ފަލަސުރުހީ

  • ރައީސްޔާމީން ދެއްކެވި ވާހަކައާއި، އެމަނިކުފާނު ދެއްވާފައިވާ ބަޔާނުގައި ހުރި ކަންތައްތައް ދިމާވޭތޯވެސް ބަލަންޖެހޭ
  • މުއައްސަސާތަކުގައި ތިއްބަވާ ވެރިންގެ އިހުލާސްތެރިކަމެއް ނެތް
  • ފިނޭންސް މިނިސްޓަރު އަމަލުކުރައްވަނީ މާލިއްޔަތު ޤާނޫނާއި ހިލާފަށް.
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސްޔާމީން ދެއްކެވި ވާހަކައާއި، އެމަނިކުފާނު ދެއްވާފައިވާ ބަޔާނުގައި ހުރި ކަންތައްތައް ދިމާވޭތޯވެސް ބަލަންޖެހޭ

އަޅުގަނޑު ގަބުލުކުރާ ގޮތުގައި މިހާރު އެށީސީން ކުރި ތަހުޤީޤް އަލުން މުރާޖަކުރައްވަންޖެހޭ. ރައީސް ޔާމީންގެ ވާހަކަތަކާއެކުގައި މިކަން ތަހުޤީޤްކޮށްފިނަމަ ވަރަށް ފުރިހަމަވާނެ. ރައީސްޔާމީން ދެއްކެވި ވާހަކައާއި، އެމަނިކުފާނު ދެއްވާފައިވާ ބަޔާނުގައި ހުރި ކަންތައްތައް ދިމާވޭތޯވެސް ބަލަންޖެހޭ. އޭސީސީގެ ރިޕޯޓް ޕީޖީއަށް ފޮނުވާފައިވާނަމަ އެ އަނބުރާ ގެންނަންވެސްޖެހޭ.

19 އޯގަސްޓް 2017 | ހޮނިހިރު 22:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މުއައްސަސާތަކުގައި ތިއްބަވާ ވެރިންގެ އިހުލާސްތެރިކަމެއް ނެތް

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުއައްސަސާތަކުގައި ތިއްބަވާ ވެރިންގެ އިހުލާސްތެރިކަމެއް ނެތް. އެ ބޭފުޅުން ބޭނުންވެގެން އުޅެނީ އެ ބޭފުޅުންގެ މުސާރަ. އިތުރު އެއްޗެއް އެ ބޭފުޅުން ބޭނުންވާ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެ ބެފުޅުން ނޫޅުއްވާ ހަރާބުވެފައިވާ ދުސްތޫރީ ނިޒާމް ހަރުދަނާކުރާކަށް.

19 އޯގަސްޓް 2017 | ހޮނިހިރު 21:53
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފިނޭންސް މިނިސްޓަރު އަމަލުކުރައްވަނީ މާލިއްޔަތު ޤާނޫނާއި ހިލާފަށް.

ފިނޭންސް މިނިސްޓަރު އަމަލުކުރައްވަނީ މާލިއްޔަތު ޤާނޫނާއި ހިލާފަށް. އަޅުގަނޑުމެން ފައިސާ ނުލިބިގެން އިލެކްޝަންސް ކޮމިޝަންގައި އެދުމުން، އެ ކޮމިޝަނުން ބުނަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް. ނަމަވެސް ފިނޭންސް މިނިސްޓްރިގައި އެދި މިނިސްޓަރާއި ބައްދަލުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫން.

19 އޯގަސްޓް 2017 | ހޮނިހިރު 21:46
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބަޖެޓް ފާސްކުރާތާ 90 ދުވަސް ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަންޖެހޭ.

ބަޖެޓް ފާސްކުރާތާ 90 ދުވަސް ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަންޖެހޭ. ނަމަވެސް މިހާތަނަށްވެސް ސިޔާސީ ޕާޓީތަކަށް އެއްވެސް ފައިސާއެއް މިހާތަނަށްވެސް ދޫކޮށްފައެއް ނުވޭ. ނަމަވެސް ޕާޓީ ޖޫރިމަނާކޮށް ފައިސާ ދައްކަން މި އަންގަނީ 7 ދުވަހުގެ ތެރޭގައި. އެގޮތަށް ކަންތައްތައް ކުރާތީ އަޅުގަނޑުމެން ކަންބޮޑުވުން އެބަ އޮތް. ޤާނޫނުގައި ބުނާ އެއްޗެއް ނުދީ، އަޅުގަނޑުމެން ޖޫރިމަނާކުރަމުންދަނީ.

19 އޯގަސްޓް 2017 | ހޮނިހިރު 21:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިދިކޮޅު ފަރާތްތައްދެކެ ސަރުކާރުން ވަރަށް ބިރުގަނޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އޮތް ތާއީދު ފެނިގެންގޮސްފާނެތީ، އެކަމަށް ފުރުސަތެއް ނުދޭ. އަޅުގަނޑުމެން ދައުލަތުގެ އެކި އިދާރާތަކަށް ހުށައެޅިން ޖަލްސަތަކާއި އެއްވުންތައް ބޭއްވުމަށް. ނަމަވެސް އެކަމަށް އެއްވެސް ފުރުސަތެއް ނުދެއްވާ. އަޅުގަނޑުމެން ކާނިވާ ސަރަހައްދުގައިވެސް ޖަލްސާ ބޭއްވުމަށް ތަފާތު އެކި ފަހަރުމަތިން ހުށައަޅާފައިވާނެ. ނަމަވެސް އެކަމަށް އެއްވެސް ފުރުސަތެއް ދެއްވާފައެއް ނުވޭ.

19 އޯގަސްޓް 2017 | ހޮނިހިރު 21:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަޅުގަނޑުމެންގެ މަޤްސަދުތަކާއި ހަމައަށް ވާސިލްވުމަށް މާ ގިނަ ދުވަސްތަކެއް ނެތް

ސިޔާސީ ހުރިހާ ލީޑަރުން މި ކުރާ މަސައްކަތަތކަކީ އުސުލެއްގެ މައްޗަށް އެއްބަސްވެ ކުރިއަށްގެންދާ މަސައްކަތްތަކެއް. ސިޔާސީ ލީޑަރުން އެއްބަސްވެފައިވަނީ ކޮރަޕްޝަނާއި އަނިޔާވެރިކަން ހުއްޓުވުމަށް. އެކަމަށް ކުރަމުންގެންދާ މަސައްކަތްތަކެއް މިއީ. މިކަމުގައި ކާމިޔާބުތައް ލިބެމުންދެ. ކާމިޔާބުތައް އެކި ސިފަ ސިފައިގައި ފެންނަމުންވެސްދޭ. އިންތިހާބުގެ ނަތީޖާތަކަުންވެސް ކާމިޔާބުވާތަން ފެންނަމުންދޭ.

19 އޯގަސްޓް 2017 | ހޮނިހިރު 21:30
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ރައްޔިތުން މިއަދު އެ ވަނީ ބަސްބުނެފައި

ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ރައްޔިތުން މިއަދު އެ ވަނީ ބަސްބުނެފައި. ރައްޔިތުންގެ ވިސްނުން އޮތީ ސަރުކާރާއި ދެކޮޅަށް. ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ދެކޮޅަށް. ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް. ރައްޔިތުންގެ ވިސްނުން ބަދަލެއް ނުވޭ. ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތް ބަލައިގަނެފައިވާކަން މިއަދު ވަނީ ހާމަކޮށްފައި.

19 އޯގަސްޓް 2017 | ހޮނިހިރު 21:27
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރުގެ ސިޔާސަތުތަކާއި ގުޅެގޮތުންވެސް ފަލަސުރުހީގައި އަނަސް ވާހަކަދައްކަވާނެ
19 އޯގަސްޓް 2017 | ހޮނިހިރު 21:22
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ އެމްޑީޕީގެ ސެކެރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެވެ. މިރޭގެ ޕްރޮގްރާމްގެ މައުމޫއަކީ ކަމަދޫ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުން އެވެ. އެގެއިތުރުން އެމްޑީޕީ ޖޫރިމަނާކުރުމާއި ގުޅޭގޮތުންނާއި، ސިޔާސީ ޕާޓީތަކަށް ފައިސާދޫކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާނެ އެވެ.

19 އޯގަސްޓް 2017 | ހޮނިހިރު 21:14