ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

  • ނ މަނަދޫގައި ބާއްވާ ޖަލްސާ
  • ގައްދޫ ޖަލްސާ
  • ނ މަނަދޫގައި ބާއްވާ ޖަލްސާ
 
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫގައި ބާއްވާ ޖަލްސާ

އިބްރާހީމް ފާއިޒް

ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނަށް ގޮވާލަން 24 ވަނަ ދުވަހު ވޯޓްލާން ގޮވާލަން. އެދުވަހު ނިންމާ ގޮތަކުން ސިޔާސީ ހަޔާތް ކަފުން ކުރަން ޖެހިދާނެ އަދި ދެވަނަ ދައުރަކަށް ހޮވަންވެސް ޖެހިދާނެ.

މި އަތޮޅުގެ ދާއިރާތަކުގެ މެންބަރުން 24 ވަނަ ދުވަހު މަސީހު ބޭރުކުރަން ވޯޓުލައިގެން ގޮނޑި ގެއްލިއްޖިއްޔާ އަޅުގަނޑުމެން ނުކުމެ ހޯދައިދޭނަން.

އެމްޑީޕީގައި ހުރެގެން ކޯޓު ހަދަން އުޅެ އެކަން ނުވީމާ ޕީޕީއެމް ތެރެއަށް ވައްދާފައިވާ ރީކޯ މޫސަ ލައްވާ 24 ވަނަ ދުވަހު ނެރޭ އަމުރުން މަސީހު ބޭރުކުރާނަން

15 ޖުލައި 2017 | ހޮނިހިރު 23:26
Writer Profile Picture
ރިޒްނާ ޒަރީރު
ގައްދޫ ޖަލްސާ

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އަލީ ނިޒާރު

 

ޤާނޫނު ލިޔަން ނުޖެހޭ ބަޔަކު ޤާނޫނުތައް ހަދައި އެޔަށް އަމަލުކުރަން އެބަޖެހޭ. މިދަރަޖައަށް ރާއްޖެ އަންނަން ޖެހުނު ސަބަބާއި ދޭތެރޭ ވިސްނާލަން ޖެހޭ. ޤާނޫނު ލިޔަން ނުޖެހޭ ބަޔަކު ލިޔެ އެޤާނޫނަށް އަމަލުކުރަން ޖެހޭ ހިސާބަށް މޮއޮތީ އައިސްފައި.

ފެހި ޤާނޫނު އަސާސީގައި 60 ހައްގު ރައްޔިތުންނަށް ކަށަވަރު ކުރޭ. ހުދުމުހުތާރު ވެރިއަކު އެގޮތަށް ވިސްނައިފި ނަމަ އެކަމުގެ ނާޖާއިޒު ފާއިދާ ނަގަމުން މިދަނީ. ޔާމިން އައީ ރާއްޖޭގެ ވެރިކަމަށް އައުމަށް އެއްވެސް މީހަކު ދެކެން ބޭނުންވި ބޭފުޅެއް ނޫން. ފުރަތަމަ ބުރުން މަދު ވޯޓު ކޮޅެއް.މަކަރުވެރި ވިސްނުމާއި އެކީ ވެރިކަމަށް ވަޑައިގެންނެވީ.

ޤާނޫނު އަސާސީއަށް އިސްލާޙްތަކެއް ގެންނަން ޖެހޭ. ފަނޑިޔާރުންނަށް އާދަޔާ ހިލާފު ބާރުތަކެއް ދިނީމައި

ފަނޑިޔާރުންނަކީ ސިޔާސީ ވިސްނުމުގައި ފަނޑިޔާރުގެއަށް ވަޑައިގެންފައިވާ ބޭފުޅެއް. ސިޔާސީ ފިކުރުގައި ފަނޑިޔާރުން ތިއްބަވާ ނަމަ އެގޮތަކަށް ހުކުމްތައް ބުރަވެގެންދާނީ. ހުދުމުތާރުކަމާއި އެކީ އަންނަ ފަރާތްތައް އިސްލާހް ގެނައުމަށް މަސައްކަތް ކުރުމަށް މަޖިލިސް މެމްބަރުން ތިބީ. އަނިޔާވެރި މާހައުލެއްގައި. ޤާނޫނު އަސާސީގެ ތެރެއިން ހުދުމުހުތާރުވެރިކަމަށް އައުމުގެ ފުރުޞަތު ނިގުޅައިގަންނަން ޖެހޭ.

15 ޖުލައި 2017 | ހޮނިހިރު 23:19
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫގައި ބާއްވާ ޖަލްސާ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސައިން ރަޝީދު

މިއިސްލާހުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ 24 ވަނަ ދުވަހު ކާމިޔާބު ކުރާނަން.

މިކަން ކުރަން ނުކުމެ މިއުޅެނީ ރައީސުލް ޖުމްހޫރިއްޔާ 3 ބާރު އެއް ބާރަކަށް ހަދަން އުޅޭތީ ތިކަން ނުކުރެވޭނެޔޭ ބުނުން

ރައްޔިތުން ވަރަށް މަސައްކަތުން 2008 ގައި އާ ޤާނޫން އަސާސީއެއް ގެނައި ރައްޔިތުންގެ ހައްގުތަކާއި އެއްބާރު އަނެއްބާރަށް ބާރު ނުފޯރުވޭގޮތައް އިންކަނޑައަޅާފައިވާ ޤާނޫން އަސާސީއެއް.

މިއީ ރައްޔިތުންގެ ވެރިކަމެއް ނޫން. މިއީ ތިން ޢަބްދުﷲގެ ވެރިކަމެއް ނޫން. ރައީސް ޔާމީންގެ ވެރިކަމެއްވެސް ނޫން. އެކަން އޮޅޭތީ މިމައްސަލަތައް ދިމާވަނީ. ގޮނޑިތަކުގައި އިށީނދެވުނީމާ މިކަން ހަނދާން ނެތުނީމާ މިއުޅެނީ. ޤާނޫން އަސާސީގައި އޮތްގޮތައް ވެރިކަން ނުކުރެވެންޏާ އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ.

ޤާނޫން އަސާސީގައިވާ މާއްދާތައް ބާތިލް ކުރުމުގެ ބާރެއް އެއްވެސް ބަޔަކަށް ނޯވޭ. ވީމާ ވައްތަރު ވައްތަރުގެ ލިޔުން ނެރެގެން ބިރުގަންނުވާ ނޫޅޭށޭ.

15 ޖުލައި 2017 | ހޮނިހިރު 23:15
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫގައި ބާއްވާ ޖަލްސާ

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް

އަޅުގަނޑުމެން 45 އެއް ހަމަކޮށްފިން. ހަމަކޮށްފައި ހުށަހެޅީމާ ވިދާޅުވީ ތިކަމެއް ނުވާނެޔޭ. ތިުއުޅެނީ އަވާމެންދުރެއްގައޭ. އެކަމަކު 24 ވަނަ ދުވަހު މަސީހު ބޭރުކޮށްލާނަން. މިކަމަށް ނުކުތީމާ މަޖިލީހުގެ ތެރެއިން ގައިގަ އަތްލާ ހިސާބަށް ދާނެ. އެކަމަކު މިތިބީ ފަހަށް ޖެހޭކަށް ނޫން. މިތިބީ މޭ ދިއްކޮށްލައިގެން.

މިމަސައްކތް ކުރަނީ ހުދުމުޚްތާރު ވެރިމީހާ ބަދަލު ކުރަން.

ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ޤާނޫން އަސާސީއާ ޚިލާފަށް ނިގުޅައިގަތީމާ ކީއްވެތޯ ސުޕްރީމް ކޯޓުން ނުބައްލަވަނީ.

މިއަދު ގޮތް ހުސްވީމާ އެވިދާޅުވަނީ ވާހަކަ ދައްކަން އަންނާށޭ. އެކަމަކު ދެން ނެތް ދެވޭކަށް. މިގޮތައްގޮސް މިކަން ނިންމާނަން.

15 ޖުލައި 2017 | ހޮނިހިރު 22:54
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫގައި ބާއްވާ ޖަލްސާ

މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދު

ޤައުމު ހެޔޮ ފާލަށް އެޅުވުމަށް ނުކުންނަން ޖެހޭނީ ރައްޔިތުން. މީގެ ކުރިންވެސް ވަނީ އެގތައް ނުކުމެގެން ކާމިޔާބުތަކެއް ލިބިގެން. ރައްޔިތުންނާސް ބަސްބުނުމާއި ޚިޔާލުފާލު ކުރުމުގެ ޙައްޤު ވނީ ލިބިފައި.

ބުރަ މަސައްކަތުން ހޯދި މިނިވަން މުއައްސަސާތައް ފުނދާލައިފި. އެކަން ކުރީ މަސީހު. އެކަމަށް ހިތްވަރު ދިނީ ރައީސް ޔާމިން. މިއަދު ޕްރިންސިޕަލުންނެއް ނެތް. ޖީސީއަށް ދައްކަން ޖެހޭތީ އެަތްއ ބަޔަކު ޖީސީގައި ބައިވެރިނުކޮށް އެތައް ކުދިންނެއް މަގުމަތިކޮށްފި

15 ޖުލައި 2017 | ހޮނިހިރު 22:44
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫ ޖަލްސާ

އިހަވަންދޫ ދާއިރާގެ މެންބަރ ކުރީގެ މެންބަރ އަހުމަދު ޢަބްދުﷲ

މިދަތުރުތަކުގެ ބޭނުމަކީ މިސަރުކާރު ނިމުމަކަށް ގެނައުމަށް. މިމަސައްކަތް ކުރަނީ ރައްޔިތުންގެ ގެ ގެ ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް. މިއުޅެނީ އެމަޖިލީހުގެ ރައީސް މަސީހުއާ ޒާތީ ވެގެންނެއް ނޫން. މިއުޅެނީ އިސްލާހަށް މަސައްކަތް ކުރާ މަސައްކަތައް ހުރަސްއަޅާތީ އެ ރިޔާސަތު ބަދަލުކުރަން

މިޤައުމުގައި ހިނގާދިޔަ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން އެމަޖިލީހަށް ވެއްދީމާ މަސީހު ހުރަސްއެޅީތީ އެކަން ކުރެވޭނެ ގޮތް ހަދަން މިއުޅެނީ. 45 އެއް ނޫން 60 އަށް އަރުވާ މިރާއްޖޭގެ ރިޔާސަތުވެސް ބަދަލު ކުރާނަން.

ރައްޔިތުންގެ ޚަޒާނާއިން ވަގަށް ނެގި ފައިސާ މިއެންމެން ބަންދުކޮށްގެން ގެނެސް ޚަޒާނާއަށް ލާނަން. ވައްކަން ކޮށްފައެއް ނުތިބެވޭނެ. މިކަން ނުބަލައެއް ނުތިބޭނަން.

ލާރި ނެގިކަން ނޭނގެންޏާ ގޭގައި އޮވޭ. ހޯދާފައި ދައްކާނަން. މިކަންކަން ބަލަން ފެށީމާ މަޖިލިސް ހިސޯރުކޮށްގެންގެން ތިއްބަކަ ނުދޭނަން. 24 ވަނަ ދުވަހު މިކްނ ކާމިޔާބު ކުރާނަން. ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް މިސަރުކާރު ބަދަލުކުރާނަން.

15 ޖުލައި 2017 | ހޮނިހިރު 22:35
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން

 

ހުރިހާ ޒަމާނެއްގައިވެސް އަޑު އިވެނީ ގަޑު ބަޑުގެ ވާހަކަ. ކުރީގެ ގަޑުބަޑުތަކުގެ ވާހަކަތަކުގައި ވީނުވީއެއް ނޭނގުނު. އޭރު ކަންތައް މިހެން ދިމާވީ ވަކި ގޮތަކަށް ލިޔެވިފައި ނެތުމުން. ތަފާތު ހިޔާލުގެ މީހުން އުޅޭނެ. ތަފާތަކީ ސިޔާސީ ފިކުރު ނޫން އެއްޗަކަށް ވެގެން ނުވާނެ.

15 ޖުލައި 2017 | ހޮނިހިރު 22:21
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫގައި ބާއްވާ ޖަލްސާ

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން

ކަރުދާސް ގަނޑެއްގައި މީހަކު ހިތައް އެރިހާ އެއްޗެއް ލިޔުމަކުން އެއީ ހުކުމަކަށް ނުވާނެ. ހުކުމަކަށް ވަނީ ޤާނޫން އަސާސީގައިވާ ގޮތައް ފަނޑިޔާރުންގެ ޤާނޫންގައިވާ ގޮތައް ލިޔުނީމާ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނޭ ގޮތް ޤާނޫން އަސާސީގައި އޮއްވާ އެނޫން ސަބަބުތަކެއް ކަނޑައެއް ނޭޅޭނެ. ސުޕްރީމް ކޯޓކަށްވެސް އެކަމެއް ނުކުރެވޭނެ. އެބުނާ އެންޓި ޑިފެކްޝަން ޤާނޫނެއް ހަދައިގެން ގޮނޑި ގެއްލޭނެ ކަމަކަށް ނުބުނެވޭނެ ޤާނޫން އަސާސީއަށް ބަދަލު ނުގެނެހެއް.

ވެގެން މިއުޅޭ ގޮތަކީ ރައީސް ޔާމީންގެ ވެރިކަން މިވަނީ ނިމިފައި. މަޖިލިސް ވަނީ ބޭރުކުރެވިފައި. މިހާރު ހުރީ އިޖުރާއީގޮތުން ނިންމާލަން ޖެހޭ ކަންކަން ނިންމާލުން އިރާދަކުރެއްވިއްޔާ 24 ވަނަ ދުވަހު އެކަން ކާމިޔާބުކަމާއެކު ކުރާނަން.

ރައްޔިތުން ކޮށްދޭންވި ކަމަކީ ޕީޕީއެމުން ނިކުމެ މިކަމަށް ޤައުމަށްޓަކައި ނުކުންނެވި މެންބަރުންނަށް ހިތްވަރު ދެއްވުން. މި ދާއިރާގެ މެންބަރަކީވެސް އިސްލާހީ މަސައްކަތައް އެއްބާރުލުން ދޭން ބޭނުންވާ ބޭފުޅެއް. ކުޑަދޮށުގައި ދައްކަވާ ވާހަކައިން އެކަން އެނގޭ.

މީހަކަށް 10 ފަހަރު ގުޅައި ނުވަތަ 10 ޓެކްސްޓް މެސެޖެއް ފޮނުވުމުން އެކަމާ ވިސްނަން ފަށާނެ.

މިކުރަނީކީ ފަސޭހަ މަސައްކަތެއް ނޫން. މިނިވަންކަން ހޯދުމަށް މަސައްކަތް ކުރުމަކީ ތުރާތަކާއި ގިލަން ވެރިކަމާ ދިމާވާނެ ކަމެއް. އެކަމަކު ހައްޔަރުކުރިއަސް މިކަން ނުކޮށް ތިބެވޭކަށް ނެތް .

ސުޕްރީމް ކޯޓުން އެކުރި ހުކުމާއެކު ރައްޔިތުންނަށް ޔަޤީންވެއްޖެ ޖުޑިޝަރީއަށް ބޮޑެތި އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން.

15 ޖުލައި 2017 | ހޮނިހިރު 22:19
Writer Profile Picture
ރިޒްނާ ޒަރީރު
ގައްދޫ ޖަލްސާ

ެންވޭރު އުތުރުދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

 

ދައުލަތަށް އިހްލާސްޔތެރިވާ ބައެއް ގައްދޫ ރައްޔިތުންނަކީ . ސުޕްރީމް ކޯޓުގެ ތެރެއިންވެސް ފެނިގެން ދިޔުމަށް. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އިޙްލާސްތެރިކަން ދެއްކުމަށް.

ރާއްޖޭގެ ކުޑަކުދިން ބޭނުމެއް ނުވޭ މިރާއްޖެއަކީ ސީރިއާއަށްވުރެ. މިފަދަ ގައުމުގެ ތަކުގެ ތެރޭގައި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުތައް ހަމަނުޖެހުމަކަށް ގޮސްފައިވަނީ.

ރާއްޖޭގެ ހާލާތު މިއަދު މިހިސާބަށް ގޮސްފައިވަނީ ދޮގާއި މަކަރާއި ހީލަތުގެ މިންވަރު ބޮޑުވެގެން ކަމަށް. ސިއްހީ ގޮތުން ފަރުވާގެ ކަންތައް މިވަނީ މީގެ ދިހަ އަހަރު ފަހަތަށް ގޮސްފައި. 26.7 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓު ހުސްވެއްޖެ.

ބެޔަސް ނުބެޔަސް 10000 ރުފިޔާ ދަނޑުވެރިންނަށް ދޭން ބުނި 8000 ރުފިޔާ ކޮބައިތޯ؟

އެތައް ރައްޔިތުން ފަގީރުވެ ދަނީ . ކޮބައިތޯ ވަޒީރު. 94،000 ވަޒީފާ އުފައްދަން ބުނި އިރު ދޮގާއި މަކަރާއި ހީލަތް ހަދަމުން ދަނީ. ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުން އެތަންތަނުން ކަނޑަމުން ދަނީ.

 ސިޔާސި ވަޒީފާ ވަނީ އިންތިހާއަށް ގޮސްފައި. ރައްޔިތުންނަށް ތެޔޮ ބޯން ދިނުމަށް ކުރާ މަސައްކަތް މިސަރުކަރުން ހުއްޓައެއް ނުލާ.

ފަންސާސް ރޯހައުސްގެ ތެރޭގައި އެއްވެސް މީހަކަށް އެފްލެޓެއް ނުލިބޭ. ކަރަންޓްއިން އަގު ހެޔޮކުރީ،

މިހުރިހާ ޖަރީމާއެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް، ސަރުކާރުން ރައްޔިތުންނަށް އެއްވެސް އޯގާތެރިކަމެއް މެތްކަން އެނގުމުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ރައްޔިތުންގެ ފަޅިއަށް އެރީ. އެއްވެސް ހަމައެއް ލަމައެއް ނެތި ކަންތައް ކުރަމުންދާއިރު. ތާއީދު ކުރައްވަން ނެރުނަސް އަލުން ވައްދާނަން.

ގައުމީ ރާޅު މިއޮތީ ވާނެ އެއްޗެއް ވެފައި. މިސަރުކާރު ދެނެއް ނޯންނާނެ.

15 ޖުލައި 2017 | ހޮނިހިރު 22:10
Writer Profile Picture
އަހުމަދު މުހުސިނު
ނ މަނަދޫގައި ބާއްވާ ޖަލްސާ

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް

މިކުރިމަތިލަނީ ވަރަށް މުހިއްމު ވަގުތަކާ. މިފެށެނީ ވަރަށް މުހިއްމު ހަފްތާއެއް. މިކުރިމތިލަނީ ބަރުލަމާނީ ހަޔާތުގައި މުހިއްމު ުވަހަކާ. އިސްލާހީ މަސައްކަތައް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ އެދުވަހު. މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތައް އެހީތެރިވާން ޖެހޭ. އެންމެ ރަނގަޅު ގޮތަކީ މާލެ ވަޑައިގެން މަޖިލިސް ދޮށުގައި ތިބުން.

އެކަމަށް މަސައްކަތް ކުރަން ޖެހޭ ވަރަށް ގިނަ ސަބަބު އެބަހުރި. އެއްވެސް މީހަކަށް ޤާނޫން އަސާސީއާ ދެކޮޅަށް މަސައްކަތެއް ނުކުރެވޭނެ.

ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކަށް ހީވި ރައީސް ޔާމީންއަކީ އާދަޔާ ޚިލާފް ބާރެއް ލިބިފައިވާ ކަމަށް. އެކަމަކު އެއްވެސް އިންސާނަކީ މާބޮޑު ބާރެއް ލިބިފައިވާ މީހެއް ނޫން

ކުރިން މަނަދޫއަކީ އިސްލާހަށް އެހާބޮޑު ކާމިޔާބެއް ލިބުނު ރަށެއް ނޫން. އެކަމަކު ކައުންސިލް އިންތިޚާބުގައި އެބުނީ ބޮޑު ތާއީދެއް އޮތްކަން.

މަޖިލީހާ ސަރުކާރުން އަޅުގަނޑުމެންނާ ދެކޮޅަށް ކުރި މަސައްކަތް އެވަނީ ފެއިލްކޮށްފައި. އިރާދަކުރެއްވިއްޔާ މިކަމަށް ހުރަސްއަޅާ ބާރުވެސް ފެއިލް ކޮށްލާނަން.

މަޖިލިސް ބޭރުކުރުމށް ަފހު އިސްލާހީ އެޖެންޑާގެ މަސައްކަތް އަދި އެފެށުނީ. އޭގެ އެންމެބޮޑު ބާރަކީ ރައްޔިތުންގެ އަތުން އަތުލައިގެންފައިވާ ބާރު އަނބުރާ ހޯދައިދިނުން. އެކަމަށް އެހީތެރިވުމަށް ދެވެން އޮތް ގޮތަކަށް މިމަހުގެ 24 ވަނަ ދުވަހަށް މާލެ އަރުއްވާ

15 ޖުލައި 2017 | ހޮނިހިރު 22:07
Writer Profile Picture
މުހަންމަދު ވިސާމް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ޖަލްސާ ބާއްވަނީ ނ. އަތޮޅު މަނަދޫ، ގދ ގައްދޫގައެވެ.

15 ޖުލައި 2017 | ހޮނިހިރު 21:23