Raajje.mv

ފަލަސުރުހީ

26 ޖޫން 2017
10897
ފަލަސުރުހީ

ފަލަސުރުހީ

26 ޖޫން 2017 | 17:07

ލީޑަރުން އިސްވެކުރާ މަސައްކަތް

ލީޑަރުން އިސްވެތިބެ މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ޑިމޮކްރަސީ އިއާދަކުރުމުގެ ފުރުސަތު އެބަ އޮތް.

މީޑިޔާގައި ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ވާހަކަ ފަޅާ އެރުވުމަށް ކުރާ މަސައްކަތަށް މިހާރު ވަނީ ހަނިވެފައި.

26 ޖޫން 2017 | 17:03

ޑިމޮކްރަސީގެ ނިޒާމު ނެތިގެންދާކަމުގައިވާނަމަ ރައްޔިތުން ދާނީ ބިކަވަމުން

ޑިމޮކްރަސީ ވަޅުޖެހެމުންދާ ނަމަ، ރައްޔިތު މީހާ ދާނީ ނިކަމެތިވަމުން

26 ޖޫން 2017 | 17:01

ކޮރަޕްޝަން އިތުރުވުން

މިއަދު ރައްޔިތުންނަށް މިނިވަންކަމާއި އެކު ބަސް ބުނުމުގެ ފުރުސަތު ނެތުމުން، ކޮރަޕްޝަން ވަނީ އިންތިހާއަށް އިތުރުވެފައި. ގައުމު ތަރައްގީވެސް ކުރެވޭނީ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް އޮވެގެން.

26 ޖޫން 2017 | 17:00

ރައްޔިތުން ހައްގުތައް ހޯދުމަށް ނިކުންނަންޖެހޭ

ގާނޫނު އަސާސީއަށް ފުރިހަމައަށް އަމަލުކުރުމަށް ރައްޔިތުން އެބަޖެހޭ ގޮވާލަންޖެހޭ. ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ހޯދުމަށް ރައްޔިތުން އަމިއްލައަށް މަސައްކަތް ކުރަންޖެހޭ.

26 ޖޫން 2017 | 16:57

ގާނޫނު އަސާސީއަށް އިސްލާހު ގެނައުން

އެއްވެސް ގާނޫނަކީ އެއަށް އިސްލާހު ނުގެނެވޭނެ ކަމެއް ނޫން. އެކި އެކި ކަންކަން ދިމާވީމާ، އެކަމަށް ރިޔާއަތްކޮށް އިސްލާހު ގެންނަންޖެހޭ. މިހާރު އެންމެ ބޮޑަށް ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީގެ މާއްދާތައް ތަފްސީލު ކޮށްދީ، މާނަކުރުން.

މިއަދު ދިމާވެގެން އުޅޭ ކަމަކީ، ހުރިހާ ކަމެއްގައި އެންމެ ފަހު ބަސް ބުނާ ބަޔަކަށް ސުޕްރީމްކޯޓުކަން ލިޔެވިފައި އޮތުމުން، އެކަން ނަގައިގެން، ހުރިހާ ކަމެއްގައި ސުޕްރީމްކޯޓުން ބަސް ބުނުން.

26 ޖޫން 2017 | 16:56

އަދުލުވެރި ފަނޑިޔާރުގެއެއް ބޭނުންވޭ

މިއަދު ހަގީގަތުގައި މި ރާއްޖޭގައި މި ނިކުންނަ ހުރިހާ މައްސަލައެއް ދިމާވަނީ، އަދުވެރި ފަނޑިޔާރު ގެއެއް ނެތުމުގެ ސަބަބުން. މަޖިލީހުންވެސް ހަމަ ފާސްކުރޭ، ގާނޫނު އަސާސީއާ ހިލާފު ގާނޫނުތައް.

ފަނޑިޔާރަކާއި ގުޅޭ ގޮތުން މައްސަލައެއް އަންނާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ބެލުމަކީ މުހިއްމުކަން.

26 ޖޫން 2017 | 16:50

އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަން

ތިން ބާރު ވަކިވެފައިވާ ނިޒާމް ހަރުދަނާ ކުރުމަށް އެންމެ މުހިއްމު ކަމަކީ ފަނޑިޔާރުންނަކީ އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާ އެކު، ގާނޫނު އަސާސީއަށް ބަލައިގެން އަމަލު ކުރާ ބަޔަކަށްވުން. ޖުޑިޝަރީ ހާއްސަކޮށް ސުޕްރީމްކޯޓުގައި ތިބި ފަނޑިޔާރުން މިކަންކަމަށް ބަލަންޖެހޭ.

ވަރަށް ފަހުން މަޖިލީހުން ކެބިނެޓް މިނިސްޓަރުންގެ އިތުބާރު ނެތް ކަމާ ގުޅޭ ގޮތުން އެ ނިންމި ނިންމުމަކީވެސް ގިނަ ބަޔަކު ސުވާލު އުފައްދާ ނިންމުމެއް. އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް. ގާނޫނު އަސާސީއަށް ފުރިހަމައަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރަންޖެހޭ.

ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކާ މެދު ފަނޑިޔާރުންނަށް ސުވާލު ނުއުފެއްދޭނެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކީ ގާނޫނު އަސާސީއާ ތަާރަޒުވާނަމަ އެކަނި އެކަމަށް ފަނޑިޔާރުންނަށް ބާރުފޯރުވޭނީ

26 ޖޫން 2017 | 16:47

އެމްޑީޕީއަށް ލިބިނު އެންމެ ބޮޑު ކުރިއެރުން

މިއަދު ޑިމޮކްރަސީގެ ހުޅުކޮޅު ނުނިވި އޮތީ އެމްޑީޕީގެ ސަބަބުން. ޑިމޮކްރެސީ ދިވެހިން މިއަދު މިވަނީ ބަލައިގަނެފައި. މިއީ އެމްޑީޕީއަށް ލިބިނު އެންމެ ބޮޑު ކުރިއެރުން

26 ޖޫން 2017 | 16:45

ޑިމޮކްރަސީގެ ނިޒާމަށް ބަދަލުވުން

ސަރުކާރުގެ ތެރެއިންވެސް ޑިމޮލްރަސީ ބޭނުންވާ ވަރަށް ގިނަ ބޭފުޅުން ތިއްބެވި. ޑިމޮކްރަސީގެ މި ބަދަލު ރާއްޖެއަށް ގެނެވުނީ ރައީސް މައުމޫންގެވެސް އެހީތެރިކަމާ އެކު.

26 ޖޫން 2017 | 16:43

ގާނޫނު އަސާސީ

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީޙުން ކުރުމަށް މަސައްކަތް ކުރީ. ހާއްސަ މަޖިލީހަށް ގާނޫނު އަސާސީ އަނެއްވާވެސް އިސްލާހު ކުރުމަށް މަސައްކަތް ފެށީ. ވަރަށް ބޮޑަށް ޕްރެޝަރ ކޮށްގެން ވަރަށް ގިނަ އިސްލާހުތަކެއް ގެންނަ.

މަޖީދިއްޔާ ސްކޫލުން ކިޔެވި އިރު އިނގިރޭސިވިލާތުގެ ގާނޫނު އަސާސީ ކިޔެވުމުގެ ސަބަބުން، އޭރު ކިޔެވި ކުދިންނަށް ޑިމޮކްރަސީ ވަރަށް ބޮޑަށް އެނގިފައިވަނީ. އަދި އެފަދަ ވެރިކަމެއް އޭރު ވަރަށް ބޮޑަށް ބޭނުންވެފައިވަނީ.

26 ޖޫން 2017 | 16:36

މިހާރުގެ ރައްޔިތުންގެ މަޖިލީސް

މިއަދު މަޖިލީހުގައި ބިރުން އުޅެންޖެހޭކަށް ނުޖެހޭ. ރައްޔިތުންގެ ވޯޓުން ހޮވިފައި ތިބޭ މެންބަރުން، ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ވިއްދާ އެއްކޮޅަށް މަސައްކަތް ނުކުރާ މެންބަރުން މިއަދު ބިރުން މަސައްކަތް ކުރަންޖެހެނީ

26 ޖޫން 2017 | 16:33

އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތް ފަށައިގަތީ 1990 ވަނަ އަހަރު

ރައްޔިތުންނަށް ޑިމޮކްރެޓިކް ނިޒާމުގެ ފައިދާ ވިސްނާދިނުމަށް އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު ވިސްނާދިނިން

އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތް ފަށައިގަތީ 1990 ވަނަ އަހަރު. އޭރު މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. މަސައްކަތް ފެށީ މަދުމެންބަރުންތަކެއް އިސްކޮށް ފެށި މަސައްކަތްތަކުން.

އާއްމު ރައްޔިތުންގެ ތެރޭގައި މަސައްކަތް ފެށީ 2004 ވަނަ އަހަރުން ފެށިގެން.

26 ޖޫން 2017 | 16:30

އެމްޑީޕީ ފެށިގެން އައި ދުވަސްވަރު

ޕާޓީއެއް ނެތި ވެރިކަން ކުރާނަމަ އޮންނާނީ ހުދުމުހުތާރުވެރިކަމެއް. އެންމެ ބޮޑު ކާމިޔާބީއެއް އެމްޑީޕީއަށް ލިބިފައިވަނީ، ޑިމޮކްރެޓިކް ނިޒާމެއް އެކުލަވާލުން. އެންމެ ފުރަތަމަ އެމްޑީޕީން ފަށައިގަތް އިރު، ވަަރަށް ބޮޑެތި ގޮންޖެހުންތަކެއް ގާނޫނުންވެސް ކުރިމަތިވި.

ކިތަންމެ ކުޑަ ގައުމެއްވިޔަސް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމަކީ ދުނިޔޭގެ އެންމެ ކާމިޔާބު، އެންމެ ރަގަޅު ވެރިކަމުގެ ނިޒާމް

26 ޖޫން 2017 | 16:20

ފަލަސުރުހީ

މިރޭގެ ޕްރޮގްރާމުގެ މެހެމާނަކީ ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު. މައުޟޫއު އަކީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް.