ގުގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

  • ތިނަދޫ ޖަލްސާ
  • ބ ތުޅާދޫ
  • ތިނަދޫ ޖަލްސާ
 
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

އަލީ ނިޒާރު

ރައީސް ޔާމިންގެ ވެރިކަން ނިމިއްޖެ. ވެރިކަން ގެންނަނީ ރައްޔިތުން އެރައްޔިތުން އެވެރިކަން ނިންމާނީވެސް. ރައްޔިތުން ބުނަނީ ނޫނެކޭ. ސުޕްރީމް ކޯތުގެ ފަނޑިޔާރުގެ އެހީ ހޯދާކަށް ނުޖެހޭނެ. ޤަނޫނު އަސާސީގައި ބަޔާންކޮސްފައި އެބައޮތް. ލޯބި ހޯދުމަށް މަސައްކަތް ކުރެއްވިދާނެ. މެމްބަރުންނަށް އަނިޔާވެރިވުމަކީ ރައްޔިތުންނަށް އަނިޔާވެރިވުން. މުލި ރާއްޖެ އޮތީ ރައީސް ޔާމިންއާއި ދެކޮޅަށް. ވެރިކަން ކުރުމުގެ ބޭނުމެއް ނެތް ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށްވާނަމަ. ރައީސް ޔާމިންއަކީ ފެހި ޤާނޫނުއަސާސީއަށް ދިމާވި އެންމެ ބޮޑު މުސީބާއި. އަނިޔާވެރިވާ ހިސާބަށް ދިޔުމުން މިވާހަކަ ދައްކަން ޖެހޭ. 2018 ވަނަ އަހަރު ރައީސް ޔާމިން ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ މެނިފެސްޓޯއެއް ނެތް. ބއްރުތަކުގެ ތަރައްޤީ ގެނައުމުގެ ވިސްނުމުގައި ކަންތައް ކުރެއްވީ ރައީސް ނަޝީގެ ވެރިކަމުގައި. ރައީސް ޔާމިންއަކީ ލާމަރުކަޒީ ނިޒާމާއި މުޅިން އިދިކީލަ ބޭފުޅެއް.

14 ޖުލައި 2017 | ހުކުރު 23:38
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިން

ހައްޤުގަޮތުގައި މަސައްކަތް ކުރާނަމަ ކާމިޔާބު ވާނެކަން މިފެނުނީ. ރައީސް ޔާމީން ހުވަފެނުގައިވެސް ނުފެންނާނެ ކަމެއް މިފެނުނީ.

އެކަމަކު ވަރަށް ބޮޑު ރިސްކެއް ނަންގަވާފައި ވަޑައިގެންނެވި ޕީޕީއެމް މެންބަރުންނަށް ޝުކުރު ދަންނަވަން.

މިނިވަންކަން ހޯދުމަކީ ދަތިތަކެއް ލިބޭނޭ ދުވަހެއް. 26 ޖުލައިގާ މިނިވަންކަން ލިބުނަސް ހަޤީގީ މިނިވަންކަމެއްނެތް. ދެވަނަ މިނިވަންކަން ހޯދުމަށް 24 ވަނަ ދުވަހު ހޯދަން ބައިވެރިވާން މާލެ އަންނަން ޖެހޭ. ގޭގައި ތިބެގެންވެސް ދެވަނަ ދުވަހެއް ހޯދުމަށް ކުރެވޭނެ ކަންކަން ހުންނާނެ.

ފާއިތުވެދިޔަ ތިންދުވަހުގެ ތެރޭގައި ރައީސް ޔާމީންއަކީ ކާކުކަން އެނގިގެން ހިނގައްޖެ. މާމަތިވެރި މީހަކަށް އެދިގެން މަޖިލިސް މެންބަރުންނަށް ދެން ދެއްކޭނެ ބިރެއް ނޯންނާނެ.

ފަނޑިޔާރުގެއަށް ފަނޑިޔާރުންނަށް ކަރާމާތް ލިބެނީ އެކަރުދާހުގައި ޤާނޫން އަސާސީގައި އޮތްގޮތައް ލިޔާ އެއްޗަކުން. އިއްޔެ ފެނިގެން ދިޔައީ ޤާނޫން އަސާސީގައި ބުނެފައިވާ ގޮތާ ޚިލާފަށް ލިޔެގެން ނެރުނުތަން. އެކަމުން ދޭހަވީ ސުޕްރީމް ކޯޓަކީ ރައީސް ޔާމީންގެ މުށުތެރޭގައި އޮތް އެއްޗެއްކަން.

މަސީހު އަޅުގަނޑަށް އެނގޭ 45 ސޮއިކޮށްފައި ލީމާ މަނިކުފާނުވެސް ބޭނުންވިކަން އިސްތިުފާ ދެއްވަންކަން. އެކަމަކު މިހާރު ތިޔަ ހުންނެވީ އަލުވެތިވެފައި. އެކަމަކު ރައީސް ޔާމީން އަކީ ދަނޑެއްގައި ކާޅުފައްސަން ހުންނަވަރުގެ މީހެއް. އަޅުގަނދުމެންނަށް އުފާވެރިކަމުގެ ދުވަސް އެބަ އާދޭ. އެދުވަހަކީ މަޖިލިސް މިނިވަންކޮށް ނިންމާ މިމަހުގެ 24 ވަނަ ދުވަސް.

14 ޖުލައި 2017 | ހުކުރު 23:36
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

ޝެޑޯ ކެބިނެޓް މިނިސްޓަރ އަމީރު

މަސީހުގެ އިތުބާރުގެ މައްސަލައާއި އެކީ ފެނިގެންދާނެ ކަންތައް ބަދަލުވެގެންދާނެ. މިނިސްޓަރުން ދަނީ ރައްޔިތުންނަށް ޖޯކު ޖަހަމުން. ސުޕްރީމް ކޯޓުގެ ހުކުމަކީ ފިތުރަތުގެ އުސޫލާއިވެސް ހިލާފް ކަމެއް. އިންސާނުންނަށް ވީތީ އަޅުވެތިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ބައެއް. ޕާޓީ ބަދަލު ކުރުންތޯ ނުވަތަ ކޮރަޕްޝަން އޮތުމުން ތޯ މައްސަލައަކަށްވީ. ޕާޓީ ބަދަލު ކުރުމުން ކޮރަޕްޝަން ހިންގާފައިވޭތޯ ބަލަންޖެހޭ.  މިހުކުގެ ސަބަބުން އޭސީސީގެ މަސްއޫލިއްޔަތުތައް ދިޔައީ. ޖަލުގެ ކުޑަ ގޮޅީގައި އޮންނަން ޖެހުނަސް އިންސާނެއްގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖަހާނަން. މާލިއްޔަށް އެންމެ ބޮޑު ވެރިކަމުގެ އެންމެ ފަހު ކާޑު ރައީސް ޔާމިން ކުޅުއްވަމުން ދަނީ

14 ޖުލައި 2017 | ހުކުރު 23:28
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު

މިއަދު އޮތް ވެރިކަމަކީ ރައްޔިތުންނަށް ޖެހިފައިވާ ވަރަށްބޮޑު ގިލަން ވެރިކަމެއް. އެހެންވެ ރައްޔިތުން އެންމެ ތާއީދުކުރާ ލީޑަރުން ގުޅިގެން މަސައްކަތް ކުރަން އެފެށީ. އެއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް މަޖިލީހުން ލިބުނު 45އެއް.

މަޖިލީހުން 45 އެއް ނުކުތުން އެއީ ވަރށް ބޮޑު ކަމެއް. އެބޭފުޅުންގެ ގޮނޑި ގެއްލުނަ ނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން. 24 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން މަޖިލިސް ދޮށަށްގޮސް އެމެންބަރުންނަށް ހިތްވަރު ދޭނަން.

45 އެއް ހަމަވީމާ މިވަޑައިގަތީ ވައްކަމެއް ކުރުމަށް ކޯޓަށް. ހަމަ ޕީޕީއެމް އަތުލައިގެން ގޮތައް. މިއީ ދަރުބާރު ފެކްޝަނެއްވެސް ނޫން ގަދަބާރު ފެކްޝަން.

އެފެކްޝަނަށް ތައްޔާރުނުވެވިގެން ލޯކަލްކއުންސިލް އިންތިޚާބު ފަސްކުރީ. ހަމަ އެގޮތައް މިފަހަރުވެސް ކޯޓަށް ވަޑައިގަތީ. ކޮންމެ ގޮތަކަށް އެތަނުން އެއްޗެއް ނެރުނަސް ރައްޔިތުން ޤަބޫލެއް ނުކުރޭ.

ރާއްޖޭގެ ތާރީޚުގައި ކުދިން ބައިވެރި ނުކުރާވަރަށް ކުދިން ބާކީކޮށްފައި ނަތީޖާ ނެރުނު އަހަރެއް މިއީ. އެކުދިން ބާކީކޮށްފައި މޮޅުކުދިން ލައްވާ ނަތީޖާނެރެގެން އެއްވަނަ މި ހޯދީ.

އިކޮނޮމިސްޓެކޭ ކިޔައިގެން ނުވިއްކުނީމާ ބިޔަ ބޮޑު ޕްރޮޖެކްޓެކޭ ކިޔަން ފެށީ. އެވެސް ނުވިއްކި ލޯކަލް ކައުންސިލް އިނތިޚާބުން ބަލިވީ.

ސިހުރު ފަންޑިތަ ޤަބޫލް ނުކުރައްވަމޭ ވިދާޅުވާއިރު ޤުރުއާން ޤުރުއާންގައި އެބައޮތް އެކަން. ޤުރުއާން ދޮގުކުރައްވަނީތޯ.

ކީއްވެތޯ އާ ސަހަރާ ބަންދު ކޮށްގެން ގެންގުޅުނީ. ކާކުވަޅުލަފާނެތީތޯ. ކީއްވެތޯ ހަތަރު އަނގޮޅިތައް ބަންދުކޮށްގެން އުޅުނީ. ކީއްވެތޯ ފެންފޯއް ރުއްތައް ރޯމާ ދުވާލު ކަނޑާލީ.

ހައަހަރުވީ ފްލެޓްގެ އިންތިޒާރުގައި ރައްޔިތުން ތިބޭތޯ. އެކަމަކު ވެރިކަމުގެ ދައުރު ކައިރިވީމާ އެވާހަކަ ދައްކަނީ.

14 ޖުލައި 2017 | ހުކުރު 23:25
Writer Profile Picture
ރިޒްނާ ޒަރީރު
މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް - ތިނަދޫ ޖަލްސާ

ޤާނޫނު އަސާސީ ނެތި ކުރުމަކީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ނޫން. ދުސްތޫރީ މައްސަލައެއްގައި ކަންކަމުގެ ރައުޔު ނެރުން. އެއީ ގޯސް ނިންމުމެއް ނަމަ އެކަންވެސް ބަދަލު ކުރުމުގެ ބާރު އޮތީ މަޖިލިސްއަށް. މިއީ ބަހުސެއް އޮތް ކަމެއް ނޫން. ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ރައިސުން ގެންދަނީ މިކަމަށް ނޫނެކޭ ބުނަމުން. ޤާނޫނު އަސާސީ އުލު ބައިންދައިފި. އުއްތަމަ ފަނޑިޔާރަކީ އެއިރުވެސް މިހާރުވެސް ކަމުދާ ބޭފުޅެއް ނޫން. ރާއްޖެއަށް ތަރައްޤީއެއްވެސް އެހެން ކަންތައްވެސް އަދުލު އިންސާފާއި ނުލައި ކުރިއަކަށް ނުދާނެ. ދައުލަތަކީ ރައްޔިތުން ކޮންޓްރޯލް ކުރާ އެއްޗެއް. ނިޒާމުން ބޭރުން ވުދޫޖުގައި ނެތް ކަމެއް ހިފައިގެން ގޮސް ޤާނޫނު އަސާސީ އިސްލާޙް ކުރިތަން ފެނިގެން މިދިޔައީ. މިހެން ނެރޭ ކިތަންމެ ކަމަުން ރައީސް ޔާމިންއަށް ލިބޭ ނިކަމެތިމަން އިތުރުވެގެންދާނެ. ރައީސް ޔާމިން ވެރިކަމަށް އައީ އާރާއި ބާރާއި އެކީގައި.

 

14 ޖުލައި 2017 | ހުކުރު 23:12
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސައިން ރަޝީދު

ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމުން. ސަލާން ޖަހައިގެން ވެރިކަމަށް އާދެވުނީމާ އެކަން ހަނދާން ނެތޭތީ މައްސަލައަކީ. އަޅުގަނޑުމެން ދިން ވަޒީފާގެ ބަޔާނެއް ފުރިހަމަ ކުރަން އައީ.

ބައެއް މީހުން އެބަބުނޭ ވަޒީރުން ، ރައީސުން ވެރިކަމަށް އައިރު ނެތް މުއްސަނދިކަމުގައޭ އުޅެނީ. އެއީ ސައިޑް ބިޒްނަސް ކުރާތީ ދިމާވާގޮތް.

ރައީސް ކަމަށް ނަގަނީ މެނިފެސްޓޯއަކާއެކު އައިމާ. އެކަން ނުކުރީމާ އެވާހަކަ ދައްކާނެ. ބިން ވިއްކާކަށް ނޫން ގެނައީކީ. އެކަން ކުރަން އުޅެންޏާ އެކަން ދައްކާނަން.

އެމީހުން ހިއެއް ނުކުރޭ 45 ހަމަވެދާނެ ކަމަކަށް. އެމައްސަލަ ލާން ދިޔައިވެސް ހަޖޫޖެހީ. އެކަމަކު އެކަން ޔަޤީންވީމާ ނުކުމެ ރައްޔިތުންގެ ކަންކަން ކުރުމުގެ ބަދަލުގައި ވެރިކަން ދިފާއު ކުރަން.

އަޅުގަނޑުމެން މިއުޅެނީ މަނިކުފާނަށް ވެރިކަން ނުކެރެވުނީމާ މަނިކުފާނަށް އެކަން ކިޔައިދޭން. މިއުޅެނީކީ ޒާތީވެގެނެއް ނޫން. އޮޅިވަޑައިގެން ނޫޅުއްވާ

ވެރިކަން ހިންގަން ޖެހެނީ ޤާނޫން އަސާސީގައި ރައްޔިތުން ލިޔުނު ގޮތައް. މަނިކުފާނާއެކު މަސައްކަތް ކުރެއްވި ވަޒީރުން ބިލިއަނުން ކާލީމާ މަނިކުފާނަށް ނޭނގުނީމާ މަނިކުފާނު ތިޔަ މަޤާމަކަށް ކުފޫހަމައެއް ނުވޭ.

ދުނިޔޭގެ އިޤްތިސޯދު ރަނގަޅު އިރެއްގައި ރައްޔިތުން ނިކަމެތިވެ އަނގަޔާ އަތާ ދިމާނުވީމާ ދެން ގެނެސް ހުޅުމާލެއަށް ރައްޔިތުންގެންނަ ވާހަކަ ދައްކާކަށް ނޫން މަނިކުފާނު ހޮވީކީ.

ދެން މިވާހަކަތައް ދައްކަން ފެށީމާ ޤާނޫންތައް ބަދަލުކޮށްގެން ނޫސްވެރިންގެ އަނގަ ބަންދުކޮށް ރައްޔިތުން ތަޅުއަޅުވަން ފެށީމާ މަޖިލީހުގެ ރައީސް އެކަން ނުހުއްޓުވީމާ އެމަޖިލީހުގެ ރައީސްގެ ވާހަކަ ދައްކާނަން. ބޭރުވެސް ކުރާނަން. މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާއަކާ ބެހޭތަނެއް ނޫން.

މިމަހުގެ 24 ގައި ނަގާ ވޯޓް މިހާރުވެސް ކާމިޔާބު ވެއްޖެ. އެހެންވެ އެކަން ކުރިއަ ނުދޭން އުޅޭކަން މިފެންނަނީ.

45 މީހުން ނުރުހެމޭ ބުނީމާވެސް އިސްތިއުފާ ނުދޭން އެއުޅެނީ ކަދުރުރުކަށްއެރި ބުޅަލަށް ވީހެން. ނުފޭބިފަ އޭނީ. ރީތިކޮށް ބާލާނަން.

ޤާނޫން އަސާސީ އާ ޚިލފް ކޮންމެ އެއްޗެއް ބާތިލް ވާނެ. އެހެޔޮ ކޯޓަކުން ބުންޏަސް. އެހެންވީމާ އެއީ ބާތިލް އެއްޗެއް. ކޯޓަކުން ކުރާ އަމުރަކުން އަދި އަސާސީ ބާތިލެއް ނުކުރެވޭނެ.

ރާސްތާ ވަރަށް ސާފު. 24 ގައި ވަރަށް ރީތިކޮށް މަސީހު ހަމަބިމަށް ބާލުވައިދޭންނަ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް އެހެން އިންތިޚާބުތަކުގައިވެސް ޕާޓީތަކުގެ ރައްޔިތުން އެދޭ ކެނޑިޑޭޓަކު ވާދަކުރެވޭ އިންތިޚާބަކަށް ހަދާނަން

14 ޖުލައި 2017 | ހުކުރު 23:05
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނީމާދޫގައި ބާއްވާ ޖަލްސާ

މެމްބަރު ގަފޫރު : ތިލަދުންމަތީގެ ތަރައްގީއަށް އަންނާނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ގެނެސްގެން. މި ސަރުކާރުން އެކަމެއް ނުކުރާނެ. އެހެންވީމަ ބޮޑުތިލަދުންތީ އެއްކޮން ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ

 

މެމްބަރު ގަފޫރު : ހަނީމާދޫ ދާއިރާގެ މެމްބަރު ޝަހުދީ ހުންނެވީ ސާބިތު ކަމާއެކު. ގައުމަށް ބޭނުންވަނީ އެ ފަދަ ދަރިން.

 

މެމްބަރު : އަޅުގަނޑުމެންގެ ވެރިކަމެއްގައި ތިލަންދުންމަތީ ތަރައްގީ ކުރާނަނ.

 ހަނިމާދޫގައި ބޭއްވި ޖަލްސާ ނިންމާލައިފި

14 ޖުލައި 2017 | ހުކުރު 23:03
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނީމާދޫގައި ބާއްވާ ޖަލްސާ

މެމްބަރު ގަފޫރު : ތިލަދުންމަތީގެ ތަރައްގީއަށް އަންނާނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ގެނެސްގެން. މި ސަރުކާރުން އެކަމެއް ނުކުރާނެ. އެހެންވީމަ ބޮޑުތިލަދުންތީ އެއްކޮން ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ

14 ޖުލައި 2017 | ހުކުރު 22:59
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ބާއްވާ ޖަލްސާ

ކުޚުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު : ބޮޑު ތިލަންދުމަތީގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްފައި ނުވޭ. ސަރުކާރުން ކުރނީ ތަރައްގީއެއް ނޫން. ކުރަމުންދަނީ ވައްކަން.

 

މެމްބަރު ގަފޫރު : މެމްބަރުން ގެއްލުވާލިޔަސް މަސީހް އެ މަގާމުން ވަކި ކުރާނަން. އެކަމުގެ ޔަގީކަން އެބަ އޮތް

 

މެމްބަރު ގަފޫރު : ރާއްޖޭގައި މި ވަގުތު އޮތީ އަޅުވެތިކަން. އެމްޑީޕީގެ ވެރިކަމެއްގައި އެއްވެސް މީހަކު ސިޔާސީ ޕާޓީގެ ޖަލްސާއަކަށް ގޮސްގެން ވަޒީފާ ގެއްލިފައި ނޯންނާނެ.

14 ޖުލައި 2017 | ހުކުރު 22:56
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް

 

ޔާމިންގެ ވެރިކަން ހަމަ ޔަޤީންނުންވެސް ވެއްޓެނީ. ހުރިހާ އާރާއި ބާރެއް ލިބުނު ނަމަވެސް ވެރިކަން ވެއްޓޭ ހިސާބަށް މިދަނީ ރައީސް ޔާމިންއަށް ކަންތައް ކުރެވުނު ކަންތައްތަކެއް ސަބަބުން. ފަހަރަަކު ބާރެއް ފަހަރަކު މީހުކު މިދަނީ ބީވެގެން. ކާނަލް ނާޒިމް ޖަލަށް ލެއްވީ އިދިކޮޅު ފަރާްތތަކުން ބޭނުން ވެގެނެއް ނޫން. އަދީބުވެސް އެހެނެއް ނޫން ޖަލަށްލީ. ރައީސް މައުމޫނު ރައީސް ޔާމިންއަށް އޮތް ތާއީދު އަނބުރާ ގެންދެވީ އިދިކޮޅު ފަރާތްތަކުން ކުރި ކަމަކަމުން ނެއް ނޫން. އިދިކޮޅު ފަރާތްތަކުން ތިބީ ސާބިރު ކަމާއި އެކީ. މާޒީއިން އިބްރަތް ލިބިގެން މުސްތަގްބަލް ބިނާކުރަނީ. އެއްވެސް މީހަކީ ދުޝްމަނެއް ނޫން. ފިކުރު ބަދަލުވުމުން އެމީހަކު ބަލައިގަންނާނެ. ސިތާސީ ގިނަ ލީޑަރުން އިސްލާޙަށް މަސައްކަތް ކުރަން ފަށައިފި. ރައީސް ޔާމިންގެ ވެރިކަން ވެއްޓެނީ ކަމާއިމެދު ޝައްކަތެއް ނެތް. ސުޕްރީމް ކޯޓުން ޤާނޫނު އަސާސީ މުގުރާލައިފި.

14 ޖުލައި 2017 | ހުކުރު 22:53
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނީމާދޫގައި ބާއްވާ ޖަލްސާ

ކުޚުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު : ބޮޑު ތިލަންދުމަތީގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްފައި ނުވޭ. ސަރުކާރުން ކުރނީ ތަރައްގީއެއް ނޫން. ކުރަމުންދަނީ ވައްކަން.

 

މެމްބަރު ގަފޫރު : މެމްބަރުން ގެއްލުވާލިޔަސް މަސީހް އެ މަގާމުން ވަކި ކުރާނަން. އެކަމުގެ ޔަގީކަން އެބަ އޮތް

14 ޖުލައި 2017 | ހުކުރު 22:52
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

ތުޅާދޫ އެމްޑީޕީގެ މެނަބރު މުހައްމަދު އަލިމަނިކު

ޔާމީން ބޭނުން ވަނީ ރައްޔިތުން ބޮޑު ދަތީދަށުގައިލައިގެން ވެރިކަން ކުރަން. ގޭމް ޕްލޭން ބަދަލު ކޮށްފައި ވަޑައިގަތީ ކޯތަށް.

އިންތިޚާބަކުން ބަލިވެއްޖިއްޔާ އަނެއް ދުވަހު ކަރަންޓްބިލް ބޮޑުވަނީ.

ތޭންކްޔޫ މެޑަމް ތޭންކްޔޫ ރައީސް އަބަދު ގޮވާ ހިސާބަށް ދިޔައިމާ ތިވަނީ ބޮޑުތަނުން އަޅުވެތިވެފައި

ނަޒިމް ރަޝާދަށް ގޮވާލަން މިފަޅިއަށް އެރުމަށް. 24 ގައި ވޯޓު ނުދީފިނަމަ ކުޅިދައްކާލާނަން.

ރައީސް ޔާމީން ބިންވިއްކާނަމޭ ވިދާޅުވާއިރު އެކަން ކުރާކަށް ނުބަހައްޓާނަން.

މިއޮތީ ހުޅަނގު ޖޫންޖުލައި. އޮއިކޮޅަށް ދުއްވަދުއްވާ ތިއޮތީ ބަލިވެފައި. ދެން އަނބުރާ ރާއްޖެއެއް އަތެއް ނުވާނެ

14 ޖުލައި 2017 | ހުކުރު 22:45
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ބާއްވާ ޖަލްސާ

މެމްބަރު ނާޒިމް : 16 މެމްބަރުން ޖަލަށް ލިޔަސް މަސީހްގެ ވޯޓު ކާމިޔާބު ކުރާނަން. މަޖިލިސް ތެރެއިން އެ ވޯޓު ކާމިޔާބު ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އެންމެ އިންޗި އެއްވެސް ފަހަތަކަށް ނުހެހޭނަން

14 ޖުލައި 2017 | ހުކުރު 22:38
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ބާއްވާ ޖަލްސާ

ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް : ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަރަންޓްގެ އަގު އެއް މިނެއްގައި ބަހެއްޓެވި. ނަމަވެސް މިއަދ ތެލުގެ އަގު ހެޔޮވެގެން ދިޔައިރު މި ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ނުކުރޭ. ކާޑުގެ ސަޕްސިޑީ ކަނޑާލީ ހަމަ އެކަނި މި ސަރުކާރުން. އާސާސީ ތަކެތިން ނެގ ޓެކްސް ކަނޑާލީ އެމްޑީޕީން. އެހެންވީމަ ހެޔޮ ވެރިކަމަކީ ކޮބައިކަން އެނގޭ. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ރައްޔިތުންގެ ނިކަމެތިކަން ފިލުވާލަދިނުން

14 ޖުލައި 2017 | ހުކުރު 22:35
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ބާއްވާ ޖަލްސާ

ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް : ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަރަންޓްގެ އަގު އެއް މިނެއްގައި ބަހެއްޓެވި. ނަމަވެސް މިއަދ ތެލުގެ އަގު ހެޔޮވެގެން ދިޔައިރު މި ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ނުކުރޭ. ކާޑުގެ ސަޕްސިޑީ ކަނޑާލީ ހަމަ އެކަނި މި ސަރުކާރުން. އާސާސީ ތަކެތިން ނެގ ޓެކްސް ކަނޑާލީ އެމްޑީޕީން. އެހެންވީމަ ހެޔޮ ވެރިކަމަކީ ކޮބައިކަން އެނގޭ. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ރައްޔިތުންގެ ނިކަމެތިކަން ފިލުވާލަދިނުން

14 ޖުލައި 2017 | ހުކުރު 22:34
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރ ޝިދާތާ ޝަރީފް

ސަރުކާރުން އެޔަށް މިއަށް ބަލާނުލާއި ގިނަ ކަންތައްތައް ކުރަމުން މިދަނީ. ދިވެހި ހުރިހާ ރައްޔިތުންނަށް ފެންނަނީ މަރަށް ތެޅުމުންދާތަން. އަނިޔާވެރިކަން އާންމު ވެދާނެތީ އެކަމާއި މެދު އަޑު އުފުލަން. ރާއްޖޭއަށް ނުހަނު އިސްލާހީ މަސައްކަތްތައް ގެނައުމަށް. ޒަމާނީ ޑިމޮކްރަސީ ގެނަވުނީ އެކަމުގެ އެއް ހެކި. ހުވަދު އަތޮޅުން ސަރުކާރަށް ނޫނެކޭ ބުނުމަކީ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ވަރު ކަމެއް. ސުޕްރީމް ކޯޓުން މިފަދަ ހުކުމެއް ނެރެން ކެރުނީ ކީއްވެތޯ މިއީ މިއަދު ރައްޔިތުން ކުރަމުންދާ ސުވާލު. އެއީ ރައްޔިތުންގެ ލާރިން މުސާރަ ދީފައި ތިބޭ ބައެއް. ރައްޔިތުންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް ނުދެވޭ ކަމެއްވާނަމަ އެފަރާތްތަކުން ވަނީ އިސްތިއުފާދެއްވާފައި ވަޑައިގަންނަވަންޖެހޭނެ.

14 ޖުލައި 2017 | ހުކުރު 22:32
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ

45 ބިރުވެރި އަދަދަކަށް ވެއްޖެ. 45 އަކާއެކު ބަންޑާރަނައިބު ފައިލް ބޮނޑި ކިހިލިޖަހައިގެން ކޯޓަށް ވަދެއްޖެ. 45 ން މަސީހު އެއްލާލާނަން.

45 ން ރައްޔިތުންގެ މަޖިލީސް ރައްޔިތުންގެ ތަނަކަށް ހަދާނަން. އެއަދަދުން ވަޒީރުން ހިތުހުރި ގޮތަކަށް ކަންކުރުން ހުއްޓުވާނަން. މިނިވަން މުއައްސަސާތައް ރަނގަޅަށް މިނިވަން ކުރާނަން. ބައިތުލްމާލުން ކޭ ފައިސާ ހޯދާނަން. ކުޑަކަކޫ ޖައްސުވާފައި އެފައިސާ ގެނުވާނަން. އާދައިގެ އަދަދެއް ނޫން ކާލީ. މިއަދު 45 އާ އެކު ސަރުކާރުގެ ވެރިން ނިންޖެއް ނާދޭ.

މިމަހުގެ 24ވ ވަނަ ދުވަހު މެންބަރުން ކައިރިއަސޤދާން ޖެހޭ. ހޮވިރައްޔިތުންގޮސް ނަސޭހަތްދޭން ޖެހޭ. ސާބިތުކަމާއެކު ތިބެންޖެހޭނެ. އެއަދަދު 45ން 57ން 60 އަރުވާނަން. ﷲގެ ވާގިފުޅާއެކު ޤާނޫނީ އިމުގެ ތެރެއިން ވައްޓާލާނަން

ކުޑަގެއްލުމެއްތޯ އެތައް ބިލިއަނުން ކާލުން. ޤާނޫން އަސާސީން ލިބުނު ހައްޤުތައް ނިގުޅައިގަތުން. ރެއާދުވާލު ބިރުވެރިކަމުގައި ތިބުން. ކުޑަގެއްލުމެއްތޯ ރައްޔިތުންގެ އަނގޔަށް ލާން އޮތް އެތިކޮޅު އަތުލުން.

ބަންޑާރަ ކަލޭގެޔަށް އެނގެންވީ އެއްޗަކީ ބާރަކީ ރައްޔިތުންގެ އެއްޗެއްކަން. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ކުޑަވެސް ދުލެއް ނުދޭނަން. މިދަނީ ސަރުކާރު ބަލިކަށިވަމުން. މިހާރު 45 . ދެން ފެންނާނީ 60. މެންބަރުންގެ ގޮނޑި ގެއްލުވާލާނެކަމުގެ ބިރު ދައްކާނެ ކަމެއް ނެތް. އެމެންބަރުން އެތިބީ ފަހަށް ޖެހޭކަށް ނޫން.

ސަރުކާރުން ހީކުރީ ރައްޔިތުން މަޑުން ތިބޭނޭކަމަށް. އެކަމަކު ރައްޔިތުން ތިބީކީ އެގޮތަކަށް ނޫްނ. އޭގެ ނަތީޖާ ސަރުކާރު ބަލިކަށިވުން. އެއޮތީ ޤަބޫލްކޮށްަފައި ސަރުކާރު ބަލިވެއްޖެކަން.

ވެރިންނަކީ ރައްޔިތުން. ބާރުވެރިންނަކީ ރައްޔިތުން. އައްޔަން ކޮށްފައިތިބޭ ވެރިންނަކީ ރައްޔިތުންގެ ޚާދިމުން. އެހެންވީމާ އެކަން އެގޮތައް ނުކުރެވުނީމާ ގޯސްވަނީ. އެހެންވީމާ ބުނެވެނީ އިސްތިއުފާ ދޭށޭ.

ދުނިޔޭގެ އެހެންތަންތަނުގެ ވާހަކަ ދައްކާއިރު ރީތި ގޮތަކީ ރައްޔިތުންގެ އަޣްލަބިއްޔަތައްވުރެ ގިނަ މެންބަރުން އިތުބާރެއް ނެތޭ ބުނީމާ އަމިއްލައަށް އިސްތިއުފާ ދިނުން. ކިތައްމެ ވަރަކަށް އަމުރުތަކާ ބަޔާންތައް ނެރުނަސް 24 ވަނަ ދުވަހު އެނގޮނޑިން ނަގާ އެއްލާލާނަން.

ރައްޔިތުން ކަންބޮޑުވަނީ ރައްޔިތުން އަނިޔާކުރާއިރު ބޭނުންގޮތެއް ހެދުމަށް ބޭނުންހާކަމެއް ކުރުވުމަށް މަޖިލީހުގެ އެނގޮނޑީގައި އިންނެވުން. އެހެންވެ މިބުނަނީ އިސްތިއުފާދޭށޭ.

ފީތައް ބޮޑުވެ ރައްޔިތުން ނިކަމެތިވެއްޖެ. ދަރަނިވެރިވެއްޖެ މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެއްޖެ އެކަންކަމަށް ހައްލެ އހޯދައިދީ އާ އުއްމީދެއް ގެނެސްދިނުމުގެ މަސައްކަތް މިކުރަނީ. އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން. އަޅުގަނޑުމެންނަށް ލިބޭ ހިތްވަރަކީ ރައްޔިތުން އަޅުގަނޑުމެންގެ ފަހަތުގައި ތިބުން. ގޮވާލާ ކޮންމެ އިރަކަށް ނުކުންނާތީ. އިރާދަކުރެއްވިއްޔާ މިބަދަލު ގެންނާނަން.

14 ޖުލައި 2017 | ހުކުރު 22:31
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ވައިކަރަދޫގައި ބާއްވާ ޖަލްސާ

ވަކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް : އަޅުގަނޑުމެންނަށް ފެނިގެން ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރާތަން. އެއް ދުވަހުން 11000 ފޯރމް ޕީޕީއެމްއަށް ފުރިކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލި. ޕާޓީތަކަށް ފައިސާ ދޫކުރަމުންދިޔައީވެސް މަކަރު ހަދައިގެން

14 ޖުލައި 2017 | ހުކުރު 22:29
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

ހެންވޭރު އުތުެރު ދާއިރާގެ މެމްބަރު އބްދުﷲ ޝާހިދު 

 

ވެރިކަން ހިންގުމުގެ ބާރު، ރާޢްޖޭގެ އެތަން މިތަނުން ބަތަލުން އުފަންވަމުން މިއަންނަނީ.މިރަށުން އަނެއްކާވެސް ދެ ބަތަލުން އުފަންވީ. ތިނަދޫގެ ދެ މެމްބަރުން އެއްލާލިޔަސް. ސަރުކާރު މިއޮތީ އިނދަ ޖެހިފައި. ބަލިކަށިވެއްކެ. ދެތިން ބިކަ މީހުން ކލައްވާ ކަތްތިރި ޖެއްސިޔަސް ސަރުކާރު މިއަދު ބަލިވެއްޖެ. ރާޢްޖޭގެ ރައްޔިތުން ގުޅި ލާމެހިފައި. ރައްޔިތުން ބުނަކީ ސަރުކާރަށް ނޫނެކޭ.

14 ޖުލައި 2017 | ހުކުރު 22:23
Writer Profile Picture
ރިޒްނާ ޒަރީރު
ތިނަދޫ ޖަލްސާ

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ހަޑި މުޑުދާރު އަމަލެއް ހިންގީ. ރައްޔިތުންގެ ހިތް ތަކުގައި ނުތަނަވްސަތކެއް އުފެދުނު. އެހެން ނަމަވެސް ތިނަދޫއަކީ މިކަމަށް ހައްލު ގެނެވޭނެ ތަނެއް. އުއްމީދު އައު ކުރެވޭނެ ތަނެއް. ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަން ވާޏީ ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން. އެގޮތަށް ކަންތައް ނުކޮށްފިނަމަ އެއީ ބާތިލް ކަމެއް. އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު، މުސްތަގިއްލު މުއައްސަސާތަކުން ޤާނޫނު އަސާސީއަށް އަމަލު ކުރން ފެށުމާއި އެކު ކިޔަންމެ އަމަލު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވޭ.

14 ޖުލައި 2017 | ހުކުރު 22:18
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ކުރިއަށްދާ ޖަލްސާ ހަނީމާދޫ

މެމްބަރު ރޮޒައިނާ : ރައްޔިތުންގެ ފިކުރާ ހިލާފުވެއްޖެ ނަމަ މަގާމުން ވަކި ވާނަމަ ރައީސް ޔާމިން ޕާޓީން ވަކިވާން ޖެހޭ. ރައްޔިތުން ވޯޓު ދިނީ ކޮރަޕްޝަނާއި ފަސާދަ އަކަށް ނޫން.

މެމްބަރު ރޮޒައިނާ : ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރާކަށް މަޖިލީހުގެ މެޖޯރިޓީ ބޭނުމެއް ނުވޭ. ސަރުކާރު ޖަވާބު ދާރީ ނުކުރެވޭ ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް އޮވެގެނެއް ނުވާނެ. ގައުމުގެ މަސްލަހަތު ގެއްލިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ތަކާއި ނިންމުންތަކުގެ ސަބަބުން

ރޮޒައިނާ : މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮންނަން ޖެހޭނެ. އެ ދުވަހު އެ ޖަލްސާ ކޮންމެ ހެންވެސް އެދުވަހު ބާއްވާނެ ކަމުގެ ޔަގީންޖަން ދެން.

 

14 ޖުލައި 2017 | ހުކުރު 22:17
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

އަދާލަތު ޕާޓީގެ މެންބަރު އާދަމް މުހައްމަދު

ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މި ނާއިންސާފާ ދެކޮޅަށް ރައްޔިތުން ތެދުވަމުންދާ މަންޒަރު. މިކަމުގައި ތެދުވި މަޖިލިސް މެންބަރުން ޚާއްޞަކޮށް ޕީޕީއެމުން ވަޑައިގެންނެވި މެންބަރުންނަށް ޝުކުރު އަދާކުރަން.

ނާއިންސާފްގެ މައްޗަށް އިންސާފް އަރާ ހަމަކުރާނެ. ފަހަށް ނުޖެހޭތި. ތަންތަނުން ނެރޭ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވާކަށް ނުޖެހޭ. އެކަން ޤާނޫން އަސާސީގައި ވަނީ ބަޔާންކޮށްފައި. މިމަހުގެ 24 ވަނަ ދުވަހު ނަގާ ވޯޓަށް އެއްބާރުލުން ދިނުމަށް މާލެ ވަޑައިގެން ހިތްވަރުދޭން ޖެހޭ.

މިސަރުކާރު އައިފަހުން ފެއިލް ނުވަނީ ކޮންކަމެއްތޯ. ޤައުމުގެ ރައުސުލްމާލް ދަވާލައިފި. މިހާރު އެއުޅެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އަޑު ކަނޑުވާލަން. އެކަން ކުރިއަ ދީގެން ނުވާނެ.

މަޖިލީސް މެންބަރުގެ ހުވަޔަކު ނެތް ވަކި މީހަކަށް ތަަބާވާކަށް ނުޖެހޭ. ރައީސުލް ޖުމްހޫރިއްޔާ ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭ. އެހެންވީމާ ޣައިރު ޤާނޫނީ ހުކުމަށް ތަބާވާކަށް ނުޖެހޭ.

ހުރިހާވެސް މައްސަލައަކީ ވެރިއަކަށް ހުރި މީހަކީ ރައްޔިތުންނަށް ހެވެއް ނޭދޭ ޑިމޮކްރަސީ ނޭނގޭ މީހަކު ހުރުން. އެހެންވެ މަސީހު ބޭރުކުރަން ޖެހެނީ.

ރައީސް ޔާމީނަށް ސަނާކިޔާ މީހުންނަށް ހީވަނީ ރައީސް ޔާމީން 2018 ގައި ހޮވޭނެ ކަމަށް. ޔާމީން ކުރިމައްޗެއް ނުލަްއވާނެ. އެއީ ވޯޓުދޭނެ ބަޔަކު ނެތީމަ. އެހެންވީމާ ސަނާކިޔަން ތިބި މެންބަރުންނަށް މިގޮވާލަނީ ފެތެމުންދާ އޮޑީގައި ނުހުރެ ބޮޑުފަޅިއަށް އަރާ 45 މެންބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާށޭ.

14 ޖުލައި 2017 | ހުކުރު 22:15
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނީމާދޫގައި ބާއްވާ ޖަލްސާ

މެމްބަރު ރޮޒައިނާ : މިހާރު އުފެދޭ ސުވާލަކީ ކައުންސިލަރުން ޕާޓީ ބަދަލު ކޮށްފިއްޔާ ގޮނޑި ބަދަލުވާނެތޯ. ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދޭ.

 

މެމްބަރު ރޮޒައިނާ : ޕާޓީއަކުން މެމްބަރަކު ވކިވެ ސިޓީ ހުށައެޅުމާއެކު ޕާޓީން ތިބޭނީ ވަކިވެފައި، ޕީޕީއެމް އިން ކަން ކުރަމުންދަނީ ގަދަ ކަމުން ޕާޓގައި ބައިތިއްބަން .

14 ޖުލައި 2017 | ހުކުރު 22:08
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ފަލާހް

މިވޭތުވިދިޔަ 3 އަހަރު ރައީސް ޔާމީނގެ ޒައާމަތުގައި ވަރަށް ދަތި ވޭންތަކެއް ތަހައްމަލް ކުރަމުން މިދިޔައީ. އެކަމަކު ވަރަށް އުފަލާއެކު ފާހަގަ ކުރަން ރައްޔިތުންގެ މަޖިލީހުގައި ދުވަސްކޮޅަކަށް ނަމަވެސް އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް ވިސްނި ވަޑައިގެން އަޅުގަނޑުމެންނާ ގުޅުނީތީ ސެލިއުޓްކޮށް ޝުކުރު އަދާކުރަން.

މަޖިލީހަކީ ސަރުކާރުން ބޭނުންވާހާ ކުރަން އޮންނަ ތަނެއް ނޫން. މި ހުރިހާ ދުވަހު މިދިޔައީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރެވުނުތަން. ވަޒީރުން ޖަވާބުދާރީ ނުކުރެވުނުތަން. އެކަމަކު ރައީސް ޔާމީން ވިދަޅުވީ މަސީހް ކުރިކަމެއް ދައްކަބަލާށޭ. މިޤައުމުގެ އެތައް ފައިސާއަކަށް ވީނުވީއެއް ނޭނގިވާއިރު އެކަން ބެލޭނެ ގޮތެއް ވަޒީރުންނާ ސުވާލު ކުރެވެނެ ގޮތެއް ނެތި މިދިޔައީ. އެހެން ކަމުން އެކަމުގައި ރައީސް ޔާމީން ބައިވެރިވާކަން.

އަދީބު ވިދާޅުވެއްޖެ އެމްއެމްޕީއާރުސީގެ ފައިސާގެ 80 ޕަސެންޓަށް ވީގޮތް ރައީސް ޔާމީނަށް އެނގޭނެއޭ. އެކަމަކު އެފައިސާއެއް ވީގޮތެއް މިވަނީ ނުބެލި. އެކަން ބަލަން ޖެހޭ. އެފައިސާއާ ރައީސާ ގުޅުންހުރިވަރު ނުބެލިގެން މިއުޅެނީ މަޖިލީހުގެ ތެރެއިން އެކަން ވާނަ ނެތީމަ. އެކަން ކުރުވުމަށް މަޖިލިސް ދޮށުގަވެސް ރައީސް އޮފީސް ދޮށުގައިވެސް ރައްޔިތުން މުޒާހަރާކުރަން ޖެހޭ.

މިއަދު ރައްޔިތުންގެ މަޖިލޙުން ޖުޑިޝަރީ އިސްލާހް ނުކޮށްފިއްޔާ މާދަމާ އައިސް އެންމެހާ ރައްޔިތުންގެ ބޮލުގައި ކަންކަން އަޅުވަމުންދާނެ.

މީގެ ކުރިން އެމްޑީޕީއާ ޖޭޕީގެ 14 މެންބަރުން ގެންގޮސް ޕީޕީއެމަށް ލީއިރު ކީއްވެތޯ ބަންޑާރަނައިބު ސުޕްރީމް ކޯޓުން ވަޑައިނުގަތީ. މިއަދު މިކަން ފެނިގެން މިއުޅެނީ ރައީސްގެ މެޖޯރިޓީ މަޖިލީހުން ގެއްލުނީމާ. މިރައީސް ބޭރުކުރަން ޖެހޭ. މަޖިލިސްވިއަސް ޖުޑިޝަރީވިއަސް ވެރިކަން ހިންގުމުގެ ބާރުވެސް ހިނގަން ޖެހޭނީ ޗާޓުގެ ތެރޭގައި. އެކަމަކު ސަރުކާރުން ކަންކުރަނީ ޗާޓުން ބޭރުން ކަންކުރުމަށް. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ޗާޓުގެ ތެރެއަށް ވައްދާނަން

14 ޖުލައި 2017 | ހުކުރު 22:04
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ބާއްވާ ޖަލްސާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް : ބިރު ދެއްކިޔަސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވާ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާ ކުރަން، ދައުލަތުގެ ބަންޑާރަ ނައިބަކީ ޕީޕީއެމްގެ ބަންޑަރަ ނައިބެއް. ޕީޕީއެމްއަށް މެމްބަރުންގެންދިޔަ އިރު ރައްޔިތުންގެ މަޖލީހުގެ މެމްބަރުން ރައްޔިތުންނަށް ވީ ވައުދުގެ ހަނދާން ނެތް.

14 ޖުލައި 2017 | ހުކުރު 22:03