ފަލަ ސުރުޚީ: ބޮޑެތި ޝަރީޢަތްތައް
މިރޭގެ މެހެމާނަކީ: ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް
08 މެއި 2018
14500

ފަލަ ސުރުޚީ ޕްރޮގްރާމް
08 މެއި 2018 | 16:46
އުއްތަމަ ފަނޑިޔާރު ވިދާޅުވެގެންނޭ ހެކިންވެސް ނުބުނޭ އެސިސްޓަމް ކަނޑާލާކަށް
ފައިސަލް: އުއްތަމަ ފަނޑިޔާރު ވިދާޅުވެގެންނޭ ހެކިންވެސް ނުބުނޭ އެސިސްޓަމް ކަނޑާލާކަށް. އޭނާ ބުނީ އިސްމީހަކު ބުންޏޭ. އުއްތަމަ ފަނޑިޔާރު ވިދާޅުވެގެންކަމަށް ވަންޏާ ހަމަ ސީދާ ބުނަން ޖެހޭނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދޭ އެކަން އެންގީ. އެހެން ނޫނީ ސާބިތެއް ނުކުރެވޭނެ
08 މެއި 2018 | 16:43
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ފުރަތަމަ ހައްޔަރު ކުރެވުނީވެސް އޮންނަ އުސޫލާ ޚިލާފަށް.
ފައިސަލް: ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ފުރަތަމަ ހައްޔަރު ކުރެވުނީވެސް އޮންނަ އުސޫލާ ޚިލާފަށް.
ސަރުކާރުގެ ޖެމްސް ސިސްޓަމް ކަނޑާލައިގެން ކަމަށް ބުނާއިރު، ޖުޑިޝަރީއަކީ މުޅިން ވަކި ބާރެއް. ސުޕްރީމް ކޯޓުން ނިންމާނީ އެކޯޓުން ސިޓީ ބަލައިގަންނާނެ ގޮތް. އެކަމަކަށް އެހެން ބާރަކުން ބާރެއް ނުފޯރުވޭނެ