Raajje.mv

ޕީޖީ ހުސެއިން ޝަމީމް ވަކިކުރުމަށް ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާ

ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓާއިމެދު ބަހުސްކޮށް ވޯޓަށް އެހުމެވ

22 އޯގަސްޓު 2024
13791
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ

22 އޯގަސްޓު 2024 | 17:24

ޕީޖީ އައްޔަން ކުރުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން އިއުލާންކޮށް ޖަލްސާ ނިންމާލައިފި

ޕީޖީ އައްޔަން ކުރުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން އިއުލާންކޮށް ޖަލްސާ ނިންމާލަަމުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ޕޮރޮސެކިއުޓަރ ޖެނެރަލް އާއި ބެހޭ ޤާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި ޕީޖީއަކު އައްޔަން ކުރަންވާނެ ކަމަށް. އެހެން ނަމަވެސް މަޖިލިސް ރިސެސްއަށްދާތީ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށް. އެއީ ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަން ކުރުމަށްޓަކައި. ރައީސުލް ޖުމްހޫރިއްޔާ ނަންފުޅު ފޮނުވުމުން ނަން އިއްވަން ބާއްވާ ޖަލްސާ އާއި ކޮމިޓީން މަޖިލީހަށް އެންގުމުން ފާސްކުރުމަށް ބާއްވާ ޖަލްސާ.

22 އޯގަސްޓު 2024 | 17:14

ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މަޤާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް، ޝަމީމު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމާލާފައިވާއިރު، ޝަމީމު މަޤާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް، ޝަމީމު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

22 އޯގަސްޓު 2024 | 17:07

ސިއްރު ކުރުމަކީ ސަގާފަތަކަށް ވެއްޖެ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވެއްޖެ

ޒިޔާދު ވިދާޅުވީ މި ސަރުކާރުގެ 9 މަހާ ދިހަ ދުވަސް ވަންދެން ވެސް ހުންނެވީ އެ ޕީޖީ ކަމަށާއި، ބަޔާނުގައި ހުރި ކަންކަމަކީ މި ނުވަ މަސްދުވަހުގެ ތެރޭގައި ހިނގާފައިވާ ކަން ކަން ނޫން ކަމަށް. ޒިޔާދު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއްދީ ކްރިމިނަލް ކޯޓުގައި ދައުވާއެއް ކުރެވުނު ކަމަށާއި، ދައުވާ ސާބިތު ނުވި ކަމަށް. އެހެން ނަމަވެސް މިހާރު ހުންނެވި ޕީޖީ އެ ދައުވާ އިސްތިއުނާފެއް ނުކުރާ ކަމަށާއި ސަބަބުތަކެއް ވެސް ހާމަކޮށްފައިވާ ކަމަށް. ހަމަ މިހާރުވެސް ހުންނެވީ އެ ޕީޖީ ކަމަށް ޒިޔާދު ވިދާޅުވި. ޕީޖީއަކު ބަދަލުވާ ބަދަލުވުމަކީ ކަންބޮޑުވުމެއް ނޫން ކަމަށް ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ ކަންބޮޑުވަނީ މިހާ ދުވަސްކޮށްފަ ކުއްލިއަކަށް މިކަން ފެނިގެންވެސް ނޫން ކަމަށާއި، ކޮމިޓީތައް ސިއްރުވެގެން ވެސް ނޫން ކަމަށް. މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭރު ގައުމުތަކަށް ފޮނުވާ ސިޓީ ތައް ސިއްރުކުރުން އެންމެ ރަނގަޅު ކަމަށް. ސިއްރު ކުރުމަކީ ސަގާފަތަކަށް ވެއްޖެ ކަމަށާއި ސިއްރު ހާމަކުރާނެ ކަމަށް ވިދާޅުވެ ވަޑައިގެންނެވި މެމްބަރުން ވެސް މަޖިލީހުގައި އެބަތިއްބެވި ކަމަށް ވިދާޅުވި.

22 އޯގަސްޓު 2024 | 16:58

ޕީޖީ ޝަމީމް އިސްތިއުފާ ދެއްވި ކަން މަޖިލީހަށް އަންގާފައި ނުވާކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެއްޖެ

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް ޕީޖީ ޝަމީމް ވަނީ އިސްތިއުފާ ދެއްވާފައި. އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނަމުން ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައި. ވިދާޅުވީ މީޑިއާ ތަކުގައި އިސްތިއުފާ ދެއްވި ވާހަކަ އެބައޮތް ކަމަށާއި، އެކަން ސާފު ނުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަކީ ނިޒާމީ މައްސަލައެއް ކަމަށް. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫންކަމަށް. ޤާނޫނު ވަރަށް ސާފު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިސްތިއުފާގެ ސިޓީ ލިބުމާއެކު ވަކިވީ ކަމަށް. ރައީސް އޮފީހުން މަޖިލީހަށް އަދި ނާންގާ ކަމަށް.

22 އޯގަސްޓު 2024 | 16:45

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވި ޕީޖީ ޝަމީމު މިހާރުން މިހާރަށް ވަކިކުރަން ޖެހެ އޭ: މެމްބަރު އައްބާސް

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް އަޅުގަނޑު ކައިރީގައި ވިދާޅުވި ޕީޖީ ޝަމީމު މިހާރުން މިހާރަށް ވަކިކުރަން ޖެހެ އޭ. ވަކިކުރަން މިއައީ ނިންމާފައޭ. މެމްބަރު އައްބާސް އަށް މަޖިލީހުގައި ވިދާޅުވެވުނީ "ޕީޖީ ލީޑަރު" ވަކިކުރުމަށް ކަމަށް. އަދި އެކަން މަޖިލީހުގެ އެހެން މެމްބަރަކު ރަނގަޅު ކޮށްދެއްވި. އައްބާސްގެ ވާހަކަފުޅުގައި ބޭއަދަބީ ވާހަކަތަކެއް ޕީޖީ ލީޑަރަށް ނިސްބަތްކޮށް ވިދާޅުވުމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެގޮތަށް ދެކެވޭ ވާހަކަތައް ހުއްޓުވަން ޖެހޭނެ ކަމަށް ވިދާޅުވެފައި. ނަމަވެސް ރިޔާސަތުން ނިންމީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް. ދޫ އޮޅިގެން ވިދާޅުވެވުނީ ކަމަށް.

22 އޯގަސްޓު 2024 | 16:34

ޝަމީމް ވަނީ ވަކި މައްސަލައެއްގައި މީޑިއާގެ ހާޒިރުގައި މައުލޫމާތު ދިނުމަށް އުޒުރުވެރިވެވަޑައިގެންފައި: ޙުސްނީ

ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ހާޒިރު ކުރެއްވި ކޮމިޓީ ސިއްރުކޮށްފައިވަނީ ޤަވައިދާ އެއްގޮތަށް. ގަވައިދާ ޚިލާފް ކަމެއް ހިނގާފައެއް ނުވޭ. ޖުޑީޝަރީ ކޮމިޓީގައި ޝަމީމް ވަނީ ވަކި މައްސަލައެއްގައި މީޑިއާގެ ހާޒިރުގައި މައުލޫމާތު ދިނުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށް މެމްބަރު ޙުސްނީ ވިދާޅުވި

22 އޯގަސްޓު 2024 | 16:25

ކޮމިޓީ ރިޕޯޓްގެ ސައްޚަ ކަމާމެދު ސުވާލު އުފެދޭ ކަމަށް މެމްބަރު ނާޒިލް ވިދާޅުވެއްޖެ

ބަންދުކޮށްފައި ހުރި ކޮޓަރިއެއްގެ ތެރޭގައި މިނިވަންކޮށް މަސައްކަތް ކުރެވޭ ގޮތުގައި ހުރި މީހަކު ގެނެސް ސުވާލުތައް ކުރެވި ފްލޯއަށް ފޮނުވާ މިކަންތައްތައް ވެގެން މިދަނީ ހެދިފަ ހުރި ގަވާއިދާ ޚިލާފަށް: ނާޒިލް  

22 އޯގަސްޓު 2024 | 16:12

ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް

ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް އިއްވައިފި

22 އޯގަސްޓު 2024 | 16:03

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާ ފަށައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާ ފަށައިފި

22 އޯގަސްޓު 2024 | 15:41

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަޤާމުން ވަކިކުރަން ނިންމީ ޖުޑީޝިއަރީ ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި

ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ޕީޖީ ޝަމީމް މަޤާމުން ވަކިކުރުމުގެ މައްސަލަ، ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް އިއްވުން އެޖެންޑާކުރި އިރު، ޖުޑިޝަރީ ކޮމިޓީން ޝަމީމް ވަކިކުރަން ފާސްކޮށްފައިވަނީ ޖަވާބުދާރީ ވުމުގެ ޖަލްސާ ހުޅުވާލައިގެން ގެންދަން ޝަމީމްއެދިވަޑައިގެންފައިވަނިކޮށް، އެ ފުރުސަތު ދެއްވުމެއް ނެތިއެވެ.

22 އޯގަސްޓު 2024 | 15:37

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ދިގުދައްމާލީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިންމާލަން ހަމަޖެއްސީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ނުނިމޭތީ ދައުރު ވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދިގުދައްމާލާފައެވެ. އެގޮތަން ނިންމީ 13 ވަނަ ދުވަހު ބޭއްވި 27 ވަނަ ޖަލްސާގައެވެ.

22 އޯގަސްޓު 2024 | 15:27

ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ޕީޖީ ޝަމީމް ވަކިކުރުމުގެ މައްސަލަ

ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓާއިމެދު ބަހުސްކޮށް ވޯޓަށް އެހުމެވެ.