Raajje.mv

ފަލަސުުރުޙީ

18 ޖުލައި 2017
6559
ޖުމްހޫރީ ޕަޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު

ޖުމްހޫރީ ޕަޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު

18 ޖުލައި 2017 | 17:12

އަޅުގަނޑުމެން ނޫޅެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލާކަށް: ސަމީރު

އަޅުގަނޑުމެން ނޫޅެއްނ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ަވއްޓާލާކަށް. އަޅުގަނޑުމެން މި އުޅެނީ ގޯހަށް ހިނގާ ކަންކަން އިސްލާހުކުރުމަށް. މި ކަމުގައި އެންމެފަހުކަމެއްގެ ގޮތުން ވެރިކަން ވައްޓާލަންޖެހިއްޖެނަމަ އެކަންވެސް ކުރާނަން. ނަމަވެސް އަޅުގަނޑުމެން ނޫޅެން މިހާރުގައި ވެރިކަން ވައްޓާލަކަށް.

18 ޖުލައި 2017 | 17:05

ޔާމިންއަށް ވެރިކަމަށް އާދެވުނީ ރައީސް މައުމޫނާއި ޤާސިމް އިބްރާހިމް ކޮށްދެއްވި މަސައްކަތުން

ޔާމިންއަށް ވެރިކަމަށް އާދެވުނީ ރައީސް މައުމޫނާއި ޤާސިމް އިބްރާހިމް ކޮށްދެއްވި މަސައްކަތުން. އެހެން ނޫން ނަމަ ދުވަހުކުވެސް ޔާމިން ވެރިކަމަށް ވަޑައިނުގަންނަވާނެ. އަނިޔާވެރިކަން އިސްކުރަމުން މިދަނީ އިދިކޮޅު ފަރާތްތަކުގެ އަދު ކަނޑުވާލުމަށް މަސައްކަތް ކުރަމުން. އުއްމީދު ކުރި ކަމެއް ނޫން މިފެންނަނީ.

18 ޖުލައި 2017 | 17:01

މުޅި ގައުމު ވީރާވެ ހިނގައްޖެ

އަދުލު އިންސާފު ލިބުނީމާއި އެ ފަނޑިޔާރުންނަކީ ހުލްގު ހެޔޮ ބައެއްކަން އެނގިވަޑައިގަންވަން ޖެހޭ. ޤާނޫނު އަސާސީ އިސްލާޙް ކުރި މީހުން މިއަދު ދުނިޔޭގައި އެބަތިބި. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބޯމަތިވެފައިވާއިރު އެކަމަށް ބާރު ފޯރުވާނެ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ.

18 ޖުލައި 2017 | 16:55

ރައްޔިތުންގެ ލޯތްބެއް ނެތް މިސަރުކާރަކަށް

ރައްޔިތުންގެ ލޯތްބެއް ނެތް މިސަރުކާރަކަށް. ރައީސް ޔާމިން އެހުންނެވީ ކިނިކަންޔާ. ފާރިސްގެ ބަލައި ފާސްކޮށްފައިވާއިރު ފެނުނު ހަމަ އެކައްޗެއްވެސް ނެތް. އެހެންނަމަވެސް ފެނިގެން ދިޔައީ ފާރިސް މައުމޫނު ހައްޔަރުކުރެއްވިތަން. މިކަމުންވެސް ރައީސް ޔާމިންއަށް އެއްވެސް ޗޮއިސްއެއް ނެތް.

18 ޖުލައި 2017 | 16:45

ސަމީރު

ޤާސިމްއަކީ ބަންދެއްގައި ހުރި މީހެއް ނޫން. އެމަނިކުފާނަށް އާންމު ފަރުދުންނެކޭ އެއްގޮތަށް ދަތުރުކުރައްވަން މަސައްކަތް ކުރެއްވީ. އިންސާނިއްތާއި ހިލާފަށް ކަންތައް މިކުރަނީ. ރައީސް ޔާމިން އަމުރު ކުރެއްވީމަ އެގޮތަށް ކަންތައް ވެގެންމިދަނީ. މިއީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫން.

އައިސީޔޫގައި އޮތުން ފިޔަވައި އިތުރު ފަރުވާއެއް ދެވެން ނެތް.

18 ޖުލައި 2017 | 16:41

ފަލަސުުރުޙީ

މިރޭގެ ފަލަސުރުޚީގައި ޖުމްހޫރީ ޕަޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ބައިވެރިވެވޑައިގަންނަވާ