Raajje.mv

ރިޔާސީ ބަޔާން 2025

މިއީ 2025 ވަނަ އަހަރަށް މަޖިލިސް ހުޅުވާ، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއެކެވެ.

06 ފެބުރުއަރީ 2025
195119
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

06 ފެބުރުއަރީ 2025 | 10:16

ރަސްމާލެ މިއަހަރު ހިއްކާ ނިންމައި، 4000 ފްލެޓްގެ ލިސްޓު މިމަހުގެ ތެރޭގައި އިއުލާން ކޮށް، ފްލެޓްތައް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި ހަވާލުކޮށް ނިންމަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމާ 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާ މަގުހެދުމާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ފެށުން. ގުޅީ ފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ރަށެއް. އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށާއި، ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ހަމައެއާއި އެކު އެތަނުގައި އަސާސީ ޚިދުމަތްތައް ގައިމު ކުރުމާ މަގު ހެދުމާ މިހާރު ވާނީ ކޮންޓްރެކްޓަރަކާ ސޮއިކުރެވިފައި. މާތްﷲގެ ވާގިފުޅާއެކު މާ ލަސްތަކެއް ނުވެ އޭގެ އަމަލީ މަސައްކަތްވެސް ފެށިގެން ދާނެ. ހަމަ އެފަދައިން ގިރާވަރު ފަޅު ބިން ހިއްކުމުގެ މަޝްރޫޢު ވެސް ވަރަށް އަވަހަށް އަލުން ފެށިގެންދާނެ. މީގެ އިތުރުން ހުޅުމާލެ ފަޅު ތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހިއްކާ ނިމިގެންދާނެ.  އަދި ގުޅީފަޅާ ގިރާވަރުފަޅާ ހުޅުމާލެ ފަޅު ތެރެއިން ހިއްކާ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތީގެ ރަޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމުގެ ޔަގީންކަން ވެސް ދެން. އަދި ހަމައެއާއި އެކު އިންޑިއާގެ ކޮންސިޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި އަލަށް 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއެއް މިއަހަރު ފެށުމަށް ދަނީ މަސައްކަތް ކުރަމުން. ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހި ކުރުމަށްތަކައި އުތުރުތިލަފަޅު 150 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގައި ފެށިގެންދާނެ. ހަމައެއާއި އެކު އުތުރުތިލަފަޅާ، ގިރާވަރުފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ނިމުމުގެ ކުރިން ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ އިދާރީ މަސައްކަތްތައް މިހާރުވަނީ ފެށިފަ. އަދި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މިއަހަރު ސޯޝަލް ހައުސިންގެ އައު މަޝްރުއުތައް ފެށީގެންދާނެ. އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށްދާ 4000 ފްލެޓް ނިންމުމާއި އެ ފްލެޓްތައް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެ ލިސްޓާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްޚަކަން ބެލުން އޮތީ މި ސަރުކާރަށް ހައްލުކުރަން ޖެހިފައިވާ ބޮޑު ހައްސާސީ މައްސަލައެއްގެ ގޮތުގައި. މާތްﷲގެ އިރާދަފުޅާއެކު ލިސްޓުގެ ސައްޚަކަން ބެލުމަށް ކުރަމުންދާ މަސައްކަތްނިމި މި މަހުގެ ތެރޭގައި ލިސްޓު އިއުލާން ކުރެވިގެންދާނެ. އަދި ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލު ކޮށް ގޮސް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި ހުރިހާ ފްލެޓެއް ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ.

06 ފެބުރުއަރީ 2025 | 09:45

މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފައި: ރައީސް މުއިއްޒު

މި ސަރުކާރުން ނިންމާފައިވާނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު، ފުށުދިއްގަރުފަޅުން މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތް ކުރިއަށް ގެންދަން. މި މަސައްކަތް ފުރިހަމަވެގެންދާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ - ރައްޔިތުންގެ މަޖިލިސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ - ރައްޔިތުންގެ މަޖިލިސް
06 ފެބުރުއަރީ 2025 | 09:34

