މިރޭގެ ފަލަ ސުރުޚީގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެތަލް އަނަސް

މިރޭގެ ފަސަސުރުޚީގެ ތެރެއިން
މިކަމުގައި ކޮރަޕްޝަން ވާނެ
މެޑަމްގެ ފައުންޑޭޝަނުން މިހާތަނަށް އަދި އެއްވެސް ކަމެއް ކޮރަޕްޝަނަަށް ނުވާގޮތަކަށް ނުކުރޭ، އިންތިޚާބު ފަސްކުރަން ލަފާދިން ހުރިހާ ބޭފުޅުން ގާނޫނީ ޒިންމާ ނަންގަވަން ޖެހޭނެ، ކޮނަމެސް ދުވަހަކުން ވަކި ވަކިން ފަރުދީ ގޮތުން އެބޭފުޅުން އެ ޒިންމާ ނަގަން ޖެހޭނެ، އެއްވެސް ބާރެ ލިބިގެނެއް ނުވޭ އެބޭފުޅުްނނަކަށް، އަޅުގަނޑުމެނގެ ކެމްޕެއިން ވަރުބަލި ކަމެއްނެތި ދާނީ ކުރިއަށް، މިރޭވެސް އެމްޑީޕީގެ ހަރުގޭގައި ކެމްޕެއިން ޖަލްސާ އޮންނާނެ، އަޅުގަނޑުމެން ނުހުއްޓުވޭނެ
އެޗްޕީއޭއިން ހުއްޓުވަންވީ އިންތިޚާބެއް ނޫން
ބައްޔެއް ފެތުރެމުންދާއިރު، އެއްބޭފުޅަކަށް އެހާ ގިނަ އަދަދަކަށް ބޭސް ދޫކުރެވިދާނެތޯ ސުވާލު އުފެދޭ، މީ މިބަލި އިތުރަށް ފެތުރިދާެކަމެއް، ސިއްޚީ ދާއިރާގެ އެއްވެސް ފަންނެއް ހުރި ބޭފުޅުންނެއް ނޫން، އެޗްޕީއޭއިން ހުއްޓުވަންވީ އިންތިޚާބެއް ނޫން މިކަން
ގާނޫނުގައި ބަޔާން ކުރާ އުޒުރުތަކެއް ނޫން ދައްކަނީ
ސާފުކޮށް އޮތްކަމެއް ކޯޓް އަމުރަކުންވެސް ފަސްކުރެވިގެން ނުވާނެ، ގާނޫނުގައި ބަޔާން ކުރާ އުޒުރުތަކެއް ނޫން މި ދައްކަވަނީ، ގާނޫނުގައި އޮންނަނީ ބުނާ ތާރީޚައް ބޭއްވުން.
މީ ރޯގާއާއި ގުޅުން އޮތް ކަމެއް ނޫން
މީ ރޯގާއާއި ގުޅުމެއް އޮތް ކަމެއް ނޫން، މީ އެބޭފުޅުންނަށް ތާއީދު ނެތުމުން ކުރާ ކަމެއް، ޕީޕީއެމްގެ ބޭފުޅުން އުޅޭ ގޭގެއަށްވެސް އަޅުގަނޑުމެން ޒިޔާރަތް ކުރަން އެބޭފުޅުންވެސް ބޮޑެތި ކަންބޮޑުވުން އެބަހުރި، ފެނާއި ކަރަންޓާއި އަގުބޮޑުކޮށް، ހައްގުތައް ހަނިކުރަމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރޭ
އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާދޭ
މި ފަސްކުރި 3 ފަހަރުވެސް އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާދޭ، ކެމްޕެއިން ހަރަކާތްތައް ހުރީ ރޭވިފައި، އެޕްރީލް އަދި މޭ މަހުގެ 6 އަށް ވެސް އެކުރީ ރޭވިފައި، މި ހަފްތާއަށްވެސް ދަތުރުތައް އެހުރީ ރޭވިފައި، ހަރަކާތްތައް ދާނީ އިތުރަށް ވަރުގަދަވަމުން، އަދިވެސް މި ބަލަނީ އަޅުގަނޑުމެން ވަރުބަލި ކޮށްލުމަށް
ބަލީގެ ހާލަތު އޮތީ އިންތިޚާބު ފަސްކުރާ ހާލަތުގައިތޯ
ލެވަލް 3 ގައި ބަލީގެ ހާލަތު އޮތް އިރު އިންތިޚާބު ފަސްކުރަން ޖެހޭ ސަބަބެއް ނޭނގޭ، އެބޭފުޅުންނަކަށް މިކަމަކަށް ޖަވާބެއް ނުދެވޭ، މުޅިގައުމަށް އޭގެ އަސަރު ކުރާ ހާލަތުގައި ތޯ ސުވާލު ކުރިން އެއަކަށް ޖަވާބެއް ނުދެވޭ
ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ
އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުން ކަށަވަރުކޮށްދޭށޭ އަޅުގަނޑުމެން މި ދަންނަވަނީ، މުއައްސަސާތަކުން އެ ކުރައްވަނީ އެހެން ބޭފުޅުންގެ މަޝްވަރާއާއި އެއްގޮތަށްތޯ ސުވާލު އުފައްދަންްޖެހޭ
މިރޭގެ ފަލަ ސުރުޚީގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް
ރާއްޖެޓީވީގެ މިރޭގެ ފަލަސުރުޚީގައި ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއް ސައްތާރު