މަސްވެރިންގެ އިހުތިޖާޖް
މިއީ ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އެދި ސުލްހަވެރި ކަމާއި އެކު ބާއްވާ އިހުތިޖާޖެކެވެ.

މަސްވެރިންގެ އިހުތިޖާޖު
މައުރޫފް ހައްޔަރު ކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމައެއް ނުވި
ރައްޔިތުން މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީ އިން ބޭއްވި ބައްދަލުވުމުގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެންބަރުން ހަމައެއް ނުވެ އެވެ.
ކޮމެޓީގެ ބައްދަލުވުން މިހާރު ނިމިއްޖެ.
މެންބަރު މައުރޫފު ހައްޔަރުކުރުމާ ގުޅިގެން ހިނގާ އިމްތިޔާޒު ކޮމެޓީ ބައްދަލުވުން މިވަގުތު ކުރިޔަށްދަނީ
ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީ ބައްދަލުވުން ފަށައިފި އެވެ.
މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ހުށަހެޅީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެވެ. ބުރާސްފަތި ދުވަހު ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން އަންގާފައި ވުމުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގެންދެވިފައިވަނީ ހައްޔަރަށްތޯ ނުވަތަ ނޫންކަން ފުލުހުންގެ ކިބައިން ސާފުކޮށް ދިނުމަށް ވަނީ އެދިފަ އެވެ.
އަދި ކޮމެޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ މެންބަރު މައުރޫފް އަދިވެސް ހުރީ ހައްޔަރުގައި ކަން ކަށަވަރު ކޮށްދީފަ އެވެ.

ރާއްޖެޓީވީގެ ކުރޫ ތިބީ ހައްޔަރު ކޮށްފައި ނޫން އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން
ފުލުހުން މިހާރު ބުނަނީ ރާއްޖެޓީވީގެ ކުރޫ ތިބީ ހައްޔަރު ކޮށްފައި ނޫންކަމަށް، ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް ނޫން ކަމަށް، ހައްޔަރު ކުރި ދޯނީގައި ތިބީމަ ގެންދިޔައީ ކަމަށް.. ކުރޫ ތިބީ ދޫނިދޫ ފަޅު ތެރޭގައި.
މަސްވެރިންގެ މުޒާހަރާ - ފުލުހުން އަންގައިގެން ރާއްޖެ ޓީވީގެ ލައިވް މެދުކަނޑާލައިފި
މަސްވެރިން ކުރަމުންދާ މުޒާހަރާގައި ފުލުހުން އަންގައިގެން ރާއްޖެ ޓީވީ އިން ގެނެސްދެމުންދިޔަ ލައިވް މެދުކަނޑާލައިފި. ފުލުހުން، ދޯނި އެމީހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ވަނީ ލައިވް މެދުކަނޑާލަން އަންގާފައި. ނަމަވެސް ސަބަބެއް ނުބުނޭ.
2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި، ގެންދަނީ ދޫނިދޫ އަށް
މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ.
ދޯނިތަކަށް ފުލުހުން އެރީ ބިދޭސީންގެ މައުލޫމާތު ހޯދަން: ފުލުހުން
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުން. އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި" ޕޮލިސް މީޑިއާ
ފުލުހުން މެމްބަރު މަޢުރޫފް ހައްޔަރު ކޮށްފި
ބޮޑު ކަންނެލީގެ މަސްވެރިން މިހާރު ކުރަމުން އަންނަ އިހުތިޖާޖުގައި ބައިވެރި ވަމުން އަންނަ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޛާކިރު ފުލުހުން ވަނީ ހައްޔަރު ކޮށްފައި. މަޢުރޫފް ހުންނެވި ދޯންޏަށް އަރައި، ފުލުހުން ވަނީ އަނިޔާވެރި ގޮތެއްގައި މަޢުރޫފް ހައްޔަރު ކޮށްފައި.
ހަތަރު ބިދޭސީ އަކު ހައްޔަރުކޮށް، ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް
ބޮޑު ކަންނެލީގެ މަސްވެރިން މިހާރު ކުރަމުން އަންނަ އިހުތިޖާޖުގެ ދޯންޏަކަށް ފުލުހުން އަރައި ހަތަރު ބިދޭސީ އަކު ވަނީ ހައްޔަރު ކޮށްފައި. އަދި އިހުތިޖާޖުގައި ބައިވެރިވާ ދޯންޏެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
ފުލުހުން ދޯނިތަކަށް އަރައި އިހުތިޖާޖްގެ ބައިވެރިންނާ ކުރިމަތިލަނީ
ރައީސް މުއިއްޒާ މިނިސްޓަރު ޝިޔާމް މަސްވެރިންނާ ބައްދަލު ކޮށް ޑިމާންޑުތަކަށް ހައްލު ހޯދައިދިނުމާ ހަމައަށް އިހުތިޖާޖު ކުރިއަށް ދާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލު ކޮށް ޑިމާންޑު ތަކަށް ހައްލު ހޯދައިދިނުމާ ހަމައަށް އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ފާސް ކޮށްފި އެވެ.
އިހުތިޖާޖުގެ ބައިވެރިން މިގޮތަށް މިކަން ފާސް ކޮށްފައިވާއިރު މިކަމަށް އިޖާބަ ދިނުމަށް ވަކި ވަގުތެއް ދިނުމަށް ވެސް ފާސް ކޮށްފައި ވެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ސަރުކާރުން މިކަމަށް އިޖާބަ ނުދީފި ނަމަ އިހުތިޖާޖުގެ ބައިވެރިން 1 ނަންބަރު ޖެޓީ އަށް ވަނުމަށް ވެސް ފާސް ކޮށްފައި ވެއެވެ.
އިހުތިޖާޖުގެ ދޯނިތައް ނެރާ ކައިރި ވުމާއެކު ކޯސްޓް ގާޑުގެ މަނަވަރުތައް ވަނީ ދޯނިތައް ނެރުން ވަނަ ނުދިނުމަށް ހުރަސް އަޅާފަ އެވެ. ކޯސްޓް ގާޑުން ވަނީ 1 ނަންބަރު ޖެޓީ ގެ އިތުރުން ރަސްމީ ފާލަން ވެސް ބަންދު ކޮށްފަ އެވެ.

ކޯސްޓް ގާޑް މަނަވަރުތައް އިހުތިޖާޖު ގެ ދޯނިތަކަށް ވަނީ ހުރަސް އަޅާފައި
އިހުތިޖާޖުގެ ދޯނިތައް ނެރާ ކައިރި ވުމާއެކު ކޯސްޓް ގާޑުގެ މަނަވަރުތައް ވަނީ ދޯނިތައް ނެރުން ވަނަ ނުދިނުމަށް ހުރަސް އަޅާފަ އެވެ. ކޯސްޓް ގާޑުން ވަނީ 1 ނަންބަރު ޖެޓީ ގެ އިތުރުން ރަސްމީ ފާލަން ވެސް ބަންދު ކޮށްފަ އެވެ.


ކޯސްޓް ގާޑް މަނަވަރުތައް އިހުތިޖާޖު ގެ ދޯނިތަކަށް ހުރަސް އަޅައިފި
މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް ދަތުރު ފެށުމާއެކު އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ މާލޭ ނެރު ބަންދު ކޮށް، ފޯރި މަރަން ފަށާފަ އެވެ.
އަދި ދޯނިތައް ނެރާ ކައިރި ވުމާއެކު ކޯސްޓް ގާޑުގެ މަނަވަރުތައް ވަނީ ދޯނިތައް ނެރުން ވަނަ ނުދިނުމަށް ހުރަސް އަޅާފަ އެވެ. ކޯސްޓް ގާޑުން ވަނީ 1 ނަންބަރު ޖެޓީ ގެ އިތުރުން ރަސްމީ ފާލަން ވެސް ބަންދު ކޮށްފަ އެވެ.


ކޯސްޓް ގާޑުން ނެރު ބަންދު ކޮށް ފޯރި މަރަން ފަށައިފި
މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް ދަތުރު ފަށާފައިވާއިރު އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ މާލޭ ނެރު ބަންދު ކޮށް، ފޯރި މަރަން ފަށާފަ އެވެ.

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދަން ނިންމާފައިވާ މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ ދަތުރު ކުރަނީ
މަސްވެރިން ބުނީ ކަންބޮޑުވުން ތަކަށް ހައްލު ލިބެންދެން އިހުތިޖާޖުގައި ދެމިތިބޭނެ ކަމަށް
ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން ބުނީ މިއަދާ ހަމައަށް ކުރެވުނު އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެއްވެސް އަލިމަގެއް ނުފެނި މާޔޫސްކަން ގެނުވާފައިވާ ކަމަށެވެ.
އެހެން ކަމުން މިއަދު ކުރިއަށް އިހުތިޖާޖުގައި އެންމެހާ މަސްވެރިން ބައިވެރިވުމަށް އެ ޔޫނިއަން އިން ވަނީ ގޮވާލާފަ އެވެ.

މަސްވެރިން ސަރުކާރަށް ގޮވާލާފައި ވަނީ މަސްވެެރިންނަށް ވެފައިވާ ވަޢުދުތައް ލަސް ނުކޮށް މިހާރުން މިހާރަށް ފުއްދައި ދިނުމަށެވެ. އަދި ބޭކާރު އެތައް ޚަރަދެއް ދަޢުލަތުން ކުރަމުން ދާއިރު އަލަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި މަސްވެރިންނަށް ވީ ވަޢުދު ފުއްދަން ފައިސާ ހިމެނުމަށް ވެސް މަސްވެރިން ވަނީ ގޮވާލާފަ އެވެ.
އިހުތިޖާޖަށް މަސްވެރިން ތައްޔާރު ވަމުން ދަނީ
ރައީސް ޑރ މުއިއްޒު ވަނީ މަސްވެރިންނަށް ބޮޑެތި ވަޢުދުތަކެއް ވެފައި، ނަމަވެސް އެ ވަޢުދުތައް ފުއްދިފައި ނުވާތީ، އެކަމުގައި އަޑު އުފުލުމަށް މަސްވެރިން ދަނީ ތައްޔާރު ވަމުންނެވެ.

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖަކީ، ރައީސް މުއިއްޒު ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް އެދި ސުލްހަވެރި ކަމާއި އެކު ބާއްވާ އިހުތިޖާޖެކެވެ. މިއަދު ފެށޭ ސުލްހަވެރި އިހުތިޖާޖުގައި އެންމެހައި މަސްވެރިން ބައިވެރިވެ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން އަޑު އުފުލުމަށް ޔޫނިއަން އިން ވަނީ ގޮވާލާފަ އެވެ.
އިހުތިޖާޖަށް މަސްވެރިން ތައްޔާރު ވަމުން ދަނީ
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށާއި، އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހަ އިން އައިސް، ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ސުލްހަވެރި އިހުތިޖާޖުގައި އެންމެހައި މަސްވެރިން ބައިވެރިވެ މިކަން ކޮޅެއްގައި ޖެހެންދެން، އަޑު އުފުލުމަށް ބީ.ކޭ.އެމް.ޔޫ އިން ގޮވާލައިފި
ބޮޑުކަންނެލި މަސްވެރިންގެ ހައްޤުތައް ހޯދުމަށް ބުދަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ އިހުތިޖާޖާ ގުޅޭ ގޮތުން ބީ.ކޭ.އެމް.ޔޫ އިން މިވަނީ ނޫސްބަޔާނެއް ވެސް ނެރިފަ އެވެ.
އެބަޔާނުގަައި، އެ ޔޫނިޔަން މެންބަރުންގެ ހައްޤުތަށް ކަށަވަރު ކުރުމަށް ތަފާތު ގިނަގުނަ މަސައްކަތްތައް އެޔޫނިޔަންގެ ފަރާތުން ކުރަމުން އަންނަކަން ފާހަގަކޮށް ބުނެފައިވަނީ، މިސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ވެފައިވައިވާ ވަޢުދުތަކެއް ވާ ކަމަށާއި، އަދި އެވައުދުތައް ފުއްދައިދިނުމަށް ވަޢުދުވެފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ، ދަށް އަގަކީ 80 'ރުފިޔާ އަދި 100 ރުފިޔާ ކަމަށާއި، އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް، ލިބޭނެ އިންތިޒާމް ހަމަޖެއްސުން، ހިމެނޭ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ، މި ވަޢުދުތައް ފުއްދުމަށް އެދި މި، ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަ ސިފައިގައި ގޮވާލަމުން އަންނަ ކަމަށެވެ. އަދި ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި މީޓިންތައް ސަރުކާރާއި މަސްގަންނަ ފަރާތްތަކާއި އެކު، ބޭއްވުމާއި ބަޔާންތަށް ނެރެފައިވާނެ ކަމަށެވެ.
އެގޮތުން 6 މެއި 2024، 10 ޑިސެންބަރ 2024، 17 ސެޕްޓެމްބަރ 2025 އަދި 12 ނޮވެމްބަރ 2025 ގައި ތަފާތު ނޫސްބަޔާންތަށް މެދުވެރިކޮށް، ވަޢުދުތަށް ފުއްދުމަށް ގޮވާލާ މަޝަވާރާގެ މަތީން ކަންކަން ހައްލުކޮށް ދިނުމަށް ބާޔާންތަށް ނެރެފައިވާނެ ކަމަށެވެ. އަދި ހަމައެހެންމެ ވަޢުދުތަށް ފުއްދުމަށް އެދި، 28 ސެޕްޓެމްބަރ 2025 އި ރައީސުލް ޖުމުހޫރިއްޔާއަށް އަދި 21 އޮކްޓޯބަރ 2025 ގައި ފިޝަރީޒް މިނިސްޓާރއަށް ސިޓީ ފޮނުވައި، އެދިފައިވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ، 12, ނޮވެމްބަރ 2025 ގައި ނެރުނު އެ ޖަމިއްޔާގެ ބަޔާނުގައި މިއއަހަރުގެ 10 ޑިސެންބަރ ގައި އެޖަމުއްޔާގެ އަހަރީ ބައްދަލުވުމަށްފަހު މެންބަރުންގެ މަޝްވަރާއާއި އެކު، އިޙުތިޖާޖ ކުރާންނިންމާފައިވާކަން ވާނީ އިޢުލާންކޮށްފައި ކަމަށެވެ.
ނަމަވެސް، މިއަދާހަމައަށް ކުރެވުނު އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް، އެދެވޭ، އަލިމަގެއް ނުފެނި މާޔޫސްކަން -ގެނުވާފައިވާ ކަމަށެވެ.
އެހެންކަމުން، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅައިނުލުމާއެކު، ހައްލު ހޯދައިދީފައި ނުވާތީ މި އަހަރުގެ ޑިސެމްބަރ 10 ވަނ ދުވަހު އެ ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު ކަންނެލި މަސްވެރިންގެ ހައްޤުގައި އަޑުއުފުލާ އިހުތިޖާޖް، ކުރާނެވާހަކަ ކަމާބެހޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން، މިއަދު ފެށޭ އެޔޫނިޔަންގެ ސުލްހަވެރި އިހުތިޖާޖުގައި. އެންމެހައި މަސްވެރިން ބައިވެރިވެ މިކަން ކޮޅެއްގައި ޖެހެންދެން، އަޑު، އުފުލުމަށް ގޮވާލާފައިވެ އެވެ.

ސަރުކާރުން ވަނީ ބޮޑު ކަންނެލި މަސްވެރިންނަށް ބޮޑެތި ވަޢުދުތަކެއް ވެފައި، ނަމަވެސް އެ ވަޢުދުތައް ފުއްދިފައި ނުވާތީ މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާ އަށް ބޮޑު
މިއީ ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖަކީ، ރައީސް މުއިއްޒު ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް އެދި ސުލްހަވެރި ކަމާއި އެކު ބާއްވާ އިހުތިޖާޖެކެވެ.
