ކޮވިޑް-19: އެންމެ ފަހުގެ

18,436,532
  • ކޮރޯނާވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްސީ އާއި ބްރޯޑްކޮމް އިން އެދެފި
  • ޖަރމަނީން ކުޑަކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ
  • ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ
 
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްސީ އާއި ބްރޯޑްކޮމް އިން އެދެފި

ކޮރޯނާވައިރަހާއި ނުރައްކާތެރި ބަލިތަކާއި ބެހޭ މައުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން(ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ން އިލްތިމާސްކޮށްފި އެވެ.

މިދެތަނުން އެގޮތަށް އިލްތިމާސްކޮށްފައިވަނީ ވަކިވަކިން ނެރުނު ބަޔާން ތަކުގަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 19:37
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަރމަނީން ކުޑަކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ޖަރމަނީން ކުޑަކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު އެގައުމުން ވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު މިވަނީ 6 ށް އަރާފަ އެވެ. މިކުޑަކުއްޖާއަކީ ކުރިން ވައިރަސްގެ އަސަރު ފެނުނު ހަތަރު މީހުންގެ ތެރެެއިން އެކެއްގެ ދަރި އެކެވެ. ވައިރަސްގެ އަސަރު ފެނިފައިވާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 19:25
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ

ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކުރެއްވި ޓްވީޓް ވިދާޅުވީ ޗައިނާގެ ހުންނަވާ ރާއްޖޭގެ އެމްބަސެޑަރ އާއި ގުޅުއްވާ ޗައިނާގައި ތިބި ދިވެހިންގެ ހާލު ބައްލަވާފައިވާ ކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:36
Writer Profile Picture
އާއިޝަތު ޝިއުރާ
ބެއިޖިންގ ގައި ހުރި ކުންފުނިތައް ހުޅުވޭނީ ފެބްރުއަރީ މަހުގެ 10 ގައި

ޗައިނާގައި ވެރިރަށް ބެއިޖިންގ ގައި ހުރި ކުންފުނިތައް ހުޅުވޭނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައި ކަމަށް އެގައުމުން ބުނެފި އެވެ. ޗައިނާގައި ބާރު މިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގެ އޮފީސްތަކާއި ކުންފުނިތައްވަނީ ބަންދުކޮށްފަ އެވެ. ސަރުކާރުގެ މިނިންމުން އެގައުމުގެ ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކުން އަމަލު ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އަސާސީ ޚިދުމަތްދޭ ތަންތަނާއި ސިއްހީކަންކަމާއި ބޭސްފަރުވާ އާއި ގުޅުންހުރި ސުޕަރމާކެޓްތަކާއި ކުންފުނިތަކުން މިނިންމުމަށް އަމަލުކުރާކަށް ނުޖެހޭނެ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:26
Writer Profile Picture
އާއިޝަތު ޝިއުރާ
ސައުތުއޭޝިޔާ ގައުމުތަކުގައި ތިބި ހޫބޭ ޕްރޮވިންސްގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި

ސައުތުއޭޝިޔާ ގައުމުތަކުގައި ހޫބޭ ޕްރޮވިންސްގެ މީހުން އަނބުރާ ޗައިނާއަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި ޗައިނާއިން ވަނީ ދެ ފްލައިޓް ޗާޓަރުކޮށްފަ އެވެ. 217 މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ގައުމުތަކުން ޗައިނާއަށް ދާ ފްލައިޓްތަކާއި އަންނަ ފްލައިޓްތައް ކެންސަލް ކުރަމުންދާތީ އެހެން ގައުމުތަކުގައި ތިބި ޗައިނާގެ ރައްޔިތުންނަށް ވަނީ އަނބުރާ ގައުމަށް ދިޔުމަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:21
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ފުރަތަމަ ދެ މީހުން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ރަޝިޔާގެ ދެ މީހެއްގެ ގައިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ފުރަތަމަ ފަހަރަށް ރަޝިޔާއިން ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ މީހުން ފެނިފައިވާއިރު މި ދެ މީހުންނަކީވެސް ޗައިނާގެ ދެ މީހުންކަމަށް ރަޝިޔާއިން ބުނެއެވެ. މިތަނުން އެކަކު ފެނިފައިވަނީ ޗައިނާ ބޯޑަރ ކައިރިންކަމަށާއި އަނެކަކު ފެނިފައިވަނީ ކަޒަކިސްތާނު ބޯޑަރ ކައިރިން ކަަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:11
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 9800ށް ވުރެ މަތި ، މަރުވި މީހުންގެ އަދަދު 213 ގައި

ޗައިނާގައި ކޮރޯނާވައިރަސްގެ އަސަރު ކޮށްގެން މިހާތަަނަށް ޔަގީންވެފައިވަނީ 9800 މީހުންގެ ގައިން ކަމަށް އެގައުމުން ބުނެފި އެވެ.

އދ އަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ މަންދޫބު ވިދާޅުވެފައިވަނީ ވައިރަސްގެ އަސަރުކޮށްފައިވާ ޖުމްލަ އަދަދަކީ 9809 ކަމަށެވެ. މީގެތެރެއިން 1527 ކޭސް އަކީ ކްރިޓިކަލް ހާލަތުގައި ތިބި މީހުން ކަމަށާއި 15،238 މީހުންނަކީ ޝައްކުކުރެވޭ މީހުން ކަމަށެވެ. މިވައިރަސްގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު އުޅެނީ 213 ގައެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:52
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަޕާނުން 17 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ޔަގީންކޮށްދީފި

ޖަޕާނުން 17 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ކަށަވަރުކޮށްދީފި އެވެ.

އަލަށް ފެނުނު ތިން މީހުންގެ ތެރެއިން އެކަކީ ބަސް ގައިޑެކެވެ. އަނެއް ދެމީހުންނަކީ ވުހާން އިން އެގައުމަށް އައި ޖަޕާނުގެ ދެމީހުންނެވެ. މި ދެމީހުންނަކީ ވުހާންގައި ތިބި ޖަޕާނުގެ މީހުން ގެނައުމަށް އެގައުމުގެ ސަރުކާރުން ފޮނުވި ފްލައިޓުން އަނބުރާ ގައުމަށް އައި ދެ މީހުންނެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:48
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި އިންޑިޔާގެ 400 މީހުން އިންޑިޔާއަށް ގެންނަނީ

ވުހާންގައި ތިބި އިންޑިޔާގެ 400 މީހުން ގެނައުމަށް ހުކުރު ދުވަހު ޚާއްސަ ފްލައިޓެއް ވުހާން އަށް ދިޔުމަށް ފުރާނެ ކަމަށް އެގައުމުން ބުނެފި އެވެ.

މިމީހުންނަށް އިންޑިޔާއަށް އާދެވޭނީ އާދިއްތަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ކަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:44
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސްވަނަ މީހާ ޖަރމަނީން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ޖަރމަނީގެ ފަސް ވަނަ މީހެއްގެ ގައިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ މީހާއަކީ ކުރިން އެވައިރަސްގެ އަސަރު ފެނުނު ހަތަރު މީހުންނާއެކު މަސައްކަތްކުރަމުންދިޔަ މީހެއްކަމަށް އެގައުމުން ބުނެއެވެ. ވައިރަސްގެ އަސަރު ފެނުނު މީހުންނާ ގުޅުންހުރި 110 މީހުންވެސް އަންނަނީ މިވައިރަސްގެ އަސަރު ހުރިތޯ ޓެސްޓްކުރަމުން ކަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:40
Writer Profile Picture
އާއިޝަތު ޝިއުރާ
ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 19 ށް އެރީއެވެ.

އެންމެފަހުން މިފެނުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ވުހާންގެ ހަތަރު މީހުންނެވެ. ފަސް ވަނަ މީހަކީ ތައިލެންޑްގެ ޓެކްސީ ޑްރައިވަރެކެވެ. މިއީ ތައިލެންޑުން ޗައިނާއަށް ނުގޮސް ވައިރަސްގެ އަސަރު ފެނުނު ފުރަތަމަ މީހާއެވެ. ތައިލެންޑުން މިވައިރަސްގެ އަސަރު ފެނުނު 19 މީހުންގެ ތެރެއިން 2 މީހުންނަކީ ތައިލެންޑުގެ މީހުންނެވެ. މިހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށް ތައިލެންޑްގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެއެވެ.

މިހާރު ހޮސްޕިޓަލްގައި ތިބީ 12 މީހުންކަމަށް މިނިސްޓްރީން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:36
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާ ގުޅިގެން އިޓަލީން އިމަރޖެންސީ އިއުލާންކޮށްފި

ކޮރޯނާވައިރަސް ފެތުރެމުންދާތީ އިޓަލީ ސަރުކާރުން އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ.

އިޓަލީގެ ރޯމުން މިހާތަނަށް ވަނީ ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ދެ މީހަކު ފެނިފަ އެވެ. އިޓަލީން ވަނީ ޗައިނާއަށް ދާ ހުރިހާ ފްލައިޓްތަކާއި ޗައިނާއިން އަންނަ ހުރިހާ ފްލައިޓްތަކެއް ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލާފަ އެވެ. އިޓަލީން ކޮރޯނާވައިރަސްގެ އަސަރު ފެނުނީ އެގައުމަށް ގޮސް އުޅުނު ޗައިނާގެ ދެ ޓޫރިސްޓެއްގެ ގައިންނެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:28
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާވައިރަސްގެ ނުރައްކަލާ ގުޅިގެން ހޮންގ ކޮންގގެ ސްކޫލްތައް ބަންދުކޮށްފި

ނުރައްކާތެރި ކޮރޯނާވައިރަސް ހަލުވިމިނެއްގައި ފެތުރެމުން ދިއުމާއި ގުޅިގެން، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހޮންގ ކޮންގްގެ ސްކޫލްތައް ބަންދުކުރަން ނިންމައިފިއެވެ. ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރެއްވީ، ހޮންގ ކޮންގގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމްއެވެ. އެގައުމުގެ ހުރިހާ ސްކޫލެއް މަރޗް މަހުގެ ދެވަނަ ދުވަހާ ހަމަައަށް ބަންދުވާނެ ކަމަށް އެކަމަނާ ވަނީ އިިއުލާންކުރައްވާފައެވެ.

ލޭމް ވަނީ ރައްކާތެރިވުމުގެ ގޮތުން ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވައިރަސް އިތުރަސް ފެތުރުނަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އެ ސަރަހައްދުގެ ރައްޔިތުންނަށް އެކަމަނާ ވަނީ އަރުވާފައެވެ. ސްކޫލްތައް އަލުން ހުޅުވާނެ ދުވަހަކާ މެދު ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ހާލަތު އޮތް ގޮތަށް ބެލުމަށް ފަހު، މަރޗް މަހުގެ ތެރޭގައި އެ ނިންމުން މުރާޖާ ކުރައްވާނެ ކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 15:18
Writer Profile Picture
އަމަން ހަލީމް
އިނިގިރޭސިވިލާތުން ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުން ކޮރޯނާވައިރަސްއަށް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސަރު ކަށަވަރުކޮށްދެއްވައިފިއެވެ. މިވައިރަސް ފެނިފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމަށާއި، އެ ދެ މީހުންނަށް މިހާރު ހޮސްޕިޓަކުގައި ފަރުވާދެމުން އަންނަ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

31 ޖެނުއަރީ 2020 | ހުކުރު 14:52
Writer Profile Picture
އަމަން ހަލީމް
ނޮވެލް ކޯރޯނާވައިރަސްއަށް ޝައްކުކުރެވޭ ލައްކައަކަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި!

ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވިގެން ޖުމްލަ 102،000 އަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި ތިބިކަމަށް ޗައިނާއިން މައުލޫމާތު ދީފިއެވެ. ބުދަ ދުވަހުގެ ނިޔަލަށް، މިވައިރަސް ޗައިނާގެ 31 ޕްރޮވިންސަކަށް ފެތުރިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަގްވާމީ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއީ ބައިނަލްއަގްވާމީ ސިއްހީ ކާރިސާއެއް ކަމަށް ބުރާސްފަތި ދުވަހު ކަނޑައަޅާފައިވާއިރު، ޖުމްލަ 22 ގައުމަކުން މިބަލި ވަނީ ފެނިފައެވެ. ބަލި އިތުރަށް ފެތުރުނަނުދީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ގައުމުތަކަކުން ވަނީ ޗައިނާއަށް ދަތުރުކުރުން މަނާކޮށް، އެގައުމުން އަންނަ ފްލައިޓްތައް އައުންވެސް މަނާކޮށްފައެވެ.

31 ޖެނުއަރީ 2020 | ހުކުރު 14:28
Writer Profile Picture
އަމަން ހަލީމް
ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހުންގެ އަދަދު 9692 އަށް އަރައިފި: ޗައިނާ

މިހާތަނަށް ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 9692އަށް އަރައިފިކަމަށް، އެގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މަރުވީ މީހުންގެ އަދަދު 213 އަށް އަރާފައިވާ ކަމަށްވެސް ޗައިނާ ސަރުކާރުން ވަނީ މައުލޫމާތު ދީފައެވެ.

31 ޖެނުއަރީ 2020 | ހުކުރު 14:19
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ ބަލިޙާލަތު މެދުވެރިވާ ސަބަބާއި، މުސްލިމުން ޢަމަލުތައް ބަހައްޓަންވީގޮތް
31 ޖެނުއަރީ 2020 | ހުކުރު 12:46
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މެލޭޝިޔާއިން، ޗައިނާ އަށް 18 މިލިއަން އަންގި ހަދިޔާކުރުމަށް ނިންމައިފި

މެލޭޝިޔާގެ ރަބާރ އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލް (އެމްއާރްއީޕީސީ) އިން ޗައިނާގެ ކޮރޯނާވައިރަސް ފެނުނު ވޫހަން ސިޓީ އަށް 18 މިލިއަން އަންގި ހަދިޔާކުރަން ނިންމައިފިއެވެ.

އެކަން އިއުލާން ކުރައްވާފައިވަނީ މެލޭޝިޔާގެ ޕްރައިމަރީ އިންޑަސްޓްރީސް މިނިސްޓަރު ތެރޭސާ ކޮކް އެވެ. ތެރޭސާ ވިދާޅުވީ، ފުރަތަމަ ބެޗްގެ ތިން މިލިއަން އަންގި މިހާރު ވޫހަން އަށް ފޮނުވާފައިވާ ކަމަށެވެ. ބާކި ހުރި އަންގިތައްވެސް ފޮނުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

31 ޖެނުއަރީ 2020 | ހުކުރު 12:43
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މާސްކު ހުހެއްނުވޭ، އެކަށީގެންވާ ވަރަށް އެބަހުރި: އެސްޓީއޯ

މޫނުގައި އަޅާ މާސްކު ހުސްނުވާ ކަމަށާއި، އެކަށީގެންވާ ވަރަށް މާސްކު އެސްޓީއޯގައި އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ފިހާރަތަކުން މާސްކު ނުލިބޭ ކަމަށާއި، ވިއްކަމުންދާ އަދަދު ''ލިމިޓް'' ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން އެސްޓީއޯ އިން ވިއްކަނީ މީހަކަށް ތިން މާސްކެވެ.

31 ޖެނުއަރީ 2020 | ހުކުރު 12:40
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޗައިނާއިން އަންނަ ފްލައިޓްތަކަކީ، ޗައިނާ ރައްޔިތުން ބަލާ އަންނަ ފްލައިޓްތަކެއް: ޗައިނާ ސަފީރު

ޗައިނާއިން ރާއްޖެ އަންނަ ފްލައިޓްތަކަކީ، ރާއްޖޭގައި ތިބި އެ ޤައުމުގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއް ކަމަށާއި، އެ ފްލައިޓްތަކުގައި އެއްވެސް މީހަކު ރާއްޖެ ނާންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.

ސަފީރު އެގޮތަށް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ބައެއް ފްލައިޓްތައް އަދިވެސް އަންނަމުންދާކަމަސް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުންނެވެ.

ސަފީރު ވިދާޅުވީ ރާއްޖެ އަންނަ ފްލައިޓްތަކަކީ ހުސް ފްލައިޓްތަކެއް ކަމަށާއި، އަނބުރާދާނީ ފުލް ފްލައިޓްތަކެއްގެ ގޮތުގައިކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 12:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާވައިރަސްއަށް ޕޮޒިޓިވް އިންޑިއާ އަންހެން ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން

މި ވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހަން ސިޓީގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ކެރެލާގެ ދަރިވަރެއްގެ ގައިންނެވެ.

އިންޑިއާގެ ހެލްތުން ބުނީ، ކޮރޯނާވައިރަސް އަށް ޝައްކުވެގެން 10 މީހަކަށް އެކި ހޮސްޕިޓަލުތަކުގައި ''އައިސޮލޭޝަން ވޯޑް'' ތަކުގައި ފަރުވާދެމުންދާ ކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 11:03
Writer Profile Picture
ލައިޝާ އަހްމަދު
ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހާ ގެންދިއުމުގައި އެމްއެންޑީއެފުން އެހީތެރިވަނީ
31 ޖެނުއަރީ 2020 | ހުކުރު 10:30
Writer Profile Picture
އުމްނާ އިސްމާއިލް
"ގްލޯބަލް ހެލްތު އިމަރޖެންސީ" އިއުލާނުކޮށްފި

ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއްޗްއޯ) އިން "ގްލޯބަލް ހެލްތު އިމަރޖެންސީ" އިއުލާނުކޮށްފި

31 ޖެނުއަރީ 2020 | ހުކުރު 01:02
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖަ ކަމަށް ޝައްކު ކުރެވިގެން ޓެސްޓުކުރަމުންދަނީ ދިވެއްސެއްކަމަށް މިނިސްޓާރ ވިދާޅުވި

20 އަހަރުގެ މިފިރިހެން ކުއްޖާ ރާއްޖެއަށް ދަތުރުކުރީ ޗައިނާގެ ޒިޔަމެން އިންނެވެ. މިކުއްޖާގެ ސާމްޕަލް ޑަބްލިޔުއެޗްއޯގެ އެހީގައި ފޮނުވުމަށް އަންނަނީ މަސައްކަތްކުރަމުން ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން ވަނީ އޭނަ އިތުރަށް ބަލާފައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެން ހާލަތެއްގައި ނަމަ އޭނާއަކީ ގޭގައި ހުރެގެން ފަރުވާ ހޯދޭނެ މީހެއްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިދިވެހި މީހާ ޗައިނާގައި ދިރިއުޅުނު ޕްރޮވިންސްގައި މިބަލީގެ އަސަރު ފެނިފައިވަނީ 101 މީހެއްގެ ގައިންނެވެ.

އޭނަ ރާއްޖެއައީ ރޭގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އޭނާ ރާއްޖެ އައުމަށްފަހު އިތުރު މީހަކާއި ކޮންޓެކްޓްވެފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 23:34
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ

ޓެސްޓް ތައް ހަދަމުންދަނީ 20 އަހަރުގެ ދިވެއްސަކު މިވައިރަސް އަށް ޝައްކު ކުރެވިގެންނެވެ. މީނަގެ ޓެސްޓްތައް ހަދަމުންދަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން މީޓް މާރކެޓަކަށް އޭނާ ގޮސްފައިވާތީ އެވެ. މިމީހާއަކީ ޗައިނާއިން އައިސްފައިވާ ދިވެއްސެކެވެ. ޑަބްލިޔުއެޗްއޯއަށް މިމީހާގެ ސާމްޕަލް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެއަރޕޯޓުން ބެލިއިރުގައި ހުމުގެ އަސަރެއް އެމީހާގެ ގައިގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މިމީހާ އައިސޮލޭޓްކޮށްފައި ބަހައްޓާނީ ފުނަދޫގައި ކަމަށެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 23:31