ލަންކާގެ އިގްތިސާދީ ކާރިސާ - އިސްތިއުފާ ނުދެއްވާ ރައީސް ގައުމު ދޫކުރައްވާ ފިއްލެއްވުން
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާ އިރު، އަންގާރަ ދުވަހު ގައުމު ދޫކުރައްވާ އެމަނިކުފާނު ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެ ވަޑައިގަންނަވާފައެވެ.

ގޮތަބަޔަ ރާޖަޕަކްސް (މ) އަދި ލަންކާގެ އިސްވެރިން
ލަންކާގެ އައު ރައީސް އިއުލާނުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ފަށައިފި
ސްރީލަންކާގެ އައު ރައީސް އިއުލާނުކުރުމުގެ މަސައްކަތް އެގައުމުގެ މަޖިލީހުގެ ތެރެއިން ފަށައިފިއެވެ.
އެގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވުމާއެކު އެގައުމުގެ ވަގުތީ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އައު ރައީސަކު އައްޔަން ކުރުމުގެ މަސައްކަތާއި ރައީސް ގޮތަބަޔާގެ އިސްތިއުފާއާ ގުޅޭ ކަންކަން ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

The President of Sri Lanka Gotabaya Rajapaksa has sent the letter of resignation
The President of Sri Lanka Gotabaya Rajapaksa has sent the letter of resignation from his post as President of Sri Lanka to the Speaker

ގޮތަބަޔާ އިސްތިއުފާ ދެއްވައިފި
ސްރީލަންކާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހު ސިންގަޕޫރަށް ވަޑައިގެން. އެގޮތުން، އެ ޤައުމަށް ވަޑައިގެން މަޖިލީހަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކުރޭ.
ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ ރާއްޖޭގައި ހުންނެވުމަށްފަހު ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި. އެމަނިކުފާނު ސިންގޕޫރުގައި ދެ ތިން ދުވަހު މަޑުކުރެއްވުމަށްފަހު ސައުދިއަރައްބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ރިޕޯޓް ކޮށްފަ.

President Gotabaya Rajapaksa has landed in Singapore
President Gotabaya Rajapaksa has landed in Singapore
The Singaporean government, in a statement, has confirmed that President Gotabhaya Rajapaksa was not granted an asylum in Singapore.
“The president has entered Singapore on the basis of a private visit,” said the statement
“The President is expected to stay put in Singapore for the next few days,” said the Singaporean source speaking to News Cutter exclusively.

ސިންގަޕޫރުގެ ހިމާޔަތަށް ގޮތަބަޔާ އެދިވަޑައިގެންފައި ނުވޭ، ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި - ސިންގަޕޫރު
ސިންގަޕޫރުގެ ހިމާޔަތަށް ގޮތަބަޔާ އެދިވަޑައިގެންފައި ނުވޭ، ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެފި.
ސިންގަޕޫރު ސަރުކާރުން ބުނީ ގޮތަބަޔާ ހިމާޔަތަށް އެދިފައި ނުވާ ކަމަށާއި، އާންމު އުސޫލުން އެގައުމުން ހިމާޔަތް ނުދޭނެ ކަމަށް

ސިންގަޕޫރުން ގޮތަބަޔާއަށް ހިމާޔަތެއް ނުލިބޭ، އަދި ހިމާޔަތަށް އެދިފައިވެސް ނުވޭ - ސިންގަޕޫރު ސަރުކާރު
ސިންގަޕޫރުން ގޮތަބަޔާއަށް ހިމާޔަތެއް ނުދޭ ކަމަށް އެ ގައުމުން ބުނެފި. އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމަށް ގޮތަބަޔާ އެތެރެވެވަޑައިގެންނެވީ އަމިއްލަ ފުޅު ދަތުރެއްގައި ކަމަށާއި، ކުޑަ ދުވަސްކޮޅަކަށް އެގައުމުގައި ހުންނަވާނެ ކަމަށް.

ގޮތަބަޔާ ދަތުރުކުރެއްވި ފުލައިޓު ސިންގަޕޫރު އެއަރޕޯޓުގައި ޖައްސައިފި
އެސޯސިއޭޓެޑް ޕްރެސްއާ ޙަވާލާދީ ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށް.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ސައުދީ އެއަރލައިންގެ މަތިންދާބޯޓެއްގައި ގޮތަބަޔާ ރާއްޖެެއިން ފުރާވަޑައިގަތީ މެންދުރުގެ ވަގުތެއްގައި. ދެން ވަޑައިގަންނަވާނީ ސައުދީގެ ޖިއްދާއަށް.

President Gotabaya Rajapaksa leaves maldives
Gotabaya Rajapaksa has departed from the Maldives and is on his way to Singapore, sources on ground confirmed
The flight Gotabaya is travelling would land Singapore airport later this evening and he will seek asylum in Singapore
He is traveling from Saudi airline flight SV788 from Maldives to Singapore

ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފި
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންފި.
ފުރާ ވަޑައިގެންފައިވަނީ ސައުދީ އެއަރލައިނުން ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައި.

Gotabaya Rajapaksa is currently in Velana international airport
Gotabaya rajapaksa is currently in Velana International Airport and he is getting ready to depart in a private jet to Singapore where he will seek Asylum.

ގޮތަބަޔާ މިވަގުތު ހުންނެވީ ވެލާނާ އެއަރޕޯޓުގައި
ސިންގަޕޫރަށް ފުރާ ވަޑައިގަތުމަށް، ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި.

Pres. Gotabaya on his way to velana airport for departure
Sri lanka president Gotabaya Rajapaksa on his way to Velana international airport to depart Singapore bye a private jet.
He will be travelling to Singapore in a short while on a private jet.

ގޮތަބަޔާ ވަޑައިގަންނަވާ ޖެޓް ވެލާނާ އެއަރޕޯޓުގައި
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ޕްރައިވެޓް ޖެޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސައިފި.

ލަންކާގެ ރައީސް ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ޖެޓެއް ހަމަޖައްސަވައިދެއްވުމަށް ދިވެހި ސަރުކާރުގައި އެދިއްޖެ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދިވެހިރާއްޖެއިން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސަވައިދެއްވުމަށް ދިވެހި ސަރުކާރުގައި އެދިލައްވާފައިވާކަން ވަނީ ހާމަވެފައި.
ގޮތަބަޔާ މިކަމަށް ދިވެހި ސަރުކާރުގައި އެދިލައްވާފައިވަނީ ލަންކާއިން ފިއްލެވުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނޭ.

ލަންކާގެ ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ރާއްޖެގައި ތިބި ލަންކާގެ ރައްޔިތުން އިހުތިޖާޖުކުރުން
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފޮނުވާލުމާ ގުޅިގެން ރާއްޖޭގައި ތިބި ލަންކާގެ ރައްޔިތުން ވަނީ އިހުތިޖާޖު ކޮށްފަ. މި އިހުތިޖާޖު މިހާރު ވަނީ ރޫޅާލައިފަ. މުޒާހަރާއި ލަންކާގެ ރައްޔިތަކު ހައްޔަރު ކުރި ކަމުގެ ޚަބަރުތައް ލިބޭ.

ރާއްޖެއިން ގޮތަބަޔާ ވަޑައިގަންނަވާނީ ސިންގަޕޫރަށް ކަމަށް ރިޕޯޓުތައް ބުނޭ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަންގާރަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާފައި ވާއިރު، މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި.

ކުއްލި ހާލަތު އިއުލާންކުރުމާއެކު އާންމުން ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފި
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ލަންކާގައި ކުއްލި ހާލަތު އިއުލާން ކުރުމާއެކު މުޒާހަރާކުރަމުންދިޔަ ރައްޔިތުން ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފި.
ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބުދަ ދުވަހު ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެފަ.
ބުދަ ދުވަހު ރައީސް ކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވާނެ ކަމަށް އިއުލާންކުރައްވާފައިވާއިރު، އިސްތިއުފާގެ ސިޓީ ހުށަނާޅުއްވައި ގޮތަބަޔާ ގައުމުން ފިއްލެވުމާއެކެ އާންމުން ވަނީ އިންތިހާއަށް ރުޅިގަދަވެފަ. މިއާއެކު ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންދިޔަ އިރު، މުޒާހަރާ ހޫނުވެ، މީހުން ހުއްޓުވުމަށް ފުލުހުން ކަރުނަ ގޭހާ، ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. އަދި މިކުރިމަތިލުންތަކުގެ ތެރޭގައި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނޭ.
ބުދަ ދުވަހު ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާންކުރައްވާ، ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާންކުރައްވާ ވަގުތުން އެއަށް އަމުލުކުރަމަށް ވިދާޅުވެފަ. އަދި ހަމަނުޖެހުން އުފައްދާ މީހުން ހައްޔަރުކުރުމަށްވެސް ވަނީ އަމުރުކުރައްވާފަ.
މިއާއެކު ބޮޑުވަޒީރުގެ އޮފީސް ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ މީހުން ފުލުހުންގެ ސަފުތައް ފޫޅޫއަޅުވާލާ، އޮފީހިގެ ބޭރު ފާރުމަތިން އަރައި އޮފީސްގެ ތެރެއަށް ވަދެގަނެފައިވާކަމަށް ރިޕޯޓުތައް ބުނޭ.

ބޮޑުވަޒީރު ރަނިލް ވަގުތީ ރައީސް ކަމަށް އައްޔަން ކުރައްވައިފި
ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަގުތީ ރައީސްކަމަށް އައްޔަން ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސްއަށް އަންގަވާފައި.
މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ ވިދާޅުވީ ރައީސް ގޮތަބަޔާ ގައުމުން ބޭރުގައި ހުންނެވުމުން، ވަގުތީ ގޮތުން ރައީސްކަން ބޮޑުވަޒީރު ރަނިލް އާއި ހަވާލުކުރައްވާފައިވާ ކަމަށް.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވީ މަޖިލިސް އިދާރާއަށް އެނގިގެންނެއް ނޫން
ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއަށް ވަޑައިގެންނެވީ މަޖިލިސް އިދާރާއަށް އެނގިގެންނެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި.
ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް އިއުލާން ކުރައްވާ، އިސްތިއުފާ ސިޓީގައި ސޮއިކުރައްވާފައި ވަނިކޮށް، އަންގާރަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަސްކަރީ މަތިންދާ ބޯޓެއްގައި ގޮތަބަޔާ ރާޖަޕަކްސަ ވަނީ ރާއްޖެ ވަޑައިގަންނަވާފަ. އަދި މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، ފޮރިން މިނިސްޓްރީންވެސް ވަނީ އެކަމާ މިވަގުތު ކޮމެންޓެއް ނުކުރާނެކަމަށް ބަޔާންކޮށްފަ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާއެކު، ރާއްޖެއިން ގޮތަބަޔާއަށް ހިމާޔަތް ދިނީތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ އިރު، ސީއެންއެންގައި ބުނެފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްއިން އެ ފްލައިޓު ޖެއްސުމުގެ ހުއްދަ ފުރަތަމަ ދީފައި ނުވާ ކަމަށާއި، ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވާފައިވާ ކަމަށް ވިދާޅުވުމުން ކަމަށް.

ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށް ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާންކުރަން ބޮޑުވަޒީރު އަމުރުކުރައްވައިފި
ސްރީ ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް ގައުމުގެ ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާންކުރަން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އަމުރުކުރައްވައިފިއެވެ.
ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާގޮތުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ވަގުތު ވަގުތަށް ހުޅަނގުގައި ކާފިއު އިއުލާންކޮށް އެއަށް އަމަލުކުރަން ފެށުމަށް އަމުރުކުރައްވާފައެވެ. އަދި މަގުތަކަށް ނުކުމެ ހަމަނުޖެހުން އުުފައްދާ މީހުން ހައްޔަރު ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކަށް ބޮޑުވަޒީރު އަމުރުކުރައްވާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވާނީ ރައްކާތެރި މަންޒިލަކަށް ވަޑައިގެން މިރޭ 8 ޖަހާއިރު
ގައުމު ދޫކުރައްވާ ފިއްލަވައިގެން އުޅުއްވާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނީ ރައްކާތެރި މަންޒިލަކަށް ވަޑައިގެންނެވުމަށްފަހުގައި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފި.
ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ފަހު މަންޒިލަށް ވަޑައިގެންނެވުމަށްފަހު ބުދަ ދުވަހުގެ ރޭ 8 ޖަހާއިރު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް. ނަމަވެސް ފަހު މަންޒިލަކީ ކޮބައިކަމެއް ހާމަކޮށްފައި ނުވޭ. މީޑިއާތަކުގައި ބުނެފައިވަނީ ގޮތަބަޔާގެ ފަހު މަންޒިލަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށް.
ދެކުނު އިރުމަތީ އޭޝިއާގައި 11 ގައުމެއް ހިމެނެއެވެ. އެގައުމުތަކަކީ، ބުރޫނާއި، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރް، ތައިލެންޑް، ޓިމޯ-ލެސްޓޭ އަދި ވިއެޓްނާމް.

އަސްކަރީ މަތިންދާ ބޯޓެއްގައި ގޮތަބަޔާ ރާއްޖެ ގެންދިޔަ ކަމަށް ލަންކާގެ ވައިގެ އަސްކަރިއްޔާއިން ވަނީ ބުނެފައި
އަންގާރަ ދުވަހުގެ ދަންވަރު 2 ޖެހި އިރު އަސްކަރީ މަތިންދާ ބޯޓެއްގައި ލަންކާގެ ރައީސް ރާއްޖެއަށް ގެންދިޔަކަމަށް ލަންކާގެ ވައިގެ އަސްކަރިއްޔާއިން ވަނީ ރަސްމީކޮށް ހާމަކޮށްފައި.
ސީއެންއެންގައި ބުނެފައިވަނީ ގޮތަބަޔާ އަދި އަނބިކަނބަލުން ރާއްްޖެ ވަޑަައިގެންނެވީ އޭއެން32 ސިފައިން އުފުލާ މަތިންތާ ބޯޓެއްގައި ކަމަށް. ސީއެންއެންގައި ބުނެފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްއިން އެ ފްލައިޓު ޖެއްސުމުގެ ހުއްދަ ފުރަތަމަ ދީފައި ނުވާ ކަމަށާއި، ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވާފައިވާ ކަމަށް ވިދާޅުވުމުން ކަމަށް.

ގޮތަބަޔާ ފިއްލެވުމާއެކު ލަންކާގެ މަސްރަހު އިތުރަށް ހޫނުވެއްޖެ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވާ ފިއްލެވި މައްސަލައިގައި، އެގައުމުގައި ކުރަމުންދާ މުޒާހަރާ އިތުރަށް ވަނީ ހޫނުވެފައި.
ލަންކާގެ މަގުތަކަށް އާންމުން ނުކުމެ މުޒާހަރާކުރަމުން އަންނަ އިރު، ސަލަމަތީ ބާރުތަކުން އަންނަނީ އަމަން ބަލަހައްޓަމުން.

ގޮތަބަޔާ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ފުރާވަޑައިގަންނަވާނެ - މަސްދަރު
ފިއްލަވައިގެން ރާއްޖެ ވަޑައިގެން އުޅުއްވަ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ފުރާ ވަޑައިގަންނަވާނެކަމަށް މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފި.
މަގާމުން އިސްތިއުފާ ދެއްވާނީ ފަހު މަންޒިލަށް ވަޑައިގެން މިރޭ 8 ޖަހާ އިރު ކަމަށް ހަބަރު ލިބޭ.
ރާއްޖެއިން ދެން ފުރާނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމަކަށް.

އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެ ވަޑައިގެންނެވީ ގައުމުން ބޭރަށް ދިއުމުގެ ފުރުސަތު އިމިގްރޭޝަނުން ނުދިނުމުން
އަންގާރަ ދުވަހު ދުބާއީއަށް ވަޑައިގަންނަވަން ގޮތަބަޔާ މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވެ، އެންމެ ފަހުން އަސްކަރިއްޔާގެ އެހީތެރިކަމާއެކު ރާއްޖެ ވަޑައިގެންފައިވާ އިރު، އަސައިލަމް ހޯއްދަވާނީ ކޮންތާކުން ކަމެއް ހާމަކުރައްވާފައި ނުވޭ. ނަމަވެސް އަސައިލަމް ހޯއްދަވާނީ އޭޝިއާގެ ގައުމުކަމުން ކަން ވަނީ ހާމަވެފައި.

ގޮތަބަޔާ އިސްތިއުފާ ނުދެއްވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި
ގައުމު ދޫކުރައްވާ ފިއްލަވާ ވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް މަގާމުން އިސްތިއުފާ ނުދެއްވާނެކަމުގެ އިޝާރާތެއް ކުރައްވައިފި ކަމަށް މަސްދަރުތަކައި ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފި.
ގޮތަބަޔާ ރާޖަޕަކްސަ ވެލާނާ އެއަރޕޯޓުން މާލެ ވަޑައިގަންނަވަނީ
ލަންކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި ރާއްޖެ ވަޑައިގަތުމުން، ވެލާނާ އެއަރޕޯޓުން ފުލް ސެކިއުރިޓީގައި ގޮތަބަޔާ އަދި އަނބިކަނބަލުން މާލެ ވަނީ ގެންދަވާފައި.
މިކަމާއި ގުޅިގެން ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައި ނުވޭ.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި މައްސަލައިގައި ފޮރިން މިނިސްޓްރީން ކޮމެންޓް ކުރަން ބޭނުމެއް ނުވި
ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް އިއުލާން ކުރައްވާ އިސްތިއުފާ ސިޓީގައި ސޮއިކުރައްވާފައި ވަނިކޮށް، އަންގާރަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަސްކަރީ މަތިންދާ ބޯޓެއްގައި ގޮތަބަޔާ ރާޖަޕަކްސަ ވަނީ ރާއްޖެ ވަޑައިގަންނަވާފައި.
އަދި މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވެފައިވާ އިރު، ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި މައްސަލައާއި ގުޅޭ ގޮތުން އެ މިނިސްޓްރީން އަދި ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށް.
އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވުމާއެކު ހައި ސެކިއުރިޓީގައި އެއަރޕޯޓުން މާލެ ގެނެސްފައިވޭ. ނަމަވެސް މިހާރު ހުންނެވި ތަނެއްގެ މައުލޫމާތު އެނގިފައި ނުވޭ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަނބިކަނބަލުންނާއި ބޮޑީ ގާޑުންނާއި އެކުގައި. 13 މީހަކު މި ފްލައިޓުން އައި އިރު އެއީ ކޮން ބައެއްކަމެއް ސާފެއް ނޫން.

ގޮތަބަޔާ ފިއްލަވާ ވަޑައިގަތީ ރާއްޖެއަށް!
ސްރީލަންކާގެ ރައީސް އެ ޤައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގެންފިކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި.
އޭއެފްޕީ ނިިއުސް އެޖެންސީން ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ފިއްލަވައިވަޑައިގެންފައިވާ ކަމަށް.
އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންފައިވާ ކަމަށް ލަންކާއާއި ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި.. ނަމަވެސް އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިކަން ދިވެހިރާއްޖޭގެ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވޭ.
