Raajje.mv

ފަލަސުރުޚީ

12 އޯގަސްޓު 2017
6256
ފަލަސުރުޚީ

ފަލަސުރުޚީ

12 އޯގަސްޓު 2017 | 17:09

ރައީސް ޔާމީނަށް ޖެހިފައިވާ އާލާސް ކަންފުޅުން އަރައިގަންނަންޖެހޭ

ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ވެރިއަކު ވެރިކަން ކުރައްވާ ގޮތަކަށްނޫން ރައީސް ޔާމީން އަމަލުކުރައްވަމުންގެންދަވަނީ.

12 އޯގަސްޓު 2017 | 17:07

އަނިޔާކުރުން ހުއްޓާލަންޖެހޭ

މަޖިލީހުގެ ޖަލްސާއެއް ނުބާއްވަން އުޅެނީ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ވޯޓު ނަގާނެތީ. މަޖިލީހުގެ މެންބަރުންނަށް މިއަދު ފެނިގެންދަނީ އަނިޔާ ދެމުންގެންދާ މަންޒަރު. ތަފާތު އެކި މައްސަލަތަކޭ ބުނެ ގޮޅިތަކުގައި ބައިތިއްބައިގެން ހިންގާ ޝަރީއަތަކީ އަނިޔާ.

އަނިޔާކުރުން ހުއްޓާލަންޖެހޭ ބުނުމުން، މަޖިލީހުގެ ޖަލްސާތައް ހުއްޓާލައިފި ނަމަ ދެން ޖަލްސާ ބޭއްވޭނެ ދުވަހެއް އަޅުގަނޑަކަށް ނޭންނޭ.

12 އޯގަސްޓު 2017 | 17:04

ޓެރަރިޒަމްގެ އަމަލުތަކެއް މަޖިލީހުގެ ތެރެއިން 24 ވަނަ ދުވަހު ހިންގަން އުޅުނޭ ބުންޏަސް އެކަން ގަބޫލެއް ނުކުރެވޭ

ސުވާލު އުފެދޭ ކަމަކީ، މަޖިލީހުގެ މެންބަރު މަޖިލީހަށް ވަނީ. ނޭއްގާނީ އަމަލުތަކެއް ހިންގަންއުޅޭ ކަމަށް އުޅޭތީ. އެވަރުގެ ކަމެއް މަޖިލީހުގެ ތެރެއިން ހިނގާނެ ކަމަށް ބެލެވޭނެ ނަމަ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަަވޅުތައް އަޅާފައިވޭތޯ މިއީ އުފެދޭ ސުވާލެއް.

އެއްވެސް ވަރަކަށް ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން މީ. އަޅުގަނޑުމެންނަށް ސުވާލު އުފެދޭ އެހާ ބައިވަރު ޓްރެއިނިންގ ހަދައިގެން ކުރައްވާ ކަންކަމުން.

12 އޯގަސްޓު 2017 | 17:00

މަޖިލީސް މެންބަރުން ފުލުހުންގެ ސަފުތައް ފޫއަޅުވާފައިނުވޭ

ޖުލައި 24 ވަނަ ދުވަހުވެސް، ފުލުހުން މަޖިލީސް މެންބަރުންނަށް އެއްވެސް ހުރަސްތަކެއް ނާޅާ. ފުލުހުން ބައެއް މަގުތަކުން ވަނީ ބެރިކޭޑުތައް އެއް ފަރާތްވެސްކޮށްފައި

12 އޯގަސްޓު 2017 | 16:57

ސުޕްރީމް ކޯޓަށް މެންބަރުންގެ ގޮނޑީގެ މައްސަލަ ވަކި މީހަކު ބޭނުންވާގޮތަށް ނުނިންމޭނެ

ސިޔާސީ ޕާޓީގެ ސުލޫކީ ޕާޓީގެ ތިން މެންބަރަކު ބޭނުންވީމަ މެންބަރުންގެ ގޮނޑި ގެއްލުވާލެވިގެން ނުވާނެ.

ބަންޑާރަ ނައިބު އަދިކިރިއާ އެ ވަޑާއިގަންތީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ އުވާލުމަށް. އަދިވެސް އެމާއްދާ ވަނީ އެ ގާނޫނުގައި ލިޔެވިފައި.

ރައީސް ޔާމީން ބޭނުންވެގެން، ސުޕްރީމްކޯޓުން ނިންމުންތަކެއް ނުނިންމަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

މިިދިޔަ ހަފްތާގައި މޫސާ މަނިކު ކޮމިޓީގައި ބައިވެރިވީ އެމްޑީޕީ ސްލޮޓުގައި. ދެން އަޅުގަނޑުމެން އަނެއްކާ ވީ އެ މައްސަލަ ހުށަހަޅާ މޫސާ މަނިކު އެމްޑީޕީން ވަކިކުރަން.

12 އޯގަސްޓު 2017 | 16:52

ސިޔާސީ ހަރަކާތްތައް ބޭއްވުމަށް ބިން ލިބެންޖެހޭނީ ވަކި ބަޔަކަށް ނޫން!

ވަރަށް އުނދަގޫވާނެ ސިޔާސީ ހަރަކާތްތައް ހިންގާނެ ފުރުސަތު ބާވާނެ ތަނެއް ނުލިބުނަމީ. އެކަންކަން ކުރުމަށް ޖާގަ ލިބެންޖެހޭނެ.

އެހެން ނަަމަވެސް ވަކި ބަޔަކަށް ދީފަ އަނެއް ބަޔަކަށް ނުދިނުމެއްވެސް ނޫން.

ޕީޕީއެމް އަށް ލިބޭ ނަަމަ އެމްޑީޕީއަށް ވެސް ލިބެންޖެހޭނެ.

12 އޯގަސްޓު 2017 | 16:51

ފަލަސުރުޚީ

މިރޭގެ ފަލަސުރުޚީ ޕްރޮގްރާމުގެ މެހެމާނަކީ އެމްޑީޕީގެ ޗެއަރޕާޝަން.