Raajje.mv

ފަލަސުރުޙީ

20 އޯގަސްޓު 2017
6685
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

20 އޯގަސްޓު 2017 | 16:44

ހަސަން ލަތީފް

ރައީސް ޔާމިން ބޭނުންފުޅުވާ ގޮތަކަށް ކަންތައް ކުރައްވާ ބޭފުޅެއް ބަންޑާރަ ނައިބް ކަންތައް އެކުރައްވަނީ. މިވަގުތު ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ ބަންޑާރަ ނައިބް ނިންމާ ނިންމުންތަކެއް. އެހެން ނަމަވެސް ޤާނޫނާއި ހިލާފަށް ބަންޑާރަ ނައިބަށްވެސް ލަފައެއް ނުދެއްވޭނެ. ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަންނަން ދިޔަ ދިއުމަކީ ކުށެއް ނޫން. ނަމަވެސް އެއްވެސް މީހަކަށް އކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ.

20 އޯގަސްޓު 2017 | 16:35

ޕީޖީ އެކުރައްވަނީ ރަނގަޅު ދައުވާއެއް ނޫން

ކޮށްފައިވާއިރު އެއީ ކުށް ކަމަށް ދެކި ކޮށްފައިވާ ދައުވާއެއް ނަމަވެސް މަޖިލިސް މެމްބަރުން އެމަޖިލީހަށް ވަންނަން ދާ މެމްބަރަކަށް ހުރަސް އެޅުމަށް އެއްވެސް ޤާނޫނަކުން ބުނެފައެއް ނޯންނާނެ. ރައީސް ޔާމިން ބޭނުންވަނީ މެމްބަރުން ހިފަހައްޓާ ޖަލަށްލާން. ޕީޖީ ދައުވާ ކުރަނީ ރައީސް ޔާމިންގެ ބާރު އޮންނެވި ކަމަށް ހީކޮށް. ކަނޑައެޅިގެން އެއީ ވިދާޅުވީމަ ވިދާޅުވާ ގޮތަށް ހަދަން އޮންނަ ތަނެއް ނޫން. ވެރިކަން ހިފަހައްޓަން ކުރައްވާ ކަމެއް މިއީ.

20 އޯގަސްޓު 2017 | 16:34

މަޖިލިސް މެމްބަރުންނަށް ހުރަސް ނޭޅޭނެ

ސިޔާސީ ޕާޓީތަކަށް ފާއިސާ ނުދީ ހިފައްޓާފައިވާތީ އެކަމާއި ކަންބޮޑުވޭ. ފާއިސާ ލިބިގެން ކެމްޕެއިން ކުރެވޭނަމަ ބޮޑު ތަނުން މޮޅުވާނެ. ސިޔާސީ ހަރަކާތް ހިންގުނަ ނުދީ ހިފެހެއްޓުމަށް ކުރާ ކަމެއް ފާއިސާ ނުދީ ހިފަހައްޓާފައިވަނީ.

20 އޯގަސްޓު 2017 | 16:28

ރައީސް ޔާމިންއަށް ތާއީދެއް ނެތް

ކަމަދޫ ރައްޔިތުން އެވަނީ ރައީސް ޔާމިންއަށް ތާއީދެއް ނެތްކަން. އިދިކޮޅު ފަރާތްތަކުން ޖަލަށް ލުމަށްފަހު އެމަނިކުފާނަށް އޮތް ތާއީދު ފެނިގެން މިޔައީ. ރައީސް ޔާމިން އެކުރައްވަނީ މަޖިލިސް މެމްބަރުން ހައްޔަރު ކުރައްވުން މަޖިލީހުގެ ތެރެއަށް އަތް ބާނަމުން. މަޖިލިސް ނުބޭއްވި އެދަނީ ރައީސް ޔާމިންއަށް ތާއީދެއް ނެތުމުން.

20 އޯގަސްޓު 2017 | 16:15

ފަލަސުރުޙީ

މިރޭގެ ފަލަސުރުޙީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް