Raajje.mv

ރިސޯޓް ހަދަން ދޫކުރި އަލިކޮއިރަށް ވިއްކާލައިފި

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ހުޅުވާލި، އއ. އަލިކޮއިރަށް ކުއްޔަށް ނެގި ފަރާތުން އެ ރަށް ވިއްކާލައިފިއެވެ. މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް އެ ވުޒާރާއިން ކުއްޔަށްދޫކޮށްފައިވާ އއ. އަލިކޮއިރަށް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް އެރަށާ ގުޅިގެން ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން، މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖޭހޭ އިޖުރާތުތައް ފުރިހަމަ ކުރުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ، ސަރުކާރުގެ ގެޒެޓުގައި މި އިޢުލާން ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން އެކަން އެ މިނިސްޓްރީއަށް ރަސްމީކޮށް އަންގަން ޖެހެއެވެ. އއ. އަލިކޮއިރަކީ މީގެކުރިން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރުމުން މާޒިޔާ ޕްރައިވެޓް ލިމިޓެޑުން ނެގި ރަށެކެވެ. ނަމަވެސް، ފަހުން ކޮންމެވެސް ސަބަބަކާ ހުރެ ސަރުކާރުން ވަނީ އެ ކުންފުނީގެ އަތުން އެ ރަށް އަތުލާފައެވެ

01 ނޮވެމްބަރު 2026
0
 ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ އއ. އަލިކޮއިރަށް

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ އއ. އަލިކޮއިރަށް

ކޮންޓެންޓެއް ނެތް