Raajje.mv

ފަލަސުރުހީ

21 އޯގަސްޓު 2017
6514
ފަލަސުރުހީ

ފަލަސުރުހީ

21 އޯގަސްޓު 2017 | 17:07

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަން ވަރަށް ސާފު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރެވޭނީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފަހު. މަޖިލީސް މިހާރު އެވަނީ ހުއްޓިފައި، ޕެރެލައިޒްވެފައި. އެކަމަށް ފުރުސަތު ނުދީ މަޖިލީހުގެ އެއްވެސް ކަމަކަށް ހައްލެއް ނާންނާނެ. އަބުދއްރަހީމަށް އޮތް ވަރަށް ވެސް މަސީހަށް މަޖިލީހުގައި އިތުބާރެއް ނެތް.

21 އޯގަސްޓު 2017 | 17:05

މަސީހު މާދަމާ ޖަލްސާގައި އިންނަވައިގެން މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނަން

ކަމަދޫ ބައި-އިލެކްޝަނުންވެސް ސަރުކާރަށް ތާއީދު ނެތްކަން ވަރަށް ސާފުވެއްޖެ. ރައީސް ޔާމީނަށް ކަމަދޫ ފަދަ ކުޑަ އާބާދީއެއްގެ ރަށުން 25 ވޯޓު ލިބުނަސް އެވާނީ ވަރަށް ބޮޑުވަރު ވުމަށް.

21 އޯގަސްޓު 2017 | 17:02

އެޖެންޑާގައި ވާގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނަން

މާދަމާގެ މަޖިލީސް އެޖޭންޑާގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނަން.މަޖިލީހުގައި ޖަލްސާގައި އޮންނަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރަންޖެހޭ.

21 އޯގަސްޓު 2017 | 16:58

ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލަންޖެހޭ

އުއްތަމަ ފަނޑިޔާރަށް ބުނެލަން އޮތީ ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާށޭ.ސުޕްރީމް ކޯޓަށް މިނިވަންކަމާ އެކު ހުކުމް ކުރަންޖެހޭ. ކޯޓުތަކުގައި އަމަލުކުރަނީ މިސްކިތްތަކަށް ވުރެ ވެސް މަތީގައި.

21 އޯގަސްޓު 2017 | 16:50

މަޖިލީސް އަދި ކޯޓުތައް ހިސާރުކޮށްފައިވަނީ މޭޖާ ޖެނެރަލް ޝިޔާމް

ރައީސްގެ މަގާމު ގެއްލިއްޖެކަމަށް ސުޕްރީމްކޯޓުން ކަނޑައަޅާއިފި ނަމަ، ރައީސް ބަނޑޭރި ކޮށީގައި ބަހައްޓައިގެންވެސް ވެރިކަން ދިފާއުކުރުމަށް ރައީސަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެނެރަލް ޝިޔާމް ވަނީ ބުނެފަ. އެފަދަ ހާލަތަށް ގޮސްފި ނަމަ، ސިފައިން ލައްވާ ފާރުމަތިން އަރާވެސް ރައީސް ޔާމީން ބަލިކުރާނަން

21 އޯގަސްޓު 2017 | 16:46

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ތިބީ ސާބިތު ކަމާއެކު

މިއަދާ ހަމައަށް ވެސް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މެންބަރުންގެ ގޮޑި ގެއްލުނުކަމަށް ބުނި ނަމަވެސް އެއްވެސް ސަރުކާރުގެ މުއައްސަސާތަކުން އެއްވެސް ރަސްމީ ލިޔުމެއް ފޮނުވާފައެއް ނުވޭ. ގޮނޑި ގެއްލުނު ކަމަށް ބުނާ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގަބޫލެއް ނުކުރަން.

21 އޯގަސްޓު 2017 | 16:42

ރައްޔިތުން ވަނީ ފާޅުގައި ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި

ބިރުދެއްކުމަށް ކިތައްމެ ފިއްތުންތަކެއް ކުރިމަތި ކުރި ނަމަވެސް ރައީސް ޔާމީނަށް އެއްވެސް ކާމިޔާބީއެއް ނުލިބޭނެ. މަޖިލީހުގެ މެޖޯރިޓީގެ ތާއީދެއް ދެނެއް ރައީސް ޔާމީނަކަށް ނުލިބޭނެ ކަން. މިއީ ވަރަށް ސާފު ކަމެއް.

21 އޯގަސްޓު 2017 | 16:38

މަޖިލީހުގެ މެޖޯރިޓީ ހީނުކުރަނީސް ވަނީ ގެއްލިފަ

ކުއްލިޔަކަށް ލިބުނު ޝޮކެއްގެ ސަބަބުން ރައީސް ޔާމީން ފަހަރަކު މެންބަރެއްގެ ފަހަތުން ދުވަނީ. މި ގައުމުގައި ހަމަހަމަކަމެއް ނެތް. މަޖިލީހުގެ މެންބަރުން 24 ޖުލައި ގައި މަޖިލީހަށް ވަދެފައިވަނީ 12 މެންބަރުންނެތް ނޫން. 30 ހަކަށް މެންބަރުން ވަނީ ވަދެފަ. މިކަން މިކުރަނީ މަޖިލީސް މެންބަރުންނަށް ބިރުދެއްކުމަށް.

21 އޯގަސްޓު 2017 | 16:21

ފަލަސުރުހީ

މިރޭގެ ފަލަސުރުހީގެ މެހެމާނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު. ޕްރޮގްރާމުގެ މައުލޫއު އަކީ މެންބަރުންނަށް ކުރާ ދައުވާތައް ފުނިޖެހުން.