Raajje.mv

މަޖިލީހުގެ ޖަލްސާ

22 އޯގަސްޓު 2017
6763
މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ

މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ

22 އޯގަސްޓު 2017 | 04:57

ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަންގެ އިންޓަވިއު

ކުރިން ދުވަސްތަކަކާއި ޚިލާފަށް މިއަދު ވަނީ މުޅި މަޖިލީހު ހިސޯރުކޮށްފައި. ވަކި ދޮރަކުން ޗެމްބަރަށް ވަދެވޭނެ ކަމަށް ސިފައިން ބުނެފައިވަނީ.

ވަރަށް ބިރުވެރި ހާލަތަކަށް މިހާރު ގައުމު މިއޮތީ. މިލްޓަރީ ވެރިކަމަކަށް ގައުމު މިދަނީ މިހާރު. ގައުމު މިއޮތް ހާލަތުން އަރައިގަތުމަށް މިކުރާ މަސައްކަްތ ހުއްޓައެއް ނުލާނަން.

ގާނޫނީ އިމުގެ ތެރެއިން ވެރިކަން ނުކުރެއްވޭނަމަ އިސްތިއުފާ ދެއްވުމަށް ގޮވާލަން. ކޮންމެވެސް އެއްކޮޅަކަށް މިކަންތައްތައް ޖެހެންދެން އަޅުގަނޑުމެން ދާނީ ކުރިއަށް.

22 އޯގަސްޓު 2017 | 04:53

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ އިންޓަވިއު

މަޖިލީހުގައި މެމްބަރުންނަށް ވުރެ ސިފައިން ގިނަ. މަސީހު ދިފާއު ކުރުމަށްޓަކައި ތިއްބެވި ސިފައިން.

ކޮންމެ ދުވަހަކު ވޯޓު ދޭން ޖެހުނަސް މަސީހު އާ ދެކޮޅަށް ވޯޓު ދޭނަން

22 އޯގަސްޓު 2017 | 04:50

ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން މުހައްމަދުގެ އިންޓަވިއު

މަޖިލީހުގެ ރައީސް މަސީހަކީ ރައީސެއްކަމަށް ގަބޫލެއް ނުކުރަން. އެބޭފުޅާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ވައްދާފައި. އެހެންކަމުން އެބޭފުޅާގެ އިތުބާރެއް ނެތް

22 އޯގަސްޓު 2017 | 04:45

ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން އިމްތިޔާޒު ވަށާލައި އަޑުގަދަ ކުރައްވަން ފައްޓަވައިފި

އިމްތިޔާޒު ފަހުމީ އިންޓަވިއު ދެއްވަމުން ގެންދަވަނިކޮށް ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ވަށާލައި އަޑުގަދަ ކުރައްވަން ފައްޓަވައިފި.

އިމްތިޔާޒުގެ އިންޓަވިއުއަށް އެމެމްބަރުން ގެންދެވީ ހުރަސް އަޅުއްވަމުން.

22 އޯގަސްޓު 2017 | 04:43

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ އިންޓަވިއު

މަޖިލީހަށް ހާޒިރުވި އިރުގައި ޗެމްބަރުގެ ދޮރުމަތީގައި އެމްއެންޑީއެފުން ބުނަނީ ނުވަދެވޭނެކަމަށް، 8:55 ގައި ކަމަށް ވަދެވޭނީ.

22 އޯގަސްޓު 2017 | 04:39

ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ އިންޓަވިއު

މަޖިލިސް މެމްބަރުންނަށްވުރެ ގިނައިން މިއަދުވަނީ ސިފައިން ވައްދާފައި. ޗެމްބަރުގައި ވަނީ ވަންނަން ދިޔައިރު ތަޅުއަޅުވާފައި. އަޅުގަނޑު އެތެރެއަށްވަދެ ތަންޑު ނައްޓައިގެން ދެންތިއްބެވި މެމްބަރުންނަށް ވަދެވުނީ.

އަޅުގަނޑަށް މިއަދު ވަރަށް އަނިޔާކުރި.

ފާރިސް މަޖިލީހަށް ގެންނަންވާނެކަމަށް މަޖިލީހުގެ ގަވައިދުގައި އެބައޮތް، މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައޅާނީ ސުޕްރީމް ކޯޓުން. މަޖިލީހަކުންނެއް ނޫން

22 އޯގަސްޓު 2017 | 04:34

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިންޓަވިއު

ސަރުކާރު ހިންގާ ޕާޓީ މައިނޯރިޓީއަކަށް ވެއްޓުމާއެކު ފެނިގެން މިދަނީ 45 މެމްބަރުންގެ އިތުބާރު ނެތްއިރުގައިވެސް ގަވައިދާ ޚިލާފަށް މަޖިލީހުގެ ކަންތައްތައް އެބޭފުޅުން ބޭނުނގޮތަކަށް ކުރުމަށް.

މިހާރުވެސް ސައިކޮޓަރީގައި ޕީޕީއެމްގެ މެމްބަރުން ދަނީ އިދިކޮޅު މެމްބަރުންޏާއި ދިމާލަށް ހަޑިއެއްޗެހިތައް ކިޔަމުން.

މަޖިލީހުގެތެރއަށް މިއަދު ވަނުމުންވެސް ސިފައިންވަނީ ނުވަދެވޭނެކަމަށް ވިދާޅުވެ ކުޑައިރުކޮޅަކަށް ހިފަހައްޓާފައި. މިހާރު މިފެންނަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން އެ ގޮނޑީގައި އިންނެވުމަށް ހުދުމުޚުތާރު ގޮތުގައި އެ ގޮނޑީގައި އިންވެުމަށް ކުރައްވާކަންކަން.

22 އޯގަސްޓު 2017 | 04:28

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީގެ އިންޓަވިއު

މިއަދު ބޭއްވީ ޣައިރު ގާނޫނީ ޖަލްސާއެއް، މިއަދުގެ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ.

މަސީހު ކަންތައް ކުރައްވަމުން ދަނީ ސަރުކާރަށް ފައިދާ ވާގޮތަށް . މިއަދު ފެނިގެން ދިޔައީ އަސްމާގެ ދަރިކަލުން މަޖިލީސްތެރެއަށް ވަޑައިގެން ބައިންދަވާފައިވާތަން. ލަންކާގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް.

މަސީހު އެއިންނަވަނީ އެ ގޮނޑީގައި ބަގުޑި ބައްދަވައިގެން.ފެންނަމުން ދަނީ ކޮންމެ ގޮތެއް ހަދާފައިވެސް މަސީހު ސަލާމްތްކުރުމަށް މަސައްކަތް ކުރާތަން.

22 އޯގަސްޓު 2017 | 04:12

މަޖިލިސް ނިންމާލައިފި

އިހުތިޖާޖު ކުރުމުގެ ތެރޭގައި ޖަލްސާ މާދަމާ ބާއްވާނެ ކަމަށް އިއުލާން ކުރުމަށްފަހު މަސީހު ޗެންބަރުން ބޭރަށް ވަޑައިގެންފި

22 އޯގަސްޓު 2017 | 04:04

މަސީހު ރިޔާސަތަށް ވަޑައިގެންފި

މަސީހު ރިޔާސަތުގައި އިށީންނެވުމާއެކީ އިދިކޮޅު މެމްބަރުން ދަނީ އަޑުގަދަކުރަމުން. ޖަލްސާ ފަށަން ހަމަޖައްސާފައި އޮތީ 9:00 ގައި

22 އޯގަސްޓު 2017 | 04:00

މަސީހު މަޖިލީހުގެ ތެރެއަށް ވަދެވަޑަައިގެންފި

މުޅި ރިޔާސަތުގެ އިދާރީ މޭޒުން ފެށިގެން އެއްކޮޅުން އަނެއްކޮޅަށް ސެކިއުރިޓީގެ ފާރެއް ވަނީ ލާފަ

22 އޯގަސްޓު 2017 | 03:44

މަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ޖަލްސާ ކުރިއަށްދާނީ ހެނދުނު 09:00 ގައި.

އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ތިން ކަމެކެވެ.

އެގޮތުން ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު)ގެ ނަން ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލަ އެޖެންޑާކޮށްފައި ވެއެވެ. ސްރީލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އޭނާ މިހާރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގަ އެވެ.

ލަންކާގައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު އެ މަގާމުން ދާދި ފަހުން ވަނީ ވަކިކޮށްފަ އެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޒާހިޔާ އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ، އަހުމަދު ނަސީރުގެ ނަން ދިރާސާކުރައްވައި ގޮތެއް ނިންމެވުމުގެ މައްސަލަ އެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައި ވަނީ އާދިއްތަ ދުވަހު އެވެ.