Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

15 މާރިޗު 2020 | 20:51

ކޮވިޑް-19: އިޓަލީއިން ވައިރަސް ޖެހިގެން އިތުރު 368 މަރެއް!

އިޓަލީއިން ކޮރޯނާވައިރަސް ޖެހިގެން އިތުރު 368 މީހުން މަރުވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މި ބަލީގައި 368 މީހަކު މަރުވެފައިވާއިރު އެއާއި އެކު އެގައުމުން މި ވައިރަސް ޖެހިގެން މުޅި ޖުމްލަ 1809 މީހުން ވަނީ މަރުވެފައެވެ.

އިޓަލީގައި މި ބަލި ޖެހުނު ކަމަށް 24747 މީހުން ރިޕޯޓުކޮށްފައިވެއެވެ.

15 މާރިޗު 2020 | 20:25

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ގަތަރު ފްލައިޓުން އައި 9 ބިދޭސިއަކު ބުކިންގ ހައްދާފައިވާ ތަންތަނަށް ފޮނުވާލައިފި

މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެށިލިޓީއަށް ބަދަލު ކުރެވިފަ.

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހެއްދާފައިވާ ތަންތަނަށް ފޮނުވާލެވިފައި. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި.

15 މާރިޗު 2020 | 19:57

މީރު އައިލެންޑް ރިސޯޓުން ނެގި ހުރިހާ ސާމްޕަލް ނެގެޓިވް

81 / 81