ފައްޔާޒް: މިއަދު ނުކުންނަން މިޖެހެނީ. މި ބަހުލޫލު ސަރުކާރުން ވެރިކަމާ ހަވާލުވެ އަނެއްކާވެސް ދިވެހި ރައްޔިތުން ހޯދާފައިވާ ހައްގުތައް ނިގުޅައިގަންނަން މިކުރާ މަސައްކަތް އަނެއްކާވެސް އަޅުގަނޑުމެންގެ ލޭ އޮހޮރައިގެން ވެސް މިކަން ހައްލުކޮށް ހުއްޓުވަންޖެހޭ. މި ސިލްސިލާ މުޒާހަރާތަކެއްގެ ގޮތުގައި މި ސަރުކާރު ބަދަލުވަންދެން ނޫނީ މި ސަރުކާރު ހަމަމަގަށް އެޅެންދެން މި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދެން:
ފައިސަލް: އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ ތިބޭފުޅުން ބައްލަވާށޭ ނިކަން ރަނގަޅަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަވަމުން، ރާއްޖޭގެ ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތަކާއި އެއްޗެހި ބަރާބަރަށް ގޮސްގޮސް އޮވެ މިހާރު އެއް އަހަރުވެގެން މިދިއައީ ތިބޭފުޅުން ބައްލަވާށޭ ކޮންކަމެއްތޯވީ. އާދެ ނިކަމެތި މީހަކު އެއްމެ ނިކަމެތިވާވަގުތު އެއްމެ ނިކަމެތި ކޮށްލަން އެންސްޕާ އާސަންދައަށް ސަލާންޖަހަން އެމީހުން ބޭނުން ބަޔަކަށް ނޫނީ ނުލިބޭ ގޮތް ހަދަން، ރަށްރަށް ވަޑައިގަތް ކޮންމެ ދުވަހަކު މާ ވައުދުތަކެއް ވާން ރައްޔިތުންނަކީ މޮޔައިން ކަމަށް ހަދައިފި. އަޅުގަނޑު ދަންނަވަން އޮތީ ދިވެހި ރައްޔިތުން ނުކުންނަން ވެއްޖެއޭ. މަގުމައްޗަށް ނުކުންނަން ވެއްޖެއޭ. މިހާރު އައީޑީކާޑުތަކުން އަދި ނަންބަރު އަދި އިތުރުކުރިއަސް، އެއީ ވޯޓު ލިބޭނީކީ ނޫން. މިތަން ނިކަން ބައްލަވާ. ރައްޔިތުން ނިކަން ބައްލަވާ. ރައީސް މުއިއްޒު ބައްލަވާ. ސަރުކާރުގައި ތިބި ބޭފުޅުން ބައްލަވާ. މިތިބީ ދިވެހި ރައްޔިތުން، މާލެއިން އެކަނި ފެންނަ މަންޒަރޭ. ކޮބައިތޯ މުޅި ރާއްޖެ.
ޝިފާޒް: ދިވެހި ސަލާމަތީ ހިދުމަތްތަކުން ހާއްސަކޮށް ދިވެހި ފުލުހުން މިރޭ އަޒުމް ކަނޑައަޅަންވީ ތިބޭފުޅުންގެ މިނިސްޓަރު އެއްމެ އިސްކޮށް ހުންނަ ބޭފުޅާ ހިފާ ހައްޔަރުކުރަންވީ. ފުލުހުން ނުކުންނަންވީ އިހުސާން ހައްޔަރުކުރަން. މިއަދު އިހުސާން ދިވެހި ފުލުހުންގެ ވެރިއަކަށް ހުރެގެން މި ތަހުގީގެއް ނުހިއްގޭނެ. ދިވެހިރާއްޖޭގައި ހިނގި އެއްމެ ބޮޑު ވައްކަން ތި ތިއްބެވި ޔުނީފޯމް އެޅި ފުލުހުންގެ އެއްމެ އިސްފަރާތް އެ ހުރީ ވައްކަން ކޮށްގެން. އެ ތަހުގީގެއް ތިބޭފުޅުންނަށް ނުހިއްގޭނެ. ދިވެހި ފުލުހުން ނުކުމެ އިހުސާން ހައްޔަރު ކުރޭ.
ސައްލެ: އަޅުގަނޑުމެން ނުކުމެ މިތިބީ ގައުމުގެ ދިފާއުގައި. ގަބޫލު ކުރައްވަންޖެހޭނެ މި ގައުމަކީ ދިވެހި ރައްޔިތުންގެ އެއްޗެއް ކަން. ދިވެހި ރައްޔިތުންގެ ހައްގެއްކަން. އަޅުގަނޑުމެން ވެރިއަކަށް ހަވާލުކުރަނީ ގައުމު ބަލަހައްޓަން. ގައުމު މެނޭޖް ކުރަން. އެ މުޅިން މިލްކު ކޮށްލާކަށް ނޫން. އެހެންވީމާ އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާ އެއްވެސް ބޭފުޅަކު ގަބޫލު ކުރައްވައިގެން ނުވާނެ އެބޭފުޅެއްގެ ހައްގެކޭ، އެބޭފުޅެއްގެ މިލްކެކޭ ދިވެހި ގައުމަކީ. އަޅުގަނޑުމެންގެ މިލްކެއް އަޅުގަނޑުމެންގެ ހައްގެއް. އަޅުގަނޑުމެން ނުތިބޭނަން ބަލާކަށް މިގައުމަށް ކޮންމެ ކޮންމެ ގޮތެއް ވާކަށް. ދަންނަވަންތޯ އެންމެ އަރިހުގަ ތިއްބެވި ބޭފުޅުންގެ ވަރަކޮށާލިއަސް މި ލަޝްކަރުގެ ވަރެއް ނުކޮށޭނެ. އަޅުގަނޑުމެން ދުވާނަން. އަޅުގަނޑުމެން އުދުހެން ވެއްޖިއްޔާ އުދުހޭނަން. ފަތަން ވެއްޖިއްޔާ ފަތާނަން. މިގައުމުގެ ހައްގުގައި އަޅުގަނޑުމެން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ. ދިވެހި ރައްޔިތުން ބިކަވެ ނިކަމެތިވާކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނޯންނާނެ. މި ނުކުތީ.. މި ނުކުތީ.. މި ނުކުތީ.. ދެން އަޅުގަނޑުމެން ނުވަންނާނަން. ދިވެހި ގައުމު ސަލާމަތް ކުރާނަން. ދިވެހި ގައުމުގައި ހެޔޮ ވެރިކަމެއް އަޅުގަނޑުމެން ގާއިމު ކުރާނަން. ތިބޭފުޅުންނާއެކު އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެން އެމްޑީޕީން ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންނާއެކުގައި. ދިވެހި ފުލުހުންނާއި އެކުގައި، ދިވެހި ސިފައިންނާއި އެކުގައި، ދިވެހި މަސްވެރިންނާއި އެކުގައި، ޓެކްސީ ޑްރައިވަރުންނާއި އެކުގައި ދަރިވަރުންނާ އެކުގައި، މައިންނާއި އެކުގައި، މުޅި ދިވެހި ރައްޔިތުންނާއެކުގައި.
ޒިޔާދު: އެންމެންގެ ޒާތީ މައުލޫމާތު ހޯދައިގެން އަމިއްލާ ޕާޓީއަށް ފައިސާ ހޯދަން ކުރާކަމެއް. ވަގު ފޯމުގެ ކަންތަކަކީ. ކޮންމެ ދިމާއަކުން ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ވައްކަންކުރާތަން. ސަރުކާރުގެ ވަޒީރެއް ވެސް އެމްޑީއެއްވެސް ބޭރުކުރާއިރު އޭގެ ފަހަތުގައި ބައިވަރު ކަންކަން އެބަ ހިނގާ. ކޮންމެ ދިމާއެއްގައި ވެސް އޮތީ ވައްކަން، މިއަދު ފެންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަދި ތި ހިންގަވަނީ ރަނގަޅު މަގުން ނޫންކަން. ބަހެއް ނުބުނެ އެއް އަހަރު އަޅުގަނޑުމެން މަޑުކޮށްލައިގެން ތިބީ. އެކަމަކު ދެނެއް ނުތިބޭނެ. ރައްޔިތުންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ނުކުންނާނެ. މީގެ ކުރީގައި ވެސް ނުކުމެފަ އޮތީ. ދެންވެސް ނުކުންނާނެ. މެމްބަރުން ތަޅު އެޅުވިގެން ދިއައިރުވެސް އަޅުގަނޑުމެން ދެއްކި ވާހަކަ. ތި ހަދަނީ ގޯހެކޭ. އަމިއްލަ އަތުގައި އޮތް ބާރެކޭ ތި ދޫކޮށްލަނީ. އެހެންނަމަވެސް އިތުބާރު އޮތްލެއް ބޮޑުކަމުން. މިއަދު އެ ފެންނަނީ ފުރަތަމައިނުންވެސް އެ ބެއްދީ މައި މުލުގަ. މިއަދު މަޖިލިސް އެ ތިބެނީ ތުރުތުރުއަޅައަޅާ. ވަޒީރުން އެ ތިބެނީ ހަދާނެ ގޮތް ހުސްވެފައި. ކުރާނެ އެއްވެސް ކަމެއް ނެތް މިއޮތީ އެދުވަހެއް ނޫން. މިއަދު އަޅުގަނޑުމެން މަސައްކަތް މިކުރައްވަނީ އަލުން އިހު އޮތް ގޮތަށް ގާނޫނު އަސާސީ ރުޖޫޢަ ކުރަން. މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން އެކަން ކޮށްފަ ނޫނިއްޔާ. އަޅުގަނޑު ފޮތުގައި އޮތްގޮތަށް އެއް އަހަރު ދީފަ، ކުޑަ ޖަލްސާއަކުން ބޮޑު ޖަލްސާއަކުން މިއީ ހިނގާލުމެއް. އަދި މިނޫން ސްޓޭޖްތައް ވެސް އެބަހުރި. މިއަދު އަޑު ނީވިއްޖެއްޔާ ދެން އަޑު އިވޭނެ އެހެން ގޮތްގޮތްވެސް އެބަހުރި. މިކަން ކުރަން ފަހަތުގައި ދިވެހި ރައްޔިތުން މިތިބީ. މިކަމުން އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މުޅި ގާނޫނު އަސާސީ ފުނޑާލާފަ ރައްޔިތުންގެ އަސާސީ ޚިދުމަތަށް ހުރި ފައިސާއިން ވައްކަން ކުރަމުން އެދަނީ. އަދި ރައްޔިތުންގެ އެއްމެ ޒާތީ މައުލޫމާތުން ވައްކަން ކުރަމުން އެދަނީ. އެ ހިސާބަށް ދަންދެން އަޅުގަނޑުމެން މަޑެއް ނުކުރާނަން. މި ނުކުތީ، މި ނުކުތުން ދެން އަޅުގަނޑުމެން ނިންމާނީ މިއަޑު ރައީސުލްޖުމްހޫރިއްޔާ އަށް އަޑު އިވޭ ހިސާބަށް ގެންގޮސްފައި.
މާރިޔާ: ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާތޯ މިތާގަ މިތިބަ މީހުންގެ އަދަދު. ރައީސް މުއިއްޒުގެ އަރިހުގައި ބަޔަކު އެތާ ތިބީ ތިންމީހުންނޭ ދެންނެވިއަސް ނުކުމެ ވަޑައިގެން އަދަދު ބައްލަވާލައްވާ. ރައީސް މުއިއްޒު މިތަނަށް ވަޑައިގަންނަވާ ރައްތުންގެ އަޑުއަހާލައްވަން. އަޅުގަނޑުމެން ދަންނަވަން އޮތީ، ތި ޤާނޫނު އަސާސީ ފުނޑާލާ ރައްޔިތުންގެ މަޖިލިސް ވާކޮށްލާ ރައްޔިތުންގެ އަޑު ކަނޑުވާލީމާ ދެން އަޅުގަނޑުމެންނަށް އޮތީ ހަމަ ނުކުމެ މަގުމަތިން ތިޔަ ބޭފުޅުންނާ އަޑު އިއްވަން. ރައީސް މުއިއްޒު.. އިސްތިއުފާ، ހޯމް މިނިސްޓަރު.. ވަކިކުރޭ. މިހުރިހާ އެއްމެންގެ އަޑުތައް ދެންސިލްސިލާކޮށް އަޅުގަނޑުމެންދާނީ އިއްވަމުން.
މައުރޫފް: ރައްޔިތުން މި ސަރުކާރުން ބިކަ ކޮށްފި. ހާއްސަކޮށް މަސައްކަތްތެރިންގެ ތެރެއިން ބޮޑު ބައެއް ހިމެނޭ، ޓުއަރިޒަމް އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ. މަސައްކަތްތެރިން ވަރަށް އުއްމީދުގައި، އޭގެ ތެރެއިން ގިނަ ބަޔަކު ބޮޑެތި ހުވާތަކެއް ދޮގު ހުވާތަކެއް ރައީސް މުއިއްޒު ވެވަޑައިގެން އިންތިޚާބު ކުރެއްވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ލާރިދޭިގެން ހިދުމަތް ކުރަން ހަވާލު ކުރެއްވީމަ ރައީސް މުއިއްޒު މި ކުރައްވާ ކަމަކީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން ބިކަކުރުން. އަޅުގަނޑަށް އެއްވެސް ވަރަކަށް ނުވިސްނޭ ރައީސް މުއިއްޒުގެ މަގުސަދަކީ. އެއްމެ ބޮޑު އެއް ކަމަކީ ވައުދުވެވަޑައިގަތީ އެތައް ކަމެއް. މަސްވެރިންނަށް، މަސައްކަތްތެރިންނަށް ރިސޯޓް މުވައްޒަފުންނަށް ހޯދަ ދޭން. އެހެންނަމެވެސް މިއަދާ ހަމައަށް އައި އިރުގައި ދިމާ އިދިކޮޅަށް ހަމަ ކަނޑައެޅިގެން ރައްޔިތުން ބިކަކުރުމަށް ރައްޔިތުން ހާލުގައި ޖެއްސުމަށްޓަކައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ. އެބޭފުޅާ ގެންގުޅުއްވާ ސިޔާސަތަކި ރައްޔިތުން ނިކަމެތިކޮށް ބިކަކޮށް ރައްޔިތުން ކައިރިން އިންތިޚާބުތަކަށް ދިޔާމާ ފައިސާ ދީގެން ވޯޓު ގަނެގެން އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ވިސްނުމެއް. އެ ވިސްނުމުގެ ތެރެއިން ރައްޔިތުން ބިކަކޮށް ބޭތިއްބުން މުއިއްޒުގެ މައިގަނޑު ބޭނުމަކީ. އެހެންވީމަ ދިވެހި ރައްޔިތުން މިތިބީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ، މާލޭގެ ބޮޑެތި މަގުތައް ފުރޭ ވަރަށް ނުކުމެ މި އަންގަދެނީ ރައްޔިތުންނަށް ފުދިއްޖެއޭ، ރައްޔިތުން ފުނޑިއްޖެއޭ ރައްޔިތުން ބޭނުމެއް ނޫނޭ، ދެން ރައީސް މުއިއްޒުގެ އަނިޔާވެރި ވެރިކަން، ބަދަލުކުރާށޭ ބޭނުންވަނީ
އަމީން: އެއްއަހަރުގެ ފުރުސަތެއް ދިނިން. ރައީސް މުއިއްޒު ބޭނުންވި ގޮތަކަށް ބަޖެޓް ފާސްކޮށް ރަށްރަށުގައި އަޅުގަނޑުމެންގެ ސަރުކާރުގައި ފަށާފައި އޮތް ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް 49 ބިލިއަނުން ނުވެގެން އިތުރު 5 ބިލިއަން ސަޕްލިމަންޓްރީ ބަޖެޓަށް ހުށަހެޅީމާ ފާސްކޮށް ރައްޔިތުންގެ އުއްމީދާ ގުޅިފައި ހުރިކަންކަން ކުރަން ފުރުސަތުދިނިން. އެހެންނަމަވެސް އެ 55 ބިލިއަނަށްވީ ގޮތެއް ނުބުނެ އަނެއްކާ އިތުރަށް މިއޮތީ ބަޖެޓެއް ފާސްކޮށްފައި. ކުރިން ރިޔާސީ އިންތިޚާބުގައި ވީ ވައުދުތަކުގެ މަތިން ހަނދާނެއް ނެތް މިހާރު މުޅިން އާވައުދުތަކެއް، އޭޓީއެމުން ފުޓްސަލް ދަނޑުން. މިއީ އެއް ނޫން ރައްޔިތުން އުއްމީދުކޮށް ވޯޓު ދިން ސަބަބަކީ. އެއީ އެއް ނޫން ރައީސް މުއިއްޒު މުޅި ރާއްޖެއަށް ވީ ވައުދުތަކަކީ. އެއަށްވުރެ މާ ރަނގަޅު ވައުދުތަކެއް އެބަހުރި. އޭގެ މަތިން މިއަދު ހަނދާނެއް ނެތް. މިއީ އެމްޑީޕީގެ އިވެންޓެއް ނޫން. މިއީ ދިވެހި ރައްޔިތުންގެ އިވެންޓެއް. ދިވެހި ރައްޔިތުންގެ އުއްމީދުތަކާ އެއް އަހަރުވެގެން ދިއަ އިރު އެއްވެސް ވަރަކަށް އަޅާނުލީމަ ރައްޔިތުންގެ ޝޫއޫރު މިފެންނަނީ. މިއީ ސަރުކާރު ވިސްނަން ޖެހޭ ކަމެއް. މާ ގިނަ ފުރުސަތެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ފުރުސަތު ދޭކަށް ވެސް ނެތިން. ސަރުކާރު އިސްލާހުވޭ، އެހެން ނޫނީ ސަރުކާރު ބަދަލުކޮށް އަޅުގަނޑުމެން މިއަށްވުރެ ފޯރީގައި ނިކުންނާނަން.
ހިސާން: ދައުލަތު މިހާރު މިހިންގާ ނިޒާމު އޮޅުން ބޮޅުންކޮށްލާ ރައްޔިތުން މި ހާލުގަ ޖެއްސުމަކީ އަޅުގަނޑުމެން ހިތްހަމަ ޖެހިގެން އާއެކޭ ބުނެގެން ތިބޭނެ ކަމެއް ނޫންކަން. މިތަނަށް ނުކުމެ ތިބި މީހުންގެ އަދަދުންވެސް ހަގީގަތުގައި ވެސް ރައްޔިތުން ފުނޑިއްޖެކަން އެބަ ހާމަކޮށްދޭ. ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިންތަކުން ބޭރަށް ޤާނޫނު އަސާސީގެ ރޫހާ ޚިލާފަށް ދައުލަތް ހިނގަން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާތީ ޤާނޫނު އަސާސީ ފުނޑާލައިފިއޭ ބުނަނީ. މިނިވަން މުއައްސަސާތަކަށް އަތް ބޭނުމާ ޖުޑީޝަރީގެ ކަންތައްތައް ރަނގަޅަށް ނުހިގުމާ ރައްޔިތުން މިހާލުގައި ޖެހިފަ ތިބި ތިބުން އަޅުގަނޑުމެން މިދައްކާ ވާހަކައިގެ އެއްމެ މުހިއްމު އެއްބައި.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފުއްދިއްޖެ ފުނޑިއްޖެ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގަންނަވާ. އަޅުގަނޑުމެން މި އުފުއްލަނީ ދިވެހި ރައްޔިތުންގެ އަޑު. ރާއްޖޭގެ އަނިޔާވެރި ސަރުކާރު އަޅުގަނޑުމެން ބަދަލު ކުރާނަން. ފަހަތައް ޖައްސާނަން. ރައީސް މުއިއްޒު، އިސްތިއުފާ އަށް އެއްވެ ތިބި މީހުން ދަނީ ގޮވާލަމުން.
އެމްޑީޕީ ރައީސް އަބްދުﷲ ޝާހިދު: ސަރުކާރު އަޑު އައްސަވާށޭ. ރައްޔިތުން ބޭނުންވާ މެސެޖް މި އަރުވަނީއޭ. ސަރުކާރުގެ ވައުދުތަކެއް ނުފުއްދުނޭ. ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެއްޖެއޭ. ސަރުކަރުން ރައްޔިތުން ބިކަކޮށްލައިފިއޭ. ރައްޔިތުންނަށް ފުދިއްޖެއޭ، ރައްޔިތުން ފުނޑިއްޖެއޭ.
ތަކެތީގެ އަގު ބޮޑުވުމާއި، ސަރުކާރުގެ ތެރޭގައި ވައްކަމާއި ކަރަޕްޝަން އިތުރުވެފައި ވުމާއި، ބޭސްފަރުވާ އަށް ބޭނުންވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ނުލިބުމާއި ރަށްރަށުގެ ތަރައްގީ އަށް ކުރަން ފަށާފައި ހުރި މަސައްކަތްތައް ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވުން ފަދަ އެތައް ކަންތައްތަކާ މެދު ނުރުހުން ފާޅު ކޮށް، ބާއްވާ މި ހިނގާލުމަށް ދަނީ ތައްޔަރު ވަމުން
ރައީސް މުއިއްޒުގެ ސަރުކާރުން ތިންބާރު ވަކިވެފައި އޮތް ނިޒާމު ގަޑުބަޑުވަމުން ގޮސް ޑިމޮކްރަސީގެ ސިފަތައް ގެއްލި ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖޭގެ ވެރިކަން ދާތީ އެކަމާ ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުން.
'ފުދިއްޖެ ފުނޑިއްޖެ' ނަމުގައި އިންތިޒާމު ކުރާ މި ހިނގާލުމަކީ ރައީސް މުއިއްޒުގެ ބާރުން ގާނޫނު އަސާސީ އަށް ކުއްލި ބަދަލެއް ގެނެސް ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ހިނގާލުމެކެވެ.