ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާ

  • ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް
  • ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
  • މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު
 
Writer Profile Picture
އަހުމަދު މުހުސިނު
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް

އަޅުގަނޑު މައާފަށް އެދެން ޝާހިދަށް ކިއުނު އެއްޗިއްސަށް. މަސީހާ ޝާހިދާ އަޅާވެސް ނުކިޔޭނެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަޅުގަނޑު ދަންނަވާލަން މިހާރު މިއޮތް ޤާނޫނީ ހުސްކަމަށް ހައްލެއް ގެނެސްދިނުމަށް.

މެންބަރުންގެ ގޮނޑި ގެއްލިއްޖިއްޔާ އަޅުގަނޑުމެންގެ ގޮނޑި ގެއްލެންދެން ހިފަހައްޓާނަން. ގޮނޑި ގެއްލިއްޖިއްޔާ 99 ޕަސެންޓާއެކު އެގޮނޑިތައް ނަގާނަން.

ޕާޕާއަށް އަންގައިގެން އާރަށުގައިހުރި ހުރިހާ ހާތައް ކަތިލައިފި. ލަންކާއިން ގެންނަ ރޯސް ވޯޓަރފުޅި ބޮލަށް އެޅީމާ އެނގޭނެ.

މާދަމާ ރައްޔިތުންގެ މަޖިލީހަށް ދާއިރު އަޅުގަނޑުމެންނަށް ފުލުހުންވެސް ސިފައިންވެސް ހުރަސް ނޭޅުމަށް ގޮވާލަން. ހުރަސްއަޅައިފިނަމަ އެއީ ރައީސަށް ރައީސް އޮފީހަށް ވަނުމަށާއި ފަނޑިޔާރުން ކޯޓަށް ވަނުމަށް ހުރަސްއެޅުން

އަޅުގަނޑުމެން މިއުޅެނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ކަމެއްކޮށް ބިރުގަންނަވާކަށް ނޫން. ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ކުރާކަށް ނެތިން.

މިއަދު މަޖިލީހުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ވަޒީރުންނާއި ނައިބު ރައީސުންނާއެކު ދައުލަތެއް ހެދޭވަރުވޭ.

އަވަހަށް ރައްޔިތުންނަށްޓަކައި ދެންތިބި މީހުންވެސް އަވަހަށް ރައްޔިތުންގެ ފަޅިއަށް އަރުއްވާ. އަވަހަށް ވަޑައިގަންނަވާ.

23 ޖުލައި 2017 | އާދީއްތަ 23:52
Writer Profile Picture
އަހުމަދު މުހުސިނު
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް

ރައީސް ޔާމީނަކީ އެމަނިކުފާނު ބޭނުން ނުވާ ގޮތަކަށް ކަންކުރާ ނުވަތަ އެއްޗެއް ބުނާ މިހާއަށް ކަންކުރާނެ ގޮތް ހިތުގައި އޮންނަ މީހެއް. ޤާނޫން އަސާސީއެއް ޤާނޫނެއްގައި އޮންނަ ގޮތައް ބަލާ މީހެއް ނޫން.

އަނިލް ވެސް ޖެނެރަލް ޝިޔާމްވެސް ހީކޮށްގެން ނުވާނެ ޤާނޫންގެ ކުރިމައްޗަށް ނުގެނެވޭނެ ކަމަށް. އަދި ގެންނާނަން. އަޅުގަނޑުމެން މިތިބީ ފަހަށް ޖެހޭކަށް ނޫން.

23 ޖުލައި 2017 | އާދީއްތަ 23:36
Writer Profile Picture
އަހުމަދު މުހުސިނު
މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު

ގޭގައި ޓީވީ ބަލަން ނުތިބެ އެންމެންވެސް މިކަމުގައި އުޅޭ ހިސާބަށް ރާއްޖޭގެ ކަންކަން ހިންގައްޖެ.

މަޖިލީހުގެ އަޣްލަބިއްޔަތު އޮތް ގޮތް މިހާރު އެވަނީ 45 މެންބަރުންނާއެކު ދައްކާފައި.

މަސީހަކީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ހުންނަ މީހެއް ނޫން. އެއީ އަޅުގަނޑުމެންނަށް ޖެހިފައިވާ ބޮޑު ހިތާމައެއް. އެއްދުވަހުން ޤާނޫން ހަދާ ނިންމާއިރު 15 މިނިޓް އެދެނީ ކޮމެޓީއަށްވެސް. ސަރުކާރުގެ ތެރެއިން އަނިޔާވެރިން އެއީ މަސީހު ކުރިކަމެއްހެން އެއީ.

މަސީހު ވަނީ ސަރުކާރުގެ ފީކުދާނަކަށް މަޖިލިސް ހަދާފައި. މަޖިލިސް ހަދާފައިވަނީ ހަމައެކަނި ރަބަރ ސްޓޭމްޕަކަށް ނޫން.

ރައްޔިތުން ނުކުންނަން  ޖެހޭ މިއީ އެވަގުތު

23 ޖުލައި 2017 | އާދީއްތަ 23:22
Writer Profile Picture
އަހުމަދު މުހުސިނު
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް

މިއަދު އަޅުގަނޑުމެން ނުކުންނަން ޖެހުނީ ރާއްޖެ އެފުށް މިފުށަށް ޖެހި އަނިޔާވެރިކަން އިސްކުރީތީ. އެހެންވެ އަދާލަތު ޕާޓީން ސަރުކާރުން ބޭރުވީ.

މިއަދު ޚިޔާލް ފާޅުކޮށްގެން ޝައިޚް އިމްރާން ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވި ގޮތައް އެހެން މީހަކަށްވެސް އެއަނިޔާ ލިބެން ނޭދޭތީ މިމަސައްކަތް މިކުރަނީ.

އަޅުގަނޑުމެން މިގޮތައް ސާބިތު ކަމާއެކު ތިބޭތީ ރައީސް ޔާމީން ބިރުފުޅުގަނޭ. ރައްޔިތުން އަޅުގަނޑުމެންނާއެކު ތިބޭތީ ރައީސް ޔާމީން ކަންބޮޑުވޭ.

މިފެންނަނީ ނޫސްވެރިން ކަތިލަމުންދާތީ. ނޫސްވެރިންނާ ދެކޮޅަށް އެދަނީ ދައުވާ ކުރަމުން ޖަލަށް ލަމުން. ޓްވީޓް ކުރުމުންވެސް އެބަހުރި ޖަލަށް ލާފައި. ބައެއް ޗެނަލްތައް ޖޫރިމަނާ ކުރާއިރު ބައެއް ޗެނަލްތަކުން ހިތުހުރި އެއްޗެއް ކިޔާއިރުވެސް ބްރޯޑްކޮމްއިން އަޅައެއް ނުލާ.

23 ޖުލައި 2017 | އާދީއްތަ 23:05
Writer Profile Picture
އަހުމަދު މުހުސިނު
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ ހުސައިން ރަޝީދު ހަސަން

1932 ގައި ޤާނޫން އަސާސީއަކަށް އަމަލް ކުރަން ފެށިއަސް މިހާރު އޮތް ޤާނޫން އަސާސީއަކީ އެންމެ ފުރިހަމަ އެންމެ ގިނަ ޙައްޤުތައް ލިބޭ ޤާނޫން އަސާސީ.

ރައްޔިތުންގެ ހިމާޔަތުގައި ބަޑި ނުކުންނަން ޖެހޭ.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ޤާނޫން އަސާސީ ތަސްދީޤް ކުރެއްވި ރައީސް މައުމޫން އެހުންނެވީ ޤާނޫން އަސާސީގެ ދިފާއުގައި ނުކުންނަވާފައި. އެމަނިކުފާނާއެކު ދެންތިއްބެވި ލީޑަރުން އެތިބީ. އެހެން ކަމުން ޤާނޫން އަސާސީގައި ބުނެފައިވާ ގޮތަށް ކަންކަން ރުކުރުވާލަން ޖެހޭ.

ރައީސް ޔާމީނަށް އެބަހީފުޅުވޭ މިޤައުމުގެ ވެރިއަކީ ތިމަން މަނިކުފާނޭ. އެކަން ކކުރުމުގެ ތެރެއިން ޤާނޫންގައި ކަނޑައެޅިފައިވާ ކަންކަން ދިމާ އިދިކޮޅަށް ކަންކުރަން ފެށީ. އޭރު އެއްޗެއް ނުބުނެ ތިބީމާ މިއަދު މިހެން ވާންޖެހެނީ. އެހެންވެ މާދަމާ ނުކުންނަންވީ. ގެތަކުގައި ނުތިއްބަވާ ނުކުންނަވަންވީ. އެއްވެ އުޅުމާއި ޚިޔާލް ފާޅުކުރުން ފަދަ ކަންކަން އެވަނީ ހުއްޓުވާފައި. އިރާދަ ކުރެއްވިއްޔާ ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ބޭރުކުރާނަން

23 ޖުލައި 2017 | އާދީއްތަ 22:53
Writer Profile Picture
އަހުމަދު މުހުސިނު
ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް

އަޅުގަނޑުމެން އމިއުޅެނީ ވަކިބަޔަކަށް ދެރަގޮތެއް ހަދާކަށް ވަކިމީހަކަށް ވެރިކަން ހޯދައިދޭކަށް ނޫން. އަޅުގަނޑުމެން މިއުޅެނީ މުޅި ރާއްޖޭގެ އެންމެނަށް ޓަކައި. ޤައުމުގެ ތަރައްޤީއަށްޓަކައި.

ޤާސިމް އިބްރާހީމަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ވަރަށް މަސައްކަތް ކުރެއްވި ބޭފުޅެއް. އަލުގަނޑު އެދިގެން ޤާސިމްގެ ތާއީދު ދެއްވީ. އަދު އެއޮންނެވީ ހޮސްޕިޓަލްގައި ވަރަސް ދެރަގޮތެއް މެދުވެރިވެފައި. ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ހެދޭނެގޮތް ނުހެދިފައި.

އިމްރާނާމެދުވެސް ކަންކަން ކުރެވިފައި ވަނީ ވަރަށް ދެރަކޮށް

ރައީސް ނަޝީދާމެދު ކަންކުރެވިފައިވަނީ ރަންގަޅަކަށް ނޫން. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެވަނީ އެކަން ޤަބޫލް ކޮށްފައި. ކުށެއް ކުރީމާ ބެލެންވާނެ. އެކަމަކު ކަންކުރަންވާނީ ޑިއު ޕްރޮސެސް އޮފް ލޯގެ ދަށުން. އެގޮތަކަށް ނޫން ރައީސް ނަޝީދާމެދު ކަން ވާންވާނެ ގޮތަކީ.

ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައކީ ރޫލް އޮފް ލޯ ނެތުން. ޤާނޫނުގެ ހުކުމް ނުހިނގުން. ރާއްޖެއަކު އެކަމެއް ނެތް. މިފެންނަނީ ޤާނޫނާ ޚިލާފަށް އަމަލް ކުރާތަން. މުއްސަސާތަކުންވެސް ބަލާލި ކޮންމެ ދިމާލަކުންވެސް ރޫލް އޮފް ލޯ އާ ޚިލާފަށް ކަންކުރާތަން.

ވެރިން ފެށެނީ ރައްޔިތުންގެ ކިބައިން. އިސްކަން ދޭން ޖެހޭނީ ރައްޔިތުންނަށް. ވެރިނަތައް ބަދަލުވާނީ. ރައްޔިތުން ތިބޭނީ ތިބޭ ގޮތަކަށް.

ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ. ރައީސުލް ޖުމްހޫރިއްޔާވެސް ޢަމަލް ކުރައްވަން ޖެހޭނީ ޤާނޫން އަސާސީއާ ޤާނޫނުގެ ތެރެއިން. އެނޫން ގޮތަކަށް އެއާ ޚިލާފަށް ކަމެއް ކުރުމުގެ ބާރެއް ރައީސުލް ޖުމްހޫރިއްޔާއަކަށް ނޯވޭ. އެކަން ޤަބޫލް ކުރަން ޖެހޭ

ޤާނޫން އަސާސީއާ ޚިލާފަށް ބައެއް ތަންތަނުން ކަންކަން ކުރަމުންދަނީ. އެއިން އެއް ފަރާތަކީ ސަލާމަތީ ޚިދުމަތްދޭ ފަރާތްތައް. އެއްވެސް މީހަކު އެމީހުންނަށް ޤާނޫން އަސާސީއާ ޚިލށފަށް އަމުރެއް ނުކުރެވޭނެ. އެބޭފުޅުން ޤާނޫނުގެ ބޭރުންދޭ އަމުރަކަށް ތަބާވެގެން ނުވާނެ. އެނޫން ގޮތެއް ކަންކަމެއް ނުކުރެވޭނެ

އަޅުގަނޑަކީ ޕީޕީއެމްގެ މެންބަރުން އެޕާޓީގެ ކޮންގރެސްއިން އެޕާޓީގެ ރައީސް ކަމަށް ހޮވި މީހާ. އެކަމަކު އަޅުގަނޑާ ދިމާލަށް އެހެން ބުނީމާ އެވެދާނެ ޝަޚްސް އޮޅުވާލީ ކަމަށް ވެދާނެ. ފާރިސްއަށް ވީ އެހެން. ފާރިސްއަކީ ޕީޕީއެމް އުފެއްދުމަށް ބޭނުންވާ ސޮއިތަކާއެކު އިލެކްޝަނަށް ދިޔައީ ފާރިސް. ޝަޚްސު އޮޅުވާލީ އެހެންބައެއް. އެއީ ޕީއޭއިން އައިސް ޕީޕީއެމްގެ ތެރޭފގައި އުޅޭ މީހުން. ޕީޕީއެމް ތާއީދާއެކު ކަންކަމަށް ހޮވިގެން އެކަން ކުރަނީ އެހެން ގޮތަކަށް.

ފާރިސް ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް. ފުރަތަމަ އޮތީ ފާރިސްގެ ހައްޔަރު ކުރަން ފުރަތަމަ ގެ ބަލާ ފާސްކުރީ. އެއީ ފާރިސް ހައްޔަރު ކުރުމަށް ކުރި ކަމެއް. އަޅުގފަނޑު އުފާ ކުރަން އެހެން ގެއަކުން ފިސްތޯލައެއް ފެނުނުހެން ފާރިސްގެ ގެއިން ޖެޓް މަތިންދާ ބޯޓެއް ނުފެނުނީތީ

އަޅުގަނޑު މިއަދު ވަރަށް ދެރަވަން. އަޅުގަނޑު ވަރަށް މަސައްކަތުން އަޅުގަނޑު ރައްޔިތުންގާތު ބުނެގެން ގެނައި ސަރުކާރުން ޤާނޫނާ ޚިލާފަށް ކަންކުރާތީ އަޅުގަނޑު ރައްޔިތުންގެ ކިބައިން މައާފަށް އެދެން. އަޅުގަނޑު ޤަބޫލް ކުރަނީ އަޅުގަނޑުގެ ސަބަބުންނޭ ރައްޔިތުންނަށް މިގޮތްވީ. މިވެރިކަން ގެނެވުނީތީ ދެރަވޭ. ހިތާމަ ކުރަން.

23 ޖުލައި 2017 | އާދީއްތަ 22:38
Writer Profile Picture
އަހުމަދު މުހުސިނު
މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހުމަދު ދީދީ

މިހާރު މިކަންކަމާ އަޅާ ނުލައްވާނެ އެއްވެސް މީހަކު ނުހުންނާނެ. ޔާމީން ކުރާ ކަންކަމަކީ އެންމެ ކުޑަކުއްޖާއިން ފެށިގެން ގޭގެ އެންމެ ދުވަސްވީ މީހާއަށްވެސް އެނގޭ ގޯސްކަން. އަނިޔާވެރިކަމާއި އަދްލު އިންސާފު ނެތްކަން އެނގޭ.

ޤާނޫން އަސާސީއަކީ ހަމައެކަނި ފޮތެއް ނޫން. ރާއްޖޭގެ ރައްޔިތަކަށް މިއަސާސީއަށް ތަބާ ނުވެ އުޅެވޭކަށް ނެތް. ޤާނޫން އަސާސީގެ 32 ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ ހުއްދައެއް ހޯދުމެއްނެތި އެއްވެ އުޅެވޭނެޔޭ. އެހެންވީމާ އެކަމެއް ނުހުއްޓުވޭނެ. އެއާ ދެކޮޅަށް އެންމެ އަކުރެއް ލިޔުނަސް އެއީ ބާތިލް އެއްޗެއް.

ރައީސް ޔާމީން މިއަދު އެންމެންގެ މައްޗަށް އަނިޔާވެރިވެއްޖެ. މަޖިލީހުގެ މެންބަރުން ކުރެއްވީ ވަރަށް ކުދަކުޑަ ކަމެއް. މިހާރު ކަންކަން ހުރި ގޮތުން ނެތޭ މަސީހުއާ އެކު މަސައްކަތް ކުރެއްވެން. އެކަމަކު އެމީހުންގެ ގޮނޑި ގެއްލުވާލަން މަސައްކަތް ފެށީ. އެހެންވެ އެމެންބަރުން ވަޑައިގަތީ ސުޕްރީމް ކޯޓަށް. އިރާދަކުރެއްވިއްޔާ އެކޯޓުން ރަނގަޅަށް ހުކުމް ކުރައްވާނެ.

މިއަދު ރައްޔިތުން އަޅާނުލައިފިނަމަ ދަރިންގެ ދަރިން މާދަމާ މާ ހާލުގައި އުޅެން ޖެހޭނެ. މާދަމާ ނުކުންނަން ޖެހެނީ އެހެންވެގެން.އިރާދަކުރެއްވިއްޔާ މިއަންނަ މިނިވަން ދުވަސް ހަޤީގީ މިނިވަން ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ

23 ޖުލައި 2017 | އާދީއްތަ 22:19
Writer Profile Picture
އަހުމަދު މުހުސިނު
އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު

ޤާނޫނަކީ އދްލު އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭ އެއްޗެއް ނޫން. އެއީ އެންމެނަށް ހަމަހަމަވާން ޖެހޭ އެއްޗެއް. ރައީސް ޔާމީން އަޑުފުޅަށް ބާރުލައްވާފައި ހަމަހަމަކަމާއެކު ޤާނޫން ތަންފީޒް ކުރައްވާނެ ކަމަށް ވިދާޅުވެފައި ފެންނަނީ އެމަނިކުފާނާ ދެކޮޅަށް ބަހެއް ބުނާ މީހުންނާ ދެކޮޅަށް

އަޅުގަނޑުމެންނާ އެކު ވަރަށް ގިނަ ބޭފުޅުން ފެންނަ މަސައްކަތް ކުރައްވާއިރު ބައެއް ފަރާތްތަކުން ދަނީ ޤާނޫނާ ޚިލާފަށް ކަންކުރަމުން. އެގޮތުން. އެގޮތުން ބައެއް ފުލުހުން ފާހަގަ ކޮށްލެވޭ.

ޤާނޫން އަސާސީގެ ދަށުން ޤާނޫން ތަކާއި ޤަވާއިދުތައް ހެދެން ޖެހެނީ ހުކުމްތައް ނެރެވެން ޖެހެނީ. އެކަމަކު ވަކިބަޔަކު ވަކި މީހަކު ބޭނުންވާ ގޮތައް ކަންކަން ކުރަމުންދަނީ.

ރައީސް ޔާމީން ބޭނުންވާހާ ކަންކަން ކުރުވި އެންމެން މިއަދު އެވަނީ ޖަލަށް ލާފައި. އަދިވެސް އެލިސްޓް އޮތީ ކުރިއަށް. މިހާރުގެ ސިފައިންގެ ޗީފް، ޕޮލިސް ސީޕީ، ބިސާމް، ނިހާން އަދުރޭ ފަދަ ބޭފުޅުންނަށް މިހެން ވެދާނެކަމީ ޙަޤީގަތެއް. އިސްކޮށް ތިއްބެވި ބޭފުޅުންނަށް ޚާއްޞަކޮށް މިނިވަން މުއައްސަސާތަކުގެ ވެރިން ވިސްނަވަން އެބަޖެހޭ.

އަދީބަކީ މާ ބާރުގަދަ މީހެއްކަމަށް ބެލެވުނު. މިހާރު އެއޮންނެވީ ޖަލުގައި. ރައީސް ޔާމީން ވިދާޅުވީ މިކަން ނިމެނީ އަދީބާ ހަމައިންނޭ. ނިމިއްޖެތޯ. ނުނިމޭނެ. އަދި ކުރިއަށް އޮތީ. މަސީހު އިސްތިއުފާ ދެއްވާ. އިސްތިއުފާ ނުދެއްވިއަސް ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި މީހުން އިތުބާރެއް ނެތޭ ބުނީމާ އެއޮތީ ގޮނޑި ގެއްލިފައި.

23 ޖުލައި 2017 | އާދީއްތަ 22:05
Writer Profile Picture
އަހުމަދު މުހުސިނު
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

މި ފެހި ޤާނޫން އަސާސީ ހެދުމަށް ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މިންނަތް މަސައްކަތުން ރަނގަޅު ޤާނޫން އަސާސީން ލިބުނު ފޮނި މީރުކަން ރައީސް ޔާމީން ވަޑައިގެން މިކަން ނިގުޅައިގަންނަން ކުރާ މަސައްކަތައް އިހުތިޖާޖް ކުރަން. އަޅުގަނޑުމެން އެކަން ވިޔަކަ ނުދޭނަން.

ރައީސް މައުމޫން، ރައީސް ނަޝީދު، ޤާސިމް އިބްރާހީމް، ޝައިޚް އިމްރާން މިކަމަށް އެއްބައިވެ މަސައްކަތް ކުރާއިރު މިއީ ރާއްޖޭގެ ތާރީޚުގައިވެސް ވެރިކަމުގައި ހުރި މީހަކު ދުރުކުރުމަށް އެންމެ ގިނަބަޔަކު މަސައްކަތް ކުރާތަން މިފެންނަނީ މިހާރު. އެހެންވީމާ ބާރު ހުރިކަން ދައްކަވައިގެން ކަންކަން ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލަން.

ރައީސް ޔާމީންގެ މެނިފެސްޓޯތޯ ނުވަތަ އެހެން ކަމެއްތޯ މިހާރު މިކުރަނީ ބަލަން ޖެހޭ. ކޯލިޝަން ރޫޅާލާ ވެރިކަމަށް ގެނައިމީހުން އެވަނީ ބޭރުކުރައްވާފައި. އާޚިރު ނަތީޖާ މިހާރު މިދަނީ ފެންނަމުން.

އޭރުގެ ޑިފެންސް މިނިސްޓަރުން، ނައިބު ރައީސުން، އެއްބަފާ ބޭބޭފުޅު، ޤާސިމް އިބްރާހީމް، އިމްރާން، ގާތް އެކުވެރިން ، އޭރުގެ ޕީޖީ، ފަނޑިޔާރުން އެވަނީ ބޭނުންވާ ކަންކަން ނިމުނީމާ ބޭރުކޮށްލާފައި.

ނާޒިމްއާމެދު ފްރޭމްކޮށްގެން ހިންގި ޖަރީމާ މިއަދު ފާރިސް މައުމޫނާ ދެކޮޅަށް އެކަން ކުރަނީ. ފާރިސްގެ އަމިއްލަފުޅި ބޭންކް އެކައުންޓް ޗެކްފޮތް ބަލާ ހިސާބަށް ދާއިރު ޓައި އަޅައިގެންދާ ފުލުހުން ވިސްނާލަން ޖެހޭ. ފާރިސް ޖަލުގައި ބޭއްވުން އެންމެން ކުށްވެރިކުރަން. ބޮޑު ވަރިހަމައަކަށް ދޫކޮށެއް ނުލާނަން. ފަހަށް ޖެހޭކަށް ނޫން މިތިބީ. ކިތައް ރައްޔިތުންތޯ ކަސްތޮޅު އެޅުވީ. ފަހަށް ޖެހިއްޖެތޯ. އަބަދުވެސް މިކަމުގައި ދެމިތިބޭނަން

ޤާނޫން އަސާސީން ކަށަވަރުކޮށްފައިހުރި ހައްޤުތައް ހޯދަން ނިކުތީމާ ބަޔާންތައް ނެރެނީ ޤާނޫނާ ޚިލާފަށް. ކަމެއް ނުވަނީސް ކިހިނެއްތޯ ޣައިރު ޤާނޫނީވަނީ.

މަޖިލީހުގެ މެންބަރުން ގަދަ ހިތްވަރާއެކު ނުކުތުމުން ފާޑެއްގެ އަމުރެއް ނެރެގެން ގޮނޑި ގެއްލުނިއްޔޯ. ކިހިނެއްތޯ ގޮނޑި ގެއްލޭނީ. ނުގެއްލޭ. ގެއްލުނީ ޢަބްދުﷲ ޔާމީންގެ ޕަޕެޓް މަސީހުގެ ގޮނޑި. އިރާދަކުރެއްވިއްޔާ އެވަނީ އެގޮނޑި ގެއްލިފައި. މާދަމާ ނުޔކުންނަންވީ. ޤާނޫން އަސާސީގައި ބުނާ ހައްޤު ނިގުޅައެއް ނުގަނެވޭނެ. އެއީ ޣައިރު ޤާނޫނީ ކަމެއް ނޫން. އެކަން ހުއްޓުވުން އެއީ ޣައިރު ޤާނޫނީ ކަމަކީ

23 ޖުލައި 2017 | އާދީއްތަ 21:52
Writer Profile Picture
އަހުމަދު މުހުސިނު
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ރައީސް މައުމޫން ކުނޫޒަށް ވަޑައިގަންނަވައިފި

ޖަލްސާ ފަށައިފި

23 ޖުލައި 2017 | އާދީއްތަ 21:35
Writer Profile Picture
އަހުމަދު މުހުސިނު
މިރޭ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ބޭފުޅުން

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޛް ޢަލީ ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރ ހުސައިން މުހައްމަދު

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް

އަދާލަތު ޕާޓީގެ ފޮރިންގ ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ ހުސައިން ރަޝީދު ހަސަން

ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ މެންބަރ މާރިޔާ އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރ މުހައްމަދު ވަހީދު އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް

 

23 ޖުލައި 2017 | އާދީއްތަ 21:31
Writer Profile Picture
އަހުމަދު މުހުސިނު
ޖަލްސާ ފެށުމުގެ ތައްޔާރީތައް

ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ ޖަލްސާއަށް ހާޒިރުވެއްޖެއެވެ. ކުނޫޒް އެއްކޮށް ފުރިފައިވާއިރު ކުނޫޒް ބޭރުގައިވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް އެބަތިއްބެވެ. 

23 ޖުލައި 2017 | އާދީއްތަ 21:23
Writer Profile Picture
އަހުމަދު މުހުސިނު
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާ

ޖަލްސާ ބޭއްވުމަށް މިހާރު ވަނީ ތައްޔާރުވެފައި

23 ޖުލައި 2017 | އާދީއްތަ 21:21