ފްރޮންޓް އޮފީސް ޖަލްސާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާ ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން
ވެރިކަން ބަދަލުވި ދުވަހު ރައީސް މުއިއްޒު ކޮރޮޕްޓް ވެއްޖެ: ޑރ. ޖަމީލް
ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު އަށް ވުރެ އަވަހަށް މިހާ ދޮގު ހަދާ، ކޮރަޕްޓް މީހެއް ކަމުގެ ލަގަބު ލިބުނު ވެރިއެއް ނެތް ކަމަށެވެ. ވެރިކަން ބަދަލުވި ދުވަހު މީނާ ވައްކަންކޮށްފައިވާ ކަމަށާއި، އެ ދުވަހު ފަސާދަވެފައިވާ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.
ކޮރަޕްޓް ވިޓޯލްއަށް ރާއްޖެއިން ޖާގަ ލިބުނުއިރު، އޭގެ ފައިދާތަކެއް ލިބުނު ބަޔަކު ރާއްޖޭގައި ތިބޭނެ: ޔާމީން
ކޮރަޕްޓް ކުންފުންޏެއް ކަމަށްވާ ވިޓޯލްއަށް ދިވެހިރާއްޖެއިން ޖާގަ ލިބުނުއިރު، އޭގެ ފައިދާތަކެއް ލިބުނު ބަޔަކު ރާއްޖޭގައި ތިބޭނެ ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ ޓުއަރިޒަމް ސިނާއަތް ފެންކޮށްލާފައި، އަރާވަރުގެ ބަންކަރިން މަޝްރޫއު ފުރަތަމަ ކުރީ ލުބްރިކޭޓް ކޮށްގެން ކަމަށެވެ . ވަރަށް ބޮޑު މަޝްރޫޢު އެއް ގޮތުގަ މުއިއްޒު އަށް ވިއްކައިގެން މި މަޝްރޫއު ފެށި ނަމަވެސް މިމަޝްރޫއުގެ ހަގީގަތަށް ރައީސް މުއިއްޒަށް އެނގިވަޑައިގެން ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާކަން ޔާމީން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި ޚިދުމަތުގެ ތެރެއިން ފެން މި ގެންދިޔައީ ކޮޅުވެއްޓިއެއްގައި ކަމަށެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ލަނޑަޔާ ވާނީ ލަނޑައާއި ކަމަށާއި. ވިޓޯލްހާ ކޮރަޕްޓް ކުންފުންޏަކަށް ރާއްޖެއިން ފުރުސަތު ލިބުނު ގޮތެއް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މީގެ ފައިދާ ރާއްޖޭގެ ކޮންމެވެސް ބަޔަކަށް ލިބިފައިވާ ކަމަށެވެ.
އަބްދުއްރަހީމް ގެއިން ނެރިގެން މުއިއްޒަށް ގަނޑުވަރުގައި ނޯވެވޭނެ: ޔާމީން
ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ އަބްދުއްރަހީމާއި މުއިއްޒު އައި ދެ އަހުން ގުޅިފައި ތިބީ އެއް ފޫޅު ދަނޑިއަކުން ކަމަށެވެ. އަބްދުއްރަހީމް ގެއިން ނެރެލާފަ މުއިއްޒު އަށް ވެސް ގަނޑުވަރަކު ނޯވެވޭނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރަމީޒް ބޭރުކޮށްލައިގެން ވާހަކަ ނުނިކުތަކަސް އަބްދުއްރަހީމް ބޭރުކޮށްލައިފިއްޔާ އެހެންނެއް ނުވާނެ ކަމަށެވެ.
ރައީސް މުއިއްޒު އަކީ ދެ މޫނުގެ އަހުލުވެރިއެއް: ޔާމީން
ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވަނީ ފަލަސްތީނަށް އިޒްރޭލުން ދެމުންގެންދާ ހަމަލަތަށް ކުށްވެރި ކުރައްވައި ވާހަކަދައްކަވާފައެވެ. އަދި މިމައްސަލައާ ގުޅިގެން ރައީސް މުއިއްޒު އަމަލު ކުރައްވާ ގޮތަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ މި އަމަލަށް ތާއީދު ކުރައްވާ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އަރިހަށް ރައީސް މުއިއްޒު ދަތުރުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
މުއިއްޒު ޔަހޫދީން ރާއްޖެ ގެންނަވަންޏާ ވަކިން ސަހަރާ އެއް ހައްދަވާ: ޔާމީން
ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖެ އަށް ޔަހޫދީންނަށް މަރުޚަބާ ކިޔާކަށް ދިވެހިން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ޔަހޫދީން ރާއްޖެ ގެންނަވަންޏާ ވަކިން ސަހަރާ އެއް ހައްދަވަންޖެހޭ ކަމަށެވެ. އަދި މިގޮތަކަށް މަޖިލީހަކުން ވެސް އެއްބަހެއް ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިސަރުކާރަށް ''ނޯ ބޮޑީސް އިސް ގިވިން'' ޔާމީން
ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ މިސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ނޯ ބޮޑީސް އިސް ގިވިން ކަމަށެވެ.
އދ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ދެއްވި އިންޓަރވިއުތައް ލިޔެދެއްވީ މޫސާ ޒަމީރުކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެދަތުރުފުޅަށްފަހު ޒަމީރު ވަކިކޮށްލާފައިވާ ކަމަށެވެ.
މިސަރުކާރުގައި އޮތީ ވަކި ބަޔަކަށް ފައިދާވާ ވިސްނުމެއް: ޔާމީން
ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން ރާއްޖޭގައި އާއްމު ރައްޔިތުންގެ ވިސްނިމުން ނުވިސްނާނެ ކަމަށާއި، އެވިސްނުން ނެތް ކަމަށެވެ. މިހާރު އޮތީ ވަކި ބަޔަކަށް ފައިދާވާ ފަދަ ވިސްނުމެއް ކަމަށާއި، ކޮމަން ސެންސެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އދ ގައި އިސްރާއިލްގެ ބޮޑުވަޒީރުގެ ވާހަކަ ފެށި އިރު ދިވެހި ވަފުދު އެތާ ތިބި: ޔާމީން
ޔާމީން ވިދާޅުވީ އދގައި އިސްރާއިލްގެ ބޮޑުވަޒީރުގެ ވާހަކަ ފެށި އިރު ދިވެހި ވަފުދު އެތާ ތިބި ކަމަށާއި، ފަހުން ޗިޕު ޖަހާފަ ވާހަކަ ބަދަލުކޮށްލީ ކަމަށެވެ. މިހާ ބޮޑަށް ވާހަކަ އެބަ ޓްވިސްޓްކުރާ ކަމަށާއި، މިސަރުކާރުގެ ހުރިހާ ލެވަލްގައި އުޅެނީ ދެމޫނުގެ އަހުލުވެރިން ކަމަށެވެ.
ނަތަންޔާހޫ ވަދެ ވާހަކަދައްކަން ފެށިއިރު ދިވެހި ވަފުދު ތިބިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހުތުރެއް ކަމަށެވެ.
ރާޖޫ މާލެގެ މަޝްރޫއުއާ ގުޅޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަ އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ޔާމީން
ޔާމީން ވިދާޅުވީ ރާޖޫ މާލެ (ރަސްމާލެ) މަޝްރޫއު ފެށުމަށްޓަކައި އެއީ ދައުލަތުގެ ބަޖެޓުން ކުރާކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެ މަޝްރޫއު ހުއްޓުމުން އެކަން އޮޅުވާލުމަށް އޭރުގެ މަޖިލީހުން އެކަން ހުއްޓުވީ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާރު މިއޮތީ ރައީސް މުއިއްޒުގެ މަޖިލީހެއް ކަމަށްވާއިރު، ސަޕްލިމެންޓްރީ ބަޖެޓަށް ހުށަނާޅުއްވާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފެއްދެވިއެވެ.
ބިން ގަތުމަށް މިސަރުކާރުގެ ބޭފުޅުން ވަރަށް މުރާލި، މިނިސްޓަރު ފައިސަލް ވެސް މާލެއިން ބިމެއް ގަނެފައިވޭ: ޔާމީން
ބިންތައް ނެގުމަށް މިސަރުކާރުގެ އިސްބޭފުޅުން ވަރަށް މުރާލި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް ބިމެއް ގެނެފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން ބިންގަތުމާއި، ނަގާފަ އަނބިންނަށް ދޭންދެން މި ހުރިހާ އެންމެން ވަރަށް ތަނަވަސް ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ކުރުމަށް ވަރަށް މުރާލި ކަމަށެވެ.
ނަމަވެސް މިއިން ވެސް ކަމެއް މިގައުމުގެ ރައީސް މުއިއްޒަށް މިކަން އެނގިވަޑައިނުގަންނަވަނީތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
ބޮޑު ވައްކަމެއް ކޮށްފައިވާ އަދީބާއި މިސާރުކާރުގެ އިސްބޭފުޅުން ގުޅުން އެބަ ބާއްވާ: ޔާމީން
މިސަރުކާރުން އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ބޭނުންނުވާ ކަމަށާއި، މިސަރުކާރުގެ އިސްބޭފުޅުން އަދީބާއި ގުޅުން ބާއްވާ ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ އަދީބަކީ ބޮޑު ވައްކަމެއް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި ހިންގާފައިވާ ކޮރަޕްޝަންގެ އެއްވެސް މައްސަލަ އެއް ބަލަން މިސަރުކާރުން ބޭނުންނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ ހަމައެކަނި ދައްކާލާ ވާހަކައަކަށް މިސަރުކާރުން ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ ރައްޔިތުން މިއަދު ތިބީ މުއިއްޒުގެ ފަޅީގައި ނޫން ކަމަށެވެ.
ރައީސް މުއިއްޒަކީ ބަހާ އަމަލު ދިމާ ނުވާ ލީޑަރެއް: ޔާމީން
ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އިންޑިއާ ސިފައިންނާ ގުޅޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ ހަގީގީ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އެގޮތަށް ޗާގޯސް ވާހަކަ އިންތިޚާބު ތެރޭ ދެއްކީ ދިވެހިންގެ ބޮލަށް ޗިޕެއް ޖެހުމަށް ކަމަށް ވިދާޅުވެދާނެ ކަމަށެވެ.
މިސަރުކާރުން ވަނީ ''ޗާގޯސް ހަދާފައި، ރައްޔިތުންނަށް ދައްކާނީ ކޮން މޫނެއް: ޔާމީން
ޕީއެންއެފް ޖަލްސާގެ އޯޑިއަންގައި އިންނަވައި ޔާމީން ވިދާޅުވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ސިފަކުރައްވާ ގޮތަށް މިސަރުކާރުން ޗާގޯސް ހަދާފައިވާ ކަމަށެވެ. ޔާމީން ވިދާޅުވީ މިސަރުކާރަށް ފުރުސަތު ލިބުނު ކަމަށާއި، އެކަމަށް ހަރަދުތަކެއް ކުރި ކަމަށެވެ. އެގޮތުން ބޭރުގެ އެކްސްޕާޓުން ގެނެސް، ބަންޑާރަ ނައިބު އިސްވެ ހުންނަވައި މިކަން ކުރިއަށް ގެންދާކަން ސަރުކާރުން އިއުލާން ކުރި ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މިއަދު މިސަރުކާރުން ރައްޔިތުންނަށް ދައްކާނީ ކޮން މޫނެއްތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ވިދާޅުވީ މިއީ ބޮޑެތި ހިޔާނާތް ކަމަށެވެ.
ދަރިއަކު އުފަންކުރާހާ ދުވަސް މިސަރުކާރަށް ލިބިފައިވޭ، ޗެލެންޖު ކުރި އެއްވެސް ކަމެއް ނުވޭ: ޔާމީން
ދަރިއަކު އުފަންކުރާހާ ދުވަސް މިސަރުކާރަށް ލިބިފައިވާ ކަމަށާއި، ޗެލެންޖު ކުރި އެއްވެސް ކަމެއް މިސަރުކާރަށް ކުރެވިފައިނުވާ ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް 10 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ދަރިއަކު އުފަންކުރާހާ މުއްދަތު ލިބިފައިވާ ކަމަށެވެ.
މިސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންގެ ގާތުގައި ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ޗެލެންޖު ކުރި އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދައިދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިއަދު އިވިގެންދިޔައީ ފޯޅަވަހި މޮރިޝަސް އާއި ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމި ވާހަކަ ކަމަށް ޔާމީން ވިދާޅުވިއެވެ.
ކޮރަޕްޝަން އެހައި ބޮޑަށް ފުޅާވެގެންދާއިރު، މިކަމާ ގުޅިގެން ނަސޭހަތްތެރިވާނެ ދަންނަ ބޭކަލުން ނެތީތޯ ޔާމީން ސުވާލު އުފައްދައިފި
ޕީއެންއެފް ޖަލްސާގައި އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ އެހެން މީހުންގެ ފައިސާ ވަގަށް ނެގުމާއި، ދައުލަތުގެ ފައިސާ ވަގަށް ނެގުން ވަރަށް ފުޅާވެފައިވާ ކަމަށެވެ. މިހާލަތުގައި އިސްލާމިކް މިނިސްޓްރީ އަދި ދަންނަ ބޭކަލުންގެ ގޫރޫޕްތަކުން ވެސް މިކަމާއި ވަކާލާތުކޮށް މިކަމާއި އަޑު އުފުލާ ނަސޭހަތްތެރިވާނެ ބަޔަކު ނެތީތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
ގައުމިއްޔަތު ވުޒާރާގެ އެންމެ ބޮޑު ޒިންމާ އަކަށް ހަދަންވީ ކޮރަޕްޝަން ބެލުން: ޔާމީން
ގައުމިއްޔަތު ވުޒާރާގެ އެންމެ ބޮޑު ޒިންމާ އަކަށް ހަދަންވީ ކޮރަޕްޝަންތައް ބެލުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ އާދަމް ނަސީރު ބަލަހައްޓަވާ ގައުމިއްޔަތު ވުޒާރާގެ މަންހަޖުގެ އެންމެ ބޮޑު ބަޔަކީ މިސަރުކާރުގެ ކޮރަޕްޝަންތައް ބެލުން ކަމަށެވެ. އެގޮތުން މާލެސިޓީ ކައުންސިލުން ހިންގާފައިވާ ކޮރަޕްޝަން، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ކޮރަޕްޝަން އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންތައް ބަލަންޖެހޭ ކަަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުގައި މިފަދަ މައްސަލަތައް ބެލުމަށް ބާރު ދީފައިވާ އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ނުކުމެ މުޖުތަމައު ތެރޭގައި އެޅެމުންދަނީ ހުދު ކާފޫރުހެން: ޔާމީން
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ނުކުމެ މުޖުތަމައު ތެރޭގައި އެޅެމުންދަނީ ހުދު ކާފޫރުހެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑު ކަމަށެވެ. އެއްވެސް ސަރުކާރަކުން ކޮރަޕްޝަންގެ މައްސަލަތަކަށް އަހައްމިއްޔަތުންދީ މައްސަލަތައް ބަލައިތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
ޔާމީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ކޮރަޕްޝަންގެ މައްސަލަތަކަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ވެސް ފެނިގެންދަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މުޖުތަމައު ތެރޭގައި ހުދު ފޮތިގަނޑެއްގެ ހެން އަދި ހުދު ކާފޫރުހެން އުޅެމުންދާ މަންޒަރު ކަމަށެވެ.