Raajje.mv

ފަލަސުރުހީ

13 އޯގަސްޓު 2017
5991
ފަލަސުރުހީ

ފަލަސުރުހީ

13 އޯގަސްޓު 2017 | 17:05

ގާނޫނު އަސާސީއިން ވިސްނާފައިވާ މަފްހޫމާއި މުޅިން ހިލާފަށް ކަންކަން ކުރަނީ

ސަރުކާރުގެ އޮފީހެއް ހެން ރައްޔިތުންގެ މަޖިލީސް ހިންގަމުންދާ މަންޒަރު ފެނިގެންދަނީ. އެބޭފުޅާ ކަންކަން ކުރައްވަމުންދަނީ ގާނޫނު އަސާސީއާއި ހިލާފަށް

13 އޯގަސްޓު 2017 | 17:03

ގާނޫނު އަސާސީއާ ހިލާފަށް ގާނޫނަށް އަންނަނީ ބަދަލު ގެންނަމުން

16 ވަނަ މާއްދާގެ (ބ) ބާތިލް ކުރުމަށް ދައުލަތުން ހުށަހެޅުމުން. ގާނޫނެއް ބާތިލް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފަށް. އެ މާއްދާއަކީ ގާނޫނު އަސާސީއާ ހިލާަފަށް އޮތް މާއްދާއެއް ނޫން. މިއަދު ފެނިގެންދަނީ ގޯހުން ގޯހަށް ކަންކަން ކުރެވެމުންދާ މަންޒަރު. އަބުރުގެ ގާނޫނަކީވެސް ގާނޫނު އަސާސީއާ ހިލާފަށް ވަނީ ބަދަލު ގެނެސްފައި.

13 އޯގަސްޓު 2017 | 16:55

ދައުލަތުގެ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް އަމިއްލައަށް ގެއްލުވާލައިފި

މިހާރު ފޮނުވާ ގާނޫނު ތަކަކީވެސް ތެޅެފޮޅިގެން ފާސްކުރާ ގާނޫނުތަކެއް. އެއްވެސް ބަޔަކާއި މަޝްވަރާކުރުމެއްނޯވޭ.

13 އޯގަސްޓު 2017 | 16:53

މުޅި ނިޒާމު ހިނގާ އުސޫލާ ހިލާފަށް ކަންކަން ވަމުންދާތީ ކަންބޮޑުވޭ

އަޅުގަނޑުމެން ދިޔައީ ބާރުތައް ވަކިވެފައިވާ ނިޒާމަކަށް. ވާދަވެރި ނިޒާމަކަށް. ހާއްސަ މަޖިލީހުން ގެނައުމަށް މަސައްކަތް ކުރީ. އޭސީސީ އަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލަންޖެހޭ. ސިޔާސީ ޕާޓީއަކުން ކަނޑާލިޔަސް، ވިޕްލައިނާ ހިލާފަށް ވޯޓެއް ދީގެން ގޮނޑި ގެއްލޭ ކަމުގައިވާ ނަމަ، ކިހިނެތްތޯ އަޅުގަނޑުމެން މަޖިލީހުގައި މަސައްކަތް ކުރާނީ. ސަރުކާރުގެ ބޮޑު ކޮރަޕްޝަނެއް ބަލަން އުޅުމުން، އެބޭފުޅެއް ބޭރުކޮށްލާ ކަމުގައިވާ ނަމަ، މުޅި ގާނޫނު އަސާސީ އެދަނީ ވާވެގެން. ބަންޑާރަ ނައިބު ވަަޑާއިގެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާނުކުރެވޭގޮތަށް. ގާނޫނުތަކަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.

13 އޯގަސްޓު 2017 | 16:44

މަޖިލީސް ގޮނޑިއަކީ ދައުލަތުގެ މަގާމެއް ނޫން ކަމަށް ދެކެ ދައުލަތުގެ ވަކީލު ވާހަކަދައްކާތީ ކަންބޮޑުވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަރަށް ކެއްތެރި. މިފަދަ ގޮތަކަށް ވަކީލަކު ގާނޫނު ހަމައިން ބޭރުން ވާހަކަދައްކާ ކަމުގައިވާ ނަމަ ވިލާތުގައި އަޅުގަނޑުމަސައްކަތް ކުރި އިރު ފެނިގެންދިޔައީ ފަނޑިޔާރު ވަގުތުން އެވާހަކަ ދައްކާ މީހާ ބާއިދާނެ. އެއްވެސް ބަޔަކަށް ބަނދެގެން އެއްވެސް ބައެއް ނުބެހެއްޓޭނެ. ސުޕްރީމް ކޯޓުންވެސް އެބައެގޭ ގަދަކަމުން އެއްވެސް މީހަކު ނުބެހެއްޓޭނެ ކަން. ސޯޝަލް ކޮންޓްރެކްޓެއްގައި ކަމަށް ދައުލަތުގެ ވަކީލު ބުނާ އިރު، ދައުލަތުގެ ބަންޑާރަނައިބަށްވެސް އެނގިލައްވާނެ، ގާނޫނު އަސާސީގައި ލިޔެވިފައިވާ ގޮތް.

13 އޯގަސްޓު 2017 | 16:31

ބަންޑާރަ ނައިބު ސިޔާސީވާކަށް ނުޖެހޭނެ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން. އެއްވެއުޅުމުގެ މިނިވަންކަން. ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެވުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުން. ބަންޑާރަނައިބު ވާންޖެހޭނީ ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމުން ދުރުހެލިކުރުމަށް މަސައްކަތް ކުރަންޖެހޭ. އެހެން ނަމަވެސް މިއަދު މިފެނިގެންދަނީ ދައުލަތުގެ ބަންޑާރަނައިބު ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ސަރުކާރާއި އެއްބައިވާ މަންޒަރު. މުޅި ސިސްޓަމުގައި ކަން ހިނގާގޮތް އޮޅޭ ގޮތަށް މިއަދު ބަންޑާރަ ނައިބު ވާހަކަދައްކަވަނީ.

13 އޯގަސްޓު 2017 | 16:20

ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ މާރިޔާ އަހުމަދު ދީދީ އެވެ. މިރޭގެ މައުޟޫއަކީ "ބަންޑާރަ ނައިބްގެ ދައުރު" އެވެ.