ވަގުުތުން:ފަލަސުރުޚީ

ފުލުހުންނަށް މަޖިލިސް ކުރާގެއަށް ނުވަދެވޭނެ
ފުލުހުންލައްވާ ކުރުވާ ކަންކަމުގެ ޒިންމާ ނަންގަވަންޖެހޭނީ އެބޭފުޅުންގެ އިސްވެރިން
އަނިޔާވެރި ސަރުކާރެއް ދަމަހައްޓަން ހިތްވަރު ދީގެން ތިއްބެވީ، ކޮމިޝަނަރ އަރީފަށާއި ފުލުހުންގެ އިސްވެރިން ފުލުހުންލައްވާ ކުރުވާކަންކަންމީ، މިކަންކަމުގެ ޒިންމާ ނަގާނީ ތިބޭފުޅުން، ވެރިން . ކިޔަވައިގެން ތިއެްބެވީ ހުރިހާ ބޭފުޅުންވެސް ރައްޔިޮތުންގެ ފައިސާއިން، ވެރިކަން ބަދަލުވާ ދުވަހަކުން މިބޭފުޅުން ރައްޔިތުންގެ ހައްގުގައި ނުތެދުވާނަމަ އެބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގާނަން- އީސަ
މަޖިލިސް ކުރާގެއަށް ސިފައިން ވައްދާ މެންބަރުން މަޖިލީހުން ނެރުނީ އެއްވެސް ގާނޫނީ ހަމައަކުންނޫން
މަޖިލިސް ކުރާގެއަށް ސިފައިން ވައްދާ މެންބަރުން މަޖިލީހުން ނެރުނީ އެއްވެސް ގާނޫނީ ހަމައަކުންނޫން. އެދުވަހު ހިނގީ ގާނޫނީ އަމަލަކަށް ހިންގި ގާނޫނާއި ޚިލާފު ޖަރީމާއެއް، އެތަށް ވާހަކަައެއް އެބަހުރި ޑިފެންސް މިނިސްޓަރު ގާނޫނާއި ޚިލާފަށް ދައްކަވާފައި. ޑިފެންސް މިނިސްޓަރު މެންބަރުނެގ ދަތްދޮޅި ދުއްވާލާނޭކަމަށް ވިދާޅުވީ ގާނޫނާއި ޚިލާފަށް، އެބޭފުޅާ މިހާރުން މިހާރަށް އިސްތިއުފާދެއްވަން ޖެހޭ. އެ ދެއްވުނީ އަނިޔާއަށް ހިތްވަރު.
ފަލަސުރުހީ
ފަލަސުރުޚީގެ މިރޭގެ މެހްމާނަކީ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ އެވެ. މިރޭގެ މައުޟޫއަކީ ފުލުހުންނާއި، ސިފައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް ހުރަސްއެޅުން އެވެ.