ފަލަސުރުހީ، އަބްދުﷲ ރިޔާޒާއެކު

ފަލސުރުހީ - މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް
މަޖިލީސް ކުރިއަށްގެންދިއުމަށް ހުރަސްއަޅަނީ ސަރުކާރު ޖަވާބުދާރީކުރުވާނެތީ: ރިޔާޒް
މަޝްވަރާތަކަށް މި ތިބީ ތައްޔާރަށް، ނަމަވެސް ބައިވެރިވާނެ ބަޔަކު ކަނޑައަޅާނީ އާޅުގަނޑުމެން: ރިޔާޒް
އިހުލާސްތެރިކަމާއެކު ވާހަކަދައްކަން މި އޮތީ ތައްޔާރަށް. އެއްވެސް ޝަރުތަކާނުލައި ވާހަކަދައްކައްކަން އޮތީ ތައްޔާރަށް. އެގޮތުން އދ. އިސްވެ އޮވެ ވެސް ކުރި މަޝްވަރާތަކަށް އެއްވެސް ޝަރުތެއް ނެތި ވަޑައިގަތުމަށް އެމްޑީޕީވެސް އޮތީ ތައްޔާރަށް. ނަމަވެސް އެކަމަށްވެސް ހުރަސްއެޅީ ސަރުކާރަކުން ނޫންތޯ. އދ.ގެ ފަރާތްތަކަށް އެނގޭނަ އިހުލާސްތެރިކަމާއެކު މަޝްވަރާކުރަން ތިބީ ކޮންބަޔެއްކަން. އަޅުގަނޑުމެން މި ތިބީ ތައްޔާރަށޭ. ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅެއް ކަނޑައަޅާނީ އަޅުގަނޑުމެން. އެއި ރައީސް އަބްދުﷲ ޔާމީން ނިންމަވަންޖެހޭ ނިންމުމެއް ނޫން.
ރާއްޖެޓީވީގެ ލައިވް ސްޓްރީމިންގ ބެއްލެވުމަށް
ރާއްޖެޓީވީ ބެއްލެވުމަށް މި ލިންކަށް ފިއްތަވާލައްވާ
ސުޕްރީމް ކޯތުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމްކުރާނަން: ރިޔާޒް
ސުޕްރީމް ކޯތުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމްކުރާނަން. ނަމަވެސް ސުޕްރީމް ކޯޓުން ގޯސްކޮށް ކަމެއް ނިންމައިފިނަމަ އެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. އިހުތިރާމްކުރުމާއެކުގައިވެސް އެ ވާހަކަދައްކާނަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ އަޅުގަނޑުމެންގެ ދުސްތޫރު އޮތް ގޮތަކީ. އަޅުގަނޑު މި ވާހަކަދައްކައިގެން ކޮންމެ ތުހުމަތެއްކޮށްފައި ކޮންމެ ޖަލަކަށްލިކަމުގައިވިނަމަވެސް ފަރުވާލެއް ނެތް. މި ބުނީ އާޅުގަނޑު ބިރެއް ނުގަނޭ. އަޅުގަނޑުމެން މި ވާހަކަތައް ދައްކަމުންގެންދަނަން
ރައީސް ޔާމީންގެ ކުލުނެއް، އިންސާނިއްޔަތުކަމެއް ނެތް: ރިޔާޒް
ފަނޑިޔާރު ގޭގައިވެސް އަދި ސުޕްރީމް ކޯޓުގައިވެސް ރައީސް ޔާމިންގެ ކަންތައްތަކަށް ތާއީދުކުރައްވާނެ ބޭފުޅަކު ހުންނަވާނެކަމަކަށް ގަބޫލެއް ނުކުރެވޭ: ރިޔާޒް
ފަނޑިޔާރު ގޭގައިވެސް އަދި ސުޕްރީމް ކޯޓުގައިވެސް ރައީސް ޔާމިންގެ ކަންތައްތަކަށް ތާއީދުކުރައްވާނެ ބޭފުޅަކު ހުންނަވާނެކަމަކަށް ގަބޫލެއް ނުކުރެވޭ. އެއީ ނބައްލަވާ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު އެ ހުންނެވީ ޖަލަށްލާފައި. އެއްވެސް ކަމަކުން ކަމަކާއި ނުލައި. އޭގެތެރެއިން އެ ބޭފުޅެއްގެ މަންމަ މިއަދު ނިޔާވީ. އެ މަންމަ ކިހާވަރަކަށް ވިސްނާނެތޯ ދަރިފުޅު ހައްޤުކަމަކާ ނުލަ ޖަލުގައި ހުންނައިރު. ވިސްނާލައްވާ. މިއީ މިއަދު އެމަނިކުފާނުގެ ސަރުކާރުން ކަންތައްތައްކުރައްވާގޮތް. އެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.
އަދީބް ހުމާމާއި ބައްދަލުކުރިނަމަ އެކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ: ރިޔާޒް
ފެންނަނީ ފުލުހުންގެ މީޑިއާ ސްޓޭޓްމެންޓްތައ ްރައީސް އަބްދުﷲ ޔާމީން ދެއްވާތަން: ރިޔާޒް
ކިހިނެއްތޯ އެހާ ފަސޭހަކޮށް، މީހަކު ޖަލުން ނެރެނީ. ޖަލުން މީހަކު ނެރޭކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ޕްރޮސެސެއް. އެއީ އެހާ ފަސޭހައިން ވާނެކަމެއް ނޫން. އަނެއްކާ ޖަލު ބަލަހައްޓަނީ ކަރެކްޝަނަލް ސާރވިސުން. ޖަލުން މީހަކު ނެރޭކަމުގައިވާނަމަ އެ ފަރާތުގެވެސް ބައިވެރިވުމެއް އޮންނާނެ. މިހާރު އާޅުގަނޑުމެންނަށް މި ފެންނަނީ ފުލުހުންގެ މީޑިއާ ސްޓެޓްމެންޓުތައް ދެއްވުމުގައި ރައީސް އަބްދުﷲ ޔާމީން ހަރަކާތްތެރިވާ މަންޒަރު. އެންމެފަހުންވެސް ޒުވާނަކު މަރާލެވުނު ގޮތާއި ގުޅޭގޮތުން ވާހަކަދެއްކެވީ ރައީސް އަބްދުﷲ ޔާމީން. އެހެންވެ ފުލުހުންގެ މީޑިއާ މަސައްކަތް ނުކުރާތީ އެކަން ކުރައްވާތަން މި ފެންނަނީ.
ރައީސް ޔާމީން ކަންތައްތައް ކުރައްވަނި ވަރަށް ހުދުމުތާރުކޮށް: ރިޔާޒް
މޫނަށް ރުލެއްވެސް ނާރުވައި ދޮގު ހަދާނެ ބޭފުޅެއް. އެފަދަ ބޭފުޅޭއްކަމަށް މި ބެލެވެނީ ރައީސް ޔާމީނަކީ. މީހުން ކޮންވިންސް ކޮށްދެވޭގޮތަށް ވރަށް ރީތިކޮށް ވާހަކަދައްކާނެ. އެ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. ރައީސް އަބްދުﷲ ޔާމީން ގައިގައި އެ ހުންނަވަނީ ވަރަށް ހުދުމުތާރު ސިފައެއް. ކޮންމެކަމެއްވެސް އަމިއްލައަށް ގަބޫލުކުރައްވާގޮތަކީ އެންމެ ރަނގަޅުގޮތްކަމަށް ދެކިވަޑައިގެން ކަންތައްތައް ކުރައްވަމުންގެންދަވާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ. ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް މީހަކަށް އިތުބާރެއް ނުކުރޭ. ޑިފެންސް މިނިސްޓަރު އަދި ޑރ. ޖަމީލް ވަކިކުރަންވެގެން ޕީޖި މެމްބަރުންނަށްދެއްކީ ސީދާ ފޭކް ޗެޓް ލޮގެއް. އެހެންވެ އަޅުގަނޑުމެން އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓު ނުދިނީ. ރަނގަޅު ކޭސްއެއް މަޖިލީހަށް ހުށައެޅިނަމަ އަޅުގަނޑުމެންނަށް އިތުބާރު ނެތްކަމަށް ވޯޓުދެވުނީސް.
ފައިސާބެހިކަމަށް އަމިއްލައަށް އިއުތިރާފްވާ މީހުންގެ މައްސަލަ ނުބެލެނީ ކީއްވެ؟: ރިޔާޒް
އަޅުގަނޑު ގަބޫލެއް ނުކުރަން ޢައިރު ހާޒިރުގައި ޝަރީއަތް ކުރިއަށްގެންދެވިދާނެކަމަކަށް: ރިޔާޒް
އަޅުގަނޑު ގަބޫލެއް ނުކުރަން ޢައިރު ހާޒިރުގައި ޝަރީއަތް ކުރިއަށްގެންދެވިދާނެކަމަކަށް. ވަކިން ހާއްސަގޮތެއްގައި ޖިނާއީ މައްސަލައެއްގައި ޢައިރު ހާޒިރުގައި ނިންމުމެއް ނިންމިދަނެކަމަށް ގަބޫލެއް ނުކުރަން. އަޅުގަނޑުމެންގެ ޖިނާއީ އިޖުރާތުގެ ޤާނޫނުވެސް އޮތީ އެގޮތަށް. ނަމަވެސް ސަރުކާރުން ކޯޓުތަކަށް ނުފޫޒްފޯރުވައިގެން ކުރާ ކަންތައްތައް އަޅުގަނޑުމެންނަސް މި ފެނިގެންދަނީ. އަޅުގަނޑުމެން މި ބުނަނީ މިގޮތަށް މި ކަންތައްތައް ނުކުރާށޭ. އިންސާފުވެރިކަމާއެކު ނިންމުންތައް ނިންމަވާށޭ.
ރައީސް ޔާމީން ހުންނެވީ އެކަނިވެރިވެފައި: ރިޔާޒް
ޤާސިމް އިބްރާހިމްއަކީ އެމަނިކުފާނުގެ ތާއީދާއެކުގައި ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅަކު ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ހިލާފަށް ކަންތައްތައް ކުރައްވަމުންގެންދަވާތީ އެކަމަށް މައާފަށް އެދިވަޑައިގެންނެވި ބޭފުޅެއް. އަދި މައާފަށް އެދި އިސްލާހި މަސައްކަތް ފެއްޓެވި ބޭފުޅެއް. އިސްލާހީ މަސައްކަތް ފެއްޓެވުމަށްފަހުގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫނާއި، އިމްރާން އަބްދުﷲ އާއިއެކުގައި މަސައްކަތް ކުރައްވަމުންގެންދަވަނީ. އެއާއެކު ރައީސް ޔާމީންއަށް އެނގިވަޑައިގެންނެވި އެމަނިކުފާނު އެކަނިވެރިވެއްޖެކަން.
ފަލަސުރުހީ، އަބްދުﷲ ރިޔާޒާއެކު
މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ. މިރޭގެ މައުޟޫއަކީ ޤާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅާއި، ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު އެވެ.