ފަލަސުރުހީ

ރައްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަނަސް އަބްދުއް ސައްތާރު
މަޖިލީސް ހުއްޓިފައި އޮތުމަކީ ދައުލަތް ހުއްތިފައި އޮތުން
މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ މަޖިލީސް އުވާލަންޖެހޭ ސަބަބެއް ނޫން. މި ޖެހިގެން އުޅޭ މައްސަލައަކީ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުގެ މައްސަލައެއް ނޫން. މިއީ ވެރިކަން ބަޔަކު ވައްޓާލާފާނެތީވެސް ޖެހިގެން އުޅޭ މައްސަލައެއްވެސް ނޫން. ޖެހިގެން މި އުޅޭ މައްސަލައަކީ ސަރުކާރު ޖަވާބުދާރީކުރުވަފާނެތީވެ ޖެހިގެން އުޅޭ މައްސަލައެއް.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމަކީވެސް ޤާނޫނީ ކުށެއް
ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންނާއި ސިފައިންނަށް އޯޑަރު ދެއްވި ވެރިންގެ މައްސަލަތައް ބެލެންވާނެ
މި މަހުގެ 24 ވަނަ ދުވަހު ފުލުހުންނާއި ސިފައިންނަށް އޯޑަރު ދެއްވި ވެރިންގެ މައްސަލަތައްވެސް ބެލޭނެ. އެއީ ރައީސް ޔާމީން ކަމުގައިވިޔަސް އެ މައްސަލަ ބެލޭނެ. އަދި މަޖިލީހުގެ ފޮރިން ރިލޭޝަން މަސައްކަތްތާއި ހަވާލުވެ ހުންނެވި ބޭފުޅާ ނަމަވެސް އެ މައްސަލަތައް ބެލޭނެ. މި މައްސަލަތައް ބެލޭނެ ދުވަސް އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.
ދުސްތޫރު ބަދަލުކުރަންޖެހޭ ވާހަކަ ދައްކަނީ މަޖިލީހުގެ މެޖޯރިޓީ ލިބުނީމައި ލިބުނު ޝޮކެއްގެ ސަބަބުން
ރައީސް އަބްދުﷲ ޔާމީން ދުސްތޫރު ބަދަލުކުރައްވަންޖެހޭ ވާހަކަ ދައްކަވަމުން އެ ގެންދަވަނީ އެ މަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުގެ ސަބަބުން. މިހާރު އެމަނިކުފާނާއެކުގައި އެއްވެސް ފަރާތެއްވެސް ނެތް. ފަނޑިޔާރު ގެއިން އިންސާފުވެރިކަމާއެކު ހުކުމްތައް އިއްވަން ފެށުމުން އެމަނިކުފާނަށް ކޯޓުތައްވެސް ގޯސްވާ މަންޒަރު ފެނިގެންދާނެ.
ސިޔާސީ މީހުންނޭ ކިޔަނީ އެކަކު އަނެކަކު ބޭޒާރުވުމަށް
ސީރިއަސް ކަންތައްތައް އޮބާލުމަށްޓަކައި ކުރާ ކަންތައްތަކެއް މއީ. ކީއްވެގެންތޯ ކުއްލިއަކަށް ސިޔާސީ ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިއްކުރެއްވީ. ކީއްވެގެންތޯ އެހެން ފަރާތަކަށް ތުހުމަތުގެ އިނގިލި ދިއްނުކުރެއްވީ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ މިނިސްޓަރަކު ޒުވާނުންނާއެކު ކާނިވާ ސަރަހައްދުގައި ދެއްކެވި ވާހަކަތައް. އެ ވާހަކަތަކުގައި މިނިސްޓަރަކު ދެއްކި ވާހަކަ އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ.
ފުލުހުންގެ މުޅި މުއައްސަސާ ބޭނުން ކުރަމުންގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ބޭނުމަށްޓަކައި
މި ދުވަސްވަރު މި ފާހަގަކުރެވެނީ ވަރަށް ލާއިންސާނީ ގޮތަކަށް ޒުވާނުންތަކެއް މަރާލެވޭތަން. ފަހުގެ ތާރީހެއްގައި ބްލޮގަރ ޔާމީން ރަޝީދު މަރާލެވުނުތާ 99 ދުވަސް ވެގެންދިޔައިރު، އެ ދުވަހުގެ ރޭ އިތުރު ލާއިންސާނީ މަރެއް ފެނިގެންދިޔައީ. ފެނިގެމް މި ދަނީ ފުލުހުންގެ މުއައްސަސާގެ ހުރިހާ ވަސީލަތެއް ސިޔާސީ ބޭނުމަށް ބޭނުން ކުރެވިގެންދާތަން. އެގޮތުން ސުލްހަވަރިކަމާއެކު ކުރިއަށްދާ އެއްވުންތައް ހުއްޓުވައި، ސިޔާސީ ބޭފުޅުން ހައްޔަރުކުރުމަށް ހުރިހާ ވަސީލަތެއް މި ބޭނުންކުރަނީ. ފުލުހުންގެ މުޅި މުއައްސަސާ ބޭނުން ކުރަމުންގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ބޭނުމަށްޓަކައި.
ފަލަސުރުހީ
ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު އެވެ. މިރޭގެ މައުޟޫއަކީ ސިޔާސީ ބޭފުޅުންގެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި ރާއްޖޭގެ ސިޔާސީ މަސްރަހު އެވެ.