Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

28 މެއި 2020 | 00:43

މަސްމާރުކޭޓް އަލުން ހުޅުވާލާއިރު ސްޓޯލްތައް މަދުވާނެ

މާލެ ސިޓީގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ތެރެއިން މަސްމާރުކޭޓް ހުޅުވާ ލެވިގެންދާއިރު ސްޓޯލްތައް މަދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބުދަ ދުވަހުގެރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ މަސް މާރުކޭޓް ގައި ސްޓޯލްތައް މަދުކޮށް، ސްޓޯލްތަކުގެ ދޭތެރޭ ވީހާވެސް ގައިދުރުކަން ހިފެހެއްޓޭގޮތަށް އެކަން ހަމަޖެއްސުމަށްފަހު މަސް މާރުކޭޓް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސް މާރުކޭޓަށް ވަދެވޭ މީހުންގެ އަދަދުތައް ވަކި މިންވަރެއްގައި ހިފަހައްޓާ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

27 މެއި 2020 | 22:23

ބުރާސްފަތި ދުވަހުން ފެށިގެން ލޮކްޑައުންނަށް ދެވޭ ލުއިތައް:

27 މެއި 2020 | 22:20

އިތުރު 10 މީހަކު ބަލިން ފަސޭހަވެއްޖެ

އިތުރު 10 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ އަދަދު 242ށް އަރައިފިއެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 242 މީހަކު މިހާތަނަށް ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖޭގެ ރިކަވަރީ ރޭޓް މިހާރު ވަނީ 16.6 އިންސައްތައަށް އަރާފައެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރު 787 ސާމްޕަލް ނަގާފައިވާ ކަމަށާއި، ޖުމްލަ 21338 ޓެސްޓް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެރޭގެ ޕްރެސްއިން ފެށިގެން ބުދަ ދުވަހުގެރޭގެ ޕްރެސްއާ ހަމައަށް 43 ކޭސް އިތުރަށް ފެނިފައިވާ ކަމަށެވެ.

27 މެއި 2020 | 21:12

ހާލަތު ރަނގަޅުވީ، އިރުޝާދުތަކަށް އާއްމުން ބޯލެނބުމުން: ޑރ. ޝީނާ

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔާ އަޅައި ބަލާއިރު ހާލަތު ރަނގަޅުވެފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް އާއްމުން ބޯލެނބުމުން ކަމަށް ކުރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއި ދިނުމާއި ގުޅޭގޮތުން ބުދަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ހާލަތާއި ބެހޭ ގޮތުން އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތާ ހަ ހަފްތާ ވެފައިވާއިރު، ބަލި ފެތުރުމުގެ ރޭޓަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް މާލެއިން ފެންނަ ކޭސްތަކުގެ ކޮންޓެކްޓްތައް ދަށްވެފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިންވެސް ވަނީ ބުނެފަ އެވެ.

27 މެއި 2020 | 21:11

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖޫން 29 ނިޔަލަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ޖޫން މަހުގެ 29 ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ. އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށްވެސް މިނިސްޓަރު އަމީން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވިދާޅުވި އެވެ.

27 މެއި 2020 | 17:01

ސްކޫލްތައް ހުޅުވުން ފަސްކުރުން

ސްކޫލްތައް ހުންނާނީ އަދިވެސް ބަންދު ކުރެވިފައި ކަމަށާއި، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު އެޅިފައި ހުރި ފުޔަވަޅުތައް ދެމިގެންދާނެ ކަމަށާއި އަދި ޕާކްތަކާއި ބީޗްތައް ހުޅުވާނުލާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | 16:58

ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައިނުވޭ

ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައި ނުވާކަމަށާއި އޮފީސްތައް ފަންކްޝަން ކުރަން ބޭނުންވާ މިންވަރަށް ސަރުކަރުގެ ހުއްދަ ލިބޭ ފަރާތްތަަކަށް އޮފީސްތަކުގެ ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | 16:58

ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައިނުވޭ

ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައި ނުވާކަމަށާއި އޮފީސްތައް ފަންކްޝަން ކުރަން ބޭނުންވާ މިންވަރަށް ސަރުކަރުގެ ހުއްދަ ލިބޭ ފަރާތްތަަކަށް އޮފީސްތަކުގެ ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | 16:56

ސިއްޚީ ޚިދުމަތަށް ލުއިތަކެއް ދިނުން

ފްލޫ ކްލިނިކް ތަކަށް ގޮސްގެން ޚިދުމަތް ދިނުމަށް ހުޅުވޭނެ ކަމަށާއި ސިއްޚީ ޚިދުމަތްދޭ ކްލިނިކް ތަކަށް އޮންލައިންކޮށް ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | 16:54

ޓެކްސީ އަދި ޕިކަޕްގެ ޚަިދުމަތް ދިނުން

ޓެކްސީ އަދި ޕިކަޕްގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | 16:52

ރެސްޓޯރެންޓް ކެފޭތަކުގެ ޚިދުމަތަށް ލުއިތަކެއް ދިނުން

ކެފޭ އަދި ރެސްޓޯރެންޓްތައް ފުރަތަމަ ހަފްތާގައި ޑެލިވަރީ އަދި ދެވަނަ ހަފްތާގައި ޑެލިވަރީ އަދި ޓޭކްއަވޭ އަށް ހުޅުވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | 16:49

ބޭންކްގެ ޚަިދުމަތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިއުން

ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، ދެ ހަފްތާއިން ފެށިގެން ފަސްދުވަހަަށް ބޭންކްގެ ޚިދުމަތް ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | 16:49

ބޭންކްގެ ޚަިދުމަތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިއުން

ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، ދެ ހަފްތާއިން ފެށިގެން ފަސްދުވަހަަށް ބޭންކްގެ ޚިދުމަތް ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

27 މެއި 2020 | 16:47

އޮންލައިން ކޮށް ތަކެތި ވިއްކުމާއި ޑެލިވަރީ އަށް ލުއިތަކެއް ދިނުން

މޯބައިލް ފޯން ފިހާރަ، އިލެކްޓްރޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅޭ ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ހުންނަ ފިހާރަތަކަށް އޮންލައިން ކޮށް ވިޔަފާރި ކުރުމާއި ޑެލިވަރ ކުރުމަށް ފުރުސަތު ހުޅުވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | 16:43

ރީޓެއްލް ފިހާރަތައް ހުޅުވުމަށް ލުއިތަކެއްދިނުން

ސުޕަމާކެޓް، ބެކަރީ، ކަންމަތީ ފިހާރަތައް، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއަރ ފިހާރަތައް ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

27 މެއި 2020 | 16:42

ބޭރުގައި އުޅުމުން މާދަމާއިން ފެށިގެން ލުއިދެނީ

ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެކު ގެއަކުން ބޭރަށް ނުކުމެވޭނެ މީހުންގެ އަދަދާއި ވަގުތު އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ބޭރުގައި އުޅެވޭނެ ޒޯންތައްވެސް އިތުރުކުރެވިގެންދާނެ ކަމަށެވެ.

27 މެއި 2020 | 16:39

ކޮވިޑް-19 ފެތުރޭ ނިސްބަތް ދަށްކުރެއްވިއްޖެ

ކޮވިޑް ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

27 މެއި 2020 | 10:27

އަންދާޒާކުރި 17.2 ބިލިއަން ރުފިޔާގެ އާމްދަނީ، 8.95 ބިލިއަނަށް ތިރިވެއްޖެ

27 މެއި 2020 | 10:22

220 ފަރާތުން އިންކަމް ޓެކްސް ދައްކައިފި

27 މެއި 2020 | 10:02

ލޮކްޑައުންއާ ޚިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ ދައްކާފައިވަނީ މަދު ބަޔަކު

ލޮކްޑައުން އާ ޚިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ ދައްކާފައިވަނީ މަދު ބަޔަކު ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ވިދާޅުވި އެވެ. މިހާރުވެސް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ. ނަމަވެސް ފައިސާ ދައްކާފައިވަނީ ނިސްބަތުން މަދު ބަޔަކު ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

27 މެއި 2020 | 09:58

އިންކަމް ޓެކްސް އާ ގުޅިގެން ގޮތެއް ނިންމާނީ ކަމާބެހޭ ފަރާތްތަކުން

ދައްކަންޖެހޭ ޓެކްސް އެއް ދެއްކުމާއި ނުދެއްކުމަކީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ ކަމާބެހޭ ފަރާތްތަކުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.

27 މެއި 2020 | 09:52

ރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

26 މެއި 2020 | 19:14

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެންސްޕާއިން މިހާތަނަށް 845,000 ރުފިޔާ ހަރަދުކޮށްފި

ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ) އިން މިހާތަނަށް 845,000 ރުފިޔާ ހަރަދުކޮށްފި އެވެ.

އަންގާރަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި މި ވަގުތު ވެސް ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންސްޕާ މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ގާތްގަނޑަކަށް 298،000 ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންސްޕާގެ އެހީއާ ނުލާ އާންމު އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 140 މީހަކަށް ވެސް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

26 މެއި 2020 | 19:12

ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލެ ޖަލުން ރެންޑަމްކޮށް ނެގި 30 ސާމްޕަލް ނެގެޓިވް

ޖަލުތަކުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ހުޅުމާލެ ޖަލުން ނެގި 30 ސާމްޕަލް ވެސް ނެގެޓިވްވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާމަކޮށްފި އެވެ. ހުޅުމާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގެޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ވަނީ ކަރެކްޝަނަށް އަންގާފަ އެވެ. އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގައި، ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައި ވެއެވެ.

26 މެއި 2020 | 19:11

އިތުރު 77 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ އަދަދު 232ށް

ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 77 މީހަކު ބަލިން ފަސޭހަވެއްޖެ އެވެ. އެކަން ހާމަކޮށްފައިވަނީ ނެޝަނަލް އިމަރޖެންސީ އޮޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 232ށް އަރާފައެވެ.

26 މެއި 2020 | 19:10

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހިގެން 5 ވަނަ މީހަކު މަރުވެއްޖެއެވެ. އަންގާރަ ދުވަހު އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހޭ ނެތިގެން މަގު މައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝްގެ މީހަކު ހޯމަ ދުވަހުގެރޭ 22:40 ހާއިރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ ނިޔާވެފައި ކަމަށާއި، އެ ބިދޭސީ މީހާގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާ އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.

26 މެއި 2020 | 00:13

އެޗްއާރްސީއެމުން އަންގާފައިވާ އެންގުންތައް ރަނގަޅު ކުރާނަން: މަބްރޫކް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެސިލިޓީތަކާ ބެހޭ ގޮތުން ރަނގަޅު ކުރުމަށް އަންގާފައިވާ އެންގުންތައް ބަލައިގަންނަ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެޗްއާރްސީއެމުން ރަނގަޅު ކުރުމަށް ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އެތަންތަނަށް ގެންނަން ޖެހޭ އައު މަރާމާތުތަކަކީ ކޮބައިތޯ ހޯދާ، އެކަންކަން ކުރެވޭނެ ތާވަލްތަކެއް ހަދައިގެން މަސައްކަތް ފައްޓާނެ ކަމަށެވެ. މި މަސައްކަތުގެ ތަފްސީލް މިހާތަނަށް ލިބިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

25 މެއި 2020 | 17:34

ހެރުތެރެ އަދި ފުރަވަރީގެ މީހުންގެ ސާމްޕަލް ނެގުން

ހެރެތެރެ ގައި ތިބީ މީހުންގެ ސާމްޕަލް ތައް ވަނީ ލިބިފައި. ދޫކޮށްލަންޖެހޭ މީހުން އަންގާރަ ދުވަހު ދޫކޮށްލާނެ. ފުރަވެރީގައި ތިބި މީހުންގެ ސާމްޕަލް ވަނީ ހޯމަ ދުވަހު ނެގިފައި. ނަތީޖާ ލިބުމުން އެމީހުން ދޫކޮށްލުމުގެ ކަންތައް ކުރިއަށް ގެންދާނެ: ޑރ. ނަޒްލާ

25 މެއި 2020 | 17:25

އުމުރުން ދުވަސްވީ މީހުންގެ ޓެސްޓް ނަތީޖާ ޕޮޒިޓިވްވުން

އުމުރުން ދުވްސްވީ މީހުންގެ ފަސް ޕަސެންޓް މީހުންގެ ޓެސްޓް ހެދުމަށް ޓެގް ޓީމުން ވަނީ އެއްބަސްވެފައި. މިހާތަނަށް ޓެސްޓް ހެދިފައި ވަނީ 105 މީހެއްގެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ އެކަކު: މަބްރޫކް

25 މެއި 2020 | 17:21

ޓްރާންސިޓް ފެސިލިޓީ ތަކަށް މީހުން ގެންދިއުން

ޓްރާންސީޓް ކަރަންޓީން ފެސިލިޓީސް ތަކަށް ޖުމްލަ 2053 މީހަކު ވަނީ ގެންދެވިފައިވެއެވެ. އަސި މިައދު 115 މީހަކު ވަނީ ގެންދެވިފައެވެ. އިތުރު މީހުން ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން: މަބްރޫކް

25 މެއި 2020 | 17:19

ފްލޫ ކްލިނަިކް ތަކަށް ޒިޔާރަތްކުރުން

ފްލޫކްލިނިކް ތަކަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި 115 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

25 މެއި 2020 | 17:15

ތައިލެންޑްގައި ތާށިވެފައި ތިބި މީހުން މާލެ ގެނައުން

ތައިލެންޑްގައި ތާށިވެފައި ތިބި 26 ދިވެއްސެއް މޯލްޑިވިއަން އެއަރލަިއންގައި ރާއްޖެ އަތުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

25 މެއި 2020 | 17:15

ތައިލެންޑްގައި ތާށިވެފައި ތިބި މީހުން މާލެ ގެނައުން

ތައިލެންޑްގައި ތާށިވެފައި ތިބި 26 ދިވެއްސެއް މޯލްޑިވިއަން އެއަރލަިއންގައި ރާއްޖެ އަތުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

25 މެއި 2020 | 14:26

ނިއުނޯމަލްގައި މަޖިލިސް: މާލަމުގައި އެއްވަގުތެއްގައި ތިއްބަވާނީ 42 މެމްބަރުން

ނިއު ނޯރމަލްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވާނެ އިންތިޒާމްތައް ކަނޑައަޅާ އެސްއޯޕީއެއް އާއްމުކޮށްފިއެެވެ.

ހޯމަ ދުވަހު އާއްމުކުރެވުނު އެސްއޯޕީގައި ވާގޮތުން މަޖިލީހުގެ ޖަލްސާ ބާއްވާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވެއެވެ. މަޖިލީހުން ބުނީ މާލަމުގައި ތިއްބަވާ މެމްބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުލަވާލާ އުސޫލެއްގެ ދަށުން ކަަމަށެވެ. އަދި މި އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން މަޖިލީހުގެ ސަރޖަންޓް އެޓް އާރމްސްއެވެ.

މަޖިލީހުގެ އިދރާއިން ބުނިގޮތުގައި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ދުރުމިނުގައެވެ. މީގެއިތުރުން، އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް ކަނޑައަޅާފައިވާއިރު ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށެވެ.

25 މެއި 2020 | 00:12

ރާއްޖޭގައި ތިބި ޗައިނާގެ 274 މީހަކު ފުރުވާލައިފި

ރާއްޖޭގައި ތިބި ޗައިނާގެ 274 މީހަކު އަނބުރާ ގައުމަށް ގެންގޮސްފި އެވެ.

މި މީހުން ޗައިނާ އަށް ގޮސްފައިވަނީ އެ މީހުން ބަލާ ރާއްޖެ އައި ޗައިނާ އީސްޓަން އެއާލައިނުގައި ދެ ފްލައިޓެއްގައި އެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އާދިއްތަ ދުވަހު ފުރުވާލާފައިވަނީ، ވޫހަން އަށްދާ 138 މީހުންގެ އިތުރުން ޖެންގްޖޯ ސިޓީއަށްދާ 136 މީހުން ކަމަށެވެ.

އެމީހުން ފުރުވާލުމުގައި ވެދިން އެހީތެރިކަމަށާއި، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޗައިނާ ސަފީރު ޒަންގް ލީ ޒޮންގް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

24 މެއި 2020 | 23:30

މަނަދޫ އިން ޕޮޒިޓިވްވި މީހުންގެ ދެވަނަ ސާމްޕަލް ނެގެޓިވް

ނ. މަނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަން އަންގާފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް މަނަދޫ ކައުންސިލްގެ ރައީސް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އެރަށުން ޕޮޒިޓިވްވި ނުވަ މީހުންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ހެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނަކީ އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި 80 އަހަރުގެ އަންހެން މީހާއައި ކޮންޓެކްޓްވި މީހުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެ އަންހެން މީހާ ވަނީ ކޮވިޑް-19 ށް ނެގެޓިވިވްކަން އިއުލާނުކުރި ފަހުން ނިޔާވެފަ އެވެ.

24 މެއި 2020 | 23:29

ދުވާލަކު 3000 ސާމްޕަލް ނެގުމުގެ ކެޕޭސިޓީ އެބަހުރި: އާރުއާރުޓީ

ދުވާލެއްގެ މައްޗަށް 3000 ސާމްޕަލް ނެގުމުގެ ގާބިލުކަން އެބަހުރި ކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގެ ލީޑު މެމްބަރު އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި ހަމީދު ވިދާޅުވީ ދުވާލެއްގެ މައްޗަށް 3000 ސާމްޕަލް ނެގުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށެވެ. މިހާރު ދުވާލެއްގެ މައްޗަށް ނެގެނީ 250-300 ސާމްޕަލްކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ކުރިއަށް އޮތް 6 ދުވަހެއްގެ ތެރޭގައި ސާމްޕަލްތައް ނަގާ އަދަދު ދެގުނަ ވެގެންދާނެ ކަމަށެވެ. އަދި އޭގެ 6 ދުވަސްފަހުން ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

23 މެއި 2020 | 17:19

ކޭސްތަކުގެ އަދަދުތައް އިތުރުވަމުންދާނަމަ، ލުއިދިނުމުގެ ކަންކަން މަޑުޖައްސާލަން ޖެހިދާނެ

ކުރިއަށް އޮތްތަނުގައި ކޭސްތަކުގެ އަދަދުތައް އިތުރުވަމުންދާނަމަ، ލުއިދިނުމުގެ ކަންކަން މަޑުޖައްސާލަން ޖެހިދާނެ ކަމަށް ޑރ. މޫސާ މުރާދު ވަނީ ވިދާޅުވެފައެވެ.

23 މެއި 2020 | 17:15

ކޭސްތަކުގެ އަދަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި: ޑޮކްޓަރ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކޭސްތަކުގެ އަދަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އަދި ލޮކްޑައުންއާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެނީ ފޭސްތަކަކަށް ބަހާލައިގެން ކަން ފާހަގަކުރައްވާ ޑރ. ވިދާޅުވީ ފޭސްތަކުގެ މައުލޫމާތު ތައް ހިއްސާކުރަމުންދާނެ ކަަމަށެވެ

23 މެއި 2020 | 17:13

ތިން މީހުންނަށް އައިސީޔޫގައި ފަރުވާދެނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ޖުމްލަ 10 މީހުންނަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުންދަނީ އެންމެ މީހަކަށް ކަމަށާއި އޭނާ އަކީ ބަލިން ފަސޭހަވެފައިވާ މީހެއް ކަމަށެވެ.

33 / 81