Raajje.mv

ފަލަ ސުރުޚީ

19 ޖޫން 2017
12147
ރޮޒޭނާ އާދަމް

ރޮޒޭނާ އާދަމް

19 ޖޫން 2017 | 16:49

ކޯޓުތަކުން ކަންތައްތައް ހިނގާ ގޮތުން ސުވާލު އުފެދޭ

އެމްޑީޕީ މެމްބަރަކު ދުއާކޮށްގެން ކަމަށްބުނެ ޖަލުގައި ބޭންދުމަށްފަހު އިހަކަށްދުވަހު ދޫކޮށްލީ. އެހެން ނަމަވެސް އިހައްދުވަހު ސަރުކާރަށް ނިސްބަތްވާ ކޯޑިނޭޓަރަކު ރާބޮއެގެން ގެންގޮސް ގޭ ބަންދަށް ދޫކޮށްލީ. އެހެންކަމުން ދުލުން އެއްޗެއް ބުނެގެން ކަމަށް މިވިސްނެނީ ކުށަކީ. އެހެންވީމަ ރާއްޖޭގައި އިންސާފަކީ ކޮބައިކަމެއް ނޭގޭ. އެހެން ކަމުން މިކަންކަމާ ސުވާލު އުފައްދާ މީހާ އަކީ ނޫން ހައްޔަރު ކުރަންވީ.

19 ޖޫން 2017 | 16:43

އިންތިހާއަށް ކަންބޮޑުވާ ދަރަޖައިގައި ފުލުހުންގެ ކަންތައްތައް ހުންނަނީ.

ރައީސް ޔާމީންވަނީ ފުލުހުންގެ މުއައްސަސާއާއި ދޭތޭރޭ ސުވާލު އުފައްދަވާފައި. ސިޔާސީ މީހެއްގެ މައްސަލާގައި ބޮޑެތި އިންޓެލް ރިޕޯޓްތައް އަންނަތަން އެބަފެނޭ. އިންޓެލް ރިޕޯޓްތައް މި އަންނަނީ ސިއްރުން. އެހެންކަމުން އިންތިހާއަށް ކަންބޮޑުވާ ދަރަޖައިގައި ފުލުހުންގެ ކަންތައްތައް ހުންނަނީ.

19 ޖޫން 2017 | 16:39

ޒުވާންކުދިންގެ ފައިދާ ނަގަމުންދަނީ

މިކަން ކުރުވަނީ ކޮންބައެއްތޯ ބަލަންޖެހޭ. އެހެން ހެދުމުން ހަގީގީ މުޖުރިމުން ގެއްލިގެންދޭ. މައުމޫން ހަމީދު މިއަދު ނެރުއްވި ބަޔާނަށް ބަލާއިރު އާއިލާއިން އެބަ ވިދާޅުވޭ ފްރޭމް ކޮށްފައި ކަމަށް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މަރާލިކަމަށް ބުނާ މީހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ރަޝީދު.

19 ޖޫން 2017 | 16:32

ފަލަ ސުރުޚީ

މިރޭގެ ފަލަސުރުޚީގައި ބައިވެރިވެވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް.