Raajje.mv

ވަގުތުން: ފަލަސުރުޚީ

01 ޖުލައި 2017
6466
ފަލަސުރުޚީ

ފަލަސުރުޚީ

01 ޖުލައި 2017 | 17:00

މި ގައުމު ސަލާމަތް ކުރެވޭނީ އަޅުގަނޑުމެން އެންެމެން މަސަައްކަތްކޮށްގެން- އަހުމަދު

މިނިވަން މުއައްސަސާތަކުގެ ނަމުގައި ތިބެ، މުސާރަ ހައްގެއް ނުވާނެ، އެކުރަނީ ކުށެއް މުސާރަވެސް ހައްގެއް ނުވާނެ، މިކަންކަން ތަހުގީގު ކުރެވިގެންދާނެ، ގައުމު އިސްކުރައްވައިގެން މަސައްކަތް ނުކުރެއްވޭ އެބޭފުޅުންނަށް- އަހުމަދު

އަނިޔާވެރިކަމަކުން ލިބޭނޭ ކާމިޔާބީއެއް ނެތް، މި ގައުމު ސަލާމަތް ކުރެވޭނީ އަޅުގަނޑުމެން އެންެމެން މަސަައްކަތްކޮށްގެން- އަހުމަދު

01 ޖުލައި 2017 | 16:52

ޝުކުރިއްޔާ މެޑަމް ވެފައި ތިބި ދުވަސްތައް މާޒީއާއި އެކުވެއްޖެ

އެތެރޭގެ ހިންގުމުގެ ނިޒާމްވެސް އޮތީ ފެއިލްވެފައި، އިންސާނުން އަޅުވެތިކަމުގެ ޝަކާރައަކަށްވެ ތިބޭނީ ވަކިވަރަކަށް، ޝުކުރިއްޔާ މެޑަމް ވެފައި ތިބި ދުވަސްތައް މާޒީއާއި އެކުވެއްޖެ

01 ޖުލައި 2017 | 16:49

މި ރާއްޖެ މިހާރު އޮތީ ފުންމިން ނޭނގޭ ވަޅުގަނޑެއްގައި-އަހުމަދު

މުސާރަ ދިނުމަށްވެސް ލޯނު ނަގަނީ އަދި އެލޯނު ދެއްކުމަށްވެސް ދަނީ ލޯނު ނަގަމުން، ގައުމުގެ ޚަޒާނާއިން ބޭކާރު ޚަރަދުކޮށް މިއަދި އިގްތިސާދީ ގޮތުން މި ރާއްޖެ މިހާރު އޮތީ ފުންމިން ނޭނގޭ ވަޅުގަނޑެއްގައި-އަހުމަދު

01 ޖުލައި 2017 | 16:39

ހައްގުތަށް ކަށާވަރުކޮށް ނުދެވެންޏާ އެމީހަކު ރައީސް ކަމުން އެ ފެއިލްވީ- އަހުމަދު

ސަރުކާރުން އަޅާލަނީ ސަރުކާރަށް ވާގިވެރިވާ މަދު މީސްކޮޅަކަށް، ގާނޫނުގެ ކުރިމަތީ ހުރިހާ އެންމެންވެސް ވާނީ ހަމަހަމަ، ގާނޫނުން ކަށާވަރުކޮށްދީފައިވާ ހައްގުތަށް ކަށާވަރުކޮށް ނުދެވެންޏާ އެމީހަކު ރައީސް ކަމުން އެ ފެއިލްވީ، ގައުމު ހިންގަން ނުކުޅެދިއްޖެ، ގައުމުގެ ޚަޒާނާ ފޫގޮސްފި- އަހުމަދު

01 ޖުލައި 2017 | 16:32

ރައީސަކަސް ވަޒީރަކަސް ގާނޫނާއި ގާނޫނު އަސާސީން އިސްތިސްނާއެއް ނުވާނެ- އަހުމަދު

ދިރިހުރި އިންސާނަަކަށް ވީތީ އަދީބަކަށް ބޭސްފަރުވާކޮށްދިނުމަކީ ލާޒިމް ކަމެއް، އެމީހާ މަރާ ހަނގުރާމަކުރުމަށް ދޫކޮށް ނުލެވޭނެ، އަދީބަށް ވީމައެކަންޏެއް ނޫން، ޖަލުގައި ހައްޔަރުކޮށްފައިވާ މީހާއަށް ވެސް އެ ފުރުސަތު އޮންނަންވާނެ، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާއިންވެސް އެކަން އޮންނާނީ ކަށަވަރުކޮށްދީފައި، އެއަށް މި ސަރުކާރުން ތަބާވާން ޖެހޭ- އެހައްގުތަށް ކަށަވަރުވާން ޖެހޭ، ރައީސަކަސް ވަޒީރަކަސް ގާނޫނާއި ގާނޫނު އަސާސީން އިސްތިސްނާއެއް ނުވާނެ- އަހުމަދު

01 ޖުލައި 2017 | 16:29

ވަގުތުން: ފަލަސުރުޚީ

ރާއްޖެޓީވީގެ ފަލަސުރުޚީގެ މިރޭގެ މެހްމާނަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބުދުﷲ. މި އަނިޔާވެރި ސަރުކާރު ކިތަންމެ އަނިޔާކުރިއަސް މި ދަނީ ވެއްޓެން، މި އަނިޔާވެރިކަން އަޅުގަނޑުމެން ނިމުމަކަށް ގެންނާނަން- އަހުމަދު