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް އަޅުގަނޑު ވީ ވައުދުގައި 58 ރަށެއް ހިމެނޭނެ. ސަރުކާރުގެ އަމާޒަކީ މިހުރިހާ ރަށެއްގައިވެސް ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދިއުން: ރައީސް މުއިއްޒު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް އަޅުގަނޑު ވީ ވައުދުގައި 58 ރަށެއް ހިމެނޭނެ. އޭގެތެރޭގައި ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ކޮންޓްރެކްޓަރަކާ އެކީގައި ވަނީ ސޮއި ކުރެވިފައި. ބާކީ 57 ރަށުގެ ހައުސިން ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު ވާނީ އިއުލާން ކުރެވިފައި. މާލެ ފިޔަވާ އެހެން ރަށްރަށުގައި މިއަހަރު 12940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް މި އުލާންގެ ދަށުން ކޮންޓްރެކްޓަރުން ހޯދައިގެން މަސައްކަތް ކުރުމަށް ވަނީ ކަނޑައަޅާފައި. މީގެ ތެރެއިން ވަރަށް ބޮޑު ބައެއް އިމާރާތް ކުރުމަށް ރާވާފައިވަނީ އާބާދީ ބޮޑު އަދި އާބާދީ ތަރައްގީ އެއްފަސް ކުރުމުގެ ފުރުސަތު އޮތް ރަށްރަށުގައި. އެގޮތުން ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް އައްޑޫ ސިޓީގެ 6 ރަށުގައި ޖުމްލަ 1100 ހައުސިންގ ޔުނިޓް ހދ ހަނިމާދޫ، ރ. އުނގޫފާރު، ކ. ތުލުސްދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގދ ތިނަދޫ، ފުވައްމުލައް ސިޓީ، މިއިން ކޮންމެ ރަށެއްގައި 500 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާނުގެ ދަށުން ވަނީ އިއުލާން ކުރެވިފައި. އިތުރު 22 ރަށެއްގައި 100ށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް ވަނީ އިއުލާން ކުރެވިފައި. އަދި 100 ޔުނިޓަށްވުރެ މަދުން އިމާރާތް ކުރުމަށްވެސް 20 ރަށެއް މި އިއުލާނުގައި ވާނީ ހިމަނާފައި. ސަރުކާރުގެ އަމާޒަކީ މިހުރިހާ ރަށެއްގައިވެސް ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދިއުން.  

06 ފެބުރުއަރީ 2025 | 09:13

ޕާކިން މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސިޝަނަލް ފައިނޭންސިންގެ އެހީގައި މާލޭގެ 4 ސަރަހައްދެއްގައި ތިމާވެއްޓާ ރައްޓެހި އިޔާދަ ކުރަނިވި ހަކަތައިން ޕަވަރ ޖަނަރޭޓް ކުރާ ޕާކިންގ ބިއުލްޑިންތަކެއް އެޅުމަށްވަނީ ހަމަޖެހިފައި: ރައީސް މުއިއްޒު

މާލޭގައި އެއްމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސިޝަނަލް ފައިނޭންސިންގެ އެހީގައި މާލޭގެ 4 ސަރަހައްދެއްގައި ތިމާވެއްޓާ ރައްޓެހި އިޔާދަ ކުރަނިވި ހަކަތައިން ޕަވަރ ޖަނަރޭޓް ކުރާ ޕާކިންގ ބިއުލްޑިންތަކެއް އެޅުމަށްވަނީ ހަމަޖެހިފައި. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލަން.

06 ފެބުރުއަރީ 2025 | 08:55

ތިލަމާލެ ބްރިޖަކީ މި ސަރަހައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިއްމު މަސައްކަތެއް، ބްރިޖުގެ މަސައްކަތުގެ 50.88 އިންސައްތަ މަސައްކަތް ވަނީ ނިމިފަ: ރައީސް މުއިއްޒު

ތިލަމާލެ ބްރިޖަކީ މި ސަރަހައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިއްމު މަސައްކަތެއް. ބްރިޖުގެ މަސައްކަތުގެ 50.88 އިންސައްތަ މަސައްކަތް ވަނީ ނިމިފަ. ޑީޕްސީ ޕައިލް ކުރުމުގައި ލަސްވެގެން ގޮސްފައިވީ ނަމަވެސް އަދިވެސް އަޅުގަނޑުމެން އުއްމީދު ކުރަނީ ރާވާފައިވާ ގޮތަށް މަޝްރޫޢު ތަވާލާ އެއްގޮތަށް ނިމިގެންދާނެ ކަމަށް.

06 ފެބުރުއަރީ 2025 | 08:45

ހުރިހާ ބާވަތެއްގެ މަޝްރޫޢުތައް ހިމެނޭހެން ބަލާއިރު ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ އަލަށް ފަށާ މަޝްރޫޢުތަކާއެކު ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ: ރައީސް މުއިއްޒު

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަޝްރޫޢު ތަކާ ހުއްޓިފައިވާ ސްކޫލް އިންފްރާސްޓްރަކްޗަރ މަސައްކަތްތަކާ ހުއްޓިފައިވާ ހެލްތު ސެންޓަރުތަކާ ސިއްޚީ ދާއިރާގެ މަޝްރޫޢުތަކާ އަދި ކުޅިވަރުކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތްތަކެއް މިމަހާ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެށިގެންދާނެ. ހުރިހާ ބާވަތެއްގެ މަޝްރޫޢުތައް ހިމެނޭހެން ބަލާއިރު ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ އަލަށް ފަށާ މަޝްރޫޢުތަކާއެކު ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ.

06 ފެބުރުއަރީ 2025 | 07:08

މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމާ މާލެ ސަރަހައްދަށް ފެންފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި ބޭނުން ކުރަން ފެށޭނެ: ރައީސް މުއިއްޒު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ 50 މަޝްރޫޢު ކުރިއަށްދާނެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމާ މާލެ ސަރަހައްދަށް ފެންފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި ބޭނުން ކުރަން ފެށޭނެ

06 ފެބުރުއަރީ 2025 | 07:00

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ: ރައީސް މުއިއްޒު

މާލޭގެ ހުރިހާ މަގެއް އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު ބިއަ މަޝްރޫއެއް ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެއްމެ ފަހުގެ ތައްޔާރީތައް މިދަނީ ވަމުން. އެގޮތުން ފީޒިބިލިޓީގެ މަސައްކަތް މިހާރުވަނީ ނިމިފަ، މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ.

06 ފެބުރުއަރީ 2025 | 06:39

ހުޅުމާލޭގައި ބޮޑު ކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ. އަދި މީގެ ތެރެއިން ފެލިވަރާ ގދ ތިނަދޫގެ ގޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިއަހަރުގައި ނިމޭނެ: ރައީސް މުއިއްޒު

މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި އަޅުގަނޑުވެފައިވާ ގޮތަށް ޅ. ފެލިވަރު ގދ ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލް ސްޓޯރޭޖް ގާއިމު ކުރުމަށް މަސް ޕްރޮސެސިން ޕްލާންޓް ގާއިމު ކުރުމަށް މަސައްކަތް ކުރުމަށް ގދ ތިނަދޫ، މ މުލައް، ގއ ކޫއްޑޫ އަދި ހއ އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ގާއިމު ކުރުމަށް ހުޅުމާލޭގައި ބޮޑު ކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ. އަދި މީގެ ތެރެއިން ފެލިވަރާ ގދ ތިނަދޫގެ ގޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިއަހަރުގައި ނިމޭނެ.

06 ފެބުރުއަރީ 2025 | 05:55

މިއަހަރު ރާއްޖޭގެ އިގްތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރަން މިދިއަ އަހަރުވެސް ރާއްޖޭގެ ރަސްމީ ރިޒާވްވެސް ވަނީ އިތުރުވެފައި: ރައީސް މުއިއްޒު

މިއަހަރު ރާއްޖޭގެ އިގްތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރަން. މިދިއަ އަހަރުވެސް ރާއްޖޭގެ ރަސްމީ ރިޒާވްވެސް ވަނީ އިތުރުވެފައި. 2024 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 670.32 މިލިއަން އެމެރިކާ ޑޮލަރު ހުރި. މިއީ 2023 ވަނަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުއްމީދީ އަންދާޒާއަކީ މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރު އިތުރުވެގެން ދިއުން

06 ފެބުރުއަރީ 2025 | 05:46

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަން ތްރީޑީ ސްކޭނިން ހެދުމާ އެހެނިހެން ޒަމާނީ ވަސީލަތް ބޭނުންކޮށްގެން އާއްމުންނަށް، ކިޔަވާ ކުދިންނަށް ދިރާސާ ކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން ޑޭޓާ ބޭސްއެއް މިހާރުވާނީ ގާއިމުކޮށްފައި.

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަން ތްރީޑީ ސްކޭނިން ހެދުމާ އެހެނިހެން ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ދިވެހި ރާއްޖޭގެ މާއްދީ ތަރިކަ ދަފްތަރު ކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް އާއްމުންނަށް، ކިޔަވާ ކުދިންނަށް ދިރާސާ ކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން ޑޭޓާ ބޭސްއެއް މިހާރުވާނީ ގާއިމުކޮށްފައި. މީގެ އިތުރަށް ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުން މިއަހަރު ދިވެހި ސަގާފަތާ ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމް ވޯކެއް އުފައްދަން ފަށާނަން

06 ފެބުރުއަރީ 2025 | 05:35

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮންނަންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނެހެން. ރާއްޖޭގެ އިޚްތިޔާރުގައި ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހި ކުރެވެން ވާނެ: ރައީސް މުއިއްޒު

އަބަދުވެސް އަވައްޓެރި ގައުމުތައް މުހިއްމު ވާނެ. ހަމައެއާއި އެކު ބައިނަލްއަޤްވާމީ ސުލަހައާއި އަމާންކަމާ ދިވެހި ގައުމުގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް ދެން ހުރި ގައުމުތަކާ އެކު ވެސް ގުޅިގެން މަސައްކަތް ކުރަންވާނެ. ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން. އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާ ފުރާނައަށް ގެއްލުން ދިނުމާ އިންސާނީ ކަރާމަތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށް ވެސް ބަލައި ނުގަންނާނެ. މި ގޮތުން އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލްވުމަށް ނިންމާ ރާއްޖެއިން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވޭޝަން ހުށަހަޅާފައި. ހަމައެހެންމެ އަނިޔާ ލިބެމުންދާ ފަލަސްތިނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އދ އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ދުނިޔޭގެ އެކި ގައުމުތަކުން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭ ގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަށް އެދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އދ ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރު ދިވެހިރާއްޖެއިން ވާނީ ކޯ ސްޕޮންސަރ ކޮށްފައި. ޣާއްޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހި ރާއްޖެއިން ދުވަހަކު ވެސް ތާއިދެއް ނުކުރާނަން.

06 ފެބުރުއަރީ 2025 | 05:20

ޑްރަގާ ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ އިންސާނީ ވަސީލަތުގެ ގޮތުންނާ އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިއަހަރު އިތުރު ކުރެވިގެންދާނެ

ޑްރަގާ ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާ އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިއަހަރު އިތުރު ކުރެވިގެންދާނެ

06 ފެބުރުއަރީ 2025 | 05:15

17 ނޮވެމްބަރު 2023ން ފެށިގެން މިއަދާ ހަމައަށް 27 ޕޮލިސް ސްޓޭޝަން ވާނީ ހުޅުވާފައި، އަދި މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވިގެންދާނެ: ރައީސް މުއިއްޒު

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވެސް އިތުރު ކުރަން ޖެހޭ އެހެންކަމުން ފަޔަރ އެންޑް ރެސްކިއު އަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާނެ. ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރުން ނުހަނު އިސްކަންދީގެން މިދަނީ މަސައްކަތް ކުރަމުން. މިގޮތުން 17 ނޮވެމްބަރު 2023ން ފެށިގެން މިއަދާ ހަމައަށް 27 ޕޮލިސް ސްޓޭޝަން ވާނީ ހުޅުވާފައި. އަދި މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވިގެންދާނެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ނިމޭއިރު، ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ އެއްވެސް ރަށެއް ނޯންނާނެ. މީގެ އިތުރުން  20 ރަށެއްގައި ގާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި ފުރިހަމަ ދާއިމީ ޕޮލިސްސްޓޭޝަންތައް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެން ދާނެ.   

06 ފެބުރުއަރީ 2025 | 05:05

މި ލޮބުވެތި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ އަޒުމް: ރައީސް މުއިއްޒު

އަޅުގަނޑު ވެރިކަމާ ހަވާލުވެ ދިވެހި ގައުމާ މުޚާތަބުކުރި ފުރަތަމަ ދުވަހު ވީ އެންމެ ބޮޑު ވައުދަކީ ދިވެހިންގެ މިނިވަންކަމާ އަމިއްލަވަންތަ ކަން ހިމާޔަތްކޮށްދޭނެ ކަމުގެ ވައުދު. މި ލޮބުވެތި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ އަޒުމް. އެއީ އަޅުގަނޑުގެ އަމިއްލަ ނަފްސުގެ މައްޗަށް އަޅުގަނޑު ލާޒިމްކުރާ ދުވަހަކު ވެސް ފަރުވާ ކުޑަކޮށް ނުލާނެ ގައުމީ ވާޖިބެއް. އެހެންކަމުން ކަނޑާ އެއްގަމާ ވައިގެ ގޮތުންވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ގާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތް ކުރާނެ. މި ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ދެ ގުނަކޮށް ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވާނީ ފަށާފައި. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ކޯސްޓްގާޑުގެ އިތުރު މަރުކަޒްތައް ގާއިމު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވެސް ހަލުވި މިނުގައި ކުރެވެމުން އެބަދޭ. ކޯސްޓްގާޑުގެ ސްޕެޝިއަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޑް ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވާނީ އުފައްދާ ޚިދުމަތަށް ނެރެފި. ވައިގެ މަގުންވެސް ގައުމު ދިފާއު ކުރެވެންޖެހޭ.  އެގޮތުން ޒަމާނީ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށްޓަކައި އެމްއެންޑީއެފް އެއާކޯ 15 މާޗް 2024 ގައި އަޅުގަނޑު ވާނީ އުފައްދާފައި.

ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެތެރެއިން - ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެތެރެއިން - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 04:49

ޒަކާތުގެ ނިޒާމް ހަރުދަނާކޮށް ފުޅާ ކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދިކަން މިދިއަ އަހަރު މި ފިޔަވަޅުމަތި ހުރެ އަޅުގަނޑު ވާނީ ދަންނަވާފައި: ރައީސް މުއިއްޒު

ޒަކާތުގެ ނިޒާމް ހަރުދަނާކޮށް ފުޅާ ކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދިކަން މިދިއަ އަހަރު މި ފިޔަވަޅުމަތި ހުރެ އަޅުގަނޑު ވާނީ ދަންނަވާފައި. ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާ ގައުމަށް ލިބުނު މަންފާ އަށް ބަލާއިރު، ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރުވަނީ ގާއިމުކޮށްދޭން ފަށާފައި. ޒަކާތުގެ ނިޒާމް ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބު ކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާ ގަވައިދުތައް އެކުލަވާލާފައިވާނެ ފާސްކުރެވިފައި.

ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން - މަޖިލިސް
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން - މަޖިލިސް
06 ފެބުރުއަރީ 2025 | 04:43

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމަށް 35 މަޝްރޫޢު މިއަހަރު ކުރިއަށް ގެންދެވޭނެ: ރައީސް މުއިއްޒު

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް ވާނީ އަލުން އުފައްދާފައި. މަޖިލީހުގެ ބައްދައްލުވުންތައް ބާއްވާ މިސްކިތްތަކުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ބެލެހެއްޓެމުން. އަދި ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7.8 މިލިއަން ރުފިޔާ މިސްކިތްތައް ބެލެހެއްޓުމާ މަރާމާތު ކުރުމަށް ވާނީ ޚަރަދު ކުރެވިފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމަށް 35 މަޝްރޫޢު މިއަހަރު ކުރިއަށް ގެންދެވޭނެ.

06 ފެބުރުއަރީ 2025 | 04:38

އިސްލާމީ މެނޭޖްމަންޓް ޕްރޮގްރާމެއް އެކަމާ ގުޅުން ހުރި ދާއިރާތަކާ ޖަމިއްޔާތަކަށް އަމާޒުކޮށް މިއަހަރު ކުރިއަށް ގެންދަންވާނީ ނިންމާފައި: ރައީސް މުއިއްޒު

އިސްލާމީ ލީޑަރޝިޕް އުގަންނައިދީ ހޭލުންތެރިކުރުމަށްޓަކައި އިސްލާމީ މެނޭޖްމަންޓް ޕްރޮގްރާމެއް އެކަމާ ގުޅުން ހުރި ދާއިރާތަކާ ޖަމިއްޔާތަކަށް އަމާޒުކޮށް މިއަހަރު ކުރިއަށް ގެންދަންވާނީ ނިންމާފައި: ރައީސް މުއިއްޒު

06 ފެބުރުއަރީ 2025 | 04:33

މުޅި ރާއްޖެއަށް އަމާޒުކޮށް ރިސާލަތުގެ ޕްރޮގްރާމުގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަރުމާކޮށް މިދިއަ އަހަރު ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕްރޮގްރާމް ހިންގާފައި: ރައީސް މުއިއްޒު

މުޅި ރާއްޖެއަށް އަމާޒުކޮށް ރިސާލަތުގެ ޕްރޮގްރާމުގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަރުމާކޮށް މިދިއަ އަހަރު ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕްރޮގްރާމް ހިންގިފައި، އަދި މިއަހަރުވެސް ރިސާލަތު ޕްރޮގްރާމް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ

06 ފެބުރުއަރީ 2025 | 04:28

ހުސްވަގުތުކޮޅަށް ފަހު މަޖިލިސް ފަށައިފި

06 ފެބުރުއަރީ 2025 | 04:26

މަޖިލިސް ކުޑަ ވަގުތު ކޮޅަކަށް މެދު ކަނޑާލައިފި

މަޖިލިސް މެދުކަނޑާލީ ނަން އިއްވި މެމްބަރުން މަޖިލީހުން ބޭރުކުރުމަށް ފުރުސަތު ދިނުމަށް.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ވަޑައިގަތުން - ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ވަޑައިގަތުން - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 04:25

ބައެއް މެމްބަރުންގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި

ނަން އިއްވި މެމްބަރުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު، ހިތަދު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް.

06 ފެބުރުއަރީ 2025 | 04:19

މިކަމުގައި އަޅުގަނޑުގެ މަންހަޖަކީ ކުރީ އަހަރުގެ ވެސް މަންހަޖު: ރައީސް މުއިއްޒު

މިކަމުގައި އަޅުގަނޑުގެ މަންހަޖަކީ ކުރީ އަހަރުގެ ވެސް މަންހަޖު. އެއީ ދިވެހި އުއްމަތުގެ ހާލާ މުސްތަގުބަލް ކަނޑައެޅުމުގައި އެއްމެ މުހިއްމު އަސާސަކީ މާތްވެގެންވާ އިސްލާމްދީނާ ދިވެހިންގެ އަމިއްލަވަންތަކަމާ ދިވެހިންގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރިކުރުން.

06 ފެބުރުއަރީ 2025 | 04:11

މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު، ކުރިއަށް އޮތީ ނަތިޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް: ރައީސް މުއިއްޒު

06 ފެބުރުއަރީ 2025 | 04:04

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެށިއްޖެ

މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ

06 ފެބުރުއަރީ 2025 | 04:03

ރައީސް ޑރ މުއިއްޒަކީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ހައްގުތައް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން: މާރިޔާ

ރައީސް ޑރ މުއިއްޒަކީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ހައްގުތައް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން: މާރިޔާ

06 ފެބުރުއަރީ 2025 | 03:57

ފުރަތަމަ ރިޔާސީ ވައުދުތައް ފުއްދާފައި ނުވާތީ އެކަމާ އާއްމުން ދަނީ އަޑުއުފުލަމުން

އެމްޑީޕީން ކުރަމުންދާ އިހުތިޖާޖްގައި ރައީސް މުއިއްޒު 2024 ގައި އިއްވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދާފައި ނުވާތީ އެކަމާދަނީ ދެކޮޅަށް އާއްމުން ދަނީ އަޑު އުފުލަމުން

އެމްޑީޕީން ކުރަމުންދާ އިހުތިޖާޖްގެ ތެރެއިން - ރާއްޖެއެމްވީ
އެމްޑީޕީން ކުރަމުންދާ އިހުތިޖާޖްގެ ތެރެއިން - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 03:55

ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން ދަނީ އަޑު އުފުލަމުން

އެމްޑީޕީން އިހުތިޖާޖް ކުރަނީ - ރާއްޖެއެމްވީ
އެމްޑީޕީން އިހުތިޖާޖް ކުރަނީ - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 03:52

ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކުރާ ގެއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޒިޔާދު ޝުޢޫރު ފާޅުކޮށްފައިވާ ބޮޑެއް ހިއްޕަވައިގެން - ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޒިޔާދު ޝުޢޫރު ފާޅުކޮށްފައިވާ ބޮޑެއް ހިއްޕަވައިގެން - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 03:51

ޝުޢޫރު ފާޅުކޮށްފައިވާ ބޯޑުތަކާއެކު އެމްޑީޕީ އިން ދަނީ މަޖިލިސް ކުރާ ސަރަހައްދުގައި އިހުތިޖާޖު ކުރަމުން

އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ދުވަހު މަޖިލިސް އިމާރާތުގެ ކައިރީގައި އިހްތިޖާޖު ކޮށް އަޑު އުފުލާނެ ކަމަށް

އެމްޑީޕީ އިން އިހުތިޖާޖު ކުރަނީ - ރާއްޖެއެމްވީ
އެމްޑީޕީ އިން އިހުތިޖާޖު ކުރަނީ - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 03:46

މަޖިލިސް ކުރާގޭ ސަރަހައްދުގައި އާއްމުން ދަނީ ބޯޑު ހިފައިގެން އަޑު އުފުލަމުން

ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުތަކެއް ގެނެސް މެމްބަރުންގެ ބާރު ކަނޑުވާލާ، މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް އެމްޑީޕީ އިން އަންނަނީ ބުނަމުން.

06 ފެބުރުއަރީ 2025 | 03:39

ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ނުކުރާނަން

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް ޢައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން.

06 ފެބުރުއަރީ 2025 | 03:27

ރަސްމާލެ، ގިރާވަރުފަޅު، ގުޅީފަޅު، އަދި ހުޅުމާލެ ތަރައްގީ ކުރުން

ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން.

06 ފެބުރުއަރީ 2025 | 03:24

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް 2024ގައި ތަރައްގީކޮށް، ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު: ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ނިމި، އައު އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުޞަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވުރޭޖުކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުން ކަމަށް ބެލެވޭ. މުޅި އިޤުތިޞާދު ސިންދަފާތު ކުރުމުގެ މަސައްކަތުގެ މުހިންމު އެއް ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، ރާއްޖެއަށް އެ ދާއިރާއަކުން އެންމެ ބޮޑު ކޮމްޕެރަޓިވް އެޑްވާންޓޭޖެއް ލިބިފައި މި އޮތް ފަތުރުވެރިކަމުގެ ދާއިރާވެސް ސިންދަފާތު ކުރުން.

06 ފެބުރުއަރީ 2025 | 03:22

ޓޫރިޒަމްގެ ދާއިރާ އިތުރު ފުރުސަތުތައް ފަހިކޮށްދީ، އައު 20 ރިޒޯޓް 2024 ގައި ހުޅުވުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު: ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އައު 20 ރިޒޯޓް، މި އަހަރު ހުޅުވައި، 2800 އަށްވުރެ ގިނަ އެނދު އުފެދިގެން ދިޔުން. ނުހެދި ހުރި ރިޒޯޓުތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން. ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި، ހުރަސްތައް ބަލައި، އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި.

06 ފެބުރުއަރީ 2025 | 03:19

މަޖިލީހަށް ދާން އޮންނަ ސޯސަންމަގާ ހިސާބުން އެ ސަރަހައްދު ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައި، މީޑިއާތަކަށް ވެސް ނުވަދެވޭ

ބުރާސްފަތި ދުވަހު މަޖިލީސް ހުޅުވާއިރު، އެމްޑީޕީ އިން ގާނޫނު އަސާސީގެ ދިފާއު ގައި އިހުތިޖާޖު ކުރަން ވަނީ ނިންމާފައި.

މަޖިލީހަށް ދާން އޮންނަ ސޯސަންމަގާ ހިސާބުން ބަންދުކޮށްފައި - ރާއްޖެއެމްވީ
މަޖިލީހަށް ދާން އޮންނަ ސޯސަންމަގާ ހިސާބުން ބަންދުކޮށްފައި - ރާއްޖެއެމްވީ
06 ފެބުރުއަރީ 2025 | 03:15

2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައި

މިއީ 2025 ވަނަ އަހަރަށް މަޖިލިސް ހުޅުވާ، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއެވެ.