Raajje.mv

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބާއްވާ ޖަލްސާ

10 ޖުލައި 2017
6446
ކުނޫޒުގައި ބާއްވާ ޖަލްސާ

ކުނޫޒުގައި ބާއްވާ ޖަލްސާ

17 ޖުލައި 2017 | 17:54

އަހްމަދު މަޙްލޫފު

ޖަލަށްވެސް ލެވިދާނެ އޭ އެހެންނަމަވެސް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. މިމަސައްކަތުގައި ކެރިގެން އަނިޔާވެރި ވެރިކަން ބަދަލު ކުރުމަށް ކެރިގެން ހުންނާނަން. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ މެމްބަރުންގެ ގޮނޑި ގެއްލޭގޮތް. މިހެން އޮތްވާ ކުއްލިއަކަށް ސުޕްރީކޯޓުން ނިންމީ ގޮނޑި ގެއްލޭނެ ކަމަށް. މިއީ ބޮޑު ޖޯކެއް. ޤާބޫލުކުރަން ސިޔާސީ ޕާޓީތައް ބަދަލު ކުރުމަކީ މައްސަލައެއް ކަމަށް ޤާބޫލުކުރަން. އެހެން ނަމަވެސް އެއްވެސް މައްސަލެއް ނެތި ޕާޓީ ބަދަލު ކުރުމަކީ ކަންބޮޑުވާ ކަމެއް.

އަނިޔާވެރިކަން އިންތިހާއަށް ގޮސްފި. ނާޒިމް ފްރޭމް ކުރުވުނު ކަން. ރައީސް ޔާމިންއާއި ސުވާލުކޮށްލަން ބޭނުން ފެންފޯއް ރުއްތައް ކަނޑާލަން ނުބުއްނުވަންތޯ؟

ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް މިއަދު މިއޮތީ. ސިޔާސީ ޕާޓީއަކުން މެމްބަރަކު އަނެއް ޕާޓީއަށް ބަދަލުވުމުގެ ހާލަތްތަކެއް އަތުވެދާނެ. އެހެން ނަމަވެސް ދައުރެއްގެ މެދު ތެރެއިން މިގޮތަށް ގޮނޑި ގެއްލޭ ގޮތަކަށް ނުނިންމޭނެ. ސުޕްރީމް ކޯޓަށް ދަންނަވާލަން ބޭނުންވަނީ ގޯސްކޮށް ހުކުމް ކުރާ ނަމަ ފާޑުވެސް ކިޔާނަން.

17 ޖުލައި 2017 | 17:18

ހަސަން އަޙްމަދު

އަދީބު ބޭސްފަރުވާއަށް ނުފޮނުވާ ރައީސް ޔާމިން ކޮންކަމެއްތޯ އެކުރައްވަނީ. ސަރުކާރުގެ މިނިސްޓަރުން ވިދާޅުވަނީ އަދީބު ހައްދަވަނީ ދޮގު ކަމަށް. އެކަމަކު އެއިރު އަދީބުގެ އެންމެ ގާތް ބޭފުޅެއް ކަމަށް ދެކެވަޑައިގެން އެބޭފުޅުން އޭރު ދެއްކެވި ވާހަކަވެސް ހަނދާން އެބަހުރި.

17 ޖުލައި 2017 | 16:59

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބާއްވާ ޖަލްސާ

އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް މ. ކުނޫޒުގައި ބާއްވާ ޖަލްސާ ފެށިގެން ކުރިއަށް އެބަދޭ