ފަލަ ސުރުޚީ

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން
ރައީސް ޔާމިންއަށް އެއްވެސް މީހަކު ކަމަކު ނުދޭ : ޢަބްދުﷲ ރިޔާޒް
ރައީސް ޔާމިންއަށް އެއްވެސް މީހަކު ކަމަކު ނުދޭ. ކޮންމެ މީހަކު ވެސް ޑަމްޕް ކުރަނީ. ރައީސް ޔާމިންއަކީ އެއްވެސް މީހަކަށް އިހްލާސްތެރިވާނެ ބޭފުޅަކު ނެތް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކުރެއްވީ ޖިހާދެށް.
މެމްބަރުން އެ ނެންގެވީ ވަރަށް ބޮޑު ރިސްކެއް: ޢަބްދުﷲ ރިޔާޒް
ރައީސް މައުމޫނު ކުނޫޒަށް ވަޑައިގެންނެވުމަކީ ރައީސް ޔާމިންއަށް ހަޖަމްވާނެ ކަމެއް ނޫން. ފާރިސް ރިޝްވަތު ދިން ކަމުގެ އެއްވެސް ހެއްކެތް ނޯންނާނެ. އެއީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ބުރޫ އަރެވުމަށްޓަކައި ކުރަމުންދާ މަސައްކަތް. އިދިކޮޅު ފަރާތްތަކާއި ގުޅުނު މެމްބަރުންނަށް ސާބަސް ދަންނަވަން. މިއީ އަނިވެރި ވެރިކަމެއް ކަމެއް ކަމަށް ބުނެ އެބޭފުޅުން އެނެންގެވީ ރިސްކެއް.
މިސަރުކާރުން މިދަނީ އިންސާނީ ހަމަބުއްދިން ކަންތައް ކުރަމުންނެއް ނޫން
މިސަކާރުން މިދަނީ އިންސާނީ ހަމަބުއްދިން ކަންތައް ކުރަމުންނެއް ނޫން. ރައްޔިތުންގެ މަޖިލިހުގައި ނެގޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފުލުހުންނާއި ޕީޖީގެ ދައުރެއް ނެތް. މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުން ގެންދާކަށް ނުޖެހޭނެ. އިތުބާރެއް އޮންނަން އެބަޖެހޭ. މިއަދު އެއް ގޮތެއް ހަދާފައި މާދަމާ އަނެއް ގޮތެއް ހަދާކަން ނުޖެހެނޭ. މިއަދު އިދިކޮޅު ފަރާތްތަކާއި ނުގުޅި ތިބި މީހުންނަށް ބުނެލަން އޮތީ މިއަދު ޗެމްޕިއަނުންނަށް ވެވަޑައިގަންނަވާށޭ. ކުރިން ވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންނަވާށޭ.
މިސަރުކާރުގައި އިންސާފުގެ ކަންފުޅުއް ވެސް ނެތް
މިސަރުކާރުގައި އިންސާފުގެ ކަންފުޅުއް ވެސް ނެތް. އިންސާފުގެ ކަންފުޅެއް ވެސް ނެތި މިދަނީ ރައްޔިތުންގެ އަތުގައި ހިފަމުން. ޤާސިމް އިބްރާހީމާއި ފާރިސް މައުމޫނާއި އަދިވެސް ސިޔާސީ ފަރާތްތަކާއި މެދު ނާއިންސާފުން ޝަރީއަތް ކުރިއަށްގެންދަނީ. ގަތަރާއި ގުޅުން ކަނޑާލަން ޖެހޭ ސަބަބެއްވެސް ނެތް.
މިއީ އިސްލާމީ ވެރިކަމުގެ ނިޒާމް
މިއީ އިސްލާމީ ވެރިކަމުގެ ނިޒާމް. ހައްގު ބަސް ބުނުމުގެ ނިޒާމް. މިއަދު މިއޮތީ ހައްގު ބަސް ބުނުމުގެ ޖާގަ ހަނިވެފައި. ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ހައްގު ބަސް ބުނުމުން 24 ގަޑި އިރުގެ ތެރޭގައި މަޤާމުން ވަކި ކުރެއްވީ. އިމްރާން ހައްގު ބަސް ބުނުމުން އެއޮތީ ކުޑަ ގޮޅީގައި. ދައުލަތުގެ ކިތަންމެ ކަމެއް މިދަނީ މިގޮތަށް. މިއަދު މިއޮތީ ސިޔާސީ ޕާޓީތައް އެކުލެވިގެން ގެންނަ ޑިމޮކްރަސީގެ ނިޒާމް. މިއީ އިސްލާމްދީނާއި ފުށު އަރާ ކަމެއްވެސް ނޫން.
ފަލަ ސުރުޚީ
މިރޭގެ ފަލަ ސުރުޚީ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ ވަގުތުން