Raajje.mv

ރައްޔިތުންގެ މަޖިލިސް: މެމްބަރުން އިހުތިޖާޖު ކުރުން

31 ޖުލައި 2017
6625
މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ސިފައިން ވަދެ---

މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ސިފައިން ވަދެ---

31 ޖުލައި 2017 | 06:06

މަޖިލީހުގެ ޖަލްސާ ފެށުން

މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިށީއްނަވާ ޖަލްސާ ކުރިއަށް ގެންގޮސްފައިވޭ. އަދި މަންޒަރުތައް ފެންނަގޮތުން މިއަދުގެ ޖަލްސާ މިވަނީ ނިންމާލާފަ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ "އެއޮތީ ޖަލްސާ ބާއްވާފަ" ކަމަށް ގޮވާލައްވަމުން.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައިރު، މަޖިލީހުން ޖަލްސާގެ ލައިވް ފީޑް ދޫކޮށްފައެއް ނުވޭ. އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަމާއެކު.

މަޖިލިސް ރައީސް ރިޔާސަތުގައި، އަރިހުގައި އަމީންއާއްމު

31 ޖުލައި 2017 | 05:46

ޕެޓިޝަން ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދެވޭނީ ފާރިސް ހާޒިރު ކުރުމުން ކަމަށް ކޮމެޓީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވާ، އެކޮމެޓީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެކޮމެޓީއަށް ހާޒިރު ނުކުރައްވާ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެކޮމެޓީން ނިންމާފައިވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ކޮމެޓީން އެގޮތަށް ނިންމުމުން އެ ކޮމެޓީން އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށް ޝާހިދު ވިދާޅުވި.

31 ޖުލައި 2017 | 05:36

މަޖިލީހުގައި ހަމަނުޖެހުން ހިނގަމުންދަނިކޮށް ފާރިސް މައުމޫން ކޯޓަށް ހާޒިރު ކޮށްފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އިހުތިޖާޖު ކުރަމުން ދަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފާރިސް މައުމޫން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފި. ފާރިސް ކޯޓަށް ހާޒިރު ކުރައްވާފައިވަނީ ކޮށް ކަމަކާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެ. މިވަގުތު ފާރިސް ހުންނެވީ ރިޝްވަތު ދިންކަމަށް ބުނާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރައްވާފަ. ނަމަވެސް އެ ދައުވާ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާކަން ވެސް އެނގިފައެއް ނުވޭ. މީގެ އިތުރުންވެސް ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ކުރަމުންދޭ.

ފާރިސް މައުމޫން

31 ޖުލައި 2017 | 05:27

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ޖަލްސާކުރާ މާލަމަށް ވަޑައިގެން އިދިކޮޅު މެމްބަރުންނަށް ބަހުގެ ހަމަލާތައް ދަނީ ދެމުން

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެން، އިދިކޮޅު މެމްބަރުނަށް މަހުގެ ހަމަލާތައް ދަނީ ދެމުން. އަދި ކިތައްމެސް ވަރެއް ވިޔަސް ރައީސް ޔާމީން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން.

31 ޖުލައި 2017 | 05:21

މަޖިލީހުގެ ރިޔާސަތު މޭޒާއި އިދާރީ މޭޒު ވަށައިގެން ސިފައިން

މަޖިލީހުގެ ރިޔާސަތު މޭޒާއި އިދާރީ މޭޒު ކައިރިން، ގުލީފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ދުރުކޮށް، ސިފައިން ވަނީ ވަށާލުމަށްފަހު ރިޔާސަތު މޭޒާއި އިދާރީ މޭޒު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ.

ރިޔާސަތު މޭޒާއި އިދާރީ މޭޒު ކައިރި ސިފައިން ސަފަކަށް އެތުރި

31 ޖުލައި 2017 | 05:15

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު އާއި މެމްބަރުން ދެބަސްވުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގެންދަވަނީ ސަރުކާރު ކޯލިޝަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ދެމެދު ބަހުގެ ހަމަލާތައް ދެމުން.

31 ޖުލައި 2017 | 05:07

މިހާރު މަޖިލީހުގެ ޗެމްބަރު އޮތީ މިލިޓަރީން ކޮންޓްރޯލް ކޮށްފަ: މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން މިވަގުތު އޮތީ މިލިޓަރީ ކޮންޓްރޯލްގެ ދަށުގައި މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ.

31 ޖުލައި 2017 | 05:02

މެމްބަރު މަހްލޫފް ޗެމްބަރުން ނެރެން މަސައްކަތް ކުރަނީ

މަޖިލީހުގެ މެމްބަރުން މަހްލޫފް މަޖިލީހުގެ ޖަލްސާ ކުރާ މާލަމުން ނެރުމަށް ސިފައިން މަސައްކަތް ކުރަނީ

31 ޖުލައި 2017 | 04:57

މަޖިލީހުގައި ކުރަމުންދާ އިހުތިޖާޖު

މަޖިލީހުގެ ރިޔާސަތުގައި މަހްލޫފާއި ފައްޔާޒު ޗެމްބަރުގެ ތެރެއިން ސިފައިން ދަނީ މަސައްކަތް ކުރަމުން، ނަމަވެސް އަދި ކާމިޔާބެއް ނުވޭ.

31 ޖުލައި 2017 | 04:53

ރައްޔިތުންގެ މަޖިލިސް: މެމްބަރުން އިހުތިޖާޖު ކުރުން

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުން ހުއްޓުވައި، ރިޔާސަތުގެ ގޮނޑި މަޖިލީހުގެ މާލަމުން ބޭރުކޮށްފި .

ރިޔާސަތުގެ ގޮނޑި މަޖިލީހުގެ ގޯތިތެރޭގައި ބަހައްޓާފައެވެ. ނަމަވެސް، ރިޔާސަތުގެ ގޮނޑި ސެކިއުރިޓީން މަޖިލީހުގެ މާލަމަށް ފަހުން ވެއްދި.

ރިޔާސަތުގެ މޭޒުކައިރީގައި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން އަތުރާލާފައިވާއިރު ސެކިއުރިޓީ އޮފިސަރުންގެ ގިނަ އަދަދެއްގެ އޮފިސަރުން ވެސް މާލަމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރިޔާސަތުގެ ގޮނޑީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އިންނެވިއިރު، އޭނާ މަޖިލީހުގެ މާލަމުން ބޭރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވި އެވެ. ރިޔާސަތުގެ ގޮނޑި މަހްލޫފު ނެގުމާއެކު ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް އެ ގޮނޑިގައި އިށީންނެވި އެވެ. އެއަށް ފަހު ގޮނޑި އެކޮޅުކޮޅުން ޖަހައި، ރިޔާސަތުގެ މޭޒުމަތީގައި ބެހެއްޓި.

"މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި.

ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޖަލްސާ ފެށުން ހުއްޓުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް ގަބޫލް ނުކުރާތީ އާއި މަޖިލީހުގެ މެމްބަރުންތަކެއް ގާނޫނާ ހިލާފަށް ހައްޔަރުކޮށް، އެ މެމްބަރުން މަޖިލީހަށް ހާޒިރު ނުކުރައްވާތީ.

މިއަދުގެ ޖަލްސާއަކީ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން ބާއްވަން ތާވަލްކުރި ފުރަތަމަ ޖަލްސާ

ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން މަޖިލީހުގެ މާލަމުގައި ތިއްބެވީ، ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ ފޮޓޯފުޅު ހުރި މާސްކް އަޅުއްވައިގެން.

މިއަދުގެ ޖަލްސާ ލައިވް ނުކުރާއިރު، ބައެއް މެމްބަރުން ގެންދަވަނީ ފޭސްބުކުންނާއި ޕެރިސްކޯޕުން ލައިވްކުރަމުން.