Raajje.mv

ފަލަސުރުހީ

14 އޯގަސްޓު 2017
5750
ފަލަސުރުހީ

ފަލަސުރުހީ

14 އޯގަސްޓު 2017 | 16:18

ާއިސްމާއިލް ރަޝީދު ބޯ ކޮަށުމަށް ތުބުނި ކޮށުމަށް ފުރުސަތު ނުދެއްވި

އެގޮތައް ބެހެއްޓުމަށްފަހު އޭނާގެ ފޮޓޯ ނަގާފައިވަނީ. ވީހާވެސް ހާމަކަންބޮޑުގޮތަކަށް ޝަރީއަތްތައް ކުރިއަށްގެންދަންޖެހޭ.

14 އޯގަސްޓު 2017 | 16:10

އިސްމާއިލް ރަޝީދު ބައިވެރިކަމަށް ހެކި ދެއްކިފައެއް ނެތް

އިސްމާއިލް ރަޝީދު ބައިވެރިކަމަށް ބުނާ އިރު އިސްމާއިލް ރަޝީދު ބައިވެރިވިކަމަށް ބުނާ އިރު ހެއްކެއް ދެއްކިފައިނުވޭ. އޭގެ ބޭރުން ފެނުނު މީހުން ހާމަނުކުރުމުގެ ބޭނުމެއް ނެތް.

14 އޯގަސްޓު 2017 | 16:03

އާއިލާއާއި އެންމެ ފުރަތަމަ ބައްދަލުކުރީ ތަހުގީގު ޓީމު

އާއިލާއަށް އެންމެފުރަތަމަ ބައްދަލުކުރީވެސް ތަހުގީގު ޓީމު. އާއިލާގެ ފަރާތަކުންވެސް އެދުނީ، އެއްވެސް ވަރަކަށް އިސްމާއިލްގެ ބައިވެރިވުމެއް އޮތް ނަމަ، އޭނާއަށް އަދަބު ލިބެންޖެހޭނެ. ގާނޫނީ ވަކީލުން ވަކިކުރާށޭ. އަދި ދައުލަތުގެ ހާޒިރުގައި ވަކީލުން ހަމަޖައްސާނަމޭ. އެންމެ ފުރަތަމައިނުން، ވަކީލުން ވަކި ކުރުމަށް އެންގީ. އެކަމާ އާއިލާއިންވެސް ކަންބޮޑުވުން ފާޅުކުރި. ފުލުހުން އެގޮތައް ގަބޫލެއް ނުކުރި. ދައުލަތުގެ ހެކި ބަހެއްގެ ގޮތުގައި ބޭނުންކުރުމަށް އެދިފައިވޭ. ކިހިނެތްތޯ ކަމެއްގައި ބައިވެިރިނުވާ މީހަކު ހެކިބަހެއްދޭނީ.

14 އޯގަސްޓު 2017 | 15:59

އިސްމާއިލް ރަޝީދު ބައްދަލުކުރީ މެއި 9 ގައި

ކަނޑައެޅިގެން އެއްވެސް ބައިވެރިވުމެއް ނެތްކަން ވަނީ ހާމަކޮށްފައި. ފުލުހުން ހިންގި ތަހުގީގުގައިވެސް ތަކުރާރުކޮށް ވާނީ އިސްމާއިލް ރަޝީދު ބައިވެރިނުވާކަން ވަނީ ފާހަގަކޮށްފަ. އިންސާފު ގާއިމް ކުރުމަކީ އެންމެ މުހިއްމުކަން. ހެއްކާ ގަރީނާގެ މައްޗަށް އެކަން މިސްރާބު ޖަހަންޖެހޭނީ. އިސްމާއިލް ރަޝީދާމެދު، ކުރިއައްދިޔައީ ތަހުގީގެއް ކުރިއަށްގެންދާ ގޮތަކަކަށްވެސް ނޫން.

14 އޯގަސްޓު 2017 | 15:36

ފަލަސުރުހީ

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ، ޤާނޫނީ ވަކީލް މައުމޫނު ހަމީދު އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އެވެ.