Raajje.mv

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

09 ޖުލައި 2017
6060
ކުނޫޒް ޖަލްސާ

ކުނޫޒް ޖަލްސާ

09 ޖުލައި 2017 | 18:20

 ކުރާ ކޮންމެ ގޯސް ކަމަކުން އޭގެ މައްޗަށް ކުރިހޯދާނަން

ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރާ އިރު، އުންމީދާއި އެކު މަސައްކަތް ކުރުން. އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދަންޖެހޭނެ.

ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަކުރަންޖެހޭނެ.

މިކަންކަން ގަބޫލު ކުރުމަށް ދާންދެން ގައުމު މިނިވަނެއްނުވާނެ.

09 ޖުލައި 2017 | 18:16

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނަގައިފި- އިމްތިޔާޒް

މަޖިލީހުގެ ތެރެއިން ކާމިޔާބު ހޯދާނަން.

ދުނިޔޭގެ ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި ރައްޔިތުން އުފަލާ ފާގަތިކަމާއެކު އުޅޭނީ މިނިވަން މުއައްސަސާތަކެއް އޮވެގެން. ރައްޔިތުންގެ އިތުބާރު އޮތްތަނެއްކަން ގާއިމް ކޮށްގެން.

ފަނޑިޔާރުންނަށްވެސް އުޅެވެން އޮތީ ރައްޔިތުންގެ އިތުބާރު ލިބިގެން.

ގަދަބާރުން ކަންކަން ކުރުން ހުއްޓާލުމުން ރައްޔިތުންގެ އިތުބާރު ލިބޭނެ

09 ޖުލައި 2017 | 18:13

އެމްޑީޕީގެ ސްޕޯކްސް ޕާސަން އެމްޕީ އިމްތިޔާޒް ފަހުމީ

އިންސާނާ ގާތްވެވޭނެ ކަމެއް، ރައީސް ޔާމީނު ބަލިކަށިވުން.

އަބްދުﷲ ރިޔާޒްގެ މައްސަލަ ނިމިގެންދިޔައީ. އެގޮތުގައި ނިމިގެންދިޔައިމަ، އެއީ އިންސާފު ނުވި ކަމަށް ބުނާ އެކަކުވެސް ނެތް. މީގެން ދައްކުވާދެނީ، އިންސާފާއެއްކޮޅަށް ނިމިގެންދިއައިމަ އެއްޗެކޭ ބުނާނެ ބަޔަކު ނުވާނެ ކަން.

ރިލްވާން ވަގަށްނެގި މައްސަލަ ތަހުގީގު ކުރި ނަމަ ރަގަޅުވީސް.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް އިންސާފުހޯދާ ދިނުމަށް މަސައްކަތް ކުރި ނަަމަ ރަގަޅުވީސް.

ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް އިންސާފަށް ހަމަތަކަށް ރުޖޫއަ ވުމަށް މަސައްކަތް ކުރުމަކީ އުފާ ކުރާ ކަމެއް.

09 ޖުލައި 2017 | 18:05

މެންބަރު އަރީފު

މިލިއަނުން ބިލިއަނުން ފައިސާ ލިބޭނެ ކަމަށް ބުނެ ނަގަނީ ލޯނު. ކޮންމެ މީހަކީ ވާޖިބާ ޒިންމާތަކެއް ބޮލު އަޅައިގެން އައިސްތިބި ބައެއް.

މިވެރިކަން ދެމި އޮންނަ ކޮންމެ ދުވަހަކީ، އެތަށް ގެއްލުމެށް ރައްޔިތުންނަށް ލިބޭނެ ދުވަހެއް.

09 ޖުލައި 2017 | 17:59

ނޮޅިވަރަމް ދައިރާގެ މެންބަރު ހުސައިން އަރީފު

ރައްޔިތުން ގައުމުގެ ހާލަތާ މެދުގައި ސުވާލު ކުރައްވާ. މިގައުމުގެ ބޮޑެތި ބޭފުޅުންނަށް ތަފާތު ނަންނަމުގައި އެވަނީ ޖަލު ގޮޅިއަށް ހުކުމް ކުރެވިފައި.. މިއީ ގައުމީ ބޮޑު މުސީބާތެއް

09 ޖުލައި 2017 | 17:44

މަސީހު މަޤާމުން ވަކި ކުރެވިގެން ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެމަގާމުގައި ހުރެގެން ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ނުކުރެވޭނެ.

ބިން މިލްކު ކުރެވޭ ގޮތަށް އޮތް ގާނޫނަކީ ރާއްޖެފަދަ ބިން މަދު ގައުމެއްގައި ފާސްކުރެވިގެންވާނެ ގާނޫނެއް ނޫން.

09 ޖުލައި 2017 | 17:39

އިބްރާހިމް އަމީރު

ތައުލީމީ ފުރުސަތުތައް ގާސިމްވަނީ ފޯރުކޮށްދީފަ.

ރާއްޖެފާލުން ނެއްޓޭ ކޮންމެ ދަނޑިވަޅެއްގައި ނިކުންނަނީ ޝެއިހު އިމްރާން އަބްދުﷲ

މި ރާއްޖޭގައި މި އޮތީ ތިން ބާރުވަކިވެފައިވާ ރިޔާސީ ނިޒާމެއް.

އެއްބާރުން އަނެއް ބާރަށް ނުފޫޒް ފޯރުވޭނެ ނިޒާމެއް ނޫން މީ.

09 ޖުލައި 2017 | 17:31

ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން

ޝަރުއީ ނިޒާމުގެ ތެރެއިން ލިބުނު މެސެޖަކީ ވަރަށް ވެސް އުފާވެރި މެސެޖެއްކަން.

މިއީ ރައްޔިތުންނަށް ލިބިފައިވާ ނަސްރެއް. މިއަދު ވޯޓު ލިޔަސް މަސީހާ ދެކޮޅަށް 50 މެންބަރުންގެ ވޯޓު ލިބޭނެ

މިމަހުގެ 24 ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާދެއްވާނެ

09 ޖުލައި 2017 | 17:16

އަދާލަތްޕާޓީގެ މެންބަރު ތޫބާ ރަޝީދު

ރައްޔިތުންނަށް ކަށަވަރުވާ ކަމަކީ، ރައީސް ނަޝީދުވެސް ރާއްޖެއަށް އައިސް ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާނެ ކަން.

ރައީސް މައުމޫނަށް ޕީޕީއެމްވެސް ލިބިގެންދާނެ. ކާނަލް ނާޒިމްވެސް އަޅުގަނޑުމެންނާ ގުޅޭނެ.

އަޅުގަނޑުމެންގެ ގައުމުގައި، ނަހަމަގޮތުގައި ކަޅު ފައިސާ ބޭނުންކުރުން އާއްމުކަމަށްވެފައިވާތީ ހަތަރު ލީޑަރުން އެއް ޕްލެޓްފޯމަކަށް އަރަންޖެހުނީ

ދިވެހިރާއްޖޭގައި ދިނީ ސިޔާސަތު އޮތް ގޮތަށް ބަލާ އިރު ރަގަޅު ހުތުބާއެއް ދީފި ނަމަ، އިމާމު އުންނަންޖެހޭނީ ގޭގެ، ޝެއިހަކު ރަގަޅު ދަރުހެއްދީފި ނަމަ އޭނާގެ ހުއްދަ ބާތިލް ކުރޭ.

09 ޖުލައި 2017 | 17:06

މުހައްމަދު ފައިސަލް

މިލިއަނުން ކޮރަޕްޝަން ހިންގަމުންދިއުމުގެ ސަަބަބުން، ރައްޔިތުންނަށް ލިބެމުންދަނީ ބޮޑެތި އަނިޔާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަން.

ސިޔާސީ ފަރާތްތަކުގެ އުސޫލުން އެއްކިބާވެ އޭސީސީން މިނިވަން ތަހުގީގު ކުރުމަށް ގޮވާލަން.

09 ޖުލައި 2017 | 16:30

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

މިރޭ ކުނޫޒްގައި ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 09:30 ގައި ފެށޭނެ. މިރޭގެ ކުނޫޒް ޖަލްސާގައި ގިނަ ބަޔަކު ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައި