Raajje.mv

ފަަލަ ސުރުޚީ

02 އޯގަސްޓު 2017
6760
އަސްލަމް އަދި ހިސާން ހުސެއިން

އަސްލަމް އަދި ހިސާން ހުސެއިން

02 އޯގަސްޓު 2017 | 17:22

އަސްލަމް: ސިފައިންގެ ތެރެއިން ނުނިކުންނާނެ ހަޤީޤަތާއި ހިލާފް ވާހަކައެއް.

ސިފައިންނާއި ވާހަކަ ދެއްކެ އިރު ސަމާސަ ކޮށްގެން ވާހަކައެއް ނުދެއްކޭނެ. އެގޮތުން އަނިޔާވެރިވުމަށާއި މިފަދަ ވާހަކަ ދެއްކުމަކީ ގޯސް ވާހަކައެއް. ހަމައާއި އުސޫލުން ކަންތައް ކުރާ ޒަމާނެއްގައި އުޅެމުން މިދަނީ. ސަރުކާރު ބޭނުންވާހާ ގޮތަކަށް ސިފައިން ބޭނުން ކުރަމުންދާ މަންޒަރު ފެނިގެން ދިޔައިރު ވެސް ޤާނޫނާއި ޚިލާފްވާ ހިސާބަށް ދިއުމުން އެތިބީ ނޫނެކޭ ބުނަން ތައްޔާރަށް.

ޗެއިން އޮފް ކޮމާންޑަކީ ވަކި އުސޫލެއް ކަމަށާއި އެގޮތަށް އަމަލު ކުރުމަށް ސިފައިން ވަރަށް މަސައްކަތް ކުރާނެ. ވިދާޅުވިހާ ގޮތަކަށް ސިފައިން ކަންތަކެއް ނުކުރާނެ. ޤާނޫނު ދަނެގެން ތިބޭ ބައެއް ސިފައިންނަކީ.

އިތުބާރު ނެތިގެން އުޅޭ މައްސަލައެއް ފެނިގެން މިދިޔައީ. ސިފައިންގެ ތެރެއިން ނުނިކުންނާނެ ހަޤީޤަތާއި ހިލާފް ވާހަކައެއް.

02 އޯގަސްޓު 2017 | 17:14

ހިސާން ހުސެއިން: ޑިފެންސް މިނިސްޓްރ އޮޅުވާލަނީ

ޤާނޫނީ ގޮތުން މަޖިލީހަށް ފުލުހުންނަށްވެސް ސިފައިންނަށްވެސް ނުވަދެވޭނެ. އެއީ ޤާނޫނާއި ޚިލާފަށް ކުރި ކަމެއް. އޯޑިއޯގައި ވާހަކަދެއްކެވި މީހަކު އެކަމުގެ ޒިންމާ ނަގާނެ ކަމަށް ބުނުމުން މިނިސްޓަރު ވިދާޅުވީ އެތަނުގައި ޤާނޫނާއި ހިލާފު އަމަލެއްގެ ޒިންމާއެއް މުއައްސަސާއަކަށް ނުނެގޭނެ. ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭނީ އެކުށް ކުރާ މީހާ. ހެކިންނާއި ލޯޔަރުން ދާ ވާހަކަ ޑިފެންސް މިނިސްޓަރ ވާހަކަ ދައްކަވާއިރު މިއީ މާ ކުރީގެ ވާހަކަ.

މިހާރު މި އަމަލު ކުރަމުންދާ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން މިނިސްޓަރ އެވިދާޅުވާ ގޮތަށް ކަންތައް ނުކުރެވޭނެ. މިއީ ސިފައިންނަށް އޮޅުވާލަން މިމަސައްކަތް ކުރަނީ.

މިއީ ކްރިމިނަލް ކޯޓުން ބަލައިގަންނާނެ ތަޙްޤީޤެއްވެސް ނޫން. މަޖިލިސް ހިސޯރު ކުރުމުގެ ކުރިން އާޒިމާ ލަފާ ހޯދުމަކީ ޤާނޫނާއި ހިލާފް ކަމެއް.

02 އޯގަސްޓު 2017 | 16:56

ގައުމުން ބޭރަށް ދާން މަސައްކަތެއް ނުކުރަން

ޤާނޫނު އައިސް ކޮންމެ މީހަކާއިވެސް އަރާ ހަމަކުރާނެ. މަޖިލިސް ހިސޯރުކުރުމާއި ގުޅިގެން މުޅި ދުނިޔޭގައި ރާޢްޖޭގެ ނަން ވެއްޔާއި މޮޑެވިއްޖެ. މިކަމުގައި ފަހަތަކަށް ނުޖެހޭނަން. ޑިފެންސް މިނިސްޓަރުގެ ކވާހަކަ އަޑު އިވިފައި ކަރުނަ އައިސި. ގައުމީ މަސައްކަތަކެއް މިކުރަނީ. ގައުމުން ބޭރަށް ދިއުމަށް އެއްވެސް މަސައްކަތެއް ނުކުރަން.

02 އޯގަސްޓު 2017 | 16:53

މަޖިލިސް ހުއްޓުވަން ކުރާ ކަމެއް މިއީ

މަޖިލިސް ތެރޭގައި އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތް. އަދި މިއީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން މަގުފަހި ކުރުމަށްޓަކައި ކުރަމުންދާ ކަމެއް. އެކަމަށް ވަގުތު ހޯދަން މިއުޅެނީ

02 އޯގަސްޓު 2017 | 16:50

ފަަލަ ސުރުޚީ

މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި ކުރީގެ ހައުސިން މިނިސްޓަރ އަސްލަމް އަދި ޤާނޫނީ ވަކީލް ހިސާން ހުސެއިން