ރަށްވެހި ފަތިސް ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުން
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިން ވަނީ ފަށާފައެވެ.

ރަށްވެހި ފަތިސް ކެމްޕެއިން ލޯންކްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާ ނިންމާލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާ ނިންމާލައިފި.
ރާއްޖެއަކީ އެންމެ އަވަހަށް ވެކްސިން ޖަހާ ނިންމާނެ ގައުމު - ރައީސް ނަޝީދު
ކޮވިޑްގެ ވަބާއިން ސަލާމަތްކުރުމަށް ވެކްސިން ދޭން ފަށާފައިވާ އިރު، ރާއްޖެ ވެގެންދާނީ އެންމެ ފުރަތަމަ އެންމެ އަވަހަށް މުޅި އާބާދިއަށް ވެކްސިންދީ ނިންމާނެ ގައުމަކީ ރާއްޖެއަށް ވެގެންދާނެ.
ގެއްލުވާލާފައިވާ މީހުންނައި މަރާލާފައިވާ މީހުންގެ މައްސަލަ މި ސަރުކާރުން ބަލާނެ - ރައީސް ނަޝީދު
މި ސަރުކާރުން އަދުލު އިންސާފު ގާއިމް ކުރައްވާނެ ކަމަށާއި، މި ސަރުކާރުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި.
އެމްޑީޕީގެ ވިސްނުން މިއަދު ގިނަ - ރައީސް ނަޝީދު
ދަތުރުފަތުރާއި، އެއް ދަންފަޅިއަކަށް ސްކޫލްތައް ބައްޓަން ކުރުމައި، ލާމަރުކަޒު ކުރުމާއި، ޑްރަގުގެ ޝިކާރައިން ޒުވާނުން ސަލާމަތް ކުރުމަކީ ވެސް އެމްޑީޕީގެ ވިސްނުން.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފުލެޓް އަޅަން އެނގޭނެ - ރައީސް ނަޝީދު
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފުލެޓް އަޅަން އިނގޭނެ. އެމީހުންގެ މުޅި ހަޔާތުގައި ދަސްކުރީ އެކަން. މާލޭގެ މޭޔަރުކަމަށް ވަދަކުރައްވާ ކެންޑިޑޭޓަށް ފުލެޓް އަޅަން އިނގޭނެ. އޭނާ ބޮޑުވީ ފުލެޓް ދޮންބެއާއެކު
މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަން - ރައީސް ނަޝީދު
ގާނޫނުން ޖާގަދޭ ކައުންސިލަށް ފުލެޓް އެޅޭނެ ޖާގަ. ކައުންސިލުން ބިން މިލްކުކުރެވޭނެ. ކައުންސިލުން މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމްވެފައި މިއޮތީ. އެމްޑީޕީގެ ކެންޑިޑޭޓުން އެ ނުކުންނަނީ ދަނގަޑު ދަހަނާ އަޅައިގެން.
ރައީސް ސޯލިހަށް އަޅުގަނޑު އިތުބާރުކުރަން - ރައީސް ނަޝީދު
އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ކުރިއަށް ގެންދާނީ ބޯހިޔާވަހިކަމުގެ މަސައްކަތް ކުރަން. މިހާރުވެސް ވަދެތިބީ އަޅުގަނޑުމެން އަޅާފައިވާ ފުލެޓްގައި. ރައީސް ޔާމީންގެ ވެރިކަމުގައި މީހުން ވެއްދީ އަޅުގަނޑުމެން ކޮންޓްރެކްޓްކޮށް މަސައްކަތް ކުރި ފުލެޓްތަކަށް.
އިރާދަކުރެއްވިއްޔާ މިފަހަރު ރައްޔިތުންނަށް ތަންފީޒުކުރަން މިފެށިނީ އާ ފަތިހެއް - ރައީސް ނަޝީދު
އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތުގައި މި ދައްކަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާންޖެހޭ ވާހަކަ. އަޅުގަނޑުމެން ސިޔާސީ މަސައްކަތުގައި ތިބޭނަމަ އެއީ ދަރާފައިވާ ބޮޑު ދަރަންޏެއް. އެންމެ ފަހުން ނުކުތް އިންތިހާބުގައި އަޅުގަނޑުމެން މިކަން ކުރިން.
ދެން ރައްޔިތުންގެ ޝަކުވާއެއް ނާންނާނެ - ރައީސް ނަޝީދު
އަމަލުކުރަމުން މިދާ ގާނޫން ހުއްޓިފައި އޮތީ ކޮވިޑާއި ހެދި އިންތިހާބު ލަސްވުމުން. މި އިންތިހާބަށްފަހު ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ސަރުކާރާއި ގުޅޭ ގޮތުން ޝަކުވާ ކުރެވޭނެ ތަނެއް ނޯންނާނެ. ޝަކުވާގެ ގޮތުގައި އޮންނާނީ ހާރިޖީ ސިޔާސަތު ނުވަތު ރައްޔިތުންނާއި ނުގުޅޭ ނުވަތަ ޖުމްލަ ރައްޔިތުންނާއި ގުޅޭ ޝަކުވާ.
ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ
- ތަރައްގީގެ މުޅި ޖުމްލަ އަދަދަކީ ލާމަރުކަޒީ ނިޒާމް. ދިވެހިންނަށް ކޮށްދެވެން އޮތް އެންމެ މުހިންމު ކަމަކީ ލާމަރުކަޒީ ނިޒާމް ހިންގަން ފެށުން
ގދ. ތިނަދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަ ކުރައްވާ ޖީޒާ ހަސަން ވާހަކަ ދައްކަވަނީ
- އިންތިހާބުގައި އަންހެނުން ވާދަކޮށް އަންހެނުން ކައުންސިލް ތަކަށް ހޮވަން ޖެހޭ
- އަންހެނުން ބާރުވެރިކުރެވޭނީ މި ސަރުކާރަށް
ފުވައްމުލައް ސިޓީން މޭޔަކުރުކަމަށް ވާދަ ކުރައްވާ އިސްމާއިލް ރަފީއު ވާހަކަ ދައްކަވަނީ
- ފުވައްމުލައް ސިޓީ އޮތީ ލާމަރުކަޒުވާން ފަށާފައި
- ފުރިހަމަ ލާމަޒުކަޒީ ނިޒާމަކަށް ދިއުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ
- ސަރުކާރުގެ ވައުދުތައް ފުއްދަމުންދަނީ، އަދި އެކަންކަން ސަރުކާރަށް ހަނދާންކޮށްދޭނީ ވެސް އެމްޑީޕީ ކައުންސިލުން
ބޯހިޔާވަހިކަމަށް ހައްލު ލިބޭނެ - ކުޅުދުއްފުށި މޭޔަކުރަކަމަށް ވާދަކުރައްވާ އާތިފް
ބޯހިޔާ ވަހިކަމަށް އެދިއެދި ތިބި ޒުވާނުންނަށް އެ ފުރުސަތު އެމްޑީޕީގެ ކައުންސިލުން ހޯދައިދޭން
ކުޅުދުއްފުށި މޭޔަކުރަކަމަށް ވާދަކުރައްވާ އާތިފް ވާހަކަ ދައްކަވަނީ
- މި ސަރުކާރުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީފައިވޭ
- ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން
- ރައްޔިތުންގެ ހިޔާލާއި ފަންނީ ބޭފުޅުންގެ ހިޔާލާއެކު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާނެ
ކުޅުދުއްފުށި މޭޔަކުރަކަމަށް ވާދަކުރައްވާ އާތިފް ވާހަކަ ދައްކަވަނީ
- ލާމަރުކަޒީ ނިޒާމް އުފަން ކުރިވި ބަޔަކީ ކުޅުދުއްފުށީ ރައްޔިތުން
- ކުޅުދުއްފުށީގައި ބިން ހިއްކި ނަމަވެސް އެކަމުގެ މަންފާ ރައޔްިތުންނަށް ނުކުރޭ
- ކުރީ ސަރުކާރުން ރައްޔިތުންގެ ބާރު ނިގުޅައިގެން
- ކުރީ ސަރުކާރުގައި ރައްޔިތުންގެ ބާރު ކަނޑުވާލާ ފެނަކަ އޮފީހުން ގެވަޅު ކަނޑަން އިއުލާން ކުރި
ނ. މާޅެންދޫ ކައުންސިލަށް ވާދަކުރައްވާ ޝަކީލާ ވާހަކަ ދައްކަވަނީ
- އެމްޑީޕީން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ. އެހެންކަމުން މި އިންތިހާބަކީ ގިނަ އަންހެނުންތަކެއް ފެނިގެންދާނެ އިންތިހާބެއް.
- ކުރިއަށް އޮތް ފަސް ހޮވަންވީ ސަރުކާރު ޖަވާބުދާރީ ކުރާނެ ބަޔެއްތޯ ނުވަތަ ސަރުކާރާއެކު މަސައްކަތް ކުރާ ބައެއްތޯ ސުވާލު ކުރަންޖެހޭ. މިއަދު ބޭނުންވަނީ ސަރުކާރާއެކު މަސައްކަތް ކުރާނެ ބައެއް. 5 އަހަރު ބޭކާރު ގޮތުގައި ވޭތު ކުރާނެ ބައެއް ނޫން. މިކަމާއި ދިވެހިން ވިސްނަން ޖެހޭ
އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ އަލީ ނިޒާރު ވާހަކަދައްކަވަނީ
މި ސަރުކާރާއެކު އުއްމީދު އެބައޮތް. އާ ކައުންސިލެއް އާ އުއްމީދަކާ އާ ބަޖެޓަކާއެކު މަޔޫސްވާކަށް ނުޖެހޭނެ.
އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ އަލީ ނިޒާރު ވާހަކަދައްކަވަނީ
އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭންތައް ވަނީ ކުރެވިފައި. އައްޑޫ ސިޓީގެ މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް މިދަނީ މަސައްކަތް ކުރަމުން.
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ވާހަކަ ދައްކަވަނީ
މާލޭގެ ރައްޔިތުންނަށް ހަމަހަމަ ބޯހިޔާވަހިކަން މި ސަރުކާރުން ފޯރުކޮށްދޭނެ - އަނަސް އަބްދުއްސައްތާރު
ފުލެޓްތައް މިނިސްޓަރުގެ ލިސްޓަށް ދެން ބަހާކަށް ފުރުސަތެއް ނުލިބޭނެ ކަމަށާއި، ހަމަހަމަކަމާއެކު މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނީ މި ސަރުކާރުން.
ކޮވިޑް-19ގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު މުހިންމުކަން ފެނިއްޖެ - ރައީސް ސޯލިހު
ކޮވިޑް-19ގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު މުހިންމުކަން ފެނިއްޖެ. ވަކިން ޙާއްހަކޮއް ޞިއްޙީ ދާއިރާ ލާމަރުކަޒު ވުމުގެ ބޭނުންތެރިކަން ކަށަވަރު ވެއްޖެ. ރަށްރަށުގައި ވަކިން ޓާސްކް ފޯސް ތައް ހަދައިގެން ފުރިހަމަ ކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ އަތޮޅު ތަކުގެ ހާލަތު ގޯސްވެގެން ދިޔައީސް. މިކަމަށް ބޭނުންވާ ލާމަރުކަޒީ ޞިއްޙީ އިޖާބައަށް ސަރުކާރު މިވަނީ ފުރިހަމަ އަމާޒެއް ހިފާފައި. ސީޓީ ސްކޭންއާ އެމް.އާރު.އައި. އަދި މިނޫންވެސް މިފަދަ ހުރިހާ ވަސީލަތަކާއި އެއާއި އެކަށޭނަ ސްޕެޝަލިސްޓުންނަކީ ހަމައެކަނި މާލޭގެ ބިމުން ފެންނަ ހުވަފެނެއް. އެހުވަފެނުން ހޭލައި ޓަރޝަރީ 5 ހޮސްޕިޓަލެއްގެ ޒަރީއާއިން ރާއްޖެ މި ކަމުގައި ލާމަރުކަޒު ވާނެކަން އިރާދަކުރެއްވިއްޔާ އެއީ ކަށަވަރު ކަމެއް.
އެންމެ ފުރަތަމަ ލާމަރުކަޒު ވާން ޖެހެނީ ތަރައްޤީ - ރައީސް ސޯލިހު
މިގޮތުން އެންމެ ފުރަތަމަ ލާމަރުކަޒު ވާން ޖެހެނީ ތަރައްޤީ. އެ ތަރައްޤީގެ އަސާސަކީ ތައުލީމާ ހުނަރު. އިންސާނީ ވަޞީލަތް. ހަމައެހެންމެ ޞިއްޙީ ދާއިރާ. ދިރިއުޅުމުގެ އަސާސީ ޒަރޫރަތުތައް. ވިޔަފާރިއާ އިގްތިޞޯދީ ޙަރަކާތް. ދަތުރުފަތުރާ މުވާޞަލާތު ގެ ހުރިހާ ދާއިރާތައް - ރައީސް
އެމްޑީޕީއަކީ ހެޔޮވެރިކަން ހޯދައި ދިން ޕާޓީ - ރައީސް ސޯލިހު
އަޅުގަނޑުމެންނަކީ ދިވެހީންގެ މައްޗަށް ހިންގާ އަމްރު މައުރޫފުގެ މުރަނަ ވެރިކަން، ދިވެހި ރައްޔިތުންނާ އެކީ އެރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީ. ރާއްޖެ އުފެދި އެކުލެވިފައި މިއޮތީ ލާމަރުކަޒީ ސިފަޔަށް. ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފައަށް. ދިވެހީންގެ ތަބީއަތާ އެއް ބައްޓަމަށް ދިވެހީންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ - ރައީސް
ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަކުލީފު އުފުލަން ޖެހޭ - ރައީސް ސޯލިހu
ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހަންމަލު ކުރަންޖެހޭ ތަކުލީފުތައް އަޅުގަނޑުމެން އެމްޑީޕީ އަށް އަބަދުވެސް ވަރަށް ސާފު. އެ މަންޒަރާ އޭގެ ތަޖުރިބާ އަޅުގަނޑުމެން މި ތިބީ ކޮއްގެން. އަތުގައި ބާރުތައް ހިފެހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ، އޮތްނަމަ އޮތް ހުރަހެއް ގިރާކޮއް އެބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮއްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް .
ބާރުތަކާ ނިންމުންތައް މާދުރު، މާމަތީ އެހެން ތަނެއްގައި މަރުކަޒުވެ ހިފެހެއްޓިފައި އޮތުމުން ހަގީގަތުގައި އެ ހިފަހައްޓައި އޮބަހެއްޓެނީ މިނިވަންކަން-ތަރައްގީއާ ކުރިއެރުން: ރައީސް
އަމިއްލަ ކަންކަން އަމިއްލަ ބާރުގައި ގާތުން ނިމުމަށް ޢާންމު އިންސާނީ ފިކުރު އަބަދުވެސް ދީލެމުންދޭ. އެހެން ވާންފެށީ އިއްޔެއަކު މިއަދަކު ނޫން. މި އެދުމައް ގެނެވޭ ގާނޫނީ ހަމައާ، އިދާރީ ތަރުތީބަށް ކިޔާ ނަމަކީ ލާމަރުކަޒީ ނިޒާމް. ބާރުތަކާ ނިންމުންތައް މާދުރު، މާ މަތީ އެހެން ތަނެއްގައި މަރުކަޒުވެ ހިފެހެއްޓިފައި އޮތުމުން ހަގީގަތުގައި އެ ހިފަހައްޓައި އޮބަހެއްޓެނީ މިނިވަންކަން - ތަރައްގީއާ ކުރިއެރުން - ރައީސް
ލާމަރުކަޒުކުރުމަކީ އެމްޑީޕީގެ ހުވަފެނެއް - ރައީސް
ލާމަރުކަޒުކުރުމަކީ އެމްޑީޕީގެ ހުވަފެނެއް. އެ މަސައްކަތް ކުރުމަށް އެމްޑީޕީން މިދަނީ މަސައްކަތް ކުރަމުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅު
ރަށް ރަށުގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކަށް ވާނީ ބާރު ދީފައި
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ދެން އަންނަ ކައުންސިލްތައް ވެގެންދާނީ މި ދެންނެވި ނިޒާމުން ހިނގާ ކައުންސިލްތަކަށް
އަންހެނުން ބާރުވެރިކުރުވުމަށް ގާނޫނަށް ބަދަލު ގެނެސްފައިވާނެ، އަދި އަންހެނުންގެ ދައުރު އިހުނަށްވުރެ ބޮޑަށް ފެނިގެންދާނެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އެ މަސައްކަތް ކައުންސިލުން ބަލަހައްޓަމުންދާނެ
މުދަލާ ހިދުމަތް އެއްރަށުން އަނެއްރަށަށް ގެންދެވި އެ ދަނީ ލާމަރުކަޒު ވަމުން
ރަށްވެހި ފަތިސް ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމުގެ ރަސްމިއްޔާތު
ޓާޝަރީ 5 ހޮސްޕިޓަލެއްގެ ޒަރިއްޔާއިން ސިއްހީ ދާއިރާ ލާމަރުކަޒު ކުރެވޭނެ - ރައީސް