Raajje.mv

މަޖިލީސް ޖަލްސާ

23 އޯގަސްޓު 2017
7518
އަންގާރަ ދުވަހު މަޖިލީސް ޖަލްސާގެ ތެރެއިން

އަންގާރަ ދުވަހު މަޖިލީސް ޖަލްސާގެ ތެރެއިން

23 އޯގަސްޓު 2017 | 04:26

މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ޖަލްސާ ނިންމާލީ ގުޅިފައިވާ މެންބަރުން އަޑުގަދަ ކުރަމުންދަނިކޮށް

23 އޯގަސްޓު 2017 | 04:25

ވޯޓަށް އެހުން

އިންޑިޔަން އޯޝަން ރީމް އެސޯސިއޭޝަންގައި ރާއްޖެ ބައިވެރިކުރުމަށް ފާސްކޮށްފި. ވޯޓުގައި ބައިވެރިވެފައިވަނީ 27 މެންބަރުން

23 އޯގަސްޓު 2017 | 04:23

ސްރީލަންކާގެ ސަފީރު ކަމަށް މުންދު ހައްޔަނުކޮށްފި

ސްރީލަންކާގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު އަހުމަދު ހޮވިއްޖެ ކަމަށް ކަނޑައަޅައިފި. ލިބުނީ 28 ވޯޓު. މެންބަރުންދަނީ ހަޅޭ ލަވާ އަޑުގަދަކުރަމުން.

23 އޯގަސްޓު 2017 | 04:14

މަޖިލީހުގެ ޖަލްސާގައި ހުށަހެޅި މައްސަލައަށް ވޯޓަށް ހުށަހަޅައިފި

ވޯޓުލުމަށް ހުޅުވާލީ ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމަށް މުހައްމަދު ޝަރީފު އަހުމަދު އައްޔަނުކުރުމަށް.

23 އޯގަސްޓު 2017 | 04:13

މަޖިލީހުގެ ޖަލްސާގައި ހަމަނުޖެހުން

.މަޖިލީހުގެ ޖަލްސާ ފަށައިގެން ކުރިއަށްދާ އިރު. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ދަނީ އަޑުގަދަކޮށް، ހިތްހަމަނުޖެހުން ފާޅުކުރަމުން.ސްރީލަންކާގެ ސަފީރަށް ރުހުން ހޯދުމަށް ހުށަހެޅި ރިޕޯޓަށް 10 މިނެޓްތެރޭގައި ބަހުސް ނިންމާލައިފި!

23 އޯގަސްޓު 2017 | 04:09

މަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ޖަލްސާ ފަށައިފި. ޗެމްބަރު ތެރޭގައި ގިނަ އަދަދެއްގެ ސެކިއުރިޓީން. ސެކިއުރިޓީން ކުރިމަތީގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް ސަފެއް ހަދައިގެން.

23 އޯގަސްޓު 2017 | 04:06

މަޖިލީހުގެ ޗެމްބަރުގެ ބޭރުގައިވެސް ހަމަނުޖެހުން

މަޖިލީހުގެ ރައީސް މަސީހު ޗެމްބަރަށް ވަޑައިގަންނަވަނީ ސެކިއުރިޓީންނާ އެކު.

23 އޯގަސްޓު 2017 | 04:02

މަޖިލީސް ޖަލްސާ ފެށުމުގެ ކުރިން ހަމަނުޖެހުން

މަޖިލީހުގެ ޗެންބަރު ބޭރުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެންބަރުން ޒުވާބުކޮށް ބަހުގެ ހަމަލާތައް ރައްދުކުރަނީ.

23 އޯގަސްޓު 2017 | 03:54

މަޖިލީސް ޖަލްސާ

މަޖިލީސް ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 09:00 ގައެވެ. މަޖިލީސް ޖަލްސާގައި މިއަދު ކުރިއަށްދާ ކަންކަމަށް ބަލާ އިރު ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމަށް މުހައްމަދު ޝަރީފު އަހުމަދު އައްޔަނުކުރުމާމެދު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ގައުމީ ސަލާމަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.