ޤާނޫނު އަސާސީގެ ދިފާޢުގައި - އެމްޑީޕީން ކުރަމުންދާ މުޒާހަރާ
ރައީސް މުއިއްޒުގެ ސްޕަރ މެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހުން ރައްޔިތުންގެ މަޝްވަރާއެއް ނެތި ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން

ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނުކުންނަނީ
މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތައް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުރި
މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތައް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތުގައި ގިނަ ކަންބޮޑުވުންތަކެއް ހުރި އިރު، ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތައް އަކުރެއް އިތުރުކޮށްގެން. މިގޮތުން ގާނޫނު އަސާސީ އަށް ގެންނަ ބަދަލާއެކު ރައްޔިތުންގެ މަޖިލިހަށް ހޮވިފައިވާ މެމްބަރަކު ތިން ހާލަތެއްގައި އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ.


އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން މުޒާހަރާއާއި ގުޅިވަޑައިގެންފި


އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން މުޒާހަރާއާއި ގުޅިވަޑައިގެންފި
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން މުޒާހަރާއާއި ގުޅިވަޑައިގެންފި. މެމްބަރުންގެ އިތުރުން އެމްޑީޕީގެ ސަރުކާރުގެ މިނިސްޓަރުންނާއި އެމްޑީން ވެސް މުޒާހަރާގައި އެބަތިއްބެވި.


އަޅުގަނޑުމެން މުޒާހަރާއަށް ނުކުތީ ކެތް ނުކުރެވިގެން. މި ސަރުކާރު އައި އިރު އެބޭފުޅުން ވިދާޅުވީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް. ކޮބައިތޯ ހައްގުތައް: ޓޭކްސީ ޑްރައިވަރެއް
ޓެކްސީ ޑްރައިވަރެއް: އަޅުގަނޑުމެން މުޒާހަރާއަށް ނުކުތީ ކެތް ނުކުރެވިގެން. މި ސަރުކާރު އައި އިރު އެބޭފުޅުން ވިދާޅުވީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ އިންސާފު ހޯއްދަވާ ދެއްވާނެ ކަަމަށް. ކޮބައިތޯ ހައްގުތައް. އެއްވެސް ހައްގެއް ކަށަވަރެއް ނުވޭ. ރައްޔިތުންނަށް މިދަނީ މުޅިން އޮޅުވާލަމުން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލަނީ ރައްޔިތުންގެ ހައްގުގައި ތިއްބަވާށޭ. ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރުތައް ނިގުޅައިނުގަތުމަށް.
މަޖީދިއްޔާ ކައްމައްޗަށްވާ ގޮތަށް ބެރިކޭޑް ޖަހާ އާއްމުން ވަނީ ފަހަތަށް ޖައްސާފައި
މަޖީދިއްޔާ ކައްމައްޗަށްވާ ގޮތަށް ބެރިކޭޑް ޖަހާ އާއްމުން ވަނީ ފަހަތަށް ޖައްސާފައި. އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން މުޒާހަރާއާއި ގުޅިވަޑައިގެންފައިވާއިރު، އާއްމުންގެ އެތައް ބަޔަކު ވަނީ އެމީހުންގެ ޝުޢޫރު ފާޅުކޮށް ހުރި ކަންބޮޑުވުންތަކުގެ އަޑު އިއްވާފައި.

މުޒާހަރާ ކުރަމުންދާ އާއްމުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން
މުޒާހަރާ ކުރަމުންދާ އާއްމުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ފުލުހުން އާއްމުން ވަށާލައިގެން ފަހަތަށް ޖައްސާ މަންޒަރު ފެނޭ.

މުޒާހަރާ ދޫކޮށްފަ ދިއުމަށް ފުލުހުން އިލްތިމާސްކުރަމުން ދާއިރު، ޕީއެންސީގެ މެމްބަރުން މަޖީދިއްޔާ ސްކޫލުގެ ޕޭމަންޓްމަތީގައި މަޑުކޮށްލައިގެން ތިބިކަން ފާހަގަކުރެވޭ
ރައްޔިތުންގެ މަޖިލިސް ނިންމަވާލެއްވުމަށްފަހު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ޓޭޕް ދަމާފައިވާ ހިސާބުގައި މަޑުކޮށްލައިގެން އެބަތިބި. އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ތިބީ ބެރިކޭޑް ފަހަތުގައި.

ރާއްޖެއާއި ދޭތެރޭގައި ރާއްޖޭގެ ކުރިމަގަށްޓަކައި އެތައް އުއްމީދުތަކެއް ކުރައްވާ ހުރިހާ ބެފުޅުން މިގައުމު ސަލާމަތްކުރުމަށްޓަކައި ނުކުންނަންވީ ވަގުތު އައިސް ޖެހިއްޖެ: ބިގޭ
ބިގޭ: މިވަގުތަކީ ރައްޔިތުންގެ ބައިވެރިވުން މުހިއްމު ވަގުތެއް. ވަކި ފިކުރަކަށް ވީތީ ވަކި ޕާޓީއަކަށް ވީތީ ނުވިސްނަވާށޭ. ގައުމާ ދޭތެރޭ ވިސްނަވާށޭ. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް މިގައުމު ސަލާމަތް. އިސްލާހަށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނާ އަދި ރާއްޖެއާއި ދޭތެރޭގައި ރާއްޖޭގެ ކުރިމަގަށްޓަކައި އެތައް އުއްމީދުތަކެއް ކުރައްވާ ހުރިހާ ބެފުޅުން މިގައުމު ސަލާމަތްކުރުމަށްޓަކައި ނުކުންނަންވީ ވަގުތު އައިސް މިއޮތީ ޖެހިފަ.

މާ ހިޔާނާތްތެރި، މާ ނުލަފާ ވެރިއެއް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ، ބަދަލުކުރަންޖެހޭ: ރާއީ
ކުރިއަށް އޮތްތަނުގަައި ފެންނާނީ ސިޔާސީ ބޭފުޅުންގެ ގެއަށް ވަދެ ހައްޔަރުކުރަމުން ގެންދާތަން. އެހެންވީމަ އަޅުގަނޑު އެދެން މުޅި ރާއްޖޭގެ ރައްޔިތުން މުޒާހަރާއަށް ނުކުތުމަށް. މިކަންކަން ހުއްޓުވުމަށް. ރައީސް މުއިއްޒު އެ ހައްދަވަނީ ދޮގު އެ ހައްދަވަނީ. ތިމަންނަ މިހުންނެވީ ރައްޔިތުންގެ ފަޅީގައޭ ކިޔާފަ ދޮގު އެ ހައްދަވަނީ. މާ ހިޔާނާތްތެރި، މާ ނުލަފާ ވެރިއެއް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ. ބަދަލުކުރަންޖެހޭ. ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަކަށް އިތުބާރެއް ނުކުރައްވާ.
މިއަދު ސަރުކާރުގެ މެމްބަރުން އުޅުއްވާ ގޮތާ މެދު އަޅުގަނޑަށް ބުނެވޭނީ "އައްޗީޑިއޭ" ހާދަ ހަޑިއޭ، ހާދަ ހުތުރުކޮށްނޭ ތިއުޅޭނީ: އިހުސާން
އިހުސާން: މިއީ ސަރުކާރުން ކުޅުއްވާ ޑްރާމާއެއް. ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މެމްބަރުން ފޮނުވައިގެން. މިއީ ރައްޔިތުންގެ ހެވެއް އޮވެގެން ކުރާ ކަމެއް ނޫން. މި މީހުންގެ އަމިއްލަ އެދުންތަކެއް ފުއްދުމަށްޓަކައި ރައްޔިތުން ގުރުބާން ކުރުމަށްޓަކައި ކުރާ ކަމެއް. އެހެން ނޫންކަމަށްވާނަމަ އެކަމުގެ ދިފާއުގައި ސަރުކާރުން މުސާރަ ދީފައި ތިބި މީހުން ނެރެގެން މިތަނުގެ ހަމަނުޖެހުން ނަގާލާކަށް ހަމަނުޖެހުން އުފައްދާކަށް މަސައްކަތެއް ނުކުރައްވާނެ. އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް. މިއަދު މިހިނގި ކަންކަމުން ވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ޔަގީންވާ ކަމަކީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އިސްވެރިން ތިއްބަވައިގެން އެކުޅުއްވާ ޑްރާމާއާއި ކަންތައްތަކަކީ ހަމަ ޔަގީނުންވެސް ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ހެޔޮއެދިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގައި ކުރާ ކަމެއް ނޫންކަން. މިއަދު ސަރުކާރުގެ މެމްބަރުން އުޅުއްވާ ގޮތާ މެދު އަޅުގަނޑަށް ބުނެވޭނީ "އައްޗީޑިއޭ" ހާދަ ހަޑިއޭ، ހާދަ ހުތުރުކޮށްނޭ ތިއުޅޭނީ .
ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި މެމްބަރުން މަގާމުގެ ޒިންމާ އަދާނުކޮށް ރަސްމީ ގަޑީގައި މަގުމައްޗަށް ނުކުމެ ސުލްހަވެރި މުޒާހަރާއަކަށް ހުރަސް އަޅަމުންދާތީ ކަންބޮޑުވޭ: މުޒާހަރާ ބައިވެރިން
ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ނުކުމެ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެ މަސްރަހު ހޫނު ނުކުރުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ މުސާރަ ހަލާލުކުރުމަށް ތަން ދޫކޮށް ދިއުމަށް. ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި މެމްބަރުން މަގާމުގެ ޒިންމާ އަދާނުކޮށް ރަސްމީ ގަޑީގައި މަގުމައްޗަށް ނުކުމެ ސުލްހަވެރި މުޒާހަރާއަކަށް ހުރަސް އަޅަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާގެ މެމްބަރުން ބުނަމުން ދަނީ އެއީ ހުތުރު މަންޒަރެއް ކަމެއް
މުޒާހަރާ ކުރަމުންދާ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވޭ
މަޖީދިއްޔާ ހިމެނޭ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުން. ނަމަވެސް އެމްޑީޕީއަށް ނިސްބައިތްވާ މެމްބަރުންނާ މުޒާހަރާގައި ބައިވެރިވި އެހެން އާއްމު މެމްބަރުން ބުނަމުން ދަނީ ފުލުހުން ތަފާތުކުރުން ގެންގުޅުއްވާ ކަމަށް. ސަރުކާރަށް ތާއިދުކުރާ މެމްބަރުން ނުކުމެ ސުލްހަވެރި މުޒާހަރާއެއް ހޫނުކޮށް ބަހުގެ ހޫނުހަމަލާ ބަދަލުކޮށް ގަސްތުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވޭ.
ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ފަނޑިޔާރުގެ އަށް އަތްބޭނުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވޭ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ އިރު ތިބި ޕާޓީ ނޫން އެހެން ސިިޔާސީ ޕާޓީ އަކަށް ބަދަލު ވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ބޭރުކުރުމަށް އެއްވެފައިވާ ބައިވެރިން ގޮވާލާފައިވޭ. މިފަދަ ބަދަލެއް ޤާނޫނު އަސާސީ އަށް މި ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ އިރު ތިބި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ އެއް ބާތިލް ކުރުމަށް ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް. ރައްޔިތުންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވޭ.
ޕީއެންސީގެ މެމްބަރުން ދަނީ ސުލްހަވެރި މުޒާހަރާ އެއް ހޫނު ކުރުމަށް މަސައްކަތް ކުރަމުން
މުޒާހަރާ ކުރަމުންދާ މީހުން ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދޭ. އެމްޑީޕީން ސުލްހަވެރިކަމާ އެކު ކުރަމުންދިއަ މުޒާހަރާގެ ތެރެއަށް ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުންތަކެއް އައިސް މަސްރަހު ހޫނުކޮށްފައިވާ ކަން ފާހަގަކުރެވޭ. ހިނގި ހަމަނުޖެހުމުގަައި ފުލުހަކު ބިންމައްޗަށް ވައްޓާލާފައިވޭ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ފުލުހުން އަމަލުކޮށްފައިވަނީ ތަފާތުކުރުން ގެންގުޅޭ އުސޫލުން ކަމަށް.
ރައީސް މުއިއްޒަކީ މުނާފިގެެއް، އިސްތިއުފާ ދެއްވާ: މުޒާހަރާ ބައިވެރިން
މުޒާހަރާގެ ބައިވެރިން ވަނީ ރައީސް މުއިއްޒަކީ މުނާފިގެެއް ކަމަށް ބުނެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާލާފަައި. މި މުޒާހަރާގައި އެމްޑީޕީގެ މެމްބަރުންނާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ. މުޒަހާރާ ތެރެއިން ފުލުހަކު ވެއްޓިފައިވޭ.
ސަރުކާރަށް ތާއިދު ކުރާ މެމްބަރުންނާ އިނދިކޮޅު މެމްބަރުންނާ ދެމެދު ހަމަނުޖެހުން
މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުއްލިއަކަށް އައިސް މަސްރަހު ހޫނުކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ރިޕޯޓަރު މައުލޫމާތުދޭ. ފުލުހުން އެ ސަރަހައްދުގައި ވަށާލާފައިވާ އިރު ދެ ބައި މީހުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުންދާކަން ފާހަގަކުރެވޭ.
ސެލެކްޓިވް ބައެއް މީހުން ދުރައް ޖައްސާފައިވޭ
އެއްވެފައިވާ ރައްޔިތުން ބުނަމުން ދަނީ ރައްޔިތުންގެ މަންދޫބުންނަށް ބިރުނުދެއްކުމަށް. މުޒާހަރާގެ ބައިވެރިން އަތުގައި އެކި އެކި ޝުޢޫރު ފާޅުކޮށްފައިވާ ބޯޑުތައް އެބަހުރި
ގާނޫނު އަސާސީގެ ދިފާއުގައި ނަމުގައި މުޒާހަރާ ކުރަން ފަށައިފި
ގާނޫނު އަސާސީގެ ދިފާއުގައި ނަމުގައި މުޒާހަރާ ކުރަން ފަށައިފި. އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި އިހްތިޖާޖު ކުރުމަށް އެއްވެފައިވީ ނަމަވެސް މިހާރު ފުލުހުން ވަނީ އެ ސަރަހައްދުން ދުރައްޖައްސާފައި