Raajje.mv

ވަގުތުން: ފަލަސުރުޚީ

22 އޯގަސްޓު 2017
5957
މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު

މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު

22 އޯގަސްޓު 2017 | 17:10

ސަރުކާރަކަށް މެޖޯރިޓީއެއް ނެތް

ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެން،މް އިސްވެރިޔާކަމަށް އޮންނަނީ ކަންކަން ގޯސްކޮށް ދާނަމަ އެކަންކަން ރަނގަޅުކުރުމަށް، މަޖިލިސް ސަރުކާރަކަށް މެޖޯރިޓީއެއް ނެތް، 44 ހަތަރު މެންބަރުން އިދިކޮޅަށް އެރީމައި މެޖޯރިޓީ ދިޔައީ ސަރުކާރަށް މެޖޯރިޓީ ގެއްލުނީ، މަޖިލިސް ރަނގަޅަށް ހިނގައިފިއްޔާ ސަރުކާރު ހުއްޓުމަކަށް އައިސްދާނޭ ހީވިޔަސް ރިޔާސީ ނިޒާމެއްގައި، ސަރުކރެއް މަޖިލީހުގެ ތެރެއިން ވައްޓާލުމަކީއެހާ ފަސޭހަކަމެއްވެސް ނޫން، ތިންބާރު ވަކިވެފައިވާ ނިޒާމެއް މީ،

22 އޯގަސްޓު 2017 | 17:04

އިދާރީ ކަންކަން ނިންމާނީ އަމީން އާއްމު

މަޖިލީހުގެ ރައީސް ވަކިކުރަން ހުށާއެޅި ގަރާރެއް މަޖިލީހުގެ ނައިބުރައީސް ސޮއިކޮށް ބޭރެއް ނުކުރެވޭނެ، މަޖިލީހުގެ ެމނަބަރުން މަޖިލީހަށް ވަނުމެއް ވެސް މަނައެއް ނުކުރޭ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް، މަސީހަކީ ސަރުކާރަކާއި ބެހޭ މީހެއް އޭނާއަކީ ގާނޫނީ ހަމަތަކުގެ މަތީން ރައްޔިތުން އިންތިޚާބު ކޮށްފައިވާ މީހެއް، އަަމީން އާއްމަށް އެނގުގެނެއް ނޫން ގަރާރުތައް އަމީން އާއްމުގެ ނަމުގައި ނެރެނީ މިހާރު ހުރީ ސައްހަކަން ގެއްލިފައި ހުރި ރައީސެއް

22 އޯގަސްޓު 2017 | 16:57

މަޖިލީހުގައި ހިނގާނީ ހުސްޖަލްސާތައް އެކަންޏެއް ނޫން

އަޅުގަނޑުމެން މަޖިލީހަށް ދަނީ ޖެނެރަލް ޝިޔާމް ފަހާކަށް ނޫން، އަދި މަޖިލީހުގައި އަޅުގަނޑުމެން ކުރާ މަސައްކަތަކަީ ހުސް ޖަލްސާތަކަށް ހާޒިރުވުމެއްވެސް ނޫން، ކޮމިޓީތަކާއި އިދާރީ ގޮތުން ކުރ5ަން ޖެހޭ މަސައްކަތްތަކާއި އެކަންކަން ވެސް ކުރަން ހުރޭ، މަސީހު ބޭނުންވީމައި ބޭނުންކަމެއް ކުރަން އޮތް ތަނެއް ނޫން އެއީ،

22 އޯގަސްޓު 2017 | 16:54

މަޖިލީހުގެ މެންބަރުންނާއިމެދު އިންތިހާއަށް އަނިޔާވެރިވެއްޖެ

ސިފައިން ހައްލައިގެން މަޖިީހުގެ މެންބަރުން ޗެމްބަރުން ނެރެނީ، މީގެ ކުރިން މަޖިލީހުން މެންބަރުން ނެރެނީ އުސޫލްތަކެއްގެ ދަށުން، މަޖިލީހުގެ ރައިސްގެ ސޮޔާއިއެކު ދޭ ސިޓީއަކުން މަޖިލީހުން މެންބަރުން ނެރެނީ، ވަޒީރަކު ވިދާޅުވީ، މެންބަރެއްގެ ދަތްދޮޅި ދުއްވާލާނޭކަމަށް، އެކަމަކު މިއަދު މަޖިލީހުން އެމްއެންޑީއެފްގެ ކުދިންގެ ފަރާތުން އެފަދަ ކަމެއް ނުފެނުނީތީ އުފާކުރަަން، މަޖިލީހުގެ އިމާރާތާއި ގޯތިތރޭގެ ސަލާމަތާއި އަދި މެންބަރުނަނަށް ސަލާމަތާއި ރަށްކާތެރިކަން އެބޭފުޅުން ފޯރުކޮށްދޭން ޖެހެނީ

22 އޯގަސްޓު 2017 | 16:43

މިއަދު ބޭއްވީ ސައްޚަ ޖަލްސާއެއް ނޫން

މިލިޓަރީ ބާރުގައި މަޖިލީހުގެ އަގު ވައްޓާލާ އުސޫލުން މިއަދުގެ ޖަލްސާ ކުރިއަށް ދިޔައީ، މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން، މި ނިޒާމް ނަގާލަން އުޅެނީ މަތިން. އަޅުގަނޑުމެން ބޭނުންވެގެން ކުރާ ކަމެއްނޫން މީ، ގަބޫލެއް ނުކުރެވޭ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއި އެކު ލާފައުވާއިރު އެ މަގާމުގައި އިނދެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ

22 އޯގަސްޓު 2017 | 16:37

ވަގުތުން: ފަލަސުރުޚީ

. ރާއްޖެޓީވީގެ މިރޭގެ ފަލަސުރުޚީގެ މެހްމާނަކީ މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު

މިރޭގެ މައުލޫއަކީ މަޖިލީހަށް އަސްކަރީ ނުފޫޒު ވަނުން