ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން - ޓެލެގްރާމް ގްރޫޕެއްގައި ބަރަހަނާ މަންޒަރު އާއްމު ކުރި މައްސަލަ
މިއީ ޓެލެގްރާމް ޗެނަލް ތަކެއްގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށް މާލީ މަންފާ ހޯދި މައްސަލައާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސޯޝަލް މީޑިއާގައި ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓު ކޮށްފައި ހުންނަ ފޮޓޯތައް އެޑިޓް ކޮށްގެން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ބަދަލު ކުރަން ޑިސްކަޝަންތައް ކޮށް އެ ގޮތަށް ބަދަލު ކޮށްފައިވޭ
މި މައްސަލައިގެ ތެރެއިން ފާހަގަ ކުރެވުނު އަނެއް ކަމަކީ ސޯޝަލް މީޑިއާގައި ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓު ކޮށްފައި ހުންނަ ފޮޓޯތައް އެޑިޓް ކޮށްގެން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ބަދަލު ކުރަން ޑިސްކަޝަންތައް ކޮށް އެ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށްވެސް އިންސްޕެކްޓަރ އައްބާސް ވިދާޅުވި.
އެހެންކަމުން، ސޯޝަލްމީޑިއާ އަށް ދޫކޮށްލެވޭ ކޮންޓެންޓަކީ ކިހާވަރެއްގެ ކޮންޓެންޓެއްތޯ ނުވަތަ ޕާސަނަލް ޑޭޓާ ތަކެއްތޯ ކޮންމެ ފަރުދެއްގެ ހައިސިއްޔަތު ބަލަން ޖެހޭކަމަށް އިންްސްޕެކްޓަރ ވިދާޅުވި. އަދި ފުލުހުން ހިންގާ ހޭލުންތެރިކުރުމުގެ ސެޝަންތަކުގައި ވެސް ޖުމްލަކޮށް އަލި އަޅުވާލާފައިވާނީ މި ބަޔަށް ކަމަށާއި، ނަމަވެސް ހިތާމައަކީ އެކަމަށްވެސް އެންމެ އެދވޭ އެއްބާރުލުން ބެލެނިވެރިންގެ ފަރާތުން ވެސް ނުލިބޭކަން ކަމަށް އިންސްޕެކްްޓަރ ފާހަގަކުރެއްވި.
ކުޑަކުދިން އެކްސްޕޯސް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ޕޮލިސް
ފުލުހުން ބުނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ހުސަހެޅި މައްސަލަތަކާއި، މި މައްސަލައާ ގުޅޭ ތަކެތީގެ ތަފްސީލް ނަގާ ހެދުމުން މީގެ ތެރޭގައި ކޮންކޮން ބިހޭވިއާތަކެއް ހުރި މީހުންނާއި، އެމީހުންގެ އަމަލުތައް ހުރީ ކިހިނެއްތޯ އަޅާކިޔަން އެނގޭނެ ކަމަށް. އަދި އަސްލު ނަތީޖާ ނެރެން ފަސޭހަ ވެގެންދާނީ ވެސް އޭރުން ކަމަށް.
އަދި މި އެސެސްމަންޓް ހެދުމަށްފަހު، މި ކަންތައްތަކުގައި ޝާމިލުވާ ހާއްސަކޯށް ރާއްޖޭގައި މިކަން ކުރަން ޝައުގުވެރިކަން ހުރެ، ކުޑަކުދިން އެކްސްޕޯސް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވޭ.
ސަބްސްކްރައިބް ކޮށްފައި ތިބި ފަރާތްތައް އަދި މިކަމާ ގުޅިގެން އިތުރު ފަރާތްތަކަށް ޝެއަރކޮށްފައިވާ ފޮޓޯ ހޯދުމަށް މަސައްކަތް ކުރި މީހުންނަށް ވެސް ޤާނޫނީ ފިޔަވަޅު އަޅާނަން: ޕޮލިސް
އިންސްޕެކްޓަރ އައްބާސް ވިދާޅުވީ، ކޮންޓެންޓު ތަކަކީ ކޮންބާވަތެއްގެ ކޮންޓެންޓުތަކެއްކަން އިނގޭ ކަމަށާއި، ގާނޫނީ ފްރޭމް ވޯކެއް އެބައޮތް ކަމަށާއި، ކޮންޓެންޓްތައް ގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ފަހަތަށް ނުޖެހޭނެ ކަމަށް.
މިހާރުވެސް ޕީޖީއާ ވާހަކަދައްކައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް، މީގެ ތެރޭގައި ސަބްސްކްރައިބް ކޮށްފައި ތިބި ފަރާތްތައް އަދި މިއާ ގުޅިގެން އަދި އިތުރު ފަރާތްތަކަށް ޝެއަރކޮށްފައި ފޮޓޯ ހޯދުމަށް މަސައްކަތް ކުރި ފަރާތްތަކަށް ވެސް އަޅަންޖެހޭ ފިޔަވަޅެއް ޤާނޫނީ ހަމަތަކުގެ މަތީން އަޅާނެކަމަށް އިންސްޕެކްޓަރ ވިދާޅުވި.
ބަރަހަނާ މަންޒަރު ދައްކުވައިދޭ ޓެލެގްރާމް ޗެނަލްތައް ހިންގާފައިވާ ގޮތުގެ ތަފްސީލް:
މައްސަލައާ ގުޅިގެން ހައްޔަރުކުރި ނާސިފްގެ ފޯނުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި މި މައްސަލައާ ގުޅުން ހުރި ފައިނޭންޝަލް ސްޓޭޓްމަންޓް ތަކުން ބައިވަރު ކަންކަން ތަހުގީގަށް ހޯދިފައިވޭ:
އިންސްޕެކްޓަރ އައްބާސް ވިދާޅުވީ، ފައިސާގެ ޓްރާންސެކްޝަން ތަކާއި، މައްސަލައިގައި ބައިވެރިވާ ފަރާތްތަކުގެ ތެރެެއިން ކ.މާލެ، ދަފްތަރު ނަންބަރު 1475، ނާސިފް އަލީ ފާހަގަކޮށްލެވޭ ކަމަށާއި، އޭނާ ތަހުގީގަށް ހައްޔަރުކޮށް، އޭނާގެ ފޯނު ބަލައި ފާސްކުރި ކުރުމުގެ ތެރޭގަ އޭނާގެ ފޯނުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި މި މައްސަލައާ ގުޅުން ހުރި އަދި އެހެންވެސް ފައިނޭންޝަލް ސްޓޭޓްމަންޓް ތަކުން މައްސަލަ އާއި ގުޅުން ހުރި ބައިވަރު ކަންކަން ތަހުގީގަށް ހޯދިފައިވާކަމަށް.
އެހެންކަމުން، މި މައްސަލައިގައި އޭނާ ޗެނަލްތައް ހިންގުމުގާ އެހެން ފަރާތްތަކާ ބައިވެރިވެ، ގިނަ އަދަދެއްގެ ފައިސާ އޭގެ އަސްލު ގެއްލުވާލުމަށްޓަކައި މަސައްކަތްކޮށްފައިވާކަން ފާހަގަވާކަމަށް އިންސްޕެކްޓަރ އައްބާސް އިތުރަށް ވިދާޅުވި.
މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ޒަބީޙްގެ ފޯނުން ތަފާތު ބައިވަރު ކުށްތައް ހިމެނޭ ކޮންޓެންޓް އާއި ކަންބޮޑުވާ ބައިވަރު އަމަލުތައް ހިންގާފައި އެބަހުރި:
ޕޮލިސް އިންސްޕެކްޓަރ އަޒީފް އައްބާސް ވިދާޅުވި ގޮތުގައި، ހިންގާފައިވާ ކުށާގުޅިގެން ހައްޔަރު ކޮށްފައިވާ އިސްމާޢީލް ޒަބީޙް ބަލާ ފާސްކޮށް އޭނާ ބޭނުން ކުރަމުންދިއަ ފޯނު ޗެކް ކުރިއިރު މި ނޫނަސް ތަފާތު ބައިވަރު ކުށްތައް ހިމެނޭ ކޮންޓެންޓް ތަކާއި އޭގެ އިތުރުން އަދި ވެސް މި ޤައުމު އެންމެ ކަންބޮޑުވާ ޒާތުގެ ސްކޭމްތައް ހިންގާފައި އެބަހުރި ކަމަށް.
އަދި ޚާއްސަކޮށް އޭނާގެ ފޯނުން މި މައްސަލައިގަ ފުރަތަމަ ވިކްޓިމައިޒްވެގެން މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތު ދީފައިވާ ފޮޓޯ ތަކާއި ވީޑިއޯތައް ވެސް ފެނިފައި ހުރި ކަމަށް އިންސްޕެކްޓަރ އައްބާސް ފާހަގަކުރެއްވި.
635 ސަބްސްކްރައިބަރސް، ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯއާއި އޭގެ އިތުރުން 2400 ވީޑިއޯ ޗެނަލްގައި ޕޯސްޓް ކޮށްފައިވޭ
އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވި ގޮތުގައި ދި ލީކްސް ނަމަކަށް ކިޔާ ޗެނަލްއެއްގައި، 635 ސަބްސްކްރައިބަރސް ގެ އިތުރުން ބަރަހާނާ މަންޒަރު 350 ފޮޓޯއާއި އޭގެ އިތުރުން 2400 ވީޑިއޯ ޗެނަލްގައި ޕޯސްޓް ކޮށްފައިވާ ކަމަށް. އަދި އެންމެ ބޮޑު ހިތާމައަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސީސޭވް ކޮންޓެންޓުތައް ޕޯސްޓުކޮށްފައިވާތީ ކަމަށް އިންސްޕެކްޓަރ އަޒީފް އައްބާސް ފާހަގަކުރެއްވި. އަދި އެންމެ ބޮޑު ގެއްލުމެއް ކަމަށް ފާހަގަކުރެވެނީ ޕޯސްޓުތައް ކޮށްފައި ހުރީ އެކުދިންގެ ވަނަވަރު ހާމަވާގޮތަށް ކަމަށް.
ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވޭ
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރު ކުރެވި 571 ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއި ފޮޓޯ ހިމެނޭ ޗެނަލް ސީޒް ކުރެވިފައިވާ ކަމަށް.