Raajje.mv

ވަގުތުން: ފަލަ ސުރުޚީ

29 ޖޫން 2017
6533
ފަލަ ސުރުޚީ

ފަލަ ސުރުޚީ

29 ޖޫން 2017 | 17:07

ވަރަށް އަވަހަށް އުފާވެރި މަންޒަރުތައް ފެނިގެންދާނެ- ހިސާން

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިސްލާހީ ހެއު ބަދަލުތަކެއް މި ގައުމަށް ގެނައުމަށްޓަކައި، އެ އުންމީދުގައި އެމްޑީޕީން މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ، އަދިވެސް އެ މަސައްކަތުގައި ތިއްބަވާށޭ އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އުފާވެރި މަންޒަރުތައް ފެނިގެންދާނެ- ހިސާން

29 ޖޫން 2017 | 17:01

މީޑިއާގެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި އޮންނަން ޖެހޭނެ

ރައީސް ނަޝީދު އަބަދުވެސް ގަބޫލުފުޅުކުރައްވާ މީޑިއާގެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި އޮންނަން ޖެހޭނެކަން، އަދި އެ ހައްގުތަަށް ހަނިކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައެއް ނުވޭ، މުސްތަގިއްލުކަމާއެކު ޒިންމާ އަދާކުރެއްވުމަށް މުސްތަގިއްލުކޮށްމިޝަންތައް ތިބީ މިއަދު ނުކުޅެދިފައި، މަޖުބޫރީ ހާލަތުގައި، މިގައުމު އޮޔާދާން ދޫކޮށްލެވިގެން ނުވާނެ، ޒިންމާ އަދާ ނުކުރެވެންޏާ ގެއަށް ވަޑައިގަންނަވަންވީ ނޫންތޯ- ހިސާން

29 ޖޫން 2017 | 16:57

ވައްކަމުގެ ވާހަކަތަކުގެ އަޑުކަނޑުވާލުމަށް ގާނޫނުތަކަށް ބަދަލު ގެނައިީ

ސަރުކާރުގެ ކޮރަޕްޝަނާއި ވަށްކަމާއި ގޭންގު ގުރޫޕްތަކާއި ގުޅުން އޮންނަ ވާކަކަ ރައްޔިތުންދެއްކީމައި އެވާހަކަތައް ދައްކާ މީހުންނާއި ދޭތެރޭ ފިޔަވަޅު އެޅީ، އެވެސް ގާނޫނުތަކަށް އިސްލާހުގެނެސްގެން، ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ ފާޑުފާޑުގެ ފައުންޑޭޝަން ތަކުގެވާހަކަތަކާއި ހިންގާ ނާޖާއިޒު، ކަންކަމުގެ ވާހަކަދެއްކިޔަ ނުދިނުމަށް- ހިސާން

29 ޖޫން 2017 | 16:54

މަޖިލީސް ދެން ފެށިގެންދާއިރު ފެންނާނީ އުއްމީދީ ބަދަލުތަކެއް ފެންނާނެ

މަޖިލީސް ދެން ފެށިގެންދާއިރު ފެންނާނީ އުއްމީދީ ބަދަލުތަކެއް، އިރާދަކުރެއްވިއްޔާ ފަނިގެން ދާނެ، އެބޭފުޅުންނަށްވެސް މިހާރު އެ ދަނީ ވިސްނި ވަޑައިގަންނަވަމުން.އެއްވެ އުޅުމުގެ މިނިވަންކަން އެއްކޮށް ނިގުޅައިގަނެ، އަބުރު ރަށްކާތެރިކުރުމުގެ ނަމުގައި ގެނައި ގާނޫނާއި މިފަދަ ގާނޫނު ތަކަކީ ހައްގުތަށް ހިފެހެއްޓުމަށް ފާސްކުރި ގާނޫނުތަަށް، އެޓާނީ ޖެނެރަލްގެ ޒިންމާ މިކަންކަމުގައި އެބައޮތް، އެމަނިކުފާނުގެ ގާނޫނީ ޒިންމާ އެއް އަދާއެއްނުކުރައްވާ، ގާނޫނީ ވަކީލަކަށް ވީީތީވެސް ޒިންމާ އެބައޮތް، ހަމައެކަނި ރައީސް ޔާމީން ބޭނޫންފުޅުވާގޮތަށް އެކަންޏެއް ނޫން އެމަނިކުފާނު ކަންކަން ކުރަންޖެހޭނީ، މި ސަރުކާރު ހިފަހައްޓަން ހުރި ބޭފުޅެއް ނޫން- ހިސާން

29 ޖޫން 2017 | 16:44

. މީ ތަކެތީގެ އަގު އަތްފޯރާފަށަށް ގެންނަން ބުނި ސަރުކާރު- ހިސާން

ތާރީހު އަނބުރާ އިޔާދަވިޔަ ނުދިނުމަށް ކަލުތަކާއި ޕެރޯލްގެ ގާނޫނުތައް އިސްލާހުކުރެވިފައި އެވަނީ، ރައީސް ޔާމީނަށް މިގޮތަށް ލަފާދޭ މީހުން ވެސް އަދި ޒިންމާ ދާރު ކުރުވޭނެ، ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ހުރިހާ ދުވަހަކު ނުތިބެވޭނެ. ރައީސް ޔާމީންގެ އަރިހުގައި ތިއްބަވާ ބޭފުޅުްނނަށް އަބަދުވެސް ނާޖާއިޒު ފައިދާތައް ވާ އަޑު އަބަދުވެސް އިވެނީ، މި ރޯދަ މަސް ނިމިގެން ދިޔައީ، 70 ރުފިޔާއަށް ކަރާ ކިލޯއެއް އަރައިގެން. މީ ތަކެތީގެ އަގު އަތްފޯރާފަށަށް ގެންނަން ބުނި ސަރުކާރު- ހިސާން

29 ޖޫން 2017 | 16:38

ޖަލުގައި ހުއްޓަސް ހައްގުތައް ކަށަވަރުވާން ޖެހޭ

ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ނަމަވެސް ، އާއިލާއިން ބޭނުންވެއްޖެ ހިނދެއްގައި، އެކަން ކުރެއްވޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭނެ، މިފަދަ އަސާސީ ހައްގުތަކުން އެއް ކިބާކުރުމަކީ ހައްގަކާއި ނުލައި ދެވޭ އަނިޔާއެއް، އަދީބަށް ދޭންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެއް.ބަންޑާރަނަިބު އެފަދަ ވާހަކަފުޅެއް އަދީބާއި ގުޅޭގޮތުން ދެއްކެވީ އެއީ ރައީސް ޔާމީން އެ ގޮތޮތަށް ބޭނުންފުޅުވާތީ، މިއަދު އޭޖީ އަނިލް މަސައްކަތްކުރައްވަނީ ގާނޫނު ތަކާއި އެއްގޮތަކަށްނޫން

29 ޖޫން 2017 | 16:29

ވަގުތުން: ފަލަ ސުރުޚީ

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުޚީގެ މައުލޫއަކީ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ބިރު ފިލާ ދިއުން، އަދި މިރޭގެ މެހްމާނަކީ ގާނޫނީ ވަކީލްހިސާން ހުސެއިންއެވެ.