Raajje.mv

ޤާނޫނު އަސާސީ ދެމެހެއްޓުމަށް - ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

07 އޯގަސްޓު 2017
9018
ޤާނޫނު އަސާސީ ދެމެހެއްޓުމަށް - ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާގެ ޕޯސްޓަރެއް

ޤާނޫނު އަސާސީ ދެމެހެއްޓުމަށް - ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާގެ ޕޯސްޓަރެއް

07 އޯގަސްޓު 2017 | 18:24

ފަނޑިޔާރުން ގާނޫނު އަސާސީ ބަދަލު ކޮށްފި: ސުއޫދު

މިހާރު އަމަލު ކުރެވެމުންދާ ފެހި ގާނޫނު އަސާސީއަށް ފަނޑިޔާރުން ބަދަލު ގެނެސްފި ކަމަށާ އެހެން ނަމަވެސް ފަނޑިޔާރުންނަށް މިހާރު އޮތް ގާނޫނު އަސާސީން ހަވާލުކުރި ޒިންމާއަކީ އަދުލު އިންސާފު ގާއިމް ކުރުން ކަމަށް މަޝްހޫރު ގާނޫނު ވަކީލު އަލްއުސްތާޒް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ. ސުއޫދު އެހެން ވިދާޅުވީ މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމަށް އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހަބަރު: ފަނޑިޔާރުން ގާނޫނު އަސާސީ ބަދަލު ކޮށްފި: ސުއޫދު

07 އޯގަސްޓު 2017 | 18:19

ރައީސް ޔާމީންގެ ވެރިކަން ވެއްޓިއްޖެ: ރައީސް ނަޝީދު

07 އޯގަސްޓު 2017 | 18:17

 މި ދިވެހި ޤައުމުގެ ހަޔާތުގައި އެތައް ކަމެއް މިޤައުމު ތަޖްރިބާކޮށްފި: ރައީސް ނަޝީދު

މި ދިވެހި ޤައުމުގެ ހަޔާތުގައި އެތައް ކަމެއް މިޤައުމު ތަޖްރިބާކޮށްފި. ކިތައްމެ ތަކުލީފެއް އުފުލައިފި. ގިނަގުނަ ދަރުސްތަކެއް ލިބިގެންފި. މި ޤައުމު އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް. އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މިދަނީ ބާރަށް ކުރިއަށް. ޒިންދާބާދު ދިވެހި ޤައުމު

07 އޯގަސްޓު 2017 | 18:17

ރައީސް ޔާމީންގެ ވެރިކަން ރަށްމެދުވެއްޖެ، އޭގައި ޙަލާލު ކަމެއް ނެތް: ރައީސް ނަޝީދު

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ނިންމުންތައް. އެނިންމުމުގައިވާ ބަސްތައް އެބަސްތަކުގެ އެންމެ ސާފު އެއް ހަޤީގަތަކީ ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަމުގެ ސައްޙަކަން، ހަލާލުކަން ގެއްލި ދިޔައީ. ރައީސް ޔާމީންގެ ވެރިކަން ރަށްމެދުވެއްޖެ. އޭގައި ޙަލާލު ކަމެއް ނެތް. މިރާއްޖޭގެ ދުސްތޫރީ ޙަޔާތް އަލިމިވިލެނީ އަނެއްކާވެސް މުޅިން އާ ފަތިހަކަށް. އެހަޔާތް އިރާދަކުރެއްވިއްޔާ ބިނާކުރާނީ މުޅިން އެހެން ޤައުމިއްޔަތެއް. އިންސާނީ ޙައްޤުތައް ހުރުމަތްތެރިކޮށް ހިތާ ޤައުމިއްޔަތެއް. އިސްލާމީ ތަހުޒީބީ ޒަމާނީ ޤައުމިއްޔަތެއް. ލާމެހިފައިވާ ދުނިޔެއެއްގައި ފަޚުރުވެރިކަމާއެކު ދިރިއުޅޭ ފުއްދުންތެރި ރައްޔިތެއްގެ ޤައުމިއްޔަތެއް

07 އޯގަސްޓު 2017 | 17:57

ރައީސް މައުމުނުގެ ތަޤުރިރުގައި ވަރަށް މުހިންމު ދެ ކަމެއް ފާހަގަކުރެއްވި: އަމީން

ރައީސް މައުމުނުގެ ތަޤުރިރުގައި ވަރަށް މުހިންމު ދެ ކަމެއް ފާހަގަކުރެއްވި. އެއީ ހިޔަލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން. އެ ދެ ނުކުތާ ރައީސް މައުމޫނު ޤާނޫނު އަސާސީ ތަސްދީޤް ކުރެއްވި ދުވަހު ފާހަގަކުރެއްވި.

07 އޯގަސްޓު 2017 | 17:56

މިހަރު ވާހަކަަދއްކަވަނީ ޕީޕީއެމްއިން އަބްދުﷲ އަމީން

07 އޯގަސްޓު 2017 | 17:41

އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ޕީޖީއަށް އެންމެ ޤާނޫނަށް ފެނިގެން އުޅޭތަން.: ސުއޫދު

އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ޕީޖީއަށް އެންމެ ޤާނޫނަށް ފެނިގެން އުޅޭތަން. އެއީ ޓެރަރިޒަމްގެ ޤާނޫނު. އެ ޤާނޫނު ނޫން އެއްޗެއް، ޕީޖީއަކަށް ފެނިވަޑައެއް ނުގަންނަވާ. ބަންޑާރަ ނައިބް ކީއްކުރައްވަންތޯ، ޕީޖި އޮފީހުގައި އިންނަވާ މައްސަލަތައް ޑްރާފްޓް ކުރައްވަންވީ. އާޅުގަނޑުމެންގެ ޤާނޫނު އަސާސީގައި ބަންޑާރަ ނައިބްއަކީ ވަކި ބޭފުޅެއް. ޕީޖީއަކީ ވަކި މުއައްސަސާއެއް. ޕީޖީގެ މަސައްކަތްތަކުގެ ތެރެއަށް ބަންޑާރަ ނައިބްކަށް ވަޑައެއް ނުގެންނެވޭނެ. ކީއްކުރައްވަންތޯ، ޕީޖީ ރައީސްގެ ފލަފާ ހޯދަންވީ. އެއީ ނޫން އެކަން އޮންނަ ގޮތަކީ. އަނިލްވެސް ބިސާމްވެސް އަމިއްލަ ބޭނުމަށް މަސައްކަތް ކުރައްވާ މަންޒަރު ފެނިގެންދަނީ.

07 އޯގަސްޓު 2017 | 17:38

ރައީސް އަޒުލު ކުރުމަށް މަޖިލީހަށް ހުށަހަޅަން ގޮވާލަން: އަލީ ޒާހިރު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޤާމުން އަޒުލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު، މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

ހަބަރު: ރައީސް އަޒުލު ކުރުމަށް މަޖިލީހަށް ހުށަހަޅަން ގޮވާލަން: އަލީ ޒާހިރު

07 އޯގަސްޓު 2017 | 17:37

މިހާރު ވާހަކަދައްކަވަނީ ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު

07 އޯގަސްޓު 2017 | 17:36

ދުވަހަކުވެސް ގަބޫލެއް ނުކުރެވުނު މިހާ ނުބައިބަޔަކު ޤާނޫނު އަސާސީ ހިންގަން ހަވާލުވެދާނެއޭ.: ސުއޫދު

ޤާނޫނު އަސާސީއަށް ހަމަލާދެމުން ދެމުން ގޮސް، މިހާރު އޮތީ ވަރަށް ކުޑަ މިންވަރެއް ބާކީ. ޤާނޫނު އަސާސިގެ ފޮނި މީރުކަން މިހާރު ދިވެހި ރައްޔިތުންނަކަށް ނުލިބޭ. އަޅުގަނޑު ބަލާލާނަން، ޤާނޫނު އަސާސީ އެކުލަވާލިއިރު، ރައްޔިތުން ބޭނުންވެފައިތިބި ކަންކަމަށް. އޭރުގައި ރައްޔިތުން ބޭނުންވެގެން އުޅުނީ ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް. ތިން ބާރު ވަކިވެފައި އޮތުމަށް ދިވެހި ރައްޔިތުން ބޭނުންވީ. ރައްޔިތުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމެއް ފުރިހަމަވެފައި އޮތުމަށް. ބާރުތައް ބަހާލުމަށް. އަތޮޅުތަކަށް ބާރުތައް ދިނުމަށް. ދެން ރައްޔިތުން ބޭނުންވީ ފުރިހަމަ އަސާސީ ހައްޤުތަކެއް. ހަޤުތައް ކަށަވަރު އޮތުމަށް. އެކަންކަން ޤާނޫނު އަސާސީ ހިމެނޭ. ދުވަހަކުވެސް ގަބޫލެއް ނުކުރެވުނު މިހާ ނުބައިބަޔަކު ޤާނޫނު އަސާސީ ހިންގަން ހަވާލުވެދާނެއޭ. ޤާނޫނު އަސާސީއަށް ވެރިކަން ހިންގުމުގެ ބަދަލުގައި އަމިއްލަ އަންބޮޑި ބޮޑުކުރުމަށް މަސައްކަތްކުރާ ބަޔަކު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ބާރުތައް ބޭނުންވެގެން އުޅޭ ބަޔަކު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ.

07 އޯގަސްޓު 2017 | 17:31

އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން ދިވެހި ރައްޔިތުން އަރާ ހަމަކުރާނެއޭ: އަސްލަމް

އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން ދިވެހި ރައްޔިތުން އަރާ ހަމަކުރާނެއޭ. އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ބަރުގެ ބޭނުން ކުރާނެއޭ. އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީންގެ ވެރިކަން ނިންމާނެއޭ ރައްޔިތުން.

07 އޯގަސްޓު 2017 | 17:29

އަޅުގަނޑަށް މި ފެންނަނީ ޤާނޫނު އަސާސީ މުޤުރާލެވޭތަން: އަސްލަމް

އަޅުގަނޑަށް މި ފެންނަނީ ޤާނޫނު އަސާސީ މުޤުރާލެވޭތަން. އާޅުގަނޑުމެންނަށް މި ފެންނަނީ ދުވަހުން ދުވަހަށް ހުރިހާކަމެއް ގޯހުން ގޯހަށްދާތަން. އަޅުގަނޑު ނެތިން ބިސާމާއި ގުޅެގޮތުން އެއްޗެއް ބުނާކަށް. އެއްދުވަހު ރައީސް ޔާމީން ވިދާޅުވަނީ ދުސްތޫރީ ނިޒާމް ގޯސްކަމަށް. އަނެއް ދުވަހު ރައީސް ޔާމީން ވިދާޅުވަނީ ނިޒާމް ހިންގަން ތިބޭ މީހުން ގޯސްކަމަށް. ހަޤީޤަތުގައި ރައީސް ޔާމީން ރަނގަޅުވުމުން ހުރިހާ ކަމެއްވެސް ރަނގަޅުވީ. މައްސަލައަކީ ރައީސް ޔާމީން. ރައީސް ޔާމީން ރަނގަޅުވީމަ ދުސްތޫރުވެސް، ނިޒާމް ހިންގަން ތިބޭ މީހުންވެސް ރަނގަޅުވާނެ.

07 އޯގަސްޓު 2017 | 17:25

މިހާރު ވާހަކަދައްކަވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

07 އޯގަސްޓު 2017 | 17:24

ތިން ބާރު ވަކިވެފައިވަނީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަންނާކަށް ނޫން: އަސްލަމް

ތިން ބާރު ވަކިވެފައިވަނީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަންނާކަށް ނޫން. އެއް ބާރު އަނެއް ބާރެއް ނުފޫޒެއް ނުފޯރުވޭނެ. އެއީ އަޅުގަނޑުމެންގެ ޤާނޫނު އަސާސިގައި، އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމްގައި ބުނެފައިވާގޮތް. މިހާރު ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ އެއްވެސް ބޭނުމެއް ނެތް. ރައްޔިތުންގެ މަޖިލީސް ހުޅުވެނީ އެމްއެންޑީއެފްއިން ބޭނުންވާ ވަގުތެއްގައި. އެ މަޖިލީހަކަށް ރައްޔިތުންގެ މަންދޫބުންނަކަށް ނުވަދެވޭ. ސުޕްރީމް ކޯޓު ހުޅުވަނީ ހޯމް މިނިސްޓްރީން ބޭނުންވާ ވަގުތެއްގައި. އެ ނޫން ވަގުތެއްގައި ހޯމް މިނިސްޓްރީއެއްވެސް ނުހުޅުވޭ. ދެން ކިހިނެއްތޯ ތިން ބަރު ވަކިވެފައޭ ބުނަނީ.

07 އޯގަސްޓު 2017 | 17:12

ބަޢާވާތަކީ ޤާނޫނު އަސާސީގައިވާ އެއްޗެއް ނޫން: އަބްދުﷲ ކަމާލުއްދީން

07 އޯގަސްޓު 2017 | 17:11

އަޅުގަނޑު ހަޔާތުގައިވެސް މިހާ ދަށު ފެންވަރަށް ދައުލަތް ވެއްޓިފައިވާ ދުވަސްވަރެއް ނުދެކެން: އަބްދުﷲ ކަމާލުއްދީން

އައު ޤާނޫނު އަސާސީއަކީ ރައްޔިތުންގެ ޤާނޫނު އަސާސީއެއް. ޤާނޫނު އަސާސީ އެކުލަވާލުމަށް އޭރުގެ ހާއްސަ މަޖިލީހަށް ސަރުކާރުން ޑްރާފްޓެއް ހުށައެޅިނަމަވެސް، ޤާނޫނު އަސާސީ އެކުލަވާލުމުގައި އެ ޑްރާފްޓަށް އެއްވެސް ވަރަކަށް ކޮންސިޑަރ ކުރައްވާފައެއް ނުވޭ. ރައްޔިތުންގެ މަންދޫބުނެގ ހިޔާލުތަކުގެ މައްޗަށް ޤާނޫނު އަސާސީ އެކުލަވާލީ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެއީ ރައްޔިތުންގެ ޤާނޫނު އަސާސީއެކޭ. ޤާނޫނު އަސާސީގައި ބާރުތައް ބައިކުރެވިފައިވޭ. ތިން ބާރަކީ ވަކި ތިން ބާރެއްކަމަށް ބުނެފައިވޭ. އަސާސީ ހައްޤުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވޭ. ނަމަވެސް މިއަދުގެ ހިތާމައަކީ އެއިން އެއްވެސްކަމަކަށް އިހުތިރާމް ނުކުރެވޭކަން. އަސާސީ ހައްޤުތަށް ނުލިބޭކަން. އޭގެއިތުރުން ތިން ބާރު ވަކިވެފައިނުވާކަން. އެކަންކަން ހައްލުކުރަންޖެހޭނީ. އޭގެއިތުރުން ލާމަރުކަޒީ ނިޒާމްގެ ވާހަކަ ޤާނޫނު އަސާސީގައި ބުނެފައިވޭ. ހަޤީޤަތުގައި ޤާނޫނު އަސާސީގައިވާ ލާމަރުކަޒީ ނިޒާމަކީ ވަރަށް މުހިންމު އެއްވެސް. ތަރައްޤީވެދިޔުމަށް އެއީ ވަރަށް މުހިންމު ބައިވެރިއެއް. އަޅުގަނޑު ހަޔާތުގައިވެސް މިހާ ދަށު ފެންވަރަށް ދައުލަތް ވެއްޓިފައިވާ ދުވަސްވަރެއް ނުދެކެން.

07 އޯގަސްޓު 2017 | 17:01

މިހާރު ވާހަކަދައްކަވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން

07 އޯގަސްޓު 2017 | 17:00

ފެންނަނީ އެތަށް ބައިވަރު ބޭފުޅުންތަކެއް މި ނުބައިކަން ކުރިއެރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ މަންޒަރު: އަބްދުﷲ ކަމާލުއްދީން

އަޅުގަނޑުމެންނަށް މި ފެންނަނީ އެތަށް ބައިވަރު ބޭފުޅުންތަކެއް މި ނުބައިކަން ކުރިއެރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ މަންޒަރު. އެކަމުގައި ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުންގެ އިސްނެންގެވުން ފާހަގަކޮށްލެވޭ. އޭގެއިތުރުންވެސް އެތަށް ބައިވަރު ބަޔަކު ގެންދަނީ ނުބައިކަން ކުރިއެރުވިޔަ ނުދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން. މިއަދަކީ ޤާނޫނު އަސާސީއަށް 9 އަހަރު ފުރޭ ދުވަސް. އަޅުގަނޑުޑު ބަލާލަން ގަސްދުކޮށްފައި އޮތީ ޤާނޫނު އަސާސީގެ ތާރީހަށް.

07 އޯގަސްޓު 2017 | 16:58

ކުނޫޒުގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ބައިވެރިވަމުން

07 އޯގަސްޓު 2017 | 16:44

ޤާނޫނު އަސާސީ ނަގަހައްޓަންޖެހޭ ފަރާތް އެކަން ނުކުރާތަން މިއަދު ފެންނަނީ: އަލީ ޒަހިރު

ޤާނޫނު އަސާސީ ނަގަހައްޓަން އޮތް އިދާރާއިންވެސް އެކަން ނުކޮށް، ޤާނޫނު އަސާސީ ހަލާކުކޮށްލާ މަންޒަރު މި ފެންނަނީ. މިއީ ވަކި މުއައްސަސާއެއްގެ އަގު ވައްޓަލުމަށް ދައްކާ ވާހަކައެއް ނޫން. ނަމަވެސް މިއީ މިއަދު ކަން ހިނގާގޮތުގެ ހަޤީޤަތް. ޤާނޫނު އަސާސީ މާނަކުރާނެގޮތްވެސް ވަރަށް ފުރިހަމައަށް، ޤާނޫނު އަސާސީ ބުނެދީފައިވޭ. އެގޮތުން އެއާއި ހިލާފަށް މާނަކުރާކމުގައިވާނަމަ އެއީ އެއީ ސައްހަ މާނަކުރުމެއްކަމަށް ބަލާނެ ޖާގައެއް ނޯންނާނެ.

07 އޯގަސްޓު 2017 | 16:41

ޤާނޫނު އަސާސީ އޮތީ ވަރަށް ފުރިހަމަކޮށް: އަލީ ޒަހިރު

ރާއްޖެ ދުސްތޫރަކީ، ޤައުމުތަކުގެ ތެރެއިންވެސް އެންމެ ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ޤަނޫނު އަސާސީ އެވެ. ދިނީ ކަންކަމަށްވެސް ވަރަށް ފުރިހަމައަސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ. އެގޮތުން އިސްލާމްދީނުގެ އަސްލަކާއި ހިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށާއި، އެފަދަ ޤާނޫނަކީ ބާތިލް އެއްޗަކަށްވާނެކަމަށްވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. ނަމަވެސް އެ ޤާނޫނު އަސާސީގެ އެންމެ ފުރިހަމަ ބޭނުން، ނުވަތަ ފޮނި މީރުކަން ނުލިބޭކަން ފާހަގަކުރަން. ކުރުގޮތަކަށް ބުނާނަމަ، ޤާނޫނު އަސާސީގެ ބޭނުން ވަނީ ކަނޑުވާލާފަ. ޤާނޫނު އަސާސީގެ ބޭނުން ކަނޑުވާލީ އެންމެ މީހަކުކަމަކަށް ގަބޫލެއް ނުކުރަން. އެކަންކޮށްފައިވަނީ އެތަށް ބަޔަކު އެކަމުގައި ބައިވެރިވެގެން.

07 އޯގަސްޓު 2017 | 16:35

ކީރިތި ގުރުއާނުގެ ބަރަކާތުން ޖަލްސާ ފަށައިފި

ކީރިތި ގުރުއާނުގެ ބަރަކާތުން ޖަލްސާ ފަށައިފި އެވެ. ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، މަޖިލީހުގެ މެމްބަރުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

07 އޯގަސްޓު 2017 | 15:12

ޤާނޫނު އަސާސީ ދެމެހެއްޓުމަށް - ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ކުނޫޒުގައި މިރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެ މަނިކުފާނު ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދެއްކެވުމަށް ހަމެޖިފައިވަނީ ވީޑިއޯ މެދުވެރިކޮށެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޤާނޫނު އަސާސީއަށް 9 އަހަރު ފުރުމުގެ މުނާސަބަތުގައި އެވެ.

ޖަލްސާގައި ވާހަދެއްކެވުމަށް ހަމަޖެހިފައިވާ ތަރުތީބު:

  1. އަލީ ޒާހިރު / އަދާލަތު ޕާޓީގެ ނައިބް ރައީސް
  2. އަބްދުﷲ ކަމާލުއްދީން / ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު
  3. މުހައްމަދު އަސްލަމް / ހިތަދޫ އުތުރު ދާއިރާގެ މެމްބަރު
  4. ހުސްނުއް ސުއޫދު / ޤާނޫނީ ވަކީލް
  5. މުހައްމަދު ނަސީދު / ކުރީގެ ރައީސުލްޖުމްހޫރިއްޔާ