Raajje.mv
ލައިވް

ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީންގެ ބައްދަލުވުން

ކުރީގެ ތިން ރައީސުން ބައްދަލު ކުރަން ނިންމާފައި މި ވަނީ، ނޫސްވެރިކަމުގެ މިނިވަން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން އަންނަ ވަގުތެއްގައި.

15 މެއި 2026
0
ކުރީގެ ތިން ރައީސުން އެކުގައި ބައްދަލު ކުރައްވަން ނިންމެވުން

ކުރީގެ ތިން ރައީސުން އެކުގައި ބައްދަލު ކުރައްވަން ނިންމެވުން

15 މެއި 2026 | 17:26

ތިން ރައީސުން ބޭއްވެވި ބައްދަލުވުމަށްފަހު އެ ބޭފުޅުން ވަޑައިގެންނެވި ވަގުތު، ފުލުހުން ޝީލްޑްތަކާއެކު ހުރަސްއަޅައި، އަނިޔާވާ ފަދަ ގޮތަކަށް ކުރިމަތިލުންތަކެއް ވަނީ ހިންގާފައި.

15 މެއި 2026 | 17:22

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

ސަރުކާރުން ހަދަމުންދާ ގޯސްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ގޮވާލައްވައިފިއެވެ.

15 މެއި 2026 | 17:00

ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމުމާއެކު ސަޕޯޓަރުން ގެންދަނީ އުފާ ފާޅުކުރަމުން

15 މެއި 2026 | 16:45

މިރޭ 3 ރައީސުން މި ބައްދަލުވީ ރިޔާސީ މެނިފެސްޓޯގެ ވާހަކަ ދައްކައި، 3 ރައީސުންގެ ވެރިކަމުގެ ތަހުގީގެއް ހިންގާކަށް ނޫން: ރައީސް ނަޝީދު

15 މެއި 2026 | 16:22

ތިން ރައީސުން ނެރުއްވި ގުޅިފައިވާ ބަޔާން

ތިން ރައީސުން ނެރުއްވި ގުޅިފައިވާ ބަޔާން
ތިން ރައީސުން ނެރުއްވި ގުޅިފައިވާ ބަޔާން

15 މެއި 2026 | 16:13

މުޅި ޤާނޫނުއަސާސީ އަތްޕުޅުމައްޗަށް ކައްސާލައިގެން މިހާރު އެގެންދާ ގެންދެވުމަށް ފެންނަނީ ޚުދުމުހުތާރު ވެރިކަމެއްގެ ސިފަ: ރައީސް ޔާމީން

15 މެއި 2026 | 16:13

ފިކުރު ތަފާތު، ޚިޔާލު ތަފާތު އެތައް ކަމެއް އެބަހުރި، އެހެންނަމަވެސް މިވަގުތަކީ އެ ޚިޔާލު ތަފާތުވުންތައް އެކަހެރިކުރަންވީ ވަގުތު: ރައީސް ސޯލިޙު

15 މެއި 2026 | 16:12

އަޅުގަނޑުމެން ތިން މީހުން މިވަނީ މިކަމާ ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވިފައި. ކުރިއަށް ދިއުމުގައި ވެސް މަޝްވަރާތައް ކުރިއަށްދާނެ: ރައީސް ނަޝީދު

15 މެއި 2026 | 16:09

މިހާރު ޖަލު ބަންދުގައި ތިބި ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް 3 ރައީސުން ގޮވާލައިފި

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށް ގުޅިފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިހާރު ޖަލު ބަންދުގައި ތިބި ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށްވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ބައްދަލުވުން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ބައްދަލުވުން

15 މެއި 2026 | 16:08

ރައްޔިތުންގެ ފައިސާއާއި މުދާ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭކަމުގެ އިތުބާރު ގެއްލިއްޖެ: 3 ރައީސުން

ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް 3 ރައީސުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކަންކަން އިސްލާޙު ކުރުމަށްވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއާއި މުދާ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއްވަންދެން ދިވެހިން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފުހެވިގެންދާތަން ފެންނަމުންދާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

15 މެއި 2026 | 16:07

އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާ މި ޙާލަތުގައިވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑު: 3 ރައީސުން

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަމަށް، އަދި މި ޙާލަތުގައިވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވޭ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ބައްދަލުވުން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ބައްދަލުވުން

15 މެއި 2026 | 15:57

ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވޭ: 3 ރައީސުން

ތިން ރައީސުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ ކަމަށް.

މީގެ އިތުރުން، ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ޙާލަތުގައިވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކަންކަން އިސްލާޙު ކުރުމަށްވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.

15 މެއި 2026 | 15:53

ދައުލަތުގެ މުއައްސަސާތައް އޮތީ ހިސޯރުކޮށްފައި: 3 ރައީސުން

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށް. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާކަމަށްވެސް ވަނީ ފާހަގަކޮށްފައި. 

15 މެއި 2026 | 15:45

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަން ތައްޔާރުވަނީ

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަން ތައްޔާރުވަމުން އެބަދޭ، އެކަމުގެ އިންތިޒާމުތައް މިހާރު އެބަ ކުރިއަށްދޭ. 

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަން ތައްޔާރުވަނީ
ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަން ތައްޔާރުވަނީ

15 މެއި 2026 | 15:41

މި ބައްދަލުވުމުގައި ޤައުމަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް ބެލެވޭ

  ތިން ރައީސުންގެ ތާރީޚީ ބައްދަލުވުން: މިއީ މި ތިން ބޭފުޅުން އެކުގައި ބައްދަލުކުރައްވާ ފުރަތަމަ ފަހަރު. މި ބައްދަލުވުމުގައި ޤައުމަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް ބެލެވޭ. އަދި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ.   

15 މެއި 2026 | 15:31

ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، ހޯލުގެ ބޭރުގައި ސަޕޯޓަރުން ތިބީ އިންތިޒާރުގައި

ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، ހޯލުގެ ބޭރުގައި ސަޕޯޓަރުން ތިބީ އިންތިޒާރުގައި، އެގޮތުން އެމްޑީޕީއާއި ޕީއެންއެފްގެ އިސް ބޭފުޅުން އެތަނުގައި އެބަތިބި. 

ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، ހޯލުގެ ބޭރުގައި ސަޕޯޓަރުން ތިބީ އިންތިޒާރުގައި
ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، ހޯލުގެ ބޭރުގައި ސަޕޯޓަރުން ތިބީ އިންތިޒާރުގައި
ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، ހޯލުގެ ބޭރުގައި ސަޕޯޓަރުން ތިބީ އިންތިޒާރުގައި
ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، ހޯލުގެ ބޭރުގައި ސަޕޯޓަރުން ތިބީ އިންތިޒާރުގައި

15 މެއި 2026 | 15:22

ތިން ރައީސުން ބައްދަލު ކުރައްވާ ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވާން ފަށައިފި

ތިން ރައީސުން ބައްދަލު ކުރައްވާ ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވާން ފަށައިފި، ފުލުހުން ގެންދަނީ އެ ސަރަޙައްދުގައި ތިބި އާންމުން އެ ސަރަޙައްދުން ދުރުކުރުމަށް މަސައްކަތް ކުރަމުން، އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެތަނުގައި ތިބި އާންމުންގެ މެދުގައި ނުރުހުންވުން ވަނީ އުފެދިފައި. 

15 މެއި 2026 | 15:16

ތިން ރައީސުންގެ މަޝްވަރާތައް ފެށިއްޖެ

ތިން ރައީސުންގެ މަޝްވަރާތައް މިހާރު ވަނީ ފެށިފައި، މިއީ ކުރީގެ ތިން ރައީސުން މިފަދަ ގޮތަކަށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރު. 

ތިން ރައީސުންގެ މަޝްވަރާތައް ފެށިއްޖެ
ތިން ރައީސުންގެ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026 | 15:10

ތިން ރައީސުންގެ ބައްދަލުވުމުގައި ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަން ދިފާއު ކުރުމަށް މަޝްވަރާ ކުރައްވާނެ

ކުރީގެ ތިން ރައީސުން ބައްދަލު ކުރަން ނިންމާފައި މި ވަނީ، ނޫސްވެރި ކަމުގެ މިނިވަން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން އަންނަ ވަގުތެއްގައި، އެގޮތުން ނޫސްވެރި ކަމުގެ މިނިވަންކަން ދިފާއު ކުރުމަށް، އެކުގައި މަސައްކަތް ކުރުމަށް ތިން ރައީސުންގެ ޝައުޤުވެރިކަން އޮތް ކަމަށް ވަނީ ހާމަ ކޮށްފައި.

15 މެއި 2026 | 15:09

ކުރީގެ ރައީސް ޔާމީނުވެސް ދާދި ދެންމެ ބައްދަލުވުމަށް ވަޑައިގެންފި

ކުރީގެ ރައީސް ޔާމީނުވެސް ދާދި ދެންމެ ބައްދަލުވުމަށް ވަޑައިގެންފި، މި ބައްދަލުވުމުގައި މުހިއްމު ގިނަ މަޝްވަރާތަކެއް ކުރެވިގެންދާނެ

ކުރީގެ ރައީސް ޔާމީނުވެސް ދާދި ދެންމެ ބައްދަލުވުމަށް ވަޑައިގެންފި
ކުރީގެ ރައީސް ޔާމީނުވެސް ދާދި ދެންމެ ބައްދަލުވުމަށް ވަޑައިގެންފި

15 މެއި 2026 | 15:06

ކުރީގެ ރައީސް ސާލިޙާއި ކުރީގެ ރައީސް ނަޝީދު ބައްދަލުވުމަށް ވަޑައިގެންފި

ކުރީގެ ރައީސް ސާލިޙާއި ކުރީގެ ރައީސް ނަޝީދު މިހާރު ވަނީ ބައްދަލުވުމަށް ވަޑައިގެންފައި، އަދި ދެބޭފުޅުން މިހާރު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުން

ކުރީގެ ރައީސް ސާލިޙާއި ކުރީގެ ރައީސް ނަޝީދު ބައްދަލުވުމަށް ވަޑައިގެންފި
ކުރީގެ ރައީސް ސާލިޙާއި ކުރީގެ ރައީސް ނަޝީދު ބައްދަލުވުމަށް ވަޑައިގެންފި

15 މެއި 2026 | 14:51

ތިން ރައީސުންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ބާއްވަމުންދާ އިންތިޒާމުތައް

ތިން ރައީސުންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ބާއްވަމުންދާ އިންތިޒާމުތައް ދަނީ ކުރިއަށް، މިވަގުތު އެ ސަރަޙައްދުގެ ތައްޔާރީތައް އެބަ ކުރިއަށްދޭ. 

ތިން ރައީސުންގެ ބައްދަލުވުމުގެ ތައްޔާރީތައް
ތިން ރައީސުންގެ ބައްދަލުވުމުގެ ތައްޔާރީތައް