Raajje.mv

މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ކުރި ހުކުމް

13 ޖުލައި 2017
17915
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތައް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތައް

13 ޖުލައި 2017 | 18:34

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

އެދިފާއު ކުރަންވެސް ޖެހޭނީ ރައްޔިތުން ނުރުހޭ ގޮތަށް ހުކުމް ކުރަން. މާޔޫސްކަމާއި އެކީ މަސައްކަތްކުރަމުން އައިސް 50 މެމްބަރުން އެއް ފަޅިއަށް އައުމަކީ ލިބުނު ހިތްވަރެއް. ނުބައި ކަމެއް. އިންސާނީ ފިކުރުގައި ތަޅެއް ނޭޅުވޭނެ. ވެރިކަން ދެމެހެއްޓުމަށް އިންސާނުންގެ ފުރާނައަށް އަރައިގަންނަމުންދާ މަންޒަރުފެނޭ. މަޖިލިސް ގޮނޑި ގެއްލުމަށްވުރެ ފުރާނައަށް އޮތްމާ ބިރު މާ ބޮޑު. ގޮނޑި ގެއްލިދާނެ ކަމާއި މެދު. ރައީސް ޔާމިން އަޒުލުކުރުން ނޫން ގޮތެއް ނެތް. ރައްޔިތުން ނުރުހޭ ގޮތަކަށް ވެރިކަން ކުރަން މަސައްކަތް ކުރަނީ. ޤާނޫނު އަސާސީން ކަށަވަރު ކުރާ ހައްގެއް ނެތް. މަޖިލިސް މެމްބަރުން ގޮނޑި ގެއްލޭނެ ގޮތް ވަރަށް ސާފްކޮށް ބަޔާންކޮށްފައި އެބައޮތް. މެމްބަރުން ބަނދެގެން ކުރެވޭނެ ވެރިކަމެއް ނެތް. ރައްޔިތުންގެ މަޖިލިސް ތެރެއިން އޮތީ އުފާވެރިކަން.

13 ޖުލައި 2017 | 18:34

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

އިންސާނަކަށް ދިމާވާ އެންމެ ބޮޑު ދުއްތުރާއަކީ އެއް އިންސާނަކު އަނެއް އިންސާނަކު އަޅުވެތިކޮށް ކުރާ އަނިޔާއަށް ކެތް ކުރުން. މިއީ ދުނިޔެ ދައްކަމުންދާ ހަޤީޤަތް. ވެރިންނަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ތަފާތު ވިސްނުމުގެ ބޭފުޅުން. މިއަދު ރައްޔިތުންގެ ނުރުހުން އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ދިޔައީ ވެރިކަން ދިފާއު ކުރުމަށް ކުރަމުންދާ . އަދިވެސް އެބަޖެހޭ ރައްޔިތުން ނުރުހޭ ގޮތަށް ރައީސް ޔާމިންގެ ވެރިކަން ދިފާއުކުރަން ހުކުމް ކުރަން.

13 ޖުލައި 2017 | 18:23

އަޅުގަނޑު އިންތިޚާބުވީ އެމްޑީޕީއިން، ރުޖޫއަ ވާނީ އެމްޑީޕީއަށް: މުސްތަފާ

އިންތިޚާބުވެވަޑައިގަތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ކަމަށާއި އެނބުރި ރުޖޫއަ ވެވަޑައިގަންނަވާނީ ވެސް އެމްޑީޕީއަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

13 ޖުލައި 2017 | 18:14

ގއ. ވިލިނގިލިން : ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް

އަސްލު މަސައްކަތަކަށް ބުރުލެއް ނާރާ. 85 ގޮނޑި ގެއްލުވާލުމަށް މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ.45 މެމްބަރުން ސޮއިކޮށްފައި އެއޮތީ. މަސީހާކީ މަޖިލިސްގައި އިންނަވަން އިތުބާރު އޮތް ބޭފުޅެއް ނޫން. ޤާނޫނުތައް ހަދަނީ އެއަށް ތަބާވުން. ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންނާއި މިނިވަން މުއައްސާތަކުން އެ ޤާނޫނު އަސާސީއަށް ތަބާވުން. އެހެން ނަމަވެސް މިއަދު ރައީސްއާއި އެމަނިކުފާނަށް ތަބާވާ މަސް މީސްކޮޅު މިފެންނަނީ އެޤާނޫނުތައް މުގުރާލަމުންދާ މަންޒަރު. ރައީސް މައުމޫނު ކޮށްދެއްވި ބުރަ މަސައްކަތް ރައީސް ޔާމިން ހަނދާން ނައްތާލެވި. ކާނަލް ނާޒިމާއި ރައީސް ނަޝީދާއި ބޭއިންސާފް ހުކުމެއް. މުޅި ގައުމުގެ ރައްޔިތުން މިވަނީ ބޭއިންސާފާއި އަޅުވެތިކަމުގެ ތެރޭގައި. ރައްޔިތުން ވޯޓުލައިގެން ހޮވާފައި ތިބި މެމްބަރުން ރައީސް ޔާމިންގެ އަޅުންނަށް ހަދައިފި. ޤާނޫނު އަސާސީއާއި ދެކޮޅަށް ރައްޔިތުން ދެތުވާން އެބަޖެހޭ. ރައްޔިތުން އެބަޖެހޭ މިކަމާއި ވަރަށް ބޮޑަށް ވިސްނަން. ދުސްތޫރީ ނިޒާމެއް އޮވެގެން ގައުމު ކުރިއަށްދާނީ. ފެތެމުންދާ އޮޑިއެއްގައި އެއްވެސް ބޭފުޅަކު ހުންނާކަށް ބޭނުމެއް ނުވާނެ.

13 ޖުލައި 2017 | 18:01

ފާރިސް މައުމޫން

އަޅުގަނޑުމެންގެ ތެރޭގައި މި ކުރާ މަސައްކަތަކާއިގެން ކުރިއަށްދާ އެއްވެސް މެންބަރެއްގެ ފަސް ޖެހުމެއް ނެތް.

މި ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ދަނީ މަސައްކަތްތައްކެއް ކުރަމުން

ގައުމުގެ ހައްގުގައި މި މަސައްކަތަކާއި ބައިވެރިވެވަޑައިގަންނަވާށޭ.

13 ޖުލައި 2017 | 17:59

އިބޫ

ރައްޔިތުންގެ މަޖިލީހުގެ ލާ ވޯޓެއްގެ ސަބަބުން، މެންބަރެއްގެ މެންބަރު ކަން ގެއްލޭނެ ކަމަށް ބަޔާންކޮށްފަ އެއް ނެތް.

އިންތިޒާމު ކުރެވިފައިވާ ގޮތަށް 24 ވަނަ ދުވަހުމައްސަލަ އެޖެންޑާ ކުރެވި މަސީހު މަޤާމުން ވަކި ކުރެވޭނެ

13 ޖުލައި 2017 | 17:57

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕްރެސް ކޮންފަރެންސް

އިބްރާހިމް މުހައްމަދު ސޯލިހު:

މި މައްސަަލައިގެ ހުކުމް އަންނަނީ ދިރާސާކުރަމުން. އަލުން އަނބުރާ ރިވިއު ކުރުމަށް ހުށަހަޅަންޖެހިއްޖެ ނަމަ އެ މައްސަަލަ ލޯޔަރުންގެ ޓީމުން ހުށަހަޅާނެ.

އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ސުފްރީމް ކޯޓުގެ ހުކުގެ ސަބަބުން އަސަރެއް ނުކުރާނެ.

13 ޖުލައި 2017 | 17:53

ކުޅުދުއްފުށީ ޖަލްސާ

ހދ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އާތިފު : ހދ.އަތޮޅު ރައްޔިތުން ތިބީ އިދިކޮޅު ޕާޓީތަކާއެކު. ހދ.އަތޮޅުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އަލުން ގޮނޑި ހޯދާދޭނަން. ކުޅުއްދުއްފުއްޓަކީ ފައިސާއަށް ގުޑާނެ ރަށެއްނޫން. ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުންވާ ވައުދަށް ރައްޔިތުން ނުހެއްލޭނެ. ބޮޑު އީދު ފާހަގަ ކުރާނީ ރައްޔިތުންނަށް ލިބޭ އުފަލާއެކު

ކުޅުއްދުފުށީގެ ޖަލްސާ ނިންމާލައިފި

13 ޖުލައި 2017 | 17:52

ގއ. ވިލިގިނލިން- ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން

މިއަދަކު ނުތިބޭނެ ބާޤީންނެއް. ޤާނޫނު އަސާސީން ވެރިކަން ބަދަލު ކުރެވޭނެ ވަރަށް ގިނަ ހަމަތައް އެބަހުރި. ރައްޔިތުންނަށް އެބާރު ދީފައި ހުރީ. ރައްޔިތުންގެ ރައީސް މަސީހާއި ދެކޮޅަށް ވޯޓް ދިނުމަށް ސޮއިކުރި މެމްބަރުން އެކުރެއްވީ ޤައުމީ މަސައްކަތެއް. ގައުމަށް މިއަދު ބޭނުންވެފައި އޮތް އިސްލާހީ މަސައްކަތެއް މެމްބަރުން އެފެއްޓެވީ.

13 ޖުލައި 2017 | 17:49

ކުޅުދުއްފުށި ޖަލްސާ

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް : މިއަދަކީ ފެހި ގާނޫނު އަސާސީ ނޫ އަސާސީ ގާނޫނަށް ބަދަލު ކުރަން މަސައްކަތް ކުރާ ދުވަހެއް. ޕީޕީއެމް ދޫކޮށް ވަޑައިގެން ބޭފުޅުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫން. މަޖިލީހުގެ ރައީސް އެ މަގާމުން ދުރުކުރާނަން. އެކަމުގެ ޔަގީންކަން އެބަ އޮތް.

ނާޒިމް : ބޯޑު އީދު ފާހަގަ ކުރާނީ މަޖިލީހުގެ ރައީސް މަގާމުން ދުރުކޮށްފައި ބޮޑު އީދެއްގެ ގޮތުގައި. މަސީހް ވަކި ކުރުމަށް ވޯޓު ދީގެން ގޮނޑި ގެއްލޭ މެމްބަރަކު އަލުން ހޮވުމަށް އެމްޑީޕީއާ ހުރިހާ ޕާޓީތައް އޮންނާނެ. ރައީސް ޔާމިން ދެއްކެވި ކިތަންމެވާހަކަ އަކުން ދައުވާ ކުރެވޭނެ.

13 ޖުލައި 2017 | 17:44

މެމްބަރު ޝާހިދު: މެމްބަރުންގެ ބާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އަޒުމުކަށް ކުޑަވެސް ބަލިކަށިކަމެއް ނާންނާނެ

ރައްޔިތުންގެ މަޖިލިސް އާއި ގާނޫން އަސާސީ އިން އެ މަޖިލިސް އަށާއި ރައްޔިތުންގެ މަންދޫބުންނަށް ލިބިފައިވާ ބާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އަޒުމުކަށް ކުޑަވެސް ބަލިކަށިކަމެއް ނާންނާނެ

13 ޖުލައި 2017 | 17:31

ކުޅުދުއްފުށީ ޖަލްސާ

އަބްދުލް ގަފޫރު : މިނިވަން މުވައްސަސަތާކުން ޒިންމާ ރަނގަޅަށް އަދާ ކުރަން ޖެހޭ. ގާނޫނު އަސާސީ ނަގާ ދަމަހައްޓަންޖެހޭ. މި ސަރުކާރުން ވައްކަން ކޮށްފި ވޭތުވެދިޔަ 800 އަހަރު ނުކުރާ ވަރަށް. މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ވަކި ކޮށް ގައުމުގައި އަމާން އޮމާން ވެރިކަމެއް ކޮށްދޭނަން. އަޅުގަނޑުމެން މި ތިބީ ފުރާން ދުއްވާލަންވެސް ތައްޔާރަށް.

13 ޖުލައި 2017 | 17:28

މެމްބަރު ސައުދު:ދެމި ހުންނާނީ ގައުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވުމަށް

ދެމި ހުންނާނީ ގައުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވުމަށް

13 ޖުލައި 2017 | 17:28

ކުޅުދުއްފުށީ ޖަލްސާ

އަބްދުލް ގަފޫރު : ކުޅުދުއްފުށީ ތަރައްގީއަށް އެއްވެސް ކަމެއް މި ސަރުކާރުން ނުކޮށްދޭ. ހދ، އަތޮޅަށްވެސް ކަމެއް ނުކޮށްދޭ. ވައްކަން ނޫން އެއްވެސް ކަމެއް މި ގައުމުން ނުފެނޭ. މި ސަރުކާރު ބޮޑުތަނުން ބަލިކުރާނަން. ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމިން ނަންފުޅެއް ނޯންނާނެ. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ.

13 ޖުލައި 2017 | 17:25

ކުޅުދުއްފުށީ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު : މަޖިލީހުގ ރައީސްގެ މަގާމުން މަސީހް ދުރުކުރާނަން. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވޯޓު ދެއްވާނީ އަޅުގަނޑުމެންނާ އެއްކޮޅަށް .

13 ޖުލައި 2017 | 17:22

ކުޅުދުއްފުށީ ޖަލްސާ

ސަމީރު : ޕީޕީއެމް މީހަކަށް ނޫނީ ވަޒީފާއެއްވެސް ލިބޭކަށްނެތް. ގައުމު ސަލާމަތްކުރާން ނިކުންނާން ޖެހޭ. މިއަދު ދިވެހި ރައްޔިތުންނަށް ހައްގުތައް ނުލިބޭ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމިންގެ ނަންފުޅު ރިޔާސީ އިންތިހާބުގައި ނޯންނާނެ.

13 ޖުލައި 2017 | 17:19

ގއ. ވިލިގިނލިން- ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް:

ވަރަށް ބޮޑަށް އުއްމީދު ކުރިން އެގޮތަށް ސުޕްރީމް ކޯޓުން ނުނިންމާނެ ކަމަށް. އެހެން ނަމަވެސް އެކަން ނުވާނެ ކަމަށްވެސް ނުވިސްނަން. މިމަސައްކަތަށް ހުއްޓުމެއް އައިސްގެން ނުވާނެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް އައިސްގެން މިހާތަނަށް ފުރާފުރިހަމަ ވެގެން ގޮސްފައެއް ނުވޭ. މިކަން ހުއްޓައެއް ނުލާނަން. ސުޕްރީމް ކޯޓުން އެނިންމުން ޕީޕީއެމްގެ މެމްބަރުން ގަދަކަމުން ނުބޭއްތިއްބޭނެ. އާހިރުގައި މޮޅުވާނީ އިދިކޮޅު ފަރާތްތައް. މާގިނަ މެމްބަރުން އަންނާނެ. މުޅި މަޖިލިސް އެކީގައި އަންނާނެ. ބޮޑުތަނުން އަންނާނެ. ކުރިން ހީކުރި މަސީހާއި ދެކޮޅަށް 42 ވޯޓް ނުލިބޭނެ ކަމަށް. އެހެން ނަމަވެސް ކަންތައް ބަދަލުވެގެންދިޔަ. އެއްވެސް ކަމަކީ ގަދަ ބާރުން ކަންކަންވާން. އެއްވެސް މެމްބަރަކު ބޭނުމެއް ނުވާނެ ވޯޓް ލުމުގެ ހައްގު ނިގުޅައިގަންނަން. ސަރުކާރު ނިސްބަތްވާ ސާފް މެޖޯރިޓީއެއް އޮވެ އާރާއި ބާރު އޮވެ ކަންކަން ނިމިގެންދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް. އެއްވެސް ބޭފުޅަކު ޤާބޫލެއް ނުކުރައްވާނެ ރައީސް ޔާމިން ދޫކުރައްވާ ރައީސް މައުމޫނު އިސްލާހަށް މަސައްކަތް ފައްޓަވަފާނެ ކަމަށް، ތަގްދީރު ނިޔާކުރާ ގޮތް ވަރަށް ސާފު. އަދި އިދިކޮޅު ފަރާތްތައް މިއަށްވުރެވެސް ބޮޑުވާނެ. މާޒީން އިބްރަތް ލިބިގަންނަން އެބަޖެހޭ. ސިޔާސީ މުސްތަބަލް ވަރަށް އުޖާލާ.

13 ޖުލައި 2017 | 17:18

ކުޅުދުއްފުށީ ޖަލްސާ

ސަމީރު : މަޖިލީހުގެ ރައީސް މަގާމުން ދުރުކޮށްފައި ނޫނީ އަޅުގަނޑުމެންގެ މަސައްކަތް ހުއްޓާ ނުލާނަން. ސިޔާސީ ހުރިހާ ފަރާތްތައް ވަނީ ކަސްތަޅު އަޅުވާފައ. ފެންނަނީ ވަކި ބޭފުޅަކާ ހަމައިންވަކި ބޭފުޅުންގެ މައްސަލަތައް ފަޓާސްބަރިއެއް ހެން ކުރިއަށްދާތަން.

ސަމީރު : އަނިޔާތައް ތަހައްމަލު ކުރައްވަމުން ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި. އިރާދަ ކުރެއްވީއްޔާ ކާމިޔާބު ދަނީ ލބެމުން. އެންމެ ފަހުން ލިބުނު ކާމިޔާބީ އަކީ މަޖިލީހުގެ މެޖޯރިޓީ ލިބުން.

ސަމީރު : ޕީޕީއެމް މީހަކަށް ނޫނީ ވަޒީފާއެއްވެސް ލިބޭކަށްނެތް. ގައުމު ސަލާމަތްކުރާން ނިކުންނާން ޖެހޭ. މިއަދު ދިވެހި ރައްޔިތުންނަށް ހައްގުތައް ނުލިބޭ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމިންގެ ނަންފުޅު ރިޔާސީ އިންތިހާބުގައި ނޯންނާނެ.

13 ޖުލައި 2017 | 17:16

ގއ. ވިލިނގިލިން: ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

13 ޖުލައި 2017 | 17:14

މެމްބަރު ފައްޔާޒު:މުޑުދާރު ފަނޑިޔާރުންނާ ނުލައި މި އަނިޔާވެރިކަމުގެ ނިމުގައި ސިއްކަ މިއަދު މިޖެހުނީ 

މުޑުދާރު ފަނޑިޔާރުންނާ ނުލައި މި އަނިޔާވެރިކަމުގެ ނިމުގައި ސިއްކަ މިއަދު މިޖެހުނީ

13 ޖުލައި 2017 | 17:13

ގޮނޑި ގެއްލިއްޖެ ކޮންމެ މެންބަރެއް އަލުން ހޮވައިދިނުމަށް މަސައްކަތް ކޮށްދޭނަން: މައުމޫން

ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުން ގޮނޑި ގެއްލިއްޖެ ކޮންމެ މެންބަރެއް އަލުން ހޮވައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

13 ޖުލައި 2017 | 17:12

ކުޅުދުއްފުށީ ޖަލްސާ

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ސަމީރު : ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ކުރިމަތިލާ މެމްބަރުން ޕާޓީއަކަށް ފަހުން ވަދެއްޖެ ނަމަ ވާނެ ގޮތެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ނެތް. އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާ މެމްބަރުންވެސް އިންތިހާބު ވުމަށްފަހު ޕާޓީތަކަށް ބަދަލުވީމަ ވާންޖެހޭ ގޮތެއް ކަނޑައަޅަންޖޭހޭ

ސަމީރު : ނުބަޔަކުން ރަނަގަޅުން ނުނިކުންނާނެ. ގޯސްކަމުގެ ތެރެއިން އިތުރު ގޯސްތައް ހަދަމުންދާތަން މިހާރު އެބަ ފެނޭ. ރައީސުލް ޖުމްހޫރިއްޔާވެސް ހަމަ މަގުން ނެއްޓުނީމަ ރައްޔިތުންގެ މަޖިލީސް ތެރެއިން ރަޢީސް މަގާމުން ދުރުކުރަން ޖެހޭ

13 ޖުލައި 2017 | 17:06

ކުޅުދުއްފުށ ޖަލްސާ

ރޮޒައިނާ : ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ޖެހެނީ ގާނޫނު އަސާސީއާ ހިލާފު ގާނޫނުތައް ހަދަމުންދާތީ. ގާނޫނު އަސާސީ އަކީ ރައިސް ޔާމިން ކަމަށް ބަދަލުވާކަށް ދުލެއް ނުކުރާނަން.

13 ޖުލައި 2017 | 17:03

ގއ.ވިލިނިގިލިން- ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ

މިހާރު ޖަލްސާގައި ވާހަކަދައްކަވަމީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް

13 ޖުލައި 2017 | 17:03

ޑިކްޓޭޓަރުގެ ފަހު ކާޑު، އަޅުގަނޑުމެންގެ ކާޑުތައް ހުރީ ކުރިއަށް: އަލީ ޒާހިރު

13 ޖުލައި 2017 | 17:02

ގއ.ވިލިނގިލިން- ކުރީގެ ކައުންސިލް މެމްބަރު: މުހައްމަދު ފާރޫގު

މިއަދު ފެނިގެން މިދަނީ ހައްގުތައް ނިގުޅައިގަންނަމުންދާ މަންޒަރު. މިއީ ރައްޔިތުން ދެކެން ބޭނުންވި ދުވަހެއް ނޫން. ވަރަށް އުފަލުން ރައްޔިތުން ތިބީ ޤާނޫނު އަސާސީގެ ހިޔަލުގައި އުޅެވިދާނެ ކަމަށް. އެކަމު މިއަދު މިއޮތީ އަޅުވެރިކަމަކަށް ވެއްޓިފައި. މިއަދު މިއޮތީ ރާއްޖޭގެ ދުސްތޫރީ ހަޔާތައް ކަޅު ދުވަހެއް. ރައްޔިތުންގެ މަޖިލީގެ ބާރު ކަނޑުވާލުމަކީ ނުހަނު ހިތާމަވެރިކަމެއް. ޤާނޫނޫ އަސާސީއަށް ބަދަލު ގެނައުމިުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލިސްއަށް. ފެންނަން އޮންނަ ހަޤީގަތެއް ބަދަލު ކުރުމަށް ކުރާ މަސައްކަތަށް އާނއެކޭ ބުނާނެ އެއްވެސް ގޮތެއް ނޯންނާނެ. އެންމެ ސާފް ބަހުން މިސަރުކާރަށް ނޫނެކޭ ބުނީ އެންމެ ފުރަތަމަވެސް ވިލިނގިލީ ރައްޔިތުން.

13 ޖުލައި 2017 | 17:01

ކުޚުދުއްފުށީ ޖަލްސާ

21.59 ރޮޒައިނާ : ރާއްޖޭގެ މުވައްސަސާތައް ސަރުކާރާއެކު ތިއްބަސް ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ އަޅުގަނޑުމެންނާއެކު. ހުސްކޮލާ ގޮނޑިއެއްވިއްޔާ އަނބުރާ އެ ގޮނޑި ނަގާނަން. މަޖިލީހުގެ ރައީސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ ވަޒީރުންނާ ސުވާލު ކުރަން ހުށަހެޅުމުންވެސް އެޖެންޑާ ނުކުރާތީ. އަޅުގަނޑުމެންގެ މަސައްކަތައް ހުރަސް އަޅާތީ

22.00 ރޮޒައިނާ : ރައީސް ޔާމިނަކީ ވަރަށް އަވަހަށް ހަނދާންނޭތޭ ބޭފުޅެއް. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުން އެނގުނީ ރައްޔިތުންގެ ތާއީދު ނެތްކަން. މަޖިލިސް މެމްބަރުން ސަރުކާރު ދޫކޮށްލަން ޖެހުނީ އެންވެ. އެކަން ފޮރުވުމަށް ދައްކާ ވާހަކައެއް އެއީ ރިޝްވަތު ދިން ކަމަށް

13 ޖުލައި 2017 | 16:55

ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ

21.56. އައްޑޫ މީދ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް : ތާއިދު ނެތް ވެރިއަކު ކުރާނެ ހުރިހާ ކަމެއް މިހާރު އެދަނީކުރައްވަމުން. އަޅުގަނޑުމެން ހިނގާނެ ކަމަށް ހީކުރި ހުރިހާކަމެއް އެބަ ކުރޭ. އެކަމު މިވެރިކަން ބަދަލު ކުރުމަށް ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާނަން.

13 ޖުލައި 2017 | 16:51

ކުޅުދުއްފުށީ ޖަލްސާ

21.50. ރައްޔިތުންގެ މަޖިލީގު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް ސަރުކާރުން މަސައްކަތ ކުރނީ ކޯޓުތައްމެދުވެރިކޮށް އެކަން ހުއްޓުވުމަށް. ތަފާތު އެކި ގޮތްތުން މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާނަމަ ރައްޔިތުންގެ ނިކުމެ ގާނޫނު އަސާސީގެ ހިމާޔަތުގެ ހިމާޔަތުގެ ހިމާޔަތުގައި ނިކުންނާނެ.

13 ޖުލައި 2017 | 16:48

ގއ. ވިލިނގިލިން

ގުޅީފައިވާ ސިޔާސީ ޕާޓިތަކުން ގއ. ވިލިގިނލީގައި ބާއްވާ ޖަލްސާ ފަށައިފި. މިޖަލްސާގައި އެމްޑީޕި އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓި އަދި ރައީސް މައުމޫނުަށް ތާޢިދުކުރައްވާ ޕީޕީއެމްގެ މެމްބަރުން ބައިވެރިވާނެ

13 ޖުލައި 2017 | 16:46

ކުޅުދުއްފުށީ ޖަލްސާ

21.44 ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ : ޕާޓިތަކުން ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ބޮއްސުންލާފައިވާތީ ފެށި މަސައްކަތެއް.

21.47 ވެރިންކުރިމަތީ ހައްގު ބަސް ބުނުމަކީ އިސްލާމް ދީނުގައިވެސް ރާއްޖޭގެ ގާނޫނ އަސާސީގައިވެސް ކަނޑައޅިފައިވާ ގޮތް.

13 ޖުލައި 2017 | 16:40

ސުޕްރީމް ކޯޓުގެ އެއްވެސް ސައްޚަ ކަމެއް މިހާރު ނެތް: ފައްޔާޒް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް ސައްޚަ ކަމެއް މިހާރު ނެތް ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

13 ޖުލައި 2017 | 16:39

ކުޅުދުއްފުށީގެ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ވަފުދެއް ހދ. ކުޅުއްދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހަވީރު މި ޓީމުގައި ސަރުކާރާ އިދިކޮޅި ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީއެއް ތަމްސީލުކުރާ މެންބަރުން ހިމެނިވަޑައިގަންނަވަ

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫގެ ދާއިރާގެ މުހައްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވާ. އަދި ޖުމްޙޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް މަޖީދު ބާރީ ހިމެނިވަޑައިގަންނަވާ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ވަފުދެއް ހދ. ކުޅުއްދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހަވީރު މި ޓީމުގައި ސަރުކާރާ އިދިކޮޅި ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީއެއް ތަމްސީލުކުރާ މެންބަރުން ހިމެނިވަޑައިގަންނަވަ

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫގެ ދާއިރާގެ މުހައްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވާ. އަދި ޖުމްޙޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް މަޖީދު ބާރީ ހިމެނިވަޑައިގަންނަވާ.

13 ޖުލައި 2017 | 16:33

ކަންބޮޑުވެ ނުލައްވާ، ޚުދުމުޚުތާރު ވެރިކަން ނިމި ރައްޔިތުން މޮޅުވާނެ: ރައީސް މައުމޫން

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށާއި އެހެންނަމަވެސް ކަންބޮޑު ނުވުމަށެވެ. އަދި ރައްޔިތުންނަށް ކާމިޔާބު ލިބޭނެ ކަމަށާއި ހުދުމުޚްތާރު ވެރިކަން އަބަދުވެސް ފެއިލް ވެގެންދާނެ ކަމަށެވެ.

13 ޖުލައި 2017 | 16:32

ގޮނޑިި ގެއްލޭނަމަ ފުރަތަމަ ގެއްލެންވީ ޕީޕީއެމް ހިންގަން ތިބި މީހުންގެ ގޮނޑި: ރައީސް މައުމޫން

ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ފިކުރާ ދުރަށް ދިއުމުން ގޮނޑި ގެއްލޭ ނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލެންވީ ބަޔަކީ މިހާރު ޕީޕީއެމް ހިންގަން ތިބި މީހުން ކަމަށެވެ.

13 ޖުލައި 2017 | 16:30

ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު

ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ "މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމަށް ކަންބޮޑުވެ ނުލެއްވުމަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅުން އެ ގޮނޑިއެއް އަނބުރާ ނަގައި ދެއްވާނެ ކަމަށެވެ.

13 ޖުލައި 2017 | 16:24

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކުރި ހުކުމް

ސުޕްރީމް ކޯޓުން މިކުރި ހުކުމާއެކު، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާއިރު، ހުންނަ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުންގެ، މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ.