Raajje.mv

ފަލަ ސުރުޚީ

02 ޖުލައި 2017
6367
ޤާނޫނީ ވަކީލް ޝަމީމް

ޤާނޫނީ ވަކީލް ޝަމީމް

02 ޖުލައި 2017 | 16:47

އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރެއް ނުކުރެވޭނެ

އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރެއް ނުކުރެވޭނެ. އައު ޤާނޫނަކުން އެކުށުގައި ހުންނަ މީހަކަށް ލުޔެއް ލިބޭ ކަމަށްވާނަމަ އެފުރުޞަތު ދޭން ޖެހޭނެ. ވަކި ކުއްދަތެއްގެ ތެރޭގައި ތަޙްޤީޤް ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާއިރު މިމުއްދަތުތަކުގެ ތެރޭގައި އެމައްސަލައެއް ނުނިންމިއްޖެ ނަމަ އެކުށަކުން އެމީހަކު ބަރީއަވީ. ޕީޖީއަކީ ބެލެންސްކުރާ ބައެއް. ވަރަށް ގިނަ ފަހަރު ޕީޖީ ކުރާ ކަންތައް ބަލަންޖެހޭ ފަހަރު އަންނާނެ.

02 ޖުލައި 2017 | 16:40

މީހަކު ހަނު ހުރެފި ކަމަށްވާނަމަ އެމީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ

މީހަކު ހަނު ހުރެފި ކަމަށްވާނަމަ އެމީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ. އެގޮތަށް ފުލުހުން ސުވާލުކޮށްފިނަމަ އެއީ ޤާނޫނީ ކުށެއް. ރާއްޖޭގެ ސަގާފަތަކީ ހައްޔަރުކޮށްގެން ސުވާލުކުރުން. އަދި ބަންދުގައި ބަހައްޓައިގެން ސުވާލުކުރުން ވަނީ އާއްމުވެފައި. ތަހްޤީޤަށް ހައްޔަރުކުރުން އެއީ މިޤާނޫނުގައި ސީދާ ބަޔާންވެފައި އޮތް ކަމެއް ނޫނަސް އެ މަހްފޫމްތައް އެބަހުރި. އެހެންކަމުން މިކަންކަމާއި ދުރުވުމަކީ އެންމެ ރަނގަޅު ކަމެއް.

02 ޖުލައި 2017 | 16:35

ޖިނާއީ އިޖުރާތުގެ ޤާނޫނަކީ ޖިނާއީ މައްސަލައެއް ހިނގާނެ ގޮތުގެ ތަފްސީލް ހާމަކުރާ ޤާނޫނެއް

ޖިނާއީ އިޖުރާތުގެ ޤާނޫނަކީ ޖިނާއީ މައްސަލައެއް ހިނގާނެ ގޮތުގެ ތަފްސީލް ހާމަކުރާ ޤާނޫނެއް. ތިން މަރުހަލާއެއްގެ މައްޗަށް ބެހިގެންވާ މި ޤާނޫނުން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ އަމުރު ނެރުމުގެ ބޭނުން. އިންޓެލް ރިޕޯޓަކާއި ގުޅިގެން މިހާރު މީހަކު ހައްޔަރެއް ނުކުރެވޭނެ. އެގޮތަށް ކޯޓަކުންވެސް އަމުރެއް ނުނެރޭނެ. މިއީ މައިގަނޑު އެއް ބަދަލަކީ. ޤާނޫނީ އިންޒާރެއް މީހަކަށް ދޭން ވާނެ. އޭނާ ހައްޔަރު ކުރެވެނީ ކަމަށާއި ކޮން ކަމަކާއި ގުޅޭ ގޮތުން، އަދި އަސާސީ މައުލޫމާތުތައް އެމީހާއަށް ދޭން ވާނެ. މިޤާނޫން ފުލުހުންނަށް އެކަނި މީހުން ހައްޔަރުކުރެވޭނީ. ހަމައެކަނި ޔުނިފޯމް އެޅި ފުލުހުންނަށް އެކަން ކުރެވޭނީ.

02 ޖުލައި 2017 | 16:28

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޕީނަލް ކޯޑްގެ ތަޞައްވުރާއި ޚިލާފު

ހުރިހާ އުސޫލުތަކެއް މިއޮތީ އެއް ފޮތަކަށް ތިރިވެފައި. މި ޤަނޫނަކީ އެކަތި އަނެކައްޗަށް ބާރުދޭ އެއްޗެއް. މިއީ މަސްހުނިކޮށްގެން ހަދާފައި އޮތް ޤާނޫނެއް. ޕީނަލް ކޯޑުގެ ތަސައްވުރުތަކާއި ތަފާތުވޭ.

02 ޖުލައި 2017 | 16:24

ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ ޤާނޫނީ ވަކީލް ހުސެއިން ޝަމީމް