Raajje.mv

ފަލަސުރުހީ

25 ޖޫން 2017
12410
ފަލަސުރުހީ

ފަލަސުރުހީ

25 ޖޫން 2017 | 17:08

ސިޔާސީ މަސްރަހު

އެމްޑީޕީގެ އެތެރެ ވަރުގަަދަ ކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތައް ބުރޫއެއް ނާރާނެ

25 ޖޫން 2017 | 17:04

އެމްޑީޕީ އަކީ ވަރަށް ވަރުގަދަ ޓީމެއް

އެމްޑީޕީއަށް ކުރިމަތިވި ދަތި ދަނޑިވަޅުތަކުގައިވެސް އެންމެ އިސްކޮށް، އެމްޑީޕީގެ ކަންކަން އިސްލާހުކުރުމުގައި ހަރަކާތްތެރިވެފައިވަނީ ޕާޓީގެ ރައީސް، ކުރީގެ ރައީސް ނަޝީދު

25 ޖޫން 2017 | 17:01

ކޮންގްރެސްގައި ކުރިއަށްދާނެ ކަންކަން

7 އަހަރުވެއްޖެ ކޮންގްރެސް ނުބޭއްވޭތާ.

އެކި ކަހަލަ އުނދަގޫތަކާއި ގުޅިގެން. މިފަހަރުގެ ކޮންގްރެސް ވެގެންދާނީ، ކުރިއަށް އޮތް ފަސް އަހަރުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރެވޭ ކޮންގްރެސް އަކަށް.

ދެވަނަ ކަމެއްގެ ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވައިދުގައި ހުރި ބައެއް ކަންކަން ބަދަލުކޮށް ފުރިހަމަ ކުރުންވެސް ކޮންގްރެސްގައި ކުރިއަށްދާނެ

25 ޖޫން 2017 | 16:58

ޕާޓީގެ ގޮފިތައް އެކުލަވާލުން

އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޕާޓީގެ އެތެރޭގެ މަސައްކަތްތައް ވަރުގަދަ ކުރުން.

ޕާޓީގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރެވޭނެ.

މިވަގުތަށް ބަލާ އިރު، މިހާރު ވަރަށް ގިނަ ގޮފިތަކުގެ މުއްދަތުވަނީ ހަމަވެފައި. އަދި މިހާރު ތިބި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލުން.

30 މެންބަރުންނަށްވުރެ މަދުވެގެން ނުވާނެ. ހިންގާ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހޭ..

16 ޖުލައިގެ ނިއަލަށް މަސައްކަތް ކުރަންޖެހޭ

25 ޖޫން 2017 | 16:51

އެމްޑީޕީގެ ވައުދު

2008 ވަނަ އަހަރުވެސް މައިގަނޑު ފަސް ވައުދެއް. 2013 ވަނަ އަހަރުވެސް މައިގަނޑު ފަސް ވައުދު. 2018 ވަނަ އަަހަރުގައިވެސް ފަސް ވަރަކަށް ވައުދު ހިމެނޭނީ. އެހާ ގިނަ ކަންކަމެއް ނުހުންނާނެ. އެހެން ނަމަވެސް އެ ފަސް ވައުދާއި ގުޅިގެން އަންނަ ކަންކަން ހިމެނޭނީ.

25 ޖޫން 2017 | 16:49

އާމްދަނީ ހޯދޭނެ ގޮތްތަކަށް އިސްކަންދޭނަން- ނިޔާޒް

ހުރިހާ ސަރުކާރަކުންވެސް އެއްފަސްކުރުމަށް ވަރަށް ބޮޑަށް އިސްކަމެއްދޭ. އެމްޑީޕީން މިކަމުގައި ގެންގުޅޭ ގޮތް ތަފާތު.

ހިކިފަސް ބިމެއް ހަދާ އެތަނަށް މީހުން އެއްކުރުމަކީ އެމްޑީޕީގެ އުސޫލެއް ނޫން. ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެގޮތްތައް ބަލައިގެން، އެމީހުންގެ ދިރިއުޅުމުގެ ކަންކަން އެރަށްރަށުގައި ތިބެގެން ތަރައްގީ ކުރުމަކީ އެމްޑީޕީގެ ވިސްނުން

25 ޖޫން 2017 | 16:46

އެމްޑީޕީގެ ކޮންގްރެސް

ކޮންގްރެސް ބޭއްވުމުގެ މަސައްކަތް ކުރިއަށްދާ އިރު އެކި ސަރަހައްދުތަކުގައި ގޮފިތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މިއީވެސް މެނިފެސްޓޯއެއް އެކުލަވާލުމަށް ވަަރަށް މުހިއްމު މަސައްކަތްތަކަށް ވެގެންދާނެ

25 ޖޫން 2017 | 16:44

މީގެ ކުރިން އެކުލަވާލި މެނިފެސްޓޯތަކުން ކާމިޔާބީތަކެއް ލިބިފައިވޭ

ލޯކަލް ޓޫރިޒަމްވެސް އެއީ އެމްޑީޕީން ގެނައި ކަމެއް. މިކަމުން ކާމިޔާބީތަކެއް ލިބޭ މަންޒަރު އެބަ ފެނޭ.

2018 ވަނަ އަހަރު އާ ގޮތްތަކެއް ހުށަހެޅޭނެ. ރައްޔިތުންގެ ދިރިއުޅުމަށް ތަރައްގީ ލިބޭނެ ކަންކަން ހިމެނޭނެ. މިކަންކަން ހިމަނާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުންގެ ލަފާގެ މަތިން

25 ޖޫން 2017 | 16:41

ރޯދަމަސް ނިމުމާއި އެކު މެނިފެސްޓޯގެ އަމަަލީ މަސައްކަތްތައް ފެށޭނެ

މެނިފެސްޓޯ ތަރައްޔާރުކުރާ އިރު ބައިނަލްއަގްވާމީ ލަނޑުދަނޑިތަކަށް ވަރަށް ބޮޑަށް ބަލާނެ. އެކަމަށް އަޅުގަނޑުމެންގެ ލީޑަރު ވަރަށް ބޮޑަށް ބައްލަވާނެ.

ރާއްޖެ ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލް ކުރުމުގައި ވަރަށް މުހިއްމު އިސްކަމެއް ދެއްވާނަން. ވަރަށް ރަގަޅު އަމާޒެއް، އެކްޝަން ޕްލޭނެއް އެމްޑީޕީ އެކުލަވާލެވޭނެ.

25 ޖޫން 2017 | 16:37

މެނިފެސްޓޯގައި ހިމަނާނެ ކަންކަން

ލާމަރުކަޒީ ނިޒާމުގެ ބޭނުންކޮށްގެން ރަށްތައް ހިންގުމުގެ ކަންކަން ހިމެނިފައިވާނެ.

ރާއްޖޭގެ އެންމެ ބޮޑު ރީތި ސިފައަކީ ޖަޒީރާ ރަށްތަކުގެ ސިފަ، އެސިފަ ގެއްލުވާލުމަށް މަސައްކަތް ނުކުރާނަން. 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އެކަން ހިމެނޭނެ.

2018 ގައި ސަރަަހައްދީ ތަރައްގީގައި ވަކި ސަރަހައްދުތަކެއް ކަނޑައެޅޭނެ. ރާއްޖޭގެ އަސްލު ނުގެއްލޭ ގޮތަށް ތަރައްގީ ކުރާނެ.

ނިމިދިޔަ ލޯކަލް އިންތިހާބުގައިވެސް ވަކާލާތުކުރީ ޖަޒީރާވަންތަ ގައުމަކަށް

25 ޖޫން 2017 | 15:58

ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމުގައި ބައިވެރިވެ ވަޑާއިގަންނަވާނީ، އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިއާޒް. މިރޭގެ މައުޟޫޢުއަކީ ސިޔާސީ ކުށްވެރިންނަށް ކުރާ އަނިޔާ.