުކުރެވޭ ކަމަށްވާނަމަ މިއީ ވަރަށް ކަންބޮޑުވާ ކަމެއް.
އަޙްމަދު އަސްލަމް
ކޮންމެ ކަމެއްގައިވެސް މިންގަނޑެއް ގެންގުޅެން ޖެހޭނެ. ރާއްޖޭގެ ބިން ވިއްކުމަށް އެއްވެސް އިރެއްގައި ތާއީދެއް ނުކުރާނަން. އެއްވެސް ބަޔަކާއި މަޝްވަރާއެއް ނުކޮށް މިއޮތީ 24 ގަޑިއިރުގެ ތެރޭގައި މިއޮތީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައި. އެއްވެސް ހާލެއްގައި ބޭރުގެ ބަޔަކަށް ބިން ވިއްކައިގެން ނުވާނެ. ފ.އަތޮޅޭ ކިޔައިގެން އެއްވެސް މީހަކަސް އެއްވެސް އެއްޗެއް ނުބުނެވޭ.
މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހަކީވެސް ހިތު ހުރި ގޮތަށް ޤާނޫނު ހެދޭނެ ބައެއް ނޫން. އަސާސި ސިފައަކަށް އިސްލާހެއް ގެންނަން ކަމަށްވާނަމަ ރައްޔިތުންގެ ކިބައިން އަހަން ޖެހޭނެ. މިހާތަނަށް ނޯންނާނެ ރާއްޖޭގެ ބިން ވިއްކާނެ ވާހަކަ. މިއީ ދިވެހިން ދުވަހަކުވެސް ކުރަން ބޭނުންވާނެ ކަމެއް ނޫން. ދެމެހެއްޓެނިވި ތަރައްޤީއާއި ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުވެސް ދައްކައިގެން މިޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައި އޮތީ.
މެމްބަރު އަލީ ހުސެއިން
ޤާނޫނު އަސާސީއަށް އިސްލާހް ގެނައީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ފާއިދާ ލިބޭނެ ގޮތަށް. ޤާނޫނު އަސާސީގައި އިތުރު ކުރެވުނު ޗެޕްޓަރ ބަލާލަން އެބަޖެހޭ ހުރިހާ އެންމެންވެސް. މިއި ބީރައްޓެހި ޗެޕްޓަރއެއް. މިއީ ޤާނޫނު އަސާސީއަށް މުހިއްމު ޗެޕްޓައެއް ނޫން. ޤާނޫނު އަސާސީ 24 ގަޑިއިރުގެ ތެރޭގައި ބަދަލުކޮށްލީ ވަކި މީހަކަށްޓަކައި.
ޝިއުނާ: ޓްރާންސްޕޭރެންސީ
2014 ވަނަ އަހަރު ފަނަރަ ރަށަކުން ފަނަރަ ބިން ގަނެފައި. މިއީ ދުނިޔޭގެ ގައުމުތަކުން ކުރާ ކަމެއް. ރާއްޖޭގެ ގަވަނަންސްގެ ހާލަތު ދަށް ވެފައިވާތީ ބިން މިލްކު ކޮށްދޭން މިއުޅެނީ. ރާއްޖޭގެ ބިން މި މިލްކުކޮށްދެނީ ސައުދީ އަރަބިއްޔާއަށް. މިކަން ސިއްރު ކުރަންޖެހެނީ ކީއްވެ ކަމެއް ނޭނގޭ.
ޕެނަލް ޑިސްކަޝަން
ބިން މިލްކު ކުރުމަށް ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން
ބިން މިލްކު ކުރުމާއި ގުޅޭ ގޮތުން ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން
ބިން މިލްކު ކުރުމާއި ގުޅޭ ގޮތުން ޓްރާސްޕޭރެންސީން ބާއްވާ ބައްދަލުވުން