Raajje.mv

ފަލަސުރުހީ

27 ޖޫން 2017
11208
ފަލަސުރުހީ

ފަލަސުރުހީ

27 ޖޫން 2017 | 17:06

ސަރުކާރުގެ އެތެރޭގެ މައްސަލަތައް

ހަގީގަތުގައި ބައެއްގެ ތެރޭގައި އުޅެމުން ހިތް ހަމަނުޖެހިގެން ބަސް ބުނެވެނީ ވަރަށް ބޮޑުވަރުވީމަ. ތޯރިގު އެވާހަކަ ދެއްކީމަ ޝުކުރުއަދާކުރަން. ސަމާސަވާހަކައެއް ނޫން ދައްކާފަ ހުރީ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަން ކަމާ ގުޅޭ އިދާރާ ތަކުން ބަލަންޖެހޭ. އޮޑިޓް ރިޕޯޓްތަކުގައި ހުރި ވާހަކަތަކަކީވެސް ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލަތައް. މިކަން ކަމާގުޅޭ މުއައްސަސާތަކުން އެބަޖެހޭ ބަލާ ތަހުގީގު ކުރަން.

މަސްވެރިންނަށް އިހާނެތިކޮށް ހެދި ސަރުކާރެއް މި ސަރުކާރަކީ. ތޯރިގް ދެއްކި ވާހަކަ އަކީ ވަރަށް ކުރުކޮށް ދެއްކި މުހިއްމު ވާހަކަތައް. މަޖިލީހުގެ ޖަލްސާތަކުގައާއި ޖަލްސާ އިން ބޭރުން ވަރަށް ގިނަ ވާހަކަދައްކާ. ޑރ ޝައިނީގެ އިތުރަށް ދެން އަޑުއިވޭނީ ޔޫތު މިނިސްޓަރުގެ ވާހަކަ ކަމަށް ގަބޫލު ކުރެވޭ

27 ޖޫން 2017 | 16:49

މާލެ ތަރައްގީ ކުރުމުގެ މައްސަލަ

މާލޭގަ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތަކީ ކަމުދާ ކަމެއް ނޫނޭ އޭރު ބުނި. އެކަމަކު މިއަދުވެސް ހަމަ އެގޮތަށް ކުރަނީ. އަޅުގަނޑުމެން މާލޭގައި ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރިން. މިއަދު ހިތާމަކުރަން މިދުވަސް އޭރު އަޅުގަނޑުމެން ފެންނާނެ ކަމަށް ބުނިން. މާލެ އަދިވެސް ކުރިއަށް ދަނީ އެއްވެސް ޕްލޭނެއް ނެތި.

މާލެއަށް އެރުވޭ ސައިކަލް ތަކާއި ކާރުތައް އެރުވޭނެ އުސޫލުތަކެއް ކަނޑައަޅަންޖެހޭ. ފޭރުމުގެ މައްސަލަ ވެސް ހައްލު ކުރެވޭނީ، މާލެ މިހާރަށްވުރެ ބޮޑަށް އަލި ކޮށްގެން.

27 ޖޫން 2017 | 16:44

އެމްޑީޕީން ފެށި މަސައްކަތް

އެންމެ ބޮޑު ކާމިޔާބީ އަކީ ރަގަޅު ނޫން ކަންކަމުގައި އަބަދުވެސް ބަސް ބުނަމުންދަނީ.

ޝަރުއީ ދައިރާގައި ހުރި މައްސަލަތައް އަބަދުވެސް މިދަނީ ފާހަގަކުރަމުން. މިކަންކަން އިސްލާހު ކުރުމަށް ކުރި މަސައްކަތް ރައްޔިތުންނަށް އެނގޭނެ. ހެޔޮ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ ކާއިރިއަށް ގޮސްގެން. ރައްޔިތުންގެ އަޑު އަހައިގެން.

މިއަދު އެންމެ ބޮޑަށް ރައްޔިތުން ބޭނުންވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކުރަން. އޭގެ މަސައްކަތްތައް އަންނަނީ ކުރަމުން

27 ޖޫން 2017 | 16:39

އެމްޑީޕީގެ ކާމިޔާބީ

އެމްޑީޕީއަށް 12 އަހަރު ފުރުނު އިރު ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ. 18 އަހަރުން މަތީގެ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކުރި މަސައްކަތުގެ އިތުުރުން ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފް ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ.

27 ޖޫން 2017 | 16:37

އަދީބުގެ މައްސަލަ

މި މައްސަލަ އަކީ ބައިނަލްއަގްވާމީ ސަމާލުކަމަށްވެސް އައިސްފައިވާ މައްސަލައެއް.

އަޙުމަދު އަދީބު ޖަލުގަ އޮތް ނަމަވެސް އެބޭފުޅާއަށް ފުރިހަމަ ބޭސްފަރުވާ ލިބެންޖެހޭ. ހަގީގަތުގައި ގްލޮކޯމާ އަކީ ވަރަށް ނުރައްކާތެރި ބައްޔެއް.

މިކަމުގައި ކަރެކްޝަންސްގެ ފަރާތަކަށް އެންމެ ފުރިހަމައަށް އަޅާލެވިފަ އެއް ނުވޭ.

އަދީބުގެ ހަށިގަނޑުގައި ސިސްޓްތަކެއް ހުރިކަން ޑޮކްޓަރުން ފާހަގަކޮށްފައިވާ އިރު އޭނަގެ ބޭބެއެއް ވެސް ހަށިގަނޑުގައި ސިސްޓް އުފެދުމުގެ ސަބަބުން ވަނީ ދުނިޔެދޫކޮށްފަ

27 ޖޫން 2017 | 16:21

ފަލަސުރުހީ

ފަލަސުރުހީ ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގަންނަވާނީ ހެންވޭރު ދެކުނު ދައިރާގެ މެންބަރު މުޙައްމަދު އަބްދުލްކަރީމް. މިރޭގެ މައުޟޫއު އަކީ އެމްޑީޕީގެ ކުރިމަގު